Tazkirat Nufoos
Open in Telegram
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ. الذاريات: ٥٥
Show more1 147
Subscribers
+224 hours
+17 days
+130 days
Posts Archive
1 147
Repost from Shaykh AMJ Dhivehi
ނަފްސު ތަޒްކިޔާކުރުން | 15 އިޙްސާންގެ ދަރަޖައިގައި ހިތް ދެމެހެއްޓުން.pdf
#Ramadan1446
ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله)
الحمد لله الذي بنعمته تتم الصالحات
އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ.
جزاكم الله خيرا
1 147
Repost from Tazkirat Nufoos
"ފަހެ ހަމަކަށަވަރުން ތިމަންއިލާަހު އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް ދެއްވާހުށީމެވެ..."
އިބުނުލް ޤައްޔިމް އަލް-ޖައުޒިއްޔާ [އަވަހާރަވީ: 751ހ.] ގެ ޝަރަޙަ
ﷲ ﷻ ވަޙީކުރެއްވިއެވެ:
﴿مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النَّحل: 97]
މާނައީ: މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ސާލިހު އަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން އިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެބައިމީހުން އަމަލު ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަން އިލާހު ޖަޒާ ދެއްވާހުށީމެވެ.
އާޔަތުގެ ޝަރަޙަ:
[އާޔަތުގެ މާނައާއި ބެހޭ ގޮތުން] ޞައްޙަ ރައުޔަކީ، އެއީ ހިތުގެ ދިރުމާއި [ރޫޙާނީ ހަޔާތް]، އުފާވެރިކަމާއި ތަސައްލީ އީމާންތެރިކަމުން ހޯދުމާއި، الله މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހު ދެކެ ލޯބިވުމާއި، އެއިލާހަށް ތަޥްބާވެ ރުޖޫޢަވުމާއި، އެއިލާހަށް ތަވައްކަލު ކުރުމެވެ. މިކަން ޙާޞިލުވެފައިވާ މީހާގެ ޙަޔާތަށްވުރެ ހެޔޮ އެއްވެސް ޙަޔާތެއް ނުވެއެވެ. އަދި ސުވަރުގޭގެ ބާއްޖަވެރިކަން ފިޔަވައި އެފަދަ ޙަޔާތެއްގެ ބާއްޖަވެރިކަމަށް ވުރެ ބޮޑު ބާއްޖަވެރިކަމެއް ނުވެެއެވެ.
އާޔަތުން ލިބިދޭ ފައިދާތައް:
• ހުރިހާ ޙަޔާތަކަށްވުރެ އެންމެ އުފާވެރި އަދި އެންމެ ބާއްޖަވެރިވެގެންވާ ޙަޔާތަކީ، الله ދެކެ ލޯބިވެ އަދި އެއިލާހު މަތިން ހަނދުމަކޮށް އެކަމުން ރާހަތް ލިބިގަންނަ މީހުންގެ ޙަޔާތެވެ. ޙަޤީޤަތުގައި ބާއްޖަވެރި ޙަޔާތަކީ އެފަދަމީހެއްގެ ޙަޔާތެވެ. އަދި އެއަށްވުރެ ރަނގަޅު، އުފާވެރި، ބަރަކާތްލެއްވިގެންވާ އެހެން ޙަޔާތެއް ނެތެވެ.
• 'حَيَاةً طَيِّبَةً' ގެ މާނައަކީ، ރަނގަޅު ކާނާއާއި، ރަނގަޅު ބުއިންތަކާއި، ރަނގަޅު ހެދުމާއި، ޖިސްމާނީ އުފަލުގެ ގޮތުން މުއުމިނުންނާއި ކާފަރުންނާއި އަދި ޞާލިޙުންނާއި ފާޖިރުންނާއި ޝާމިލުވެ ހިއްސާކުރެވިދާ ފަދަ ޙަޔާތެއް ނޫނެވެ. އެހެނީ، الله ތަޢާލާ ގިނަ ޢަދަދަކަށް އެއިލާހު ޢަދުއްވުންނަށް މިތަކެތި ފޯރުކޮށްދެއްވައެވެ. އެހެނަސް، އޭގެ މާނައަކީ އެމީހުންނަށް ހެޔޮ ރަނގަޅު ޙަޔާތެއް ލިބިގެންވުމެއް ނޫނެވެ.
