cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Tazkirat Nufoos

وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ. الذاريات: ٥٥

Show more
Advertising posts
996
Subscribers
+224 hours
+97 days
+2530 days
Posting time distributions

Data loading in progress...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Publication analysis
PostsViews
Shares
Views dynamics
01
•• ❞ އަހަރުމެން ދިރިމިއުޅެނީ؛ ތިބާ ހަނުނުހުންނަ ނަމަ ޖަލަށްލެވޭ، އަދި ތިބާ ދީލައިނުލާނަމަ ބިދުޢަވެރިކުރުވޭ، އަދި ތިބާ ދެފުށްދެގޮތް ނުވާ ނަމަ އަދި ފޮނިބަސްތައް ބޭނުންނުކުރާ ނަމަ މޮޔައަކަށްހެދޭ ބިމެއްގައިއެވެ. ފަހެ ހަމަކަށަވަރުން މީޒާނުތައް އެނބުރިއްޖެއެވެ. ފަހެ މުނާފިޤުކަމަކީ ޙިކްމަތްތެރިކަމަށް ވެއްޖެއެވެ. އަދި ނިކަމެތިވުން އެއީ ބުއްދިވެރިކަމާއި ހެޔޮ ވިސްނުންކަމުގައި ވެއްޖެއެވެ. ❝ އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު) ••┈┈┈┈┈┈┈┈┈┈┈•• @Tazkirat_Nufoos
1872Loading...
02
Media files
1600Loading...
03
"ޔާ ޤުލޫބަނ" ޅެން: ޢަބްދުﷲ އައް-ސިނާނީ ދިވެހި ތަރުޖަމާ: މަޑު ޖެހިފައިވާ މީހެއްގެ އާހު.. (ޗެނަލް) #Madhaha @Tazkirat_Nufoos
2122Loading...
04
•• ❞ ތިބާ އެކަނިވެރިކަމުގައި ނީށީންނަ ހުއްޓެވެ؛ އެހެނީ ނަބިއްޔާ ﷺ (އެކަނިވެރިވުމަށް ނަހީކުރެއްވިއެވެ.) ފަހެ ހަމަކަށަވަރުން ތިބާ އެކަނިވެރިކަމުގައިވާ ހިނދު ތިބާގެ މައްޗަށް ޝައިޠާނާ ވެރިވެގަންނާނެވެ. އެހެނީ އެކިއެކި ޙާލަތްތަކުގައި އިންސާނާގެ މައްޗަށް ޝައިޠާނާ ވެރިވެގަނެއެވެ. އޭގެތެރިއިން ގަދަފަދަ ބިރުވެރިކަމުގެ ޙާލަތް ހިމެނެއެވެ. ފަހެ އެކެނިވެރިކަން ނަހީވެގެންވެއެވެ. އެއީ މުޖުތަމަޢު ގުޅުންބަދަހިކޮށް ބޭއްވުމަށްޓަކައެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• ✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު) @Tazkirat_Nufoos
2788Loading...
05
"ތިބާގެ މުސްތަޤްބަލަށް: މަގުޗާޓެއް" ~ ގަލަންދާނު
1322Loading...
06
Friday Virtues 🌿 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަވުން 🌿 ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟ 🌿 ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމާއި ބެހޭ ރިވާޔަތްތަކާއި އޭގެ ތަފްޞީލް Links for Du’a below 🟩 Supplications for Oneself 🟩 އަމިއްލަ ނަފްސަށްޓަކައި ދުޢާކުރުން 🟩 Supplications against Enemies 🟩 އަނިޔާވެރިންނާއި ދެކޮޅަށް ދުޢާކުރުން 🟩 Supplications for Ummah 🟩 އުންމަތަށްޓަކައި ދުޢާކުރުން 🌿 Du’a Fortress 🌿
2361Loading...
07
•• ❞ ތިބާ އެކަނިވެރިކަމުގައި ނީށީންނަ ހުއްޓެވެ؛ އެހެނީ ނަބިއްޔާ ﷺ (އެކަނިވެރިވުމަށް ނަހީކުރެއްވިއެވެ.) ފަހެ ހަމަކަށަވަރުން ތިބާ އެކަނިވެރިކަމުގައިވާ ހިނދު ތިބާގެ މައްޗަށް ޝައިޠާނާ ވެރިވެގަންނާނެވެ. އެހެނީ އެކިއެކި ޙާލަތްތަކުގައި އިންސާނާގެ މައްޗަށް ޝައިޠާނާ ވެރިވެގަނެއެވެ. އޭގެތެރިއިން ގަދަފަދަ ބިރުވެރިކަމުގެ ޙާލަތް ހިމެނެއެވެ. ފަހެ އެކެނިވެރިކަން ނަހީވެގެންވެއެވެ. އެއީ މުޖުތަމަޢު ގުޅުންބަދަހިކޮށް އޮންނަހާ ހިނދެއްގައެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• ✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު) @Tazkirat_Nufoos
581Loading...
08
📌ސަމާލުކަމަށް: ޣައްޒާ އާއި ގުޅޭ ތެދު ޚަބަރުތައް ޓެލެގްރާމް މެދުވެރިކޮށް މެދުނުކެނޑި ގެނެސްދެމުން ދާތީވެ އަޅުގަނޑުމެންގެ ޗެނަލް ވަނީ ސަސްޕެންޑްކުރެވިފައި، އައު ޗެނަލް އާއި ގުޅިވަޑައިގަތުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ — އެމްވީ ނޫސް 🔗https://t.me/MvNoosBreaking
1654Loading...
09
•• ❞ މުޙައްމަދު ﷺ ގެ ސީރަތް އެނގިއްޖެއުމަށް ދާންދެން ތިބާއަކަށް ޞައްޙަ އެނގުމެއްގައި އިސްލާމްދީން ނޭނގޭނެއެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ﷲ ތަޢާލާއަށް ކުއްތަންވުމުގައި އަދި ޢާލަމްތަކުގެ މައްޗަށް މަންހަޖު ޤާއިމުކޮށްދިނުމުގައި ހޭދަ ކޮށްފައިވެއެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު) @Tazkirat_Nufoos
7026Loading...
10
كان يقال: حسن الأدب يُطفىء غضب الربّ عزّ وجل. ބުނެވޭ ކަމުގައި ވިއެވެ: ހެޔޮ އަދަބުވެރިކަން، ރައްބު عز وجل ގެ ކޯފާ ނިއްވާލައެވެ. - ސުފިޔާނު އައްޘައުރީ - الحلية " (٧/ ٧٩) #Salaf @Tazkirat_Nufoos
3913Loading...
11
އިޚްލާޞްތެރިކަމާއި ނިޔަތް މަޢްޤިލު ބިން ޢުބައިދު ﷲ އަލްޖަޒަރިއްޔުގެ ފުށުން އަލް ޙުސައިނު ބުން ޢަލިއްޔު އަލްޖުޢްފިއްޔުގެ ފުށުން ޢަބްދުއް ރަޙްމާން ބިން ޞާލިޙް ވިދާޅުވިއެވެ: ❞ ޢިލްމުވެރިން އެކަކު އަނެކަކާއި ބައްދަލުވާ ހިނދު، އެކަކު އަނެކަކަށް މިބަސްތަކުން ވަޞިއްޔަތް ކުރައްވަތެވެ. އަދި ބައްދަލު ނުވާ ހިނދު އެއްބަޔަކު އަނެއް ބަޔަކަށް ލިޔުއްވަތެވެ: 'އެމީހެއްގެ ފޮރުވިފައިވާ ކަންކަން އިޞްލާޙުކޮށްފި މީހާ، ﷲ އެމީހެއްގެ ފުށުން ފާޅުވާ ކަންކަން އިޞްލާޙު ކުރައްވާނެއެވެ. އެމީހަކާއި ﷲ އާއި ދެމެދު އޮތް ކަމެއް އިޞްލާޙުކޮށްފި މީހާ، އެމީހަކާއި މީސްތަކުންނާއި ދެމެދު ހުރި ކަންކަން ﷲ އެމީހަކަށް ފުއްދައިދެއްވާ ހުއްޓެވެ. އަދި އެމީހެއްގެ ކަންބޮޑުވުމަކީ އޭނާގެ އާޚިރަތްކަމުގައި ހަދައިފި މީހާ، އޭނާގެ ދުނިޔޭގެ ކަންކަން ﷲ ފުއްދައިދެއްވާ ހުއްޓެވެ.' ❝ އިބްނު އަބީ ދުންޔާ - ކިތާބުލް އިޚްލާޞް ވައްނިޔަތް (ޞ: 54) މަޞްދަރު @Tazkirat_Nufoos
47310Loading...
12
•• ❞ ތިބާ އެކަނިވެރިކަމުގައި ނީށީންނަ ހުއްޓެވެ؛ އެހެނީ ނަބިއްޔާ ﷺ (އެކަނިވެރިވުމަށް ނަހީކުރެއްވިއެވެ.) ފަހެ ހަމަކަށަވަރުން ތިބާ އެކަނިވެރިކަމުގައިވާ ހިނދު ތިބާގެ މައްޗަށް ޝައިޠާނާ ވެރިވެގަންނާނެވެ. އެހެނީ އެކިއެކި ޙާލަތްތަކުގައި އިންސާނާގެ މައްޗަށް ޝައިޠާނާ ވެރިވެގަނެއެވެ. އޭގެތެރިއިން ގަދަފަދަ ބިރުވެރިކަމުގެ ޙާލަތް ހިމެނެއެވެ. ފަހެ އެކެނިވެރިކަން ނަހީވެގެންވެއެވެ. އެއީ މުޖުތަމަޢު ގުޅުންބަދަހިކޮށް އޮންނަހާ ހިނދެއްގައެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• ✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު) @Tazkirat_Nufoos
4246Loading...
13
•• ❞ މުޙައްމަދު ﷺ ގެ ސީރަތް އެނގިއްޖެއުމަށް ދާންދެން ތިބާއަކަށް ޞައްޙަ އެނގުމެއްގައި އިސްލާމްދީން ނޭނގޭނެއެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ﷲ ތަޢާލާއަށް ކުއްތަންވުމުގައި އަދި ޢާލަމްތަކުގެ މައްޗަށް މަންހަޖު ޤާއިމުކޮށްދިނުމުގައި ހޭދަ ކޮށްފައިވެއެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު) @Tazkirat_Nufoos
4598Loading...
14
ބޮއިކޮޓް ކުރަންވީ ސަބަބުތައް މިފެންނަނީ.. އަޚުންނާއި އުޚުތުންނޭ ! ފަލަސްތީނުގެ މުސްލިމުން ޤަތުލު ކުރުމަށް ވާގިވެރިވާ މިފަދަ ހުރިހާ ބައެއް ބޮއިކޮޓް ކުރަމާ ހިނގާ! #BoycottMcDonald #BoycottKFC #BoycottPizzaHut
3383Loading...
15
ބޮއިކޮޓް ކުރުމާއި ބެހޭ ގޮތުން ތިބާއަށް އެނގެން ބޭނުންވާނެ ހުރިހާ އެއްޗެެއް | އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ވީޑިއޯ ކޮލިޓީ: 720 (420.3 MB) #Boycott #Boycott_Israel_Products @Tazkirat_Nufoos
3744Loading...
16
މީ ބޮއިކޮޓްކުރުމާއި ބެހޭގޮތުން އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ދެއްވާފައިވާ ދަރުހެއްގެ ދިވެހި ތަރުޖަމާއެވެ. މި ދަރުހުގައި ބޮއިކޮޓްކުރުމަށް މުރުޖިޢާއިން ގެންނަ ޝުބުހަތަކަށް ރައްދު ދެއްވާފައިވެއެވެ. އަދި ބޮއިކޮޓްކުރުމަށް ވާ ދަލީލް ތަކާއި އަދި އަޖުރު ލިބިގެންދާނެ ތޯ އާއިމެދު ވާހަކަދައްކަވާފައި ވެއެވެ. އަދި ފަލަސްޠީނުގައި ހިނގަމުން ދާ ޤަތުލްޢާއްމާއި އަދި ޢަރަބި މުނާފިޤުވެރިންނާއި ދެކޮޅަށް ބަސް ވިދާޅުވެފައިވެއެވެ. #NewBook @Tazkirat_Nufoos
3622Loading...