• އޭނާގެ ހުރިހާ ކަންބޮޑުވުމަކާއި ފިކުރުތަކަކީ، ހަމައެކަނި އެންމެ ކަންބޮޑުވުމަކާއި ފިކުރަކަށްވެ، އެއީ الله ތަޢާލާގެ ރުއްސެވުން ހޯދުމަށް ކަމުގައިވެފައިވާ ޙަޔާތަކަށްވުރެ ހެޔޮވެގެންވަނީ ފަހެ ކޮން ޙަޔާތެއް ހެއްޔެވެ؟ އެމީހާގެ ވިސްނުންތަކާއި ފިކުރުތައް ވިއްސިވިހާލި ވެގެން ނުދެއެވެ. އެހެނަސް، އެމީހާގެ ވިސްނުންތައް ވަނީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަކޮށްފައެވެ. އަދި އެމީހެއްގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް، ހުރިހާ ދިމާލަކަށް ވިއްސިވިހާލި ވެގެންދިޔުމުގެ ބަދަލުގައި، އެވަނީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަކުރެވިފައެވެ.
- ބައްލަވާ: [މަދާރިޖް އައް-ސާލިކީން (3/259) & އަލްޖަވާބް އަލް-ކާފީ (ޞ 129-130)]
ޢަމަލީ ތާވަލު: ބާއްޖަވެރި ޙަޔާތެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟
1 - ޢިލްމު ހޯދުން
2 - ފަރުޟު ހުރިހާ ޢަމަލުތަކެއް ކުރުމާއި، ސުންނަތްތައް ޢަދާކުރުމަށް ގަދައަޅާ މަސައްކަތްކުރުން - ޤުރުއާން ކިޔެވުމާއި، ސުންނަތް ނަމާދުކުރުމާއި، ޞަދަޤާތްދިނުމާއި، އެނޫންވެސް ޞާލިޙު ޢަމަލުތަކެވެ.
3 - ހުރިހާ ބަލިތަކުން ހިތް ޠާހިރު ކުރުމަށް ސަމާލުކަން ދިނުން.
4 - އެކަހެރިވެ الله އަށް އަޅުކަން ކުރުމުގައި ލައްޒަތް ހޯދުން
ނެގިފައިވަނީ
#Tafsir #Quran
@Tazkirat_Nufoos
1 147
Repost from Shaykh AMJ Dhivehi
ނަފްސު ތަޒްކިޔާކުރުން | 14 ﷲ سبحانه وتعالى ދެނެގަތުން.pdf
#Ramadan1446
ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله)
الحمد لله الذي بنعمته تتم الصالحات
އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ.
جزاكم الله خيرا
1 147
Repost from Tazkirat Nufoos
އިބުނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
الكلام أسيرك، فاذا خرج من فيك صرت انت أسيره
❞ ބަހަކީ ތިބާގެ އަސީރެކެވެ. ފަހެ ތިބާ އެބަސް ބޭރުކުރުމުން، އެބަހުގެ އަސީރަކަށް ތިބާ ވެގެންދެއެވެ. ❝
[އަލް-ޖަވާބު އަލް-ކާފީ ، ޞ.200]
#Tazkiyah #Tongue
@Tazkirat_Nufoos
1 147
Repost from Tazkirat Nufoos
ﷲ تعالى އާއި ބައްދަލު ވުމަށް އެދުން.....
އިބުނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
"ﷲ سبحانه وتعالى އާއި ބައްދަލު ވުމަށް އެދިއެދި ހުންނަ ހުރުމަކީ، ހިތުގެ ތެރެއަށް ބީހިގެން އައިސް ދުނިޔެވީ ޙަޔާތުގެ އަލިފާންގަނޑު ހިތުން ނިއްވާލަދޭ ވައިރޯޅިއެއް ފަދަ ކަމެކެވެ."
[އަލް-ފަވާއިދު | ޞ.157]
@Tazkirat_Nufoos
1 147
Repost from Tazkirat Nufoos
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
❞ ބެލުންތިރިކުރުމުގެ ސަބަބުން ﷲ سبحانه وتعالى އަށްޓަކައި ޚާލިޞް ކުރެވިފައިވާ ހިތްތަކަށް ފުރިހަމަކަން ގެނުވައެވެ. އަދި ހިފެހެއްޓުމެއް ނެތި ނަޒަރު ދިމަދިމާއަށް ހިންގުމުން، ހިތަށް ޣާފިލުކަން ގެނުވައި އެހިތް ﷲ سبحانه وتعالى އާއި ދުރު ކުރުވައެވެ.
ހިފެހެއްޓުމެެއްނެތި ނަޒަރު ހިންގުމަށްވުރެ މީހަކަށް ގެއްލުންހުރި ކަމެއްނެތެވެ. ސަބަބަކީ، އޭނާގެ ރައްބާއި އޭނާއާއި ދެމެދު އޮންނަ ގުޅުމަށް ހީނަރުކަން ގެނުވާތީއެވެ. ❝
ނެގިފައިވަނީ
#Tazkiyah
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
1 147
Repost from Shaykh AMJ Dhivehi
ނަފްސު ތަޒްކިޔާކުރުން | 13- ﷲ سبحانه وتعالى ގެ އަޅަކަށްވުމުގެ ޝަރަފުވެރިކަން.pdf
#Ramadan1446
ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله)
الحمد لله الذي بنعمته تتم الصالحات
އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ.
جزاكم الله خيرا
1 147
🤲🔚މީސްތަކުންކުރެ ގިނަ މީހުން އެއުރެންގެ ދުޢާގައި ހަމައެކަނި ދުނިޔޭގެ ހެޔޮކަމުގެ މައްޗަށް ހަނިކުރެއެވެ. އަދި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިން ދުޢާކުރުމުގެ މައްޗަށް ޣާފިލުވެގެންވެއެވެ. އަދި މިއީ ބަދުބަސް ލިބިގެންވާ ކަމެކެވެ. އެއިލާހު تعالى ވަޙީކުރައްވާފައިވެއެވެ:▶️فمِن النَّاسِ مَن يقُول ربَّنا آتِنا في الدُّنيا وَما لهُ في الآخِرةِ مِنْ خلاقٍ▫️ومِنهُم مَّن يقُولُ ربَّنا آتِنا في الدُّنيا حسنةً وفي الْآخِرةِ حسنةً وقِنا عذاب النَّارِ ◀️ މާނައީ: "ފަހެ މީސްތަކުންގެ ތެރޭގައި ހަމައެކަނި 'އޭ އަޅަމެންގެ رَبّ އެވެ! އަޅަމެނަށް ދުނިޔޭގައި ދެއްވާނދޭވެ!' މިހެން ކިޔައި دُعَاء ކުރާމީހުންވެއެވެ. އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއް ކާމިޔާބީއެއްނެތެވެ. އަދި އެމީހުންގެތެރޭގައި 'އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަންދެއްވާށެވެ! އަދި آخرة ގައިވެސް އަޅަމެންނަށް ހެޔޮކަންދެއްވައި އަޅަމެން ނަރަކައިގެ عَذَاب ން ސަލާމަތްކުރައްވާނދޭވެ!' މިހެން دُعَاء ކުރާމީހުންވެއެވެ. ފަހެ ފުރަތަމައީ، އެބަޔެއްގެ ފިކުރާއި އެދުމަކީ ހަމައެކަނި ދުނިޔެ ކަމުގައި ހެދި މީހުންނެވެ. އެހެންކަމުން ޤުރުއާނުގައި އެބަޔެއްގެ މައްޗަށް ބަދުބަސް އައިސްފައިވެއެވެ. އެއާއި ޚިލާފަށް ދެވަނައީ، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާކުރާ މީހުންނެވެ. ފަހެ ޤުރުއާނުގައި އެބަޔެއްގެ މައްޗަށް މަދަޙައިގެ (ތައުރީފުގެ) ބަސް އައިސްފައިވެއެވެ. 🧲
💬އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ❤️ (ބަސްކޮޅު)
~ ތަޛްކިރަތުއް ނުފޫސް ☺️
••┈┈┈┈┈┈┈┈┈┈┈••
¹ (البقرة:٢٠٠-٢٠١)
#Dua
@Tazkirat_Nufoos
1 147
Repost from Shaykh AMJ Dhivehi
ކުޑަކުދިން ފަސާދަވުމުގެ މައިގަނޑު އެއް ސަބަބު
❞ ތުއްތުކުދިން ގިނަފަހަރު ފަސާދަވަނީ އެކުދިންގެ ބެލެނިވެރިން އަމިއްލައަށް ތަޥްޙީދު އުނގެނުމަށް އިހުމާލުވެފައިވާތީއެވެ. ދަރީންނަށް ޅަޢުމުރުގައި ތަޥްޙީދު އުނގަންނައިދިނުމަށް އިހުމާލުވުމުގެ ސަބަބުންނެވެ. ❝
༺•••• ──────── ••••༻
އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله )
[ ނެގިފައިވަނީ ]
1 147
Repost from Tazkirat Nufoos
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
❞ ތިބާގެ އީމާންތެރިކަން ހުރި މިންވަރު ތިބާ ހިސާބުކުރަން ބޭނުންނަމަ، އެކަހެރިވާ ވަޤުތުގައި ތިބާގެ ޙާލަތް ދެކޭހުށިކަމެވެ.