17
رحمه الله ، ~ ގަލަންދާނު
2770Loading...
18
Media files
4542Loading...
19
Media files
4882Loading...
20
Media files
3400Loading...
21
Media files
3470Loading...
22
•• كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}. ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54] އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ) ••┈┈┈┈┈┈┈┈┈┈┈•• #Salawat #Nabiyya @Tazkirat_Nufoos
4182Loading...
23
.. ✍️صلوا عليه وسلموا تسليما... «އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.» #Salawat @tazkirat_Nufoos
4281Loading...
24
ދަރިޔެއްގެ ފުށުން މައެއްގެ އެދުން ޢިބްރަތްތެރި ވާހަކައެއް މަންމަ: ދަރިފުޅު ވިހެއުމަށްޓަކައި އަހަރެން މަރާއި ހަނގުރާމަ ކުރީމެވެ. ދަރިފުޅު ބަލިވެ އަދި ރޮމުން ދިޔަ ރޭތަކުގެ ނިދި އަހަރެން ނަގާލީމުއެވެ. ދަރިފުޅަށް ފުރަތަމަ ކާންދިނުމަށްފަހު މެނުވީ އަހަރެން ދުވަހަކުވެސް ނުކަމެވެ. މިއަދު ދަރިފުޅު ތިހުރި މަޤާމަށް ގެނައުމަށްޓަކައި އަހަރެން އެތައް ވޭނެއް ތަހައްމަލް ކުރީމެވެ. އޭ އަހަރެންގެ ދަރިފުޅާއެވެ! ތިބާ އަހަރެންނަށް އޭގެ ބަދަލު ދޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު: އަހަރެން ބޮޑުވުމުން، އަހަރެން ރަނގަޅު ވަޒީފާއެއް ހޯދާ އަދި މަންމައަށް ޓަކައި ގިނަ ފައިސާތަކެއްް ހޯދާނީއެވެ. އޭރުން މި ދުނިޔެ މަތީގެ އުފާވެރިކަން މަންމައަށް ޙާޞިލްކުރެވޭނެވެ. މަންމަ: ދަރިފުޅުގެ ބައްޕަ މިހާރުވެސް ތިކަންތައް ކުރެއެވެ. އަދި ދަރިފުޅު ފުށުންވެސް މިކަންތައް ވުމަކަށް އަހަރެން ނޭދެމެވެ. ދަރިފުޅަށް އާމުދަނީއެއް ލިބެން ފަށާއިރު އަހަރެން ވާނީ މުސްކުލިވެފައެވެ. އަދި ދުނިޔަވީ ޒީނަތްތެރިކަމަކަށް އަހަރެން ބޭނުންޖެހިގެން ނުވާނެވެ. ދަރިފުޅު: އަހަރެން ޞާލިޙު އަންހެނެއް ހޯދާ އޭނާއާއި ކައިވެނި ކުރާނީއެވެ. އޭރުން އޭނާ މަންމައަށް ކައްކައިދީ މަންމަގެ ކަންތައްތައް ބަލަހައްޓާނެވެ. މަންމަ: އޭ މަގޭ ދަރިފުޅާއެވެ! އެއީ އޭނާގެ ޒިންމާއެއް ނޫނެވެ. އަދި އެ މަޤުޞަދަކަށްޓަކައި ދަރިފުޅު ކައިވެނި ކޮށްގެންވެސް ނުވާނެއެވެ. އަހަރެންނަށް ކަމެއް ކޮށްދިނުމަކަށް އޭނާއަށް ވާޖިބުވެގެން ނުވެއެވެ. އަދި އޭނާ ކިބައަކުން އަހަރެން އެފަދައިން ނޭދެމެވެ. ދަރިފުޅުގެ ކައިވެނި ވާންޖެހޭނީ ދަރިފުޅަށެވެ. ދުނިޔޭގެ ޙަޔާތް ހޭދަކުރަމުން ދާއިރު އޭނާއަކީ ދަރިފުޅުގެ ބައިވެރިޔާ އަދި ލޮލުގެ ފިނިކަމެވެ. ދަރިފުޅު: މަންމާ އެވެ! އެހެންވިއްޔާ އަހަރެން ތިބާއަށް ބަދަލުދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ މަންމަ: (ލޮލުން ކަރުނަ އޮހޮރެމުން) ގިނަގިނައިން އަހަރެންނަށް ޒިޔާރަތް ކުރާށެވެ. ނޫނީ އަހަރެންނަށް ގުޅާށެވެ. މަޔަކު ދިރިހުއްޓާ އޭނާގެ ދަރީންގެ ފުށުން ބޭނުންވާނީ ހަމައެކަނި މި މިންވަރެވެ. އެއަށްފަހު އަހަރެން މަރުވުމުން ދަރިފުޅުގެ ކޮނޑު އަހަރެންނަށް ދިއްކުރާށެވެ. (ޖަނަޒާގައި ބައިވެރިވާށެވެ.) އަދި އަހަރެން ވަޅުލާދޭށެވެ. ދަރިފުޅު ނަމާދުކުރާ ކޮންމެ ފަހަރަކު އަހަރެންނަށް ދުޢާ ކޮށްދޭށެވެ. އަހަރެންގެ ނަމުގައި ޞަދަޤާތްކުރާށެވެ. ހަނދާންކުރާށެވެ! އާޚިރަތުގައި ދަރިފުޅުގެ ކޮންމެ ހެޔޮ ޢަމަލަކުންވެސް އަހަރެންނަށް ފައިދާކުރާނެވެ. އެހެންކަމުން އަބަދުވެސް ހެޔޮ އަދި އޯގާތެރި މީހެއްކަމުގައި ވާށެވެ. އަދި ދަރިފުޅު ވަށައިގެންވާ ހުރިހާ އެންމެންގެ ޙައްޤުތައް ފުރިހަމަ ކުރާށެވެ. ދަރިފުޅު ބޮޑު ކުރުމަށްޓަކައި ނިދިނަގާލި ރޭތަކާއި އެލި ވޭންތައް، އެއީ ދަރިފުޅަށް ކޮށްދިން ކަމެއް ނޫނެވެ. އެހެނަސް އެއީ އަހަރެންގެ ޚާލިޤަށް ކޮށްދިން ކަންތަކެވެ. އެއިލާހު އަހަރެންނަށް ފުރިހަމަ ހަދިޔާއެއްގެ ގޮތުގައި ދަރިފުޅު ދެއްވެވިއެވެ. އަދި އެއިލާހުގެ ޖަންނަތް ޙާޞިލުކުރުމަށްވާ ވަޞީލަތެއްގެ ގޮތުގައި ހެއްދެވެވިއެވެ. ދަރިފުޅުގެ ކޮންމެ ހެޔޮ ޢަމަލަކީ އަހަރެން (ކޮށްދިން ކަންތަކަށްވާ) ބަދަލެކެވެ. އޭ މަގޭ ދަރިފުޅާއެވެ! މިކަންތައްތައް ކުރާނަން ހެއްޔެވެ؟ ދަރިފުޅު: (ބަސް ހުއްޓިފައި އަދި އޭނާގެ ލޮލުން ފެން އޮހޮރެނީ) ނެގިފައިވަނީ @Tazkirat_Nufoos
10Loading...
25
MAGEY LOABI MAMMA - (Madhaha) Vocals: Moosa Shifau Lyrics: Ahmed Rifau Furaavaru Album
3203Loading...
26

45811Loading...
27
ކުޑަ ޙަދަޘުންނާއި ބޮޑު ޙަދަޘުން ޠާހިރުވުން 📌ފުރަތަމަ ބައި: ކުޑަ ޙަދަޘުންނާއި ބޮޑު ޙަދަޘުން ޠާހިރުވުމަކީ ނަމާދު ޞައްޙަ ވުމުގެ ޝަރުޠެކެވެ. ދަލީލުތައް: ފުރަތަމަ: ކީރިތި ޤުރްއާނިން 1- الله تعالى ގެ ބަސްފުޅު: ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ..﴾¹ މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ގަސްދު ކޮށްފިނަމަ) ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމައަށް ދޮންނާށެވެ! 2- الله تعالى ގެ ބަސްފުޅު: ﴿وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا﴾² މާނައީ: އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ ތިޔަބައިމީހުން ތާހިރު ވެގަންނާށެވެ! ދެވަނައަށް: ސުންނަތުން 1- އަބޫ ހުރައިރާ رَضِيَ اللهُ عَنْه ކިބައިން، رسول الله ﷺ ޙަދީޘް ކުރެއްވިއެވެ: ((لا تُقبَلُ صلاةُ مَن أَحدَثَ حتَّى يَتوضَّأَ ))³ މާނައީ: ވުޟޫކޮށްފުމަށް ދާންދެން ޙަދަޘްވެރިވެއްޖެ މީހާގެ ނަމާދު ޤަބޫލުވެވިގެން ނުވެއެވެ. 2- ޢަބްދު ﷲ ބިން ޢުމަރު رَضِيَ اللهُ عَنْهما ކިބައިން، އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން رسول الله ﷺ ޙަދީޘްފުޅު ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ: ((لا تُقبَلُ صلاةٌ بغيرِ طُهورٍ، ولا صَدقةٌ من غُلولٍ ))⁴ މާނައީ: ޠާހިރުވުމާއި ނުލައި ނަމާދު ޤަބޫލުވެވިގެން ނުވެއެވެ. އަދި ޙަރާމް މުދަލުން ޞަދަޤާތެއް ނުވެެއެވެ. ތިންވަނައަށް: އިޖްމާޢުއިން މިކަމުގެ މައްޗަށް އިބްނުލް މުންޛިރު، އިބްނު ޙަޒްމު، އިބްނު ބައްޠާލު، އައްނަވަވީ އަދި އަލް ޢިރާޤީ އިޖްމާޢު ގެންނަވައިފައިވެއެވެ. 📌ދެވަނަ ބައި: ހަނދާންނެތިފައި ހުރި ޙަދަޘްވެރިޔާގެ ނަމާދު ހަނދާން ނެތިގެން ނޫނީ ޖާހިލުކަމުގެ ސަބަބުން ޙަދަޘުން ޠާހިރުނުވެ ނަމާދުކޮށްފި މީހާ، ފަހެ އޭނާ މައްޗަށް ވަނީ އަލުން (އެ ނަމާދު) އިޢާދަކުރުމެވެ. ދަލީލް ވަނީ އިޖްމާޢުއިންނެވެ: މިކަމުގެ މައްޗަށް އިބްނު ޢަބްދުލް ބައްރު، އައް-ނަވަވީ، އިބްނު ތައިމިއްޔާ އަދި އިބްނު ރަޖަބު އިޖްމާޢު ގެންނަވައިފައިވެއެވެ. 📌ތިންވަނަ ބައި: ޠާހިރުކުރުވަނިވި ދޭތި ނުލިބުން އަދި ފެން ނޫނީ ވެލި (ޠާހިރުވުމަށް) ނުލިބުނު މީހާ ނުވަތަ މަޤްބޫލު ސަބަބަކާއި ލައިގެން އެ ދޭތިން މަނަޢުވެ އޭނާ އެހުރި ޙާލެއްގެ މަތީގައި ނަމާދުކޮށްފި މީހާ، އޭނާގެ މައްޗަކަށް އެ (ނަމާދު) އިޢާދަކުރުމެއް ނުވެއެވެ. އަލް ޙަންބަލީ މަޛްހަބުގައި ވަނީ މިފަދައިންނެވެ. އަދި އެއީ މާލިކީންނާއި އެއްގޮތް ޤައުލެކެވެ. އަދި ޝާފިޢީންގެވެސް ޤައުލެކެވެ. އަދި އެއީ ބުޚާރީ، އިބްނު ޙަޒަމް، އައްނަވަވީ، އިބްނު ތައިމިއްޔާ އަދި އިބްނު ޢުޘައިމީން އިޚްތިޔާރުކުރެއްވި ގޮތެވެ. އަދި "ފަތްވާ އައް-ލަޖްނާ އައް-ދާއިމާ" އިން އެ ރާޖިޙް ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. 📚 الموسوعة الفقهية - موقع الدرر السنية https://dorar.net/feqhia/824 ••┈┈┈┈┈┈┈┈┈┈┈•• ¹ [المائدة: 6] ² [المائدة: 6] ³ رواه مسلم (225) ⁴ رواه مسلم (224) @Tazkirat_Nufoos
4643Loading...
28
•• މިއީ ﷲ ގެ ނަބިއްޔާ ޔޫސުފް عليه السلام އެވެ. އަދި އެކަލޭގެފާނު ޖަލުގައި ވީ ހިނދު، ﷲ عز وجل ގެ މަގަށް ދަޢުވަތު ދިނުން ހުއްޓައެއް ނުލައްވައެެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި ވީ ބަޔަކަށް އެކަލޭގެފާނު ދެއްވި ދަޢުވަތު ﷲ ވަނީ ޛިކުރުކުރައްވާފައިއެވެ. އެއީ އެއިލާހުގެ މި ބަސްފުޅެވެ: ﴿ يَٰصَٰحِبَيِ السِّجْنِ ءَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ ﴾ (މާނައީ: އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ އިލާހުންތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ގައްހާރުވަންތަ ﷲހެއްޔެވެ؟)¹ އަދި އެނގިގެންވާ ފަދައިން ޖަލުގައި (މީހަކު ވާނީ) ދަތި ނުތަނަވަސް ޙާލެއްގައެވެ. ދެންފަހެ ތަނަވަސް (ހެޔޮ) ޙާލެއްގައިވާ މިހާވަނީ (ދަޢުވަތުގެ ޒިންމާގައި) އަދި ކޮންފަދަޔަކުން ހެއްޔެވެ؟! އަދި އިހުގެއާއި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ޔޫސުފް عليه السلام ގެ ނަމޫނާއަށް ތަބަޢުވެލެއްވިއެވެ. ••┈┈┈┈┈┈┈┈┈┈┈•• ✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު) @Tazkirat_Nufoos
3782Loading...
29
③ [*] މިބާބުގެ މައްޗަށް އައްޠަރީފީ އިތުރަށް ވިދާޅުވެފައިވެއެވެ: ❞ ޙަރާމް ޝަރުޢުކޮށްފި މީހާ، އަދި ހަމައެފަދައިން ޙަލާލު ޙަރާމްކޮށް، ޙަރާމް ޙަލާލުކޮށް ، ﷲ ގެ ނޫން (ޝަރީޢަތަކުން) ގާނޫނު ގެނެސްފިމީހާ، ފަހެ މީނާ އިސްލާމެއް ކަމަށް އިހުގެ އަދި ފަހުގެވެސް ބޭކަލެއް ވިދާޅެއް ނުވެއެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި، ﷲގެ ވަޙީ ބަސްފުޅުން އަދި އެއިލާހުގެ ނަބިއްޔު ﷺ ގެ ބަސްފުޅުން ދެބަސްވުނެއް ނެތް ޙަލާލެއް ޙަރާމް ކޮށްފި މީހާ، އަދި ދެބަސްވުމެއްނެތް ޙަރާމެއް ޙަލާލުކޮށްފި މީހާ، އަދި މިކަން ދަނެހުރެ އެފަދަމީހަކީ އިސްލާމެއް ކަމަށް ބުނެފި މީހާ، ފަހެ އެއީ ޒިންދީޤެކެވެ. އެހެނީ އިސްލާމުންގެ އިމާމުން ކުރެ އެކަކުވެސް މިއާއި ޚިލާފުވެފައި ނުވެއެވެ. އަދި އިސްލާމުންގެ ބައިގަނޑެއްވެސް ޚިލާފުވެފައިނުވެއެވެ. މުރުޖިޢާއިންގެ ބައިގަނޑުވެސް މެއެވެ. އެހެނީ ﷲ سبحانه وتعالى ވަނީ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައެވެ: وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ [آل عمران:64] ”އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ.“ އެބަހީ އަހަރެމެންގެ ބަސްތަކުގައި މީހުން ހިފާ ގޮތަށް އެއްޗެއް ޙަލާލު ނުކުރާށޭ އެވެ. އެހެނީ ﷲ  عز وجل ވަނީ އެކަމުގައި (ވަކި ޙުކުމެއް) ފައިސިލާ ކުރައްވާފައި ކަމުންނެވެ. ހަމައެފަދައިން ވަޙީ ކުރެއްވިޔޭ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ [التوبة:31] ”އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.“ އަދި އެވެރިން ރައްބުންގޮތުގައި ކަނޑައެޅުނީ، އެވެރިން އެއްޗެއް ޝަރުޢު ކުރުމުން ﷲ ގެ ޝަރުޢު ދޫކޮށް އޭގައި ހިފުމުންނެވެ. އަދިވެސް ވަޙީ ކުރެއްވިޔޭ إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ [يوسف:40]، ”އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ.“ ވީމާ ﷲ عز وجل ޙުކުމް އެއިލާހަށް އެކަނި ލައްވަވައި، އެއަށް އަޅުކަމޭ ނަން ދެއްވެވިއެވެ. ވީމާ އެއިން އެއްޗެއް ﷲ ނޫން ފަރާތަކަށް އަނބުރައިފި މީހާ ﷲ ނޫން ފަރާތަކަށް އަޅުކަން ކޮށްފިއެވެ...❝ އަދި "ދީނުން ބޭރުވާ 10 ކަންތަކުގެ ޝަރަޙާގައި" އައްޠަރީފީ ވިދާޅުވިއެވެ: ❞ ﷲ ގެ ޝަރީޢަތް ފިޔަވައި އެހެން ޤަނޫނުތަކަކުން އެކަލާނގެ ޝަރީޢަތަށް ބަދަލު ގެނެސްފި މީހާ ފަހެ ކާފަރުވެއްޖެއެވެ. (ޞ. 108) ”...ފަހެ އިސްލާމްކަމަށް ނިސްބަތްވާ އެތައް ބަޔަކުވަނީ ވަޟަޢީ ޤަނޫނުތަކެއް ހަދާ ކޮޅަށް ޖަހާފައެވެ. ދެން އެބައެއްގެ މައްޗަށް ﷲ އެބައިމީހުން ވެރިކުރެއްވި މީހުންނަށް އެޤާނޫނުތަކަށް ޙުކުމް ހޯދަން ދިޔުމަށް އަމުރުކުރިއެވެ. އަދި އެބައިމީހުންނާއި ޚިލާފުވެ ﷲ ގެ ޙުކުމްފުޅުން ޙުކުމް ހޯދާ މީހުންނަށް އެބައިމީހުން އަދަބުދިނެވެ. ❌މިއާއިއެކުވެސް އެބައިމީހުން ދައުވާ ކުރަނީ ޝަހާދަތުގެ ދެކަލިމަޔަށް އިޤުރާރުވާ ކަމަށާއި އަދި ﷲ ގެ ޝަރީޢަތަށް ޢަމަލުކުރުން ވާޖިބުވެގެންވާ ކަމަށެވެ. އެހެނަސް މިޢަމަލުން ދަލީލުކޮށްދެނީ ބޭރުފުށަށް އެފަދައިން އެވެރިން އިޤުރާރުވިޔަސް އެތެރެފުށުން އެބައިމީހުން އެފަދައިން އިޤުރާރު ނުވާ ކަމަށެވެ. ދެމީހުން ރުހި އެއްބަސްވެގެން ޒިނޭކޮށްފިނަމަ އެދެމީހުންނަށް ޢުޤޫބާތް ދިނުން މަނާ ކުރާ މީހާ، ނުވަތަ ވައްކަމުގެ ޙުކުމް އަތްކެނޑުމުގެ ބަދަލުގައި ހަށިގަނޑަށް ނޫނީ މުދަލަށް ތައުޒީރީ އަދަބެއް ދިނުމަށް ކަނޑައަޅާ މީހާ، ނުވަތަ އެމީހަކު ބޭނުން ގޮތަކަށް ޤަބޫލުކުރާ ކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ޙުކުމްކޮށް، އެހެންކަމުން މުރުތައްދުވާމީހާ ޤަތުލުނުކުރުމާއި އަދި ތައުބާ ލައިދޭން މުހުތުދޭން ނުޖެހޭ ކަމަށް ޙުކުމްކޮށްފި މީހާ — ފަހެ މިހުރިހާ ކަމަކީވެސް ބަޔާންވެގެންވާ މަގުފުރެދުމާއި ކުފުރުވުމުގެ ތެރެއިންވާ ކަންކަމެވެ. ❝ ("އިސްލާމްކަން ގެއްލޭ ދިހަ ކަންތަކުގެ ޝަރަހަ" — އައްޠަރީފީ, ދިވެހި ތަރުޖަމާ ގެ ޞ. 108, 110 ، 111) ~ ގަލަންދާނު
2341Loading...
30
② އަދި ބައެއް މީހުން ދެކެނީ ތަޝްރީޢު އަކީ މިބާބާއި ގުޅުމެއް ނުވާ އެއްޗެއް ކަމުގައެވެ! (އެބަހީ އަޅުކަމުގެ ބާބާއި). އަދި ދެކެނީ (العبودية) ”އަޅުވެތިވުމުގެ ތެރެއިން“ ވަނީ އަޅުކަމުގެ ބައެއް ބާވަތްތަކެއް ކަމުގައެވެ. އެއީ ސަޖިދަޔާއި، ރުކޫޢު އާއި އަޅުކަންތަކުގެ ބާވަތްތަކުން ނަމާދާއި އެނޫން އެފަދަ ކަންތައްތަކެއް (އެކަނި) ކަމެވެ. އެހެންނަކުންނެއް ނޫނެވެ. އައް-ތަޝްރީޢު އަކީވެސް އަޅުކަމެކެވެ. މިސަބަބަށްޓަކައިއޭ ﷲ جل وعلى އެއިލާހު ގެ މަތިވެރި ފޮތުގައި މިހެން ވަޙީ ކުރައްވަނީ: إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ [يوسف:40]، ”އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ.“ އެގޮތުން ޙުކުމް ކުރުމީ އަޅުކަމެއް ގޮތުގައި ކަނޑައެޅުއްވިއެވެ. ދެވަނަ ވައްތަރު: (العمل بالتشريع) ”ތަޝްރީޢު ގެ ޢަމަލު“ ، އެބަހީ: ގައުމުތަކުން ކޮންމެވެސް ގައުމެއްގައި ޝަރުޢު ވަނީ ﷲ عز وجل ގެ ޝަރީޢަތުން ކަމުގައި ވެފައި، ﷲ عز وجل ޙަލާލު ކުރެއްވި އެއްޗެއް އެތާނގައި ޙަލާލު ކުރެވި، ޙަރާމް ކުރެއްވިއެއްޗެއް އެތާނގައި ޙަރާމް ކަމުގައިވެފައި، ދެން (ކުރިޔަށްދާ ވަކި މައްސަލައެއްގައި) ޙުކުމެއް ކަނޑައެޅުމުގައި މީހާ އުނިވުމެވެ. އޭނާ ޙަލާލެއް ޙަރާމް ނުކުރެއެވެ. އަދި ޙަރާމެއް ޙަލާލުވެސް ނުކުރެއެވެ. އެހެނަސް (التطبيق) ނިޔާ ކަނޑައެޅުމުގައި އޭނާ ދޫދިނެވެ. ރާބޯ މީހާ އަށް ޙައްދު ނުޖެހިއެވެ. ޒިނޭ ކުރިމީހާ ދޫކޮށްލިއެވެ. ރިޝްވަތުގައި ހިފައި ވައްކަން ކުރިމީހާގެ އަތްކެނޑުން ދޫކޮށްލިއެވެ. އަދި މިޒާތުގެ ކަންކަމެވެ. އެއީ ޤާނޫނުގައި އާއި ނިޒާމުގައި އެކަމުގެ (ﷲ ގެ) ޙުކުމް އޮތް ހިނދުގައެވެ. ފަހެ الكفر دون كفر އޭ ސަލަފުން އަރިހުން އައިސްފައި އޮތް މަސްއަލާ އަކީ މިއީ އެވެ. ☝️ދެންފަހެ ފުރަތަމަ ގެނެވުނު ބާވަތް (އައް-ތަޝްރީޢު)، ދަންނައެ، އެއީ މިފަހުން މިބުނެވުނު ބާބު ތެރޭ ބަހުޘް ކުރެވޭ އެއްޗެއް ނޫނެވެ. އެހެނީ (ތަޝްރީޢު) އެއީ މުސްލިމުންގެ އިޖުމާޢުއިން (ދެބަސްވުމެއް ނެތް) ކުފުރެވެ. އެހެނަސް ބައެއް މީހުން ފުރަތަމަ މަސްއަލަ — އައްތަޝްރީޢު ގެ މަސްއަލަ— ތެރެއަށް، الكفر دون كفر ގެ ޙާލަތް ވައްދުވައެވެ! މިއީ ޝަރުޢީ ދަލީލުން ބުރަދަން އޮތް (سائغ) ބުނުމެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ ނޫނެކެވެ. މިއީ އެއްވެސް މުސްލިމެއް ގާތު (ޝަރުޢީ ދަލީލުން) ބުރަދަން އޮތް ބުނުމެއް ނޫނެވެ. އަދި ﷲ سبحانه وتعالى"އަޑު އަހައި ކިޔަމަންގަތުމުގެ" ވާޖިބު، އެއިލާހުގެ ޝަރުޢުން ޝަރުޢު ކުރާ މީހުންނަށް (އެކަނި) ގޮށްޖައްސަވާފައި ވަނީ މިސަބަބަށްޓަކައެވެ. އެއީ އިތުރުއެކަލޭގެފާނުން عليه الصلاة والسلام ގެ ޙަދީޘް ގައި ވާފަދައިންނެވެ: (اسمعوا وأطيعوا وإن تأمر عليكم عبد حبشي يقوم بينكم بكتاب الله) ”ތިޔަބައިމީހުންގެ މައްޗަށް އަމުރުވެރިޔަކަށް ލެވިފައިވަނީ ޙަބަޝީ އަޅެއް ކަމުގައި ވިޔަސް، އޭނާ ތިޔަބައިމީހުންގެ ތެރޭ ﷲ ގެ ފޮތް ޤާއިމުކުރާއިރު، އަޑުއަހާށެވެ. އަދި ކިޔަމަންތެރިވާށެވެ.“ އެހެންކަމުން އަޑުއަހައި ކިޔަމަންގަތުން ޝަރުޠުކޮށް ހިފެހެއްޓެވީ ﷲ سبحانه وتعالى ގެ ފޮތުގެ މައްޗަށެވެ. އަދި ކޮންމެ ކޮންމެ އަމުރުވެރިޔަކާއި ނަހީވެރިޔަކަށް އެ ދޫކޮށްނުަލައްވައެވެ. ❝ ⁽¹⁾ — ޢަބްދުލް ޢަޒީޒް އައްޠަރީފީ އައްރާޒީންގެ ދެ އިމާމުން ގެ ޢަޤީދާ "ސުންނަތުގެ އަޞްލާއި ދީނުގެ އިޢްތިޤާދު" — މީގެ އައްޠަރީފީ ޝަރަޙަ (އޯޑިއޯ ދަރުސް އިން) ~ ގަލަންދާނު
2251Loading...
31
🔴 ( كفر دون كفر އަކީ ތަޝްރީޢު ތެރެއަށް ވަންނަ އެއްޗެއް ނޫނެވެ.) ① ❞ މިތާނގައި (ދެ ރާޒީން) ވިދާޅުވަނީ؛ (ولا نرى الخروج على الأئمة) ”(މުސްލިމުންގެ) އިމާމުންނަށް ބަޣާވަތްކުރުން (ހުއްދަކަމުގައި) އަހަރެމެން ނުދެކެމުއެވެ.“ ޛިކުރު ކުރެއްވީ އިމާމުންނޭ އެވެ. އެބަހީ: ކުރީ ފޮޅުވަތުގައި ވާ ޤަޥްލުގައި ނަންގަނެވުނު އިމާމުންނެވެ. އެއީ: (مع أئمة المسلمين) ”މުސްލިމުންގެ އިމާމުންނާއި އެކުގަޔޭ“ މިއެވެ. މާނައީ: މުސްލިމުންގެ ތެރެއިންވާ އިމާމުންނާއި އެވެ. ވީމާ އެވެރިންނާ ދެކޮޅަށް ބަޣާވާތް ކުރުން ނުވެއެވެ. މިކަން ޝަރުޠުވެފައި މިއޮތީ އެވެރިންގެ އިސްލާމް ކަމަށެވެ. އަދި އިސްލާމްކަން ފާޅުވުން ވަނީ، އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުންނެވެ. އިސްލާމީ ޝަރީޢަތް، އެއީ ﷲ ޙަލާލު ކުރެއްވި ޙަލާލުތައް ޙަލާލުކުރުމާއި، ﷲ ޙަރާމް ކުރެއްވި ޙަރާމްތައް ޙަރާމް ކުޅައުމެވެ. އަދި އެއްޗެއް ޝަރުޢު ކޮށްފި މީހާ، އެގޮތުން ދެބަސްވުންނުވާ ޙަލާލުތައް ޙަރާމްކޮށް ، ޙަރާމްތައް ޙަލާލުކޮށްފި މީހާ، ފަހެ އޭނާ އެވަނީ ﷲ އާއި އެއްހަމަ ފަރާތެއްކަމުގައި އޭނާގެ ނަފުސު ގެނެސްފައެވެ. މިސަބަބަށްޓަކައި ﷲ جل وعلا އެއިލާހުގެ މަތިވެރިވެގެންވާ ފޮތުގައި ވަޙީކުރެއްވި ޔޭ: وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ [آل عمران:64] ”އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ.“ މީގެ މުރާދަކީ، އަންނާށޭ އޭ އަހުލު ކިތާާބީންނޭ، އަހަރެމެންނަށް ވަނީ އަހަރެމެން ދެފަރާތުން އެއްވެސް މީހެއް އެއީ ޝަރުޢު ހަދާނޭ ވެރިޔެއް ގޮތުގައި ނުނެގުމެވެ. އަދި ހަމަކަށަވަރުން އެކަމުގެ ވެރިފަރާތަކީ ﷲ سبحانه وتعالى އެވެ. އަދި ޝަރުޢު ކުރެއްވުމީ އެއިލާހަށް އޮތް ކަމެއް ގޮތުގައި ﷲ عز وجل ލެއްވެވީ މިސަބަބަށްޓަކައެވެ. 🤚ތަޝްރީޢު ކުރުމާއި ޙުކުމް ކަނޑައެޅުމާއި ގުޅުން އޮތް މަސްއަލައަކަށް އަލިއަޅުވާލަން އަހަރެންނަށް އެބަޖެހެއެވެ. އެއީ ދެބާވަތަކަށް އަހަރެމެން ސަމާލުވާން ޖެހެއެވެ: ފުރަތަމަ ވައްތަރު: — އަދި މީގައި އެކި ފަރާތްތައް ވަނީ މަސްހުނިވެގެން ނޭ — މިތަޝްރީޢު ކުރުމުގެ ވައްތަރުގައި، އެއީ ޤާނޫނުތައް ހެދުމެވެ. ތަޝްރީޢު ކުރުމަކީ މިއެވެ. އެކަމެއްގައި ﷲ عز وجل ގޮތްނިންމަވާފައިވާ ކަމެއްނަމަ، އެކަން ވަނީ (އެނޫން ފަރާތެއްގެ އިޚްތިޔާރު ނެތި) ﷲ އަށެވެ. އަދި ﷲ عز وجل ދޫކުރައްވާފައިވާ އެއްޗެއްގައި، އެއިލާހުވަނީ މީސްތަކުން އޭގައި އެބައިމީހުންގެ މިނިވަންކަމާއިއެކު ޝަރުޢުކުރުމަށް އިޛުނަދެއްވާފައެވެ. އެއީ އެކިއެކި ޙާލަތްތަކާއި ނިޒާމީ ކަންކަމުގައެވެ. ދިރިއުޅުމުގެ ނިޒާމުގައި އާއި ބިންތަކާއި، ޞިއްޙަތާއި، ވަޒީފާތަކާއި، ރަށްތަކާއި އަވަށްތަށް ބެހުމާއި، ސަލާމަތާއި ރައްކާއުތެރިކަމާއި، މަދަރުސާތަކާއި، ކިޔަވައިދިނުމުގެ މަރުޙަލާތަކާއި، ކިޔަވާކުދިންގެ މަރުޙަލާތަކާއި ދަރަޖަތަކާއި އަދި މިނޫން (މިފަދަ އިދާރީ) ކަންކަމެވެ. އަދި މުސާރައިގެ އޮނިގަނޑާއި މިނޫން ދިރިއުޅުމާއި ބެހޭ އިދާރީކަންކަމުގައެވެ. މިކަންކަން ރައްދުވަނީ މީހުންގެ ޙާލަތްތަކުގެ މައްޗަށެވެ. އެމީހުން އެއްވެ އެމީހުން ބޭނުންވާ ގޮތަކަށް އެކަންކަން ކަނޑައަޅަންވީއެވެ. އެއީ ޝަރީޢަތުގައި ލެވިފައިވާ އަޞްލަކާއި (އެޙަދާ އިދާރީ ޤާނޫނަކާއި) ތަޢާރުޟު ނުވާހާ ހިނދަކުއެވެ. (އެކަން ހުއްދައެވެ.) 🔴އެހެނަސް ކަމެއްގައި ﷲ عز وجل ގޮތް ނިންމަވާފައި ވަނީނަމަ، އިންސާނަކަށް އެހެވޭ ޙުކުމް ހޯދާ ފަރާތް ގޮތުގައި ނޫނީ ޙުކުމް ކުރާ ފަރާތް ގޮތުގައި ވިޔަސް، ﷲ ޙަރާމް ކުރެއްވި އެއްޗެއްގައި ތަޝްރީޢު ކުރުން އޭނާއަށް ނުވެއެވެ. އެކަމަކީ ޙަރާމެކެވެ. އެހެންކަމުން، ﷲ ޙަލާލް ކުރެއްވި އެއްޗެއް ޙަރާމްކޮށްފި ނަމަ ނުވަތަ ﷲ ޙަރާމް ކުރެއްވި އެއްޗެއް ޙަލާލުކޮށްފިނަމަ، އޭނާ ﷲ ދޫކޮށް ތަޝްރީޢު ކުރުމުގެ ތެރެއަށް ވެއްޓިއްޖެއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންނާއި މެދު ﷲ عز وجل ޞިފަކުރައްވާފައިވަނީ މިއިންނެވެ. އެއީ އެއިލާހު جل وعلا ގެ މިއާޔަތުގައެވެ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ [التوبة:31] ”އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.“ =
1921Loading...
32
~ ގަލަންދާނު
2021Loading...
33
④ -------------------------------- = (ށ) އަދި ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ” (كفر دون كفر) ޘާބިތުވެފައިވަނީ އިބްނު ޢައްބާސްގެ ދަރިވަރުންގެ ފުށުންނެވެ. ޢަޠާއު އަދި އެނޫން ބޭކަލުންގެ ފަރާތުންނެވެ.އަދި އިބްނު ޢައްބާސް އަރިހުން ޘާބިތުވެގެންވަނީ "ތިއީ ކަލޭމެން ތިދެކޭ ކުފުރެއް ނޫނެވެ." އަދި އެނޫން ރިވާޔަތެއްގައި "އެއީ ކުފުރެވެ." އަދި (އިބްނު ޢައްބާސް ކުރެން كفر دون كفر ރިވާކުރި) ޙިޝާމް ބުނު ޙުޖައިރު ފުށުގައި ބަލިކަށިކަމެއް ވެއެވެ. އަދި އިބްނު މަސްޢޫދުގެ އަރިހުން އިބްނު ޖަރީރު ރިވާކުރެއްވި ތަކެތީގައި ޘާބިތުވެގެން ވެޔޭ، ވިދާޅުވިޔޭ: ”އެއީ ކުފުރެވެ.“ އެއީ ޙުކުމް ކުރުމުގައި ރިޝްވަތުގައި ހިފުމާއިމެދު ސުވާލުވެވުމުންނެވެ. ވިދާޅުވީ ”އެއީ ކުފުރު" އޭ އެވެ. އަދި ސަލަފުންގެ އަރިހު މިމައްސަލާގައި (މިއާޔަތުގެ ތަފްސީރުގައި) ޚިލާފުވާކަން އިބްނު ޖަރީރު ޛިކުރު ކުރެއްވިއެވެ.“ — އައްސަޢްދު ގެ ބަސް މިހިސާބަށް. ނޯޓް: އަހަރެމެން ވާނީ އަޞްޙާބު  ބޭކަލުންގެ ޚިލާފު އޮންނަ ހިނދު އާޔަތުގެ ތަފްސީރުގެ ނެގެވޭ އުޞޫލުތަކާއި ހަމަ އަހަރެމެން އެކުލަވާލާފައިވާ (އިނގިރޭސި ބަހުން އެކުލަވާލި) ފޮތް "لماذا كفّرت الحكومات" ގައި ބަޔާންކޮށްދީފައެވެ. (ފޮތް pdf) (ނ) އަދި ޑރ. މާޙިރު އަލްފަޙްލު ވިދާޅުވިއެވެ: ”މިބަސްފުޅު ޞައްޙައެއް ނޫނެވެ. އިބްނު ޢައްބާސް އަރިހުން ޞައްޙަވެފައި ނުވެއެވެ. އަދި ޘާބިތެއް ނޫނެވެ. އިބްނު ޢައްބާސަށް ނަގުލުވި ސަނަދުގެ މަގު ޟަޢީފެވެ.“ (ރ) އަދި ޝެއިޚް ޙައްދާން ޙުސައިނުއް ޞޫމާލީ އިބްނު ޢައްބާސްގެ މިނޫން ބީދާއިން އައިސްފައިވާ އެންމެހާ ރިވާޔަތްތައް ބަލިކަށި ކުރައްވައި އޭގެ ޚުލާޞާއެއް ލިޔުއްވިއެވެ. (ބެލުމަށް: ١ ، ٢ ، ٣ ، ٤ ، ٥ ، ٦ ، ٧ ،) އަދި ސަލަފުން މި ރިވާޔަތް ބަލައިގަތް ގޮތްތަކާއި އޭގެ ހަމަތަށްވެސް ބަޔާން ކުރެއްވިއެވެ. (ބެލުމަށް) (ބ) އަދި އަލްޢަލްވާންވެސް އޭގެ ސަނަދު ތަފްޞީލު ދެއްވާފައިވެއެވެ. އަދި ކުރިން ބަޔާން ވެވުނު ރިސާލާ (ألا إن نصر الله قريب) ގައި ވިދާޅުވިއެވެ: ”މީގައި ދެ (ބަލިކަށިކަމުގެ) ޢައިބެއް އެކުލެވެއެވެ: ފުރަތަމައީ: ހިޝާމް ބްނު ޙުޖައިރު އަކީ ހަނދުމައިގައި ބަލިކަށި މީހެއް ކަމެވެ. އިމާމް އަޙްމަދާއި އެނޫން ބޭކަލުން މިގޮތަށް ވިދާޅުވިއެވެ. ދެވަނަ ބަލިކަށްޓަކީ: ހިޝާމް ވަނީ (މިރިވާޔަތް ގެނައުމުގައި) އޭނާއަށް ވުރެ އިތުބާރު ހުރި މީހުންނާއި ތަޢާރުޟު ވެފައެވެ. (ދެން މުޢައްމަރުގެ ސަނަދުން އައި ރިވާޔަތް ގެންނެވިއެވެ. އަދި މި މައްސަލައިގެ މައްޗަށް ތަފްޞީލު ގެންނެވިއެވެ. (ބައްލަވާ)) (ޅ) އަދި އަލްޢައްލާމާ ޙަމޫދު ބްނި ޢަޤްލާއު އައްޝުޢައިބީ މިމައްސަލާގައި ދެއްވި ފަތުވާގައިވެސް އެރިވާޔަތް ޟަޢީފު ކުރެއްވިއެވެ. (ބައްލަވާ)
2691Loading...
34
③ -------------------------------- = އަދި މިޤަވާޢުދު ތަފްޞީލު ކުރައްވަމުން، އަލްޢަލްވާން (ألا إن نصر الله قريب) — މިރިސާލާ ގެ ޞ. 5 ގައި ވިދާޅުވިއެވެ: ❞ އަދި އިބްނު ޢައްބާސް ގެ ބަސްފުޅު (هي كفر) ”އެއީ ކުފުރޭ“ އަދި އަނެއް ބަސްފުޅު (هي به كفر) ”އެއީ އޭނާ ކިބައިގައިވާ ކުފުރޭ“ — މިއިން ދޭހަވަނީ: އެ އާޔަތްވަނީ ބޭރުފުށަށް ދޭހަވާ މާނައިގައި ކަމެވެ. އަދި އަލްކުފުރު ކަލިމައިގައި އަޞްލަކީ ކުރިޔަށް އޮތް <ل> އެކުލެވިފައިވާނަމަ އެއީ ބޮޑު ކުފުރުކަމެވެ. މިއީ ޝެއިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) رحمه الله "އަލްއިޤްތިޟާއު" (1/208) ގައި ކަނޑައެޅުއްވި ފަދައިންނެވެ. މިއީ އޭތި (އެޖުމްލައެއްގައި ވަކި ކަމަކަށް) ހަނިކުރެވިފައި ނުވާނަމައެވެ. ނުވަތަ އެ (ޢާންމު މާނަ) ފުރޮޅައިލާނޭ ޤަރީނާއެއް ނުއަންނަހާ ހިނދަކުއެވެ. އަދި އިބްނު ޢައްބާސް އަރިހުން އަލްބުޚާރީ ރިވާކުރެއްވި، ޒައިދު ބުނު ޘާބިތުގެ އަންހެނުން ގެ ބަސްކޮޅު، [އެހެނަސް އަހަރެން "އަލްއިސްލާމް" ކަމުގައި "އަލްކުފްރު" ވުމަށް ނުރުހެމޭ] — މިބަސްކޮޅު، މި ޤާޢިދާ އާއި ތަޢާރުޟު ނުވެއެވެ. އަދި މިބާބުގައި މިއޮތް އަޞްލު މުގުރައިވެސް ނުލައެވެ. އެކަނބުލޭގެ ބުނެފައިވަނީ ”އަލްއިސްލާމް ކަމުގައި...“ އޭ އެވެ. އަދި މިޤަރީނާއިން ވަށައިޖެހެނީ އަލްކުފުރު ލަފްޒުން މުރާދަކޮށްފައިވަނީ ބޮޑު ކުފުރު ނޫން އެއްޗެއްކަމެވެ. އަދި އިސްލާމް ކަމުގެ "ތެރޭގައި" ކުފުރު އަކްބަރު ވުމޭ ބުނުން ްޞައްޙަވެގެން ނުވެއެވެ. އަދި އިސްލާމާއި އެކު ل ކުރިޔަށް ލައި އަލްކުފްރޭ ބުނާއިރު، މިގޮތަށް މާނަ ހަނިނުނުކޮށް އޮވެއްޖެނަމަ ބުއްދިއަށް އަންނާނީ އޭގެ ޙަޤީޤީ މާނައެވެ. (އެބަހީ: މީހުންނަށް ހީކުރެވޭނީ އެއީ ބޮޑު ކުފުރު ކަމެވެ.) ވައި މިހެންކަމުން އެކަނބުލޭގެ މިވަނީ މާނަ ހަނިކޮށްލައިގެން (އެބަހީ: އިސްލާމް ކަމުގެ ތެރޭގައި އޭ ބުނެ) މިއޮޅުން ކަނޑުވައިލައިފައެވެ. އަދި މިގޮތަށް އޮތުމުން ވިސްނާމީހަކަށް އެކަން ދެނެގަނެވެއެވެ. ❝ (މިޗޮތުގެ އިނގިރޭސި ތަރުޖަމާ ކިޔާލަން ބޭނުންނަމަ - ލިންކް ) [2] ޤަޟިއްޔާ: (ނަން) : ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މައްސަލައެއް ކޯޓުގައި ބަލާބެލުން. (ދިވަހި ބަހުގެ ރަދީފު) [3] އަދި މިރިވާޔަތުގެ ބަލިކަށިކަމުގެ މައްޗަށް ފަހުގެ ތަފާތު މުޙައްދިޘުން ބަސްވިދާޅުވެފައި ވެއެވެ. އެގޮތުން: (ހ) އައްޠަރީފީއާއި ސުވާލުވެވުނެވެ: ”ސޯޅަވަނަ ސުވާލު: އިބްނު ޢައްބާސް ގެ ޙަދީޘް (كفر دون كفر) ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ؟“ ޖަވާބު: ”އެއީ އިބްނު ޢަޢްބާސް އަށް މަޥްޤޫފު (ރަސޫލު ﷲ ﷺ އަށް ނިސްބަތް ނުވާ) ޤަޥްލެކެވެ. އަދި މިއީ (އިބްނު ޢައްބާސް ވިދާޅުވިކަމަށް) ޘާބިތު ނޫން ބަސްކޮޮޅެކެވެ. އެ ޤަޥްލު ރިވާކުރެއްވީ އިބްނު އަބީ ޙާތިމް އާއި އަލްޙާކިމް އެކަލޭގެފާނުގެ "އަލްމުސްތަދްރަކް" ގައި އާއި، އަލްބައިހަޤީ އެކަލޭގެފާނުގެ ސުނަން ގައި އާއި، އަލްމަރްވަޒީ "ތަޢްޡީމު ޤަދްރިއް ޞަލާތި" ގައި އަދި އިބްނު ޢަބްދުލް ބައްރު "އައްތަމްހީދް" ގައި ، ހިޝާމް ބްނި ޙުޖައިރު ، ޠާޥޫސު އަރިހުން  ﷲ تعالى ގެ ވަޙީ : (ومن لم يحكم بنا أنزل الله فأولئك هم الكافرون) ގޮތުން، އިބްނު ޢައްބާސް ވިދާޅުވިޔޭ: (كفر دون كفر) ”އެއީ ކުފުރަށް ނުވާ ކުފުރެވެ.“ އަދި މަ އެރާވީ ހިޝާމް ބްނި ޙުޖައިރު ވަނީ، ޟަޢީފު ކަމަށް އަޙުމަދު ކަނޑައަޅުއްވާފައެވެ. އަދި އިބްނު މަޢީންވެސް ޟަޢީފުކުދެއްވިއެވެ. އަދި އިބްނު ޢުޔައިނާ ވިދާޅުވިއެވެ: ”އެނޫން އެހެން މީހެއް ގާތުން ލިބިފައި ނުވާ އެއްޗެއް، އަހަރެމެން ހިޝާމް ބުނު ޙުޖައިރު އަތުން ނުނަގަމެވެ.“ އަދި އަބޫ ޙާތިމް ވިދާޅުވިއެވެ: ”އޭނާގެ ޙަދީޘު އޭނާ ލިޔެއެވެ.“ (މިއީ ހަނދުމައިގެ ބަލިކަށިކަން ދަލީލުކޮށް ބަލިކަށި ކަމުގެ ޞިފަޔެއް ކަމަށް ޙަދީޘް އިމާމުން ގެންނަވާ ޞިފައެކެވެ.) އަދި އަލްޢުޤައިލީ " އައްޟުޢަފާއު" ގައި އޭނާ ގެންނެވިއެވެ. (އެއީ ބަލިކަށި ރާވީން ހިމެނުއްވި ފޮތެއް). އަދި އަލްޢިޖްލީ އާއި އިބްނު ސަޢުދު އޭނާ އިތުބާރު ކުރެއްވިއެވެ. އެރިވާޔަތުގެ ލަފުޒު ވަނީ އޮޅުން އަރާފައެވެ. ފަހެ އަލްމަރްވަޒީ "ތަޢްޡީމު ޤަދްރިއް ޞަލާތި" ގައި އަދި އިބްނު ޖަރީރާއި ޢަބްދުއް ރައްޒާޤު "މުޞައްނަފު" ގައި، މުޢައްމަރު ގެ ޙަދީޘް ތަކުން، އެކަލޭގެފާނު ރިވާކުރެއްވިޔޭ، އިބްނު ޠާވޫސު އަރިހުން، އޭނާގެ ބައްޕަ އަރިހުން، ވިދާޅުވިޔޭ: އިބްނު ޢައްބާސާއި ސުވާލުވެވުނޭ މިއާޔަތާއި މެދު: (ومن لم يحكم بما أنزل الله فأولئك هم الكافرون)، (އެހެންކަމުން) ވިދާޅުވިޔޭ: (هي به كفر) ”އެއީ ކުފުރެވެ.“ އަދި ޞައްޙަ އެއްޗަކީ މިއެވެ. “ — އައްޠަރީފީގެ ބަސް މިހިސާބަށް.
2132Loading...
35
② އަދި މިއީ كفر دون كفر އޭ ބުނެ އަދި އިބްނު ޢައްބާސުގެ ޤަޥްލު ދަލީލަކަށް ގެންނަ މީހުންފުށަކު އެބުނުމުގައި ބުރަދަނެއް ނުވެއެވެ. އެހެނީ އިބްނު ޢައްބާސް (އެބަސް ވިދާޅުވިކަމަށްވާ ޙާދީޘާގައި) މިއިން އެއްވެސް ކަމެއް ޤަޞްދު ނުކުރައްވައެވެ. އަދި އެބަސްފުޅުން ޤަޞްދު ކުރެއްވީ ކުފުރަށް ނުފޯރާ ކަންކަމުގައި ކާފަރު ކުރާ މީހުންނަށް ރައްދު ދެއްވުމަށެވެ. އެހެންކަމުން ވިދާޅުވީ: ތިއީ ކުފުރަށް ނުވާ ކުފުރޭ އެވެ. އަދި ހަމަމިސަބަބަށްޓަކައި އަޞްޙާބުން ތެރެއިން ޖަމާޢަތެއް މިއާޔަތަކީ ޔަހޫދީންނާއި ނަޞާރާއިންނަށް އޮތް އާޔަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ޢިލްމުވެރިން ކުރެ ބައިގަނޑެއް އެއީ ޢާންމުކޮށް އެންމެންނަށްވާ ޙުކުމެއް ގޮތުގައި ވިދާޅުވިއެވެ. އެހެނީ (ا) އާއި (ل) ކުރިޔަށްލައި الكفر އޭ އައިސްފިނަމަ، އެއީ ބޮޑު ކުފުރު ނޫން އެއްޗެއްކަމުގައި ދޭހަނުވެއެވެ.⁽¹⁾ އަދި ވަކި ޤަޟިއްޔާ⁽²⁾ ޙާލަތުގައި، މިކަން (ބޮޑު ކުފުރުން) ނެއްޓިދެއެވެ.  އަދި ޠާވޫސު އާއި އިބްނު ޢައްބާސްގެ ދަރިވަރުން ފަދަ ސަލަފުންގެ ބައިގަނޑެއް ފުށުން ވާރިދުވެފައިވާ كفر دون كفر މާނަ ކުރެވުން ވަނީ މިޙާލަތަށެވެ. އެބަހީ: (القضية العينية) ވަކި ޝަރީޢަތެއް ކުރެވޭ އިރު އޭގެ ތެރޭގައި ހިގައިދާ ކަމެކެވެ. ދެންފަހެ القضية العينية ނޫން ޙާލަތުގައި، މިއީ كفر دون كفر އޭ ބުނުން ޞައްޙަވެގެން ނުވެއެވެ. އަދި އިބްނު ޢައްބާސް ގެ އަރިހުން އެ ބަސްކޮޅު މަޢުލޫލް އެެވެ. (ޞައްޙަވެފައި ނުވެއެވެ.) އެހެނީ ޢަބްދު ﷲ ބުނު ޠާޥޫސް އަރިހުން އެބަސްފުޅު ރިވާ ކުރި ފަރާތަކީ، (އޭނާއަށް ބުރަވެ) ބަލައިގަނެވުން ނުވާ ވަރު މީހެކެވެ.⁽³⁾ އަދި އޭނާއާއި ޚިލާފަށް މުޢައްމަރު ރިވާކުރައްވައި އޭގައި ވަނީ:   (هي به كفر) ”އެއީ ކުފުރޭ“ ވެ. އެބަހީ: އެ އާޔަތް ނެގެހެއްޓުން ވަނީ ޢާންމު މާނައިގައި ކަމެވެ. (ކުޑަކުފުރަށް އެކަނި ހަނި ނުކޮށެވެ.). އަދި އެކަމުން ޤަސްދުކުރެވެނީ (ﷲ ގެ ޝަރީޢަތް އުވައިލާ) ބަދަލު ކުރުން ކަމުގައި ވާނަމަ ނުވަތަ ޤަޞްދުކުރެވެނީ (ތަބާވެ ރުޖޫޢަވާނޭ ޝަރުޢު އެއް) ތަޝްރީޢު ކުރުން ނަމަ، މިއީ މިކަމުގައި ޚިލާފެއް ނުވާ ކަމެކެވެ. ❝ — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން [މަޞްދަރު: الأسئلة البحرينية ، ބަސްކޮޅު] ~ ގަލަންދާނު --------------------------------- [1] އަދި ތަޝްރީޢު ކުރުމީ ހިތުގެ ނިޔަތުން އެކަނި އިސްތިޙްލާލު ކުރުމުން ނޫނީ ކުފުރު ނުވާނޭ ކަމަށް ބުނާ މި ޖަހުމީ ފިކުރުގެ ބޮޑެއް ވަނީ ޝެއިޚް އަލްޢަލްވާން ގެ މައްޗަށް މިޤަވާޢިދު މިއާޔަތުގެ މައްޗަށް ގެނައުމާއިމެދު، ދޮގުހަދައި އެ އުޞޫލު އޮޅުވައިލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެއަށް ރައްދުދިނުމަކީ އަހަރެމެންގެ މައުލޫއެއް ނޫނެވެ. އަދި ޙަޤީޤަތަކީ އަލްޢަލްވާން މީގައި ތަފްޞީލު ދެއްވަފައިވާކަމެވެ. (އޯޑިއޯ) . އެއީ (ال) އައިސްފިނަމަ އޭގެ އަޞްލުގައި (ބޮޑު ކުފުރުގައި ދެމިއޮވެޔޭ) ދަލީލެއް އޭގެ އިދިކޮޅަށް އަންނަ ޙާކުގައި މެނުވީއެވެ. އަދި ޢާންމު ޤަޥްލު ޚާއްޞަ ޤަޥްލުގެ މައްޗަށް ހިފެހެއްޓުމުގެ އުޞޫލުތަކީ ބިދުޢަވެރިން އަބަދުވެސް އޮޅުވާލައި އެވެރިންވެ ބިދުޢައިގެ މައިގަނޑު ސަބަބު ކަމުގައި ވަރަށް ގިނައިންވާ ކަމެކެވެ. އަދި އަބޫ މާލިކް އައްތަމީމީ "ދީނުން ބޭރުވާ 3 ވަނަ ކަންތަކުގެ ޝަރަޙަ" (ދެވަނަ ބައި) ގައި މިއުޞޫލަށް ޖާހިލުވުމުގެ ސަބަބުން ސަލަފުންގެ ބައެއް ބަސްތަކުން ޙުކުން އޮޅުވާލާ މީހުންނާއިމެދު ތަފްޞީލުދެއްވާފައިވެއެވެ. =
1912Loading...
36
🔴ﷲ ބާއްވައިނުލައްވާ އެއްޗަކުން ޙުކުމް ކުރުމުގެ މައްސަލާގައި ”ކުފުރަށް ނުވާ ކުފުރޭ“ ބުނެވޭ ޙާލަތާއި އިބްނު ޢަޢްބާސްގެ ރިވާޔަތުގެ ޙުކުމް {الشيخ المحدث سليمان العلوان — ثبته الله} ① ސުވާލު: އަހަރެމެންގެ ޝެއިޚެވެ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން، ﷲ ގެ ޙުކުމް ނޫން އެއްޗަކުން ޙުކުމް ކުރުމުގެ މައްސަލާގައި ރިވާވެފައިވާ، «كفرٌ دون كفر» (އެއީ ކުފުރަށް ނުވާ ކުފުރޭ) — މިއަޘަރުގެ (ޞަޢްޙަކަމުގެ) މައްޗަށް ޝެއިޚުގެ ޙުކުމަކީ ކޮބައިތޯއެވެ؟ ޖަވާބު: ❞ މިއީ މަޢުލޫލް (ބަލިކަށި) ރިވާޔަތެކެވެ. އެހެނީ އިބްނު ޢައްބާސް ގެ އަރިހުން އެކަލޭގެފާނު (كفر دون كفر) އޭ ވިދާޅުވިކަމަށް ޘާބިތުވެފައި ނުވާތީއެވެ.⁽¹⁾ އަދި ޢައްމާރު ވަނީ، ޢަބްދު ﷲ ބުނު ޠާވޫސް އަރިހުން، އެކަލޭގެފާނު ގެ ބައްޕަ އަރިހުން ރިވާކުރައްވާފައޭ، އިބްނު ޢައްބާސް ވިދާޅުވިޔޭ: (هي به كفر) ”އެއީ ކުފުރެވެ.“ އަދި އިބްނު ޢައްބާސް ގެ އަރިހުން (ރިވާޔަތުގައި އުނިކަމެއް ނެތި) މަޙްފޫޡު ކޮށް އޮތް ބަސްފުޅަކީ މިއީ އެވެ. އަދި كفر دون كفر އޭ ވިދާޅުވިކަމުގައި މަޙްފޫޡުކޮށް ނެތެވެ. ⚠️އަދި މި (ފަހުން ބުނެވުނު) ބަސްފުޅު އިބްނު ޢައްބާސް ގެ އަރިހުން ޞައްޙަވީ ކަމުގައި ވިޔަސް، އެއިން އެކަކޭގެފާނުގެ މުރާދަ އަކީ މުޢައްޔިނު އަދި ވަކި ޤަޟިއްޔާގެ ޙާލަތުގެ މައްޗަށް އެކަންޏެވެ. އެއީ (ވަކި ޝަރީޢަތުގެ މަޖިލީހެއްގައި) އެ ޤާޟީއެއް އޭނާގެ ގާތްތިމާގެ މީހަކަށް ހެޔޮގޮތަކަށް ނިންމައިދޭން ބޭނުންވުން އަދި މިފަދަ ކަމަކުން ކަމެއްގައެވެ. އެގޮތުން މީސްތަކުންނަށްވާ ޝަރީޢަތެއް ކަމުގައި ނުހަދާ ގޮތުގައި، ﷲ جل وعلا ގެ ޝަރީޢަތް ބަދަލުގައި އެހެން އެއްޗެއް ގެނައުމަކާއި ނުލައި، އަދި މީސްތަކުންނަށް ގާނުނެއް ގޮތުގައި ނުހަދައި، އަދި އަޅުތަކުންނަށް (އާޙުކުމެއް) ޝަރުޢު ނުކުރާ ގޮތުގައި، އަދި މިކަންތައް އިސްތިޙްލާލު ނުކޮށް، އެގާތްމީހާގެ މައްޗަށް ޙައްދު ގާއިމުވުން ނިއުޅުވާލައެވެ. އަދި މިއީ ވަކި މުޢައްޔިނު ޤަޟިއްޔާއެއްގައި (އެބަހީ: ޝަރުޢީ މަޖިލިހެއްގެ ނިންމުމެއްގައި) ހިނގައިދާ ކަމެކެވެ. ❌ދެންފަހެ، ﷲ جل وعلا ގެ ޝަރީޢަތް އޭނާ ބަދަލުކޮށް، ނުވަތަ އެ (ވަޟަޢީ ޤާނޫނަކީ) އަޅުތަކުންގެ މައްޗަށް (ކަންކަމުހައި ގޮތްނިންމަން ރުޖޫޢަވާ) ޝަރުޢުއަކަށް ހަދައި، އެވެރިން މައްޗަށް އެއަށް ބޯލެނބުން ލާޒިމުކޮށް، ދެން މިއަށް ނިސްބަތްކޮށް އިބްނު ޢައްބާސް ވިދާޅުވިޔޭ: كفر دون كفر އޭ، ބުނުމީ ޙައްޤާއި އިދިކޮޅު (ބާޠިލު) ބުނުމެކެވެ. (މިޙާލަތަށް ނިސްބަތްކޮށް) މިފަދަ، ޖަހުމީންގެ ބަސްތަކުގެ ތެރެއިން އަދި ހައްދުފަހަނައެޅި މުރުޖިއާއިންގެ ބަސްތަކުގެ ތެރެއިން ހިމެނޭ ފާސިދު ބަސްފުޅެއް އިބްނު ޢައްބާސް ވިދާޅުވުމަށް ވުރެ އެކަލޭގެފާނު މާ ޤަދަރުވެރިއެވެ. ފަހެ ﷲ جل وعلا ގެ ޝަރުޢު ބަދަލުކޮށްފި މީހާ، ނުވަތަ ﷲ އިޛުނު ދެއްވާފައި ނުވާ އެއްޗެއް އަޅުތަކުންގެ މައްޗަށް ޝަރުޢުކޮށްފި މީހަކީ ކާފަރެއް ކަމުގައި ޢިލްމުވެރިން ވަނީ އިޖުމާޢުވެލައްވާފައެވެ. މިއީ އެކަކަށްވުރެ ގިނަ އިމާމުން ވިދާޅުވެފައިވާ ފަދައިންނެވެ. އޭގެތެރޭގައި، އަބޫ މުޙައްމަދު ބްނު ޙަޒަމް އާއި އިބްނު ތައިމިއްޔާ އަދި ހަމައެފަދައިން އިބްނު ކަޘީރު ހިމެނިލައްވައެވެ. އަދި "އަލްފަތާވާ" ގެ ތިންވަނަ މުޖައްލަދުގައި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”އެއަކަށް އިޖުމާޢުވެފައިވާ ޙަރާމެއް އިންސާނާ ޙަލާލު ކުރާ ހިނދު، ނުވަތަ އެއަކަށް އިޖުމާޢުވެފައިވާ ޙަލާލެއް ޙަރާމް ކުރާ ހިނދު، ނުވަތަ އެއަކަށް އިޖުމާޢުވެފައިވާ ޝަރުޢުއެއް ބަދަލުކުރާހިނދު، އޭނާ އަކީ ފިޤުހުވެރިންގެ އިއްތިފާޤުން މުރުތައްދު ކާފަރެކެވެ.“ އަދި އަބޫ މުޙައްމަދު ބުނު ޙަޒަމް ވިދާޅުވިއެވެ: ”ތަޥްރާތާއި އިންޖީލުަން އައިސްފައިވާ އެއްޗަކަށް އިލްތިޒާމުވެ އަދި ޤުރުއާނަށް އިލްތިޒާމު ނުވެއްޖެ މީހަކީ، ކާފަރު މުޝްރިކެކެވެ. ދެމުސްލިމެއް ދެމެދަކުވެސް މިކަމުގައި ދެބަހެއް ނުވާނެއެވެ.“ އެހެންކަމުން ތަޥްރާތުގެ ޙުކުމުގައި އިލްތިޒާމުވެއްޖެ މީހާ އަދި އިންޖީލުގެ ޙުކުމުގައި އިލްތިޒާމުވެއްޖެ މީހާ، އަދި މިއީ ﷲ جل وعلا ގެ ކަލާމް ފުޅުގެ ތެރެއިން މަންސޫޚަ ކުރެވިފައިވާ ތަކެތި ކަމުގައި ވީހިނދު، އަދި މަންސޫހު ކުރެއްވުމުގެ ވެރިފަރާތުގެ (އެބަހީ ﷲ ގެ) ޙުކުމް ގައި އިލްތިޒާމު ނުވެއްޖެ މީހާ އަކީ މުސްލިމުންގެ އިޖުމާޢު އިން، ކާފަރު މުޝްރިކެއް ކަމުގައި ވާހިނދު، ފާޙިޝްކަމާއި މުޑުދާރުގެ މި ވަޟަޢީ ޤާނޫނުތަކަށް އިލްތިޒާމުވާ މީހާ ކާފަރު މުޝްރިކަކަށް ނުވާންވީ ސަބަބަކީ ފަހެ ކޮބައިހެއްޔެވެ؟! މިސަބަބަށްޓަކައި، ވަޟަޢީ ޤާނޫނުތަކަށް އިލްތިޒާމުވެ (ﷲ ގެ) ފޮތަށް އަދި ސުންނަތަށް އިލްތިޒާމު ނުވެއްޖެ މީހާާގެ މުރުތައްދު ކަމާއި މެދު، ސަލަފުންގެ އިމާމުން ގެ އަރިހުން ޚިލާފެއް އޮތްކަމުގައި އަހަރެންނަށް އެނގިފައި ނެތެވެ. އަދި މިއީ ބޮޑު ކުފުރުގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ މިކަމަކީ އީމާންކަމުގެ އަޞްލު އޭނާފުށުން ނަފީކުރާ އެއްޗެކެވެ. އަދި އެއަކުން އީމާން ކަމުގެ އަޞްލު ނަފީ ކޮށްލާ ކޮންމެ ޤަޥްލަކާއި ޢަމަލަކާއި ޤަބޫލުކުރުމަކީ، ސާފު ކުފުރެވެ. =
2002Loading...
37
❷ ލަޝްކަރުގެ ލީޑަރު ތިބާއަށް އިޛްނަދެންދެކަށް ތިބާ ބަސް ނުކިޔާ އޭނާއަށް އިޝާރާތެއް ކޮށްގެން ހުރި. އަދި އިޛްނަ ލިބުމުން ތިބާ ފަޚުރުވެރިކަމާއެކު ބުނި، "ޢަރަބި ޖަޒީރާއަށް" ލަޝްކަރުގެ ލީޑަރު އަހަރެން ކައިރީގައި ބުނި، މި "މީހުންތައް އެދަނީ މުޙައްމަދު ﷺ ގެ ޖަޒީރާއާއި ދިމާލަށް. މުޙައްމަދު އިބްނު ޢަބްދުﷲ އަލް-މަޙްދީ ފާޅުވުން ގާތްވެއްޖެ، އަދި މި މިބައިމީހުންތައް އޭނާ ހިމާޔަތް ކުރަންޖެހޭނެ." ދެން އަހަރެން އޭނާ ކައިރީގައި ސުވާލުކުރިން "ދެން ތިބާ ތިދަނީ ކޮންތާކަށްތޯ؟ " އޭނާ ވިދާޅުވި، "އަހަރެންނާއި އަހަރެންގެ ބައިގަނޑު، ކަޅު ދިދައިގެ އަހުލުވެރިން. އަހަރެމެން މިދަނީ ދާރުއްސަލާމް އާއި ދިމާލަށް." ދެން އަހަރެން އޭނާ ކައިރީގައި ސުވާލުކުރިން، " ތިއީ ކާކުތޯ؟ " ޖަވާބުގައި އޭނާ ވިދާޅުވި، އަހަރެން އައީ މުއުމިނުންގެ އަމީރު އަބޫ ހަފްސު ރަޙިމަހުﷲ އަށް ފަހު ގައޭ. " (އަބޫ ހަފްސު އަކީ މިވަގުތު އިސްލާމީ ޚިލާފަތުގެ ޚަލީފާ އަދި މުއުމިނުންގެ އަމީރު) އަހަރެން އޭނާ ކައިރީގައި ބުނިން، " ބައިތުލް މަޤްދިސް އެއީ އަހަރެން ދިރިއުޅޭ ބިން. އަހަރެން ތިބާއާއި އެކު ގެންގޮސްދީ. އަހަރެންގެ ފިރިހެން ދަރިއާއި އާއިލާވީ އެތާނގައި. " އޭނާ ވިދާޅުވި، " ޝަހީދުންނަށް އަނބުރާ ދުނިޔެއަށް ނުދެވޭނެ. " އަހަރެން ބުނިން، " އަހަރެން މަރެއް ނުވޭ." އޭނާ ވިދާޅުވި، " ތިބާ ތިހުރީ ސުވަރުގޭގައި." އަހަރެން ބުނިން، " އެކަމަކު މިތާނގައި އަހަރެން މިހުރީ އެކަނި. " އޭނާ ވިދާޅުވި، " ތިބާ ލޯބިވާ ފަރާތްތައް ވަރަށް އަވަހަށް ތިބާއާއި ބައްދަލުކުރާނެ. " އަދި އެތާނގައި މިސްރުގެ ބައިގަނޑެއް ހުރި. އަހަރެން އެމީހުން އެތަނަށް އައި ގޮތަކާމެދު ސުވާލުކުރިން. އޭނާ ވިދާޅުވި، " ވަރަށް އަވަހަށް މިސްރު ގެނބިގެންދާނެ، އަދި އެތާނގެ އަނިޔާވެރި ވެރިޔާގެ ބޯ ކަނޑާލެވޭނެ. " މިހިސާބުން ހުވަފެން ނިމުނީ! @Tazkirat_Nufoos
30512Loading...
38
ގަދަފަދަ ހަނގުރާމައެއްގެ ހުވަފެން [މީ ރަމަޟާން މަހުގެ 29 ވަނަ ވިލޭރޭ ފަލަސްތީނުގެ އަޚަކަށް ފެނުނު ހުވަފެނެއް] އެ އަޚާގެ ރަޙުމަތްތެރިޔަކަށް އެ އަޚާ މިހުވަފެން ކިޔައިދިން: "ރަމަޟާން މަހުގެ އެންމެ ފަހު އޮނަހިރި ރޭ ޕާން ކޮޅެއް ނުވަތަ ބަނަސް ކޮޅެއް ހިފައިގެން ރޭގަނޑުގެ ދަން ބައިގައި އަހަރެން މިސްކިތަށް ގޮސް އެތާނގައި ހުރި އަޚުންނާއި އެކީގައި ޖަމާޢަތުގައި ނަމާދުގެ ދެރަކުޢަތް ކުރިން. ނަމާދުގެ ފަހުބައިގައި އަހަރެން ސަޖިދާގައި އޮތް އިރު، ކޮންމެވެސް ކަމެއް އަހަރެން ތެދުވިޔަ ނުދެން އުޅޭހެން ހީވި. އިމާމަކަށް ހުރި އަޚާ ތެދުވެ ގާތްގަނޑަކަށް އިތުރު ރަކުޢަތެއް އެއްކޮށް ކުރި. އަދި އަހަރެންނަށް އިޙްސާސްވި ގޮތުގައި އަހަރެން ސަޖިދާގައި އޮތްވާ ގާތްގަނޑަކަށް ބައި ގަޑިއިރުވި. އެހެނަސް ހަޤީޤަތުގައި އަހަރެންނަށް އޮތީ ނިދިފަ. ވަޤުތުތަކެއް ފަހުން ވާރޭވެހެން ފެށި. އެވަޤުތު، އަހަރެން ސަޖިދާގައި ނިދިފަ އޮތް އިރު، އަހަރެންނަށް ފެނުނީ އަހަރެން ފަރުބަދަތަކެއް ކައިރިން ހިނގާފަ ދަނިކޮށް. ޔާ ރައްބު! (ހައިރާންކަމާއެކު އަހަރެން ބުނިން) ފަރުބަދަތައް ހުރީ ބޮޑު ސަހަރާއެއްގެ ތެރޭގައި. އަހަރެންގެ ހުވަފެނުގައި އަހަރެން މުޅި ރޭ (ފަރުބަދަތައް ކައިރީ) އަޅުކަން ކުރިން. ހެނދުނު ވުމުން އަހަރެން ހިނގަން ފެށިން. އޭރު އަހަރެންނަށް ލުއި ކަމެއް އިޙްސާސްވި. އަހަރެންނަށް ވަޔާ އެކީގައި ބޭނުން ކޮންމެ ތަނަކަށް ދަތުރު ކުރެވޭ ކަހަލަ. ކުއްލިއަކަށް ބޮޑު މީހެއް ވަރުގަދަ މޮޅު އަހަކަށް އަރައިގެން އަންނަ ތަން ފެނުނު. ما شاء الله. އޭނާގެ ފަހަތުގައި ރީތި ހުދު މޫނުތަކެއްވާ މީހުންތަކެއްގެ ލަޝްކަރެއްވި. އޭގެއިން އެއްބައެއް " لا اله الا الله" ޖަހާފައި ހުރި ހުދު ދިދަތަކެއް ހިފައިގެން ހުރި. އޭރު، އެމީހުންގެ ތެރެއިން ހަމަ ރީތި މޫނުތަކެއްވާ އެހެން ބަޔަކު ހުރި. އެކަމަކު އެމީހުން ހީވަނީ ރުޅިވެރިކަމުން ފުރި ބަދަލު ހިފުމަށް ތައްޔާރުވެގެން ހުރިހެން. އެމީހުން ހިފައިގެން ހުރީ ރަޔާހު އަލް-އުޤާބު ދިދަ. [އެއީ ރަސޫލާ ﷺ ހިއްޕެވި ކަމަށް އެނގިފައިވާ ޝަހާދަތުގެ ދެކަލިމައިގެ ދިދަ ]. އަހަރެން ހުރީ އެމީހުން ދާން އޮތް މިސްރާބު ކުރިމަތީގައި. ޔާ ﷲ! (ހައިރާންކަމާއެކު އަހަރެން ބުނިން) ދެން އަހަރެން އެމީހުންނާއި ސުވާލުކުރިން، " އޭ ޢަރަބީންނޭ، ތީ ކޮންބައެއްތޯ؟ " އަހަރެމެންގެ މުޢާމަލާތުތައް ކުރިޔަށް ދިޔައީ އާދައިގެ ޢަރަބި (ފުޞްޙާ) ބަހުން. އޭނާ ވިދާޅުވި ގޮތުގައި އޭނާއަކީ އަނިޔާވެރިންގެ އަތްދަށުން އަނިޔާ ލިބިފައިވާ މީހުންގެ ބިންތައް ހިފައި ފަތަޙަ ކުރައްވައި ލަޝްކަރުގެ އިސް މީހާ، އަދި އޭނާގެ ލަޝްކަރަށް ވެސް ވަނީ އަނިޔާ ލިބިފަ. ދެން އަހަރެން އޭނާގެ ފަހަތުގައިވާ ލަޝްކަރާއި މެދު އޭނާއާއި ސުވާލު ކުރިން. އޭނާ އާ އަހަރެން ސުވާލު ކުރިން، (އޭނާއާއި އެކުގައި އެހުރި) އެހާ ބޮޑު ލަޝްކަރެއް އައީ ކޮންތާކުން ކަމާއި މެދުގައި؟ އޭނާ ޖަވާބަކަށް އޭގެއިން ބަޔަކަށް އިޝާރާތްކޮށް ވިދާޅުވި، " ކަޅު ދިދަ ހިފައިގެން މިހުރި ބައިގަނޑުގެ މީހުންނަކީ އެފްރިކާގެ މީހުން. އެމީހުންގެ އަދަދު ގިނަވާނެ. " " ދެން މި ބައިގަނޑުގެ މީހުންނަކީ އިރާޤުގެ މީހުން. އެމީހުންގެ އަދަދު މަދުވާނެ. " " އެ ބައިގަނޑުތައް އެދަނީ ޝާމް އާ ދިމާލަށް. " ދެން، އޭނާ އަހަރެންނަށް އޭގެއިން ކޮންމެ ބައިގަނޑާކާމެދު ކިޔައިދެން ފެށި. އަދި ކޮންމެ ބައިގަނޑެއް އެއީ ކޮންތާކުން އައި ބައިގަނޑެއް ކަންވެސް ބުނެދިން. އެބައިގަނޑުތައް ޝާމް އާއި ދިމާލަށް ދަނީ ކީއްވެތޯ އަހަރެން އޭނާއާއި ސުވާލު ކުރިން. އޭނާ ޖަވާބުގައި ވިދާޅުވި: " އެއީ ބޮޑުވެ ވަރުގަދަވެގެންވާ ހަނގުރާމަތައް ހިނގާނެ ބިން. އަދި އެވަޤުތު ގާތް އެބަވޭ. " އެތާނގައި ކަނޑިތައް ހިފައިގެން ޢިލްމުވެރިންތަކެއް ފަދަ ބައިގަނޑެއްވެސް ހުރި. އަދި ތިބާ (ފެނުނު ހުވަފެން ކިޔައިދިން އަޚާ) އެތާނގައި ހުރި. އަދި ތިބާ ހުރީ ތިބާގެ ތި ހަށިގަނޑާއި ތިބާގެ ސޫރަ ފަދައިން. ތިބާ އަހަރެންނާއި ދިމާލަށް އިޝާރާތެއް ކޮށްގެން ހުރި. އަދި އަހަރެންނަށް ތިބާ އެނގުނު. އޭ އަހަރެންގެ އަޚާ. ﷲ އަށްޓަކައި ބުނަން، ތިބާ ހުރީ ކަނޑިއެއް ހިފައިގެން. ދެން ހުރި ހަނގުރާމަވެރިން ހުރީ ހަތިޔާރުތައް ހިފައިގެން. އާން! ﷲ ގަންދީ ބުނަން، އެއީ ހަމަ ތިބާ. ތިބާ ތިހުރިގޮތަށް އަދި ތިބާގެ ނަން. އަހަރެން ތިބާއާއި ވާހަކަވެސް ދެއްކިން. އަހަރެން ތިބާއާއި ވާހަކަ ދައްކަން އިޛްނަ ދެއްވީ އަހެއްގެ މައްޗަށް ސަވާރުވެ އިން ލަޝްކަރުގެ ލީޑަރު. ތިބާ އަހަރެންގެ ގާތުގައި ބުނި، " ފުރަތަމަ ޢަރަބި ޖަޒީރާއަށް. " ލަޝްކަރުގެ ކޮމާންޑަރު އަހަރެންނަށް ވިދާޅުވި، " މި ލަޝްކަރު މިދަނީ މުޙައްމަދު ﷺ ގެ ޖަޒީރާއާއި ދިމާލަށް. އެއީ އެބައިމީހުންގެ އަމީރު މުޙައްމަދު ބިން ޢަބްދުﷲ އަލް-މަޙްދީ ހިމާޔަތް ކުރުމަށް. " ދެން އަހަރެން ލަޝްކަރާ ދިމާލަށް ބަލާލިން. ތިބާ ހުރީ ދެވަނަ ސަފުގައި، ހިނިތުންވެގެން. ދެން އަހަރެން ތިބާއާއި ސުވާލު ކުރިން، މިސްރުގެ އަބޫ xxxx އަކީ ކާކު؟ -ނުނިމޭ- @Tazkirat_Nufoos
34512Loading...
39

40
ޢުމަރު ބިން ޢަބްދުލްޢަޒީޒު، އެކަލޭގެފާނުގެ ނަމާދުގައި ކިޔަވާ ވިދާޅުވިއެވެ: وَقِفُوهُمْۖ إِنَّهُم مَّسْـُٔولُونَ {އަދި އެމީހުން ހުއްޓުވާށެވެ. އެމީހުންނަކީ ސުވާލު ވެވޭނެ ބަޔެކެވެ.} (37:24) ފަހެ އެކަލޭގެފާނު އެ އާޔަތް ތަކުރާރުކުރަން ފެއްޓެވިއެވެ. އަދި އެކަމުން އަރައިގަތުމަށް އެކަލޭގެފާނަށް ކުޅަދާނައެއް ނުވިއެވެ. (އެ އާޔަތް ތަކުރާރުކުރުމުގައި ދެމިހުރިއެވެ.) #Quran #Salaf @Tazkirat_Nufoos
3413Loading...
•• ❞ އަހަރުމެން ދިރިމިއުޅެނީ؛ ތިބާ ހަނުނުހުންނަ ނަމަ ޖަލަށްލެވޭ، އަދި ތިބާ ދީލައިނުލާނަމަ ބިދުޢަވެރިކުރުވޭ، އަދި ތިބާ ދެފުށްދެގޮތް ނުވާ ނަމަ އަދި ފޮނިބަސްތައް ބޭނުންނުކުރާ ނަމަ މޮޔައަކަށްހެދޭ ބިމެއްގައިއެވެ. ފަހެ ހަމަކަށަވަރުން މީޒާނުތައް އެނބުރިއްޖެއެވެ. ފަހެ މުނާފިޤުކަމަކީ ޙިކްމަތްތެރިކަމަށް ވެއްޖެއެވެ. އަދި ނިކަމެތިވުން އެއީ ބުއްދިވެރިކަމާއި ހެޔޮ ވިސްނުންކަމުގައި ވެއްޖެއެވެ. ❝ އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު) ••┈┈┈┈┈┈┈┈┈┈┈•• @Tazkirat_Nufoos
Show all...

4
Repost from N/a
Photo unavailableShow in Telegram
03:03
Video unavailableShow in Telegram
"ޔާ ޤުލޫބަނ" ޅެން: ޢަބްދުﷲ އައް-ސިނާނީ ދިވެހި ތަރުޖަމާ: މަޑު ޖެހިފައިވާ މީހެއްގެ އާހު.. (ޗެނަލް) #Madhaha @Tazkirat_Nufoos
Show all...
2
Photo unavailableShow in Telegram
•• ❞ ތިބާ އެކަނިވެރިކަމުގައި ނީށީންނަ ހުއްޓެވެ؛ އެހެނީ ނަބިއްޔާ ﷺ (އެކަނިވެރިވުމަށް ނަހީކުރެއްވިއެވެ.) ފަހެ ހަމަކަށަވަރުން ތިބާ އެކަނިވެރިކަމުގައިވާ ހިނދު ތިބާގެ މައްޗަށް ޝައިޠާނާ ވެރިވެގަންނާނެވެ. އެހެނީ އެކިއެކި ޙާލަތްތަކުގައި އިންސާނާގެ މައްޗަށް ޝައިޠާނާ ވެރިވެގަނެއެވެ. އޭގެތެރިއިން ގަދަފަދަ ބިރުވެރިކަމުގެ ޙާލަތް ހިމެނެއެވެ. ފަހެ އެކެނިވެރިކަން ނަހީވެގެންވެއެވެ. އެއީ މުޖުތަމަޢު ގުޅުންބަދަހިކޮށް ބޭއްވުމަށްޓަކައެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• ✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު) @Tazkirat_Nufoos
Show all...
👍 1
Photo unavailableShow in Telegram
"ތިބާގެ މުސްތަޤްބަލަށް: މަގުޗާޓެއް" ~ ގަލަންދާނު
Show all...
Photo unavailableShow in Telegram
•• ❞ ތިބާ އެކަނިވެރިކަމުގައި ނީށީންނަ ހުއްޓެވެ؛ އެހެނީ ނަބިއްޔާ ﷺ (އެކަނިވެރިވުމަށް ނަހީކުރެއްވިއެވެ.) ފަހެ ހަމަކަށަވަރުން ތިބާ އެކަނިވެރިކަމުގައިވާ ހިނދު ތިބާގެ މައްޗަށް ޝައިޠާނާ ވެރިވެގަންނާނެވެ. އެހެނީ އެކިއެކި ޙާލަތްތަކުގައި އިންސާނާގެ މައްޗަށް ޝައިޠާނާ ވެރިވެގަނެއެވެ. އޭގެތެރިއިން ގަދަފަދަ ބިރުވެރިކަމުގެ ޙާލަތް ހިމެނެއެވެ. ފަހެ އެކެނިވެރިކަން ނަހީވެގެންވެއެވެ. އެއީ މުޖުތަމަޢު ގުޅުންބަދަހިކޮށް އޮންނަހާ ހިނދެއްގައެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• ✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު) @Tazkirat_Nufoos
Show all...
Repost from N/a
Photo unavailableShow in Telegram
📌ސަމާލުކަމަށް: ޣައްޒާ އާއި ގުޅޭ ތެދު ޚަބަރުތައް ޓެލެގްރާމް މެދުވެރިކޮށް މެދުނުކެނޑި ގެނެސްދެމުން ދާތީވެ އަޅުގަނޑުމެންގެ ޗެނަލް ވަނީ ސަސްޕެންޑްކުރެވިފައި، އައު ޗެނަލް އާއި ގުޅިވަޑައިގަތުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ — އެމްވީ ނޫސް 🔗https://t.me/MvNoosBreaking
Show all...
Photo unavailableShow in Telegram
•• ❞ މުޙައްމަދު ﷺ ގެ ސީރަތް އެނގިއްޖެއުމަށް ދާންދެން ތިބާއަކަށް ޞައްޙަ އެނގުމެއްގައި އިސްލާމްދީން ނޭނގޭނެއެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ﷲ ތަޢާލާއަށް ކުއްތަންވުމުގައި އަދި ޢާލަމްތަކުގެ މައްޗަށް މަންހަޖު ޤާއިމުކޮށްދިނުމުގައި ހޭދަ ކޮށްފައިވެއެވެ. ❝ ••┈┈┈┈┈┈┈┈┈┈┈•• އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު) @Tazkirat_Nufoos
Show all...
👍 3

3