އެހެނީ، ފަހެ ދެރަކުޢަތުގެ ނަމާދަކުން ނުވަތަ ދުވާލު ހިފާލާ ރޯދަ އަކުން އީމާންކަމުގެ ފުރިހަމަ މިންވަރެއް ނުފެންނާނެއެވެ.
އެހެނަސް، އީމާންކަން ފެނިގެންދާނީ ނަފްސުގެ އެދުންތަކާއި ޝަހުވަތާއި ދެކޮޅަށް ތިބާ ގަދައަޅާ ކުރާ މަސައްކަތުންނެވެ. ❝
[މަދާރިޖް އައް-ސާލިކީން | 164/82]
#Tazkiyah #Iman
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
1 147
😀🔚ތިބާ ކުރާ ހެޔޮ ކަންތައްތަކާއި، އެހެން މީހުންނަށް ވެދޭ އެހީތެރިކަމާއި، އެމީހުންނަށް ލުއިކޮށްދިން ހިތާމަތައް ﷲ ތަޢާލާ ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ. އަދި ކަރުނަހިލެމުން ދިޔަ ލޮލަކަށް ތިބާ ގެނުވައިދިން ހިނިތުންވުންވެސް އެއިލާހު ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ.🧲
ތިބާގެ އަޚާގެ ހިތާމަތަކަށް ލުޔެއް ހޯދައިދިނުމަށާއި، ވަކި ޚާއްޞަ އިމްތިޙާނެއްގައި ފަސޭހައެއް އަދި އެހީތެރިއަކަށް ވެދިނުމަށްޓަކައި، މާތް ﷲ (سبحانه وتعالى) ކިތައް މީހުންގެ ޙަޔާތަށް ތިބާ ފޮނުއްވިކަމެއް ތިބާއަކަށް ނޭނގޭނެއެވެ.
ދެމިގެންނުދިޔަ ގުޅުންތަކަކީ ތިބާގެ "ބޭނުން ހިފި" ނުވަތަ ނާޖާއިޒު ފައިދާ ނެގި ޙާލަތްތަކެއް ކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި، އެއީ ހެޔޮކަމުގެ މަގުގައި ފުރިހަމަކުރެވުނު ފުރުޞަތުތަކެއް ކަމުގައި ދެކޭށެވެ. އޭގެ ސަބަބުން، ތިބާގެ އިޚްލާޞްތެރިކަމަށްޓަކައި މާތް ﷲ ގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމައެއް ލިބިގެންދިޔައެވެ. إن شاء الله.
🗣ނެގިފައިވަނީ
~ ތަޛްކިރަތުއް ނުފޫސް ☺️
#Helping #Brotherhood
@Tazkirat_Nufoos
1 147
Repost from Tazkirat Nufoos
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
❞ ކިތަންމެ ފަސޭހަކަމާއިއެކު ހެލިފެލިވެ ޙަރަކާތްތެރިވާ ގުނަވަނެއް ކަމުގައި ދޫ ވީނަމަވެސް، ދުލަކީ އެހެން ހުރިހާ ގުނަވަންތަކަށް ވުރެން ބޮޑަށް ގެއްލުންދެނިވި ގުނަވަނެކެވެ. ❝
[އަލް-ޖަވާބު އަލް-ކާފީ |ޞ.161]
#Tazkiyah
@Tazkirat_Nufoos
1 147
Repost from Tazkirat Nufoos
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
❞ ތިބާގެ ވެރި ރައްބަށް އުރެދުމުގައި މުޅި ޙަޔާތް ހޭދަކުރަމުންދާ މީހާއެވެ! ތިބާގެ ޢަދުއްވުންގެ ތެރެއިން، ތިބާގެ އަމިއްލަ ނަފްސަށްވުރެ ތިބާއަށް އިހާނެތިވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ❝
[އަލް ފަވާއިދު | ޞ. 107]
#Tazkiyah
@Tazkirat_Nufoos
1 147
Repost from Tazkirat Nufoos
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
❞ ވަރަށް ކަރު ހިއްކައިގަނެފައިވާ ކުއްތާއެއްގެ ކަރުހިއްކުން ފިލުވައިލަދިން މީހާއަށް ﷲ سبحانه وتعالى ފާފަފުއްސަވައިދެއްވި ކަމުގައިވާނަމަ، ފަހެ މުސްލިމެއްގެ ކަރުހިއްކުން ފިލުވައިލަދީ، ހައި ހޫނުކަން ފިލުވައިލަދީ އަދި އޮރިޔާން ނިވާކޮށް ދީފި މީހެއްގެ ޙާލަތަކީ ކޮބާ ބާވައެވެ؟ ❝
[ޢުދާތު އައް-ޞާބިރީން | 1/216]
#Mercy
@Tazkirat_Nufoos
1 147
Repost from Tazkirat Nufoos
އިބްނު ޙަޖަރު ވިދާޅުވިއެވެ:
"ވާރެއިން ބިމަށް ދިރުން ދޭ ފަދައިން ދީނީ ޢިލްމުތައް، މަރުވެފައިވާ ހިތަކަށް ދިރުން ދެއެވެ."
[فتح الباري ١/١٧٧]
#Knowledge #SeekingKnowledge
@Tazkirat_Nufoos
1 147
Repost from 📖 ٱقْرَأْ
މިއީ 1446 ވަަނަ އަހަރުގެ ރަމަޟާން މަހުގަައި އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله ހުށައަޅާ ދެއްވި “ނަފްސު ތަޒްކިޔާ ކުރުން” މި ސިލްސިލާގެ ދިވެހި ތަރުޖަމާ:
1- الله އަށްޓަކައި ފާފަތައް ދޫކުޅައުން
2- ފާފަ ކުރެވުމުން ޞަދަޤާތް ދޭށެވެ.
3- އަޅުކަމުން ލިބެންޖެހޭ ފޮނިމީރުކަމާއި އުފާވެރިކަމުގެ މުހިންމުކަން
4- އަޅުކަމުގެ ފޮނިމީރުކަން ހޯދައިގަތުމުގެ ހަރުފަތްތައް
5- ނަފްސުގެ ހަމަޖެހުން ޙާޞިލުކުރުން
6- ކުދި ފާފަތައް ކުޑައިމީސް ނުކޮށްލާށެވެ.
7- ވަރަޢަވެރިކަން ޙާޞިލުކުރުން
8- ޒުހުދުވެރިކަން
9- ތިބާއާ الله سبحانه وتعالى އާ ދެމެދުވާ ސިއްރު ހެޔޮޢަމަލުތައް
10- ސިއްރު ފާފަތައް
11- ތަބައްތުލް
12- الله سبحانه وتعالى ގެ ޤަޟާ ޤަދަރަށް ރުހިގެންވުން
13- الله سبحانه وتعالى ގެ އަޅަކަށް ވުމުގެ ޝަރަފުވެރިކަން
މިއީ މިހާތަނަށް ތަރުޖަމާ ކުރެވި ޝައިޚްގެ ދިވެހި ޗެނަލް https://t.me/ShaykhAMJdhivehi ގައި ޕަބްލިޝް ކުރެވިފައިވާ ބައިތައް الحمدلله
https://t.me/IqraInDaNameOfYourLord
1 147
Repost from Tazkirat Nufoos
••
❞ އިންސާނާ މީހެއް ދެކެ ނުރުހޭ ހިނދު، އޭނާގެ ހިތުތެރޭގައިވާ ނުބައި ހީތައް ތެދުކުރެއެވެ. އަދި އޭނާ ދެކެ ލޯބިވާ ނަމަ، ޔަޤީންވެގެންވާ ނުބައިތަކުގައި ޝައްކުކުރެއެވެ. ލޯތްބާއި ރުޅިވެރިކަން ބުއްދި ކަނުކުރެއެވެ. ފަހެ އޭގެ ނަތީޖާ ނުބައި ވެގެންދެއެވެ. ❝
- އައްޝައިޚް ޢަބްދުލް ޢަޒީޒް އައް-ޠަރީފީ (ބަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
1 147
..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
1 147
••
تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.
ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ވިލޭރޭގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.
- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
1 147
••
كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.
ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]
އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)
••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos
