Tazkirat Nufoos
Открыть в Telegram
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ. الذاريات: ٥٥
Больше1 136
Подписчики
+124 часа
+37 дней
-6930 день
Архив постов
1 136
..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
1 136
••
تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.
ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ވިލޭރޭގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.
- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
1 136
••
كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.
ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]
އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)
••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
••
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ:
❞ މީހެއްގެ އަދަބުވެރިކަމަކީ އޭނާގެ އުފާވެރިކަމާއި ކާމިޔާބުގެ ޢަލާމަތެކެވެ. އަދަބުވެރިކަން ނެތުމަކީ އޭނާގެ ބަދު ނަސީބުކަމާއި ހަލާކުގެ ޢަލާމަތެކެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިބިގެންދަނީ އަދަބުވެރިކަން ފަދަ ސިފަތަކުންނެވެ. އަދި އެ ހެޔޮކަމުން މަހުރޫމު ވެގެންދަނީ އަދަބުވެރިކަން ނެތުމުންނެވެ. ❝
[مدارج السالكين ٣٦٨/٢]
#Akhlaq #Adhabuverikan
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
ޒިނޭއާ ގާތްނުވާށެވެ!
❞ ﴿وَلَا تَقْرَبُوا الزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾
”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“¹
އެއިލާހު ތަޢާލާގެ ވަޙީ ބަސްފުޅާއި މެދު ތިބާ ވިސްނާށެވެ: [وَلَا تَقْرَبُوْا] (މާނައީ: އަދި ތިޔަބައިމީހުން ގާތްނުވާށެވެ!).
އެއިލާހު (މިހެން) ވަޙީ ނުކުރައްވައެވެ: [وَلَا تَفْعَلُوْا] (މާނައީ: އަދި ތިޔަބައިމީހުން ނުކުރާށެވެ!).
ފަހެ އެކަމަށް ވާޞިލުކޮށްދޭ ކޮންމެ މަގެއް ޙަރާމް ވެގެންވެއެވެ. އަދި އޭގެ ތެރޭގައި އަންހެނުން ފިރިހެނުންނާއި މަސްހުނިވުން ހިމެނެއެވެ. ❝
އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
¹ سورة الإسراء ٣٢
#FreeMixing #StayAwayFromHarām
@Tazkirat_Nufoos
1 136
ޒިނޭއާ ގާތްނުވާށެވެ!
❞ ﴿وَلَا تَقْرَبُوا الزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾
”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“¹
އެއިލާހު ތަޢާލާގެ ވަޙީ ބަސްފުޅާއި މެދު ތިބާ ވިސްނާށެވެ: [وَلَا تَقْرَبُوْا] (މާނައީ: އަދި ތިޔަބައިމީހުން ގާތްނުވާށެވެ!).
އެއިލާހު (މިހެން) ވަޙީ ނުކުރައްވައެވެ: [وَلَا تَفْعَلُوْا] (މާނައީ: އަދި ތިޔަބައިމީހުން ނުކުރާށެވެ!).
ފަހެ އެކަމަށް ވާޞިލުކޮށްދޭ ކޮންމެ މަގެއް ޙަރާމް ވެގެންވެއެވެ. އަދި އޭގެ ތެރޭގައި އަންހެނުން ފިރިހެނުންނާއި މަސްހުނިވުން ހިމެނެއެވެ. ❝
އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
¹ سورة الإسراء ٣٢
#FreeMixing #StayAwayFromHarām
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
ޢަބްދު ﷲ ބިން އަލް މުބާރަކް رحمه الله ވިދާޅުވިއެވެ:
رأيت الذنوب تميت القلوب
وقد يورث الذل إدمانها
ފާފަތަކުން ހިތްތައް މަރުވެގެންދާތަން އަހަރެން ދެކުނީމޭ،
އަދި އޭގައި ދެވިހިފުން ނިކަމެތިކަމަށް ވާރުތަކުރޭ
وترك الذنوب حياة القلوب
وخير لنفسك عصيانها
އަދި ފާފަތައް ދޫކޮށްލުމީ ހިތްތަކުގެ ދިރުމޭ
އަދި ތިބާގެ ނަފްސަށް ހެވީ އެއަށް (ފާފަތަކަށް) ނުކިޔަމަންތެރިވުމޭ
وهل أفسد الدين إلا الملوك
وأحبار سوء ورهبانها
ދީން ފަސާދަކުރޭހޭ ވެރީން މެނުވީ
އަދި ނުބައި އަޅުވެރީންނާއި ރާހިބުންނާ
وباعوا النفوس ولم يربحوا
ولم يغل في البيع أثمانها
ފައިދާއެއް ނުވާ ވިޔަފާރިއަކުން އެމީހުންގެ ނަފްސުތައް ވިއްކާލިއޭ
އަދި އެ ވިއްކުމުގައި އޭގެ (ނަފުސުގެ) އަގު ބޮޑުވެގެން ނުވިއޭ
فقد رتع القوم في جيفة
يبين لذي اللب خسرانها
މީސްތަކުން އުފާވެރިކަން ހޯދަޔޭ ފަނާވުމަކުން
ބުއްދިހުރި މީހަކަށް އޭގެ ގެއްލުން ފެނިގެންވާ
• {اعلام المواقعين ١/٨}
#Tazkiyah #Poem
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
ޖަންނަތުގައިވާ މާމުއި ކޯރެއް ކައިރީގައި ޙޫރުލް ޢީނާއެކު އަރާމުކުރުން
އަލް-ޙަސަން رحمه الله ވިދާޅުވިއެވެ.
ޖަންނަތުގެ އަންހެން ކަނބަލެއް ﷲ ﷻ ގެ ވަލީވެރިޔަކާއި ވާހަކަ ދައްކާނެއެވެ. އެއީ އޭނާ އެކަނބުލޭގެއާއި އެކު، ޖަންނަތުގައިވާ މާމުއި ކޯރެއްގެ (އައްސޭރިފަށު) އަރާމުކުރާ ޙާލުގައެވެ. އެކަނބުލޭގެ އޭނާއަށް ތަށްޓެއް (އެންމެ ފޮނި ވައްތަރުގެ ބުއިން) ދޭ ޙާލުގައެވެ. އަދި އެކަނބުލޭގެ އޭނާއާއި ސުވާލު ކުރާނެއެވެ.
”ﷲ ﷻ ތިބާއާއި ތިމަންކަމަނާ ކައިވެނި ކޮށްދެއްވެވި ދުވަސް އެނގޭ ހެއްޔެވެ؟ މެންދުރު ވަޤުތުގެ ހޫނުގެ ސަބަބުން ތިބާ ކަރުހިއްކައިގެންވާ ޙާލު، ދިގުވެގެންވާ ހޫނު މޫސުމުގެ ދުވަސްތަކުގައި ތިބާ (ރޯދައަށް ހުންނެވިތަން) އެއިލާހު ބައްލަވާވޮޑިގެންނެވިއެވެ. އަދި އެއިލާހު މަލާއިކަތުންނަށް ނިދާއިއްވަވާ ވަޙީ ކުރެއްވިއެވެ.
’ތިމަން އިލާހުގެ އަޅާއަށް ބައްލަވާށެވެ. އޭނާ، އޭނާގެ އަނބިމީހާއާއި އޭނާގެ އެދުންތަކާއި އޭނާގެ އުފާތަކާއި އޭނާގެ ކާބޯތަކެތި، ތިމަން އިލާހު އޭނާއަށްޓަކައި ތައްޔާރު ކުރައްވާފައިވާ އެއްޗަކަށް ކެތްމަދުވެގެންވާ ޙާލު ދޫކޮށްލައިފިއެވެ. ތިމަން އިލާހު އޭނާއަށް ފާފަފުއްސެވި ކަމަށް ހެކިވާށެވެ.‘
ދެން އެދުވަހުގައި އެއިލާހު ތިބާގެ ފާފަތައް ފުއްސަވައި ތިމަން ކަމަނާއާއި ތިބާ ކައިވެނި ކޮށްދެއްވެވިއެވެ.“
[لطائف المعارف لابن رجب ص ٢٩٦]
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
ޝައިޚް އިބްނު ބާޒް ވިދާޅުވިއެވެ.
❞ މުއުމިނު މީހާގެ މައްޗަށް އޮތީ އޭނާގެ އަޚާ އޭނާގެ ކިބައިން މަޢާފަށް އެދިއްޖެނަމަ، އެއަށް އިޙްތިރާމް ކުރުމެވެ. އަދި އޭނާގެ ޢުޒުރު (ކިރިޔާވެސް) ޤަބޫލުކުރެވެން އޮތްނަމަ، އެ ޤަބޫލުކުރުމެވެ. އަދި ވެވެން އޮތްމިންވަރަކުން އޭނާއާއި މެދު ހެޔޮކޮށް ދެކުމެވެ. އެއީ ހިތުގައި ރުޅިވެރިކަމެއްލުމުން ހިތް ސަލާމަތްކޮށް، ހެޔޮކަންކަން ކުރުމުގައި މީސްތަކުން އެއްވެ އެކުގައި ޖަމަޢުވުމުގެ އުންމީދުގައެވެ. ޢުމަރު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: "ތިބާގެ އަޚާގެ އަނގައިން ބޭރުވާ ބަހަކާއިމެދު ރަނގަޅަށް ދެކެވޭނެ ނަޒަރެއް އޮތްހާ ހިނދަކު، ނުބައިކޮށް ނުދެކޭށެވެ. ❝
މަޖްމޫޢުލް ފަތާވާ އިބްނު ބާޒް (26/365)
#Brotherhood
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
އާދަމުގެ ދަރިޔާ ނުރުހޭ ހެޔޮވެގެންވާ ދެކަން
قال رسول الله صلى الله عليه وسلم : اثنتان يكرههما ابن آدم يكره الموت و الموت خير للمؤمن من الفتنة و يكره قلة المال و قلة المال أقل للحساب.
ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ: އާދަމުގެ ދަރިޔާ ދެއެެއްޗަކަށް ނުރުހެއެވެ. އޭނާ ނުރުހެނީ މަރަށެވެ. އެއީ ފިތުނައަށް ވުރެ މުއުމިނާއަށް މަރު ހެޔޮވެގެންވާ ޙާލުގައެވެ. އަދި އޭނާ ނުރުހެނީ މުދާ މަދުވުމެގެ މައްޗަށެވެ. އެއީ ޙިސާބުބެއްލެވުން އެންމެ ލުއި ވެގެންދާނީ މުދާ މަދުވުމުގެ މައްޗަށްވާ ޙާލުގައެވެ.
● [سلسلة الأحاديث الصحيحة ، المجلد الثاني ، رقم الحديث ٨١٣]
ނެގިފައިވަނީ
@Tazkirat_Nufoos
1 136
👤🔝މައިންބަފައިންނަށް ހެޔޮކޮން ހިތުން
މާތް ﷲ ވަނީ މައްކާގައި (އިސްލާމްދީނުގެ ކުރީކޮޅުގައި) މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، އެދެމީހުންނަށް އިޙްސާންތެރިވުމަށް އަމުރުކުރައްވާފައެވެ. އަދި އެއިލާހު އެއްކައުވަންތަކުރުމުގެ އަމުރާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ އަމުރާއި ގުޅުއްވާލައްވާފަވެއެވެ. މިއީ ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކުގައި ވާރިދުވެފައިވާ ކަމެކެވެ. އެއިލާހު تعالى ވަޙީބަސްފުޅުގައިވާ ފަދައިންނެވެ:
▶️ واعْبُدُوا اللَّهَ ولا تُشْرِكُوا بِهِ شَيْئًا وبِالوالِدَيْنِ إحْسانًا◀️ ¹.މާނައީ: "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެ އިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށް އިޙްސާންތެރިވާށެވެ!" އަދިވެސް ވަޙީކުރައްވާފައިވެއެވެ:
▶️ قُلْ تَعالَوْا أتْلُ ما حَرَّمَ رَبُّكُمْ عَلَيْكُمْ ألاَّ تُشْرِكُوا بِهِ شَيْئًا وبِالوالِدَيْنِ إحْسانًا◀️ ².މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ރައްބު ހަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެ އިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް އިޙްސާންތެރިވާށެވެ!." މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނީ ފިޠުރަތުވެސް އެކަމަކަށް ގޮވާލާކަމެކެވެ. އަދި ނަފްސުތަކުގެ އެންމެ މަތިވެރި އާދަކާދާައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެނީ، އިންސާނާގެ ޠަބީޢަތަކީ އެއަށް ހެޔޮކަމެއް ކޮށްދިން ފަރާތަކަށް ހެޔޮކަމުން ބަދަލުދިނުމެވެ. އަދި ޚަލްޤުތަކުންގެ ތެރެއިން އިންސާނާއަށް އެންމެ ބޮޑަށް ހެޔޮކަންތައް ކޮށްދޭ ބަޔަކީ މައިންބަފައިންނެވެ. އަދި އެ އިލާހު تعالى ގެ ވަޙީބަސްފުޅު:
▶️ وقُلْ رَبِّ ارْحَمْهُما كَما رَبَّيانِي صَغِيرًا ◀️ ³މާނައީ: "އަދި ކަލޭގެފާނު ދަންނަވާށެވެ! އަޅުގެ ރައްބެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެ ދެ މީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ރަޙުމަތް ލައްވައިފާނދޭވެ!". މިއީ މުސްލިމް މައިންބަފައިން މަރުވުމަށްފަހު، އެދެމީހުންނަށްޓަކައި ހެޔޮދުޢާކުރުން އެދެވިގެންވާކަން އަންގައިދޭ ދަލީލެކެވެ. އަދި މިއީ (ދުނިޔެއިން ވަކިވެދިއުމަށްފަހުގައިވެސް) މެދުކެނޑުމެއް ނެތި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ އަދި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި، އެމީހުންގެ ޙުދޫދާއި އަދި އެމީހުންގެ ތެރެއިން ގުޅުން ބަދަހިކުރުން ވާޖިބުވެގެންވާ ފަރާތްތަކާއި ބެހޭގޮތުން އެއިލާހު تعالى ގެ ވަޙީބަސްކޮޅު النساء ސޫރަތުގެ ކުރީކޮޅުގައި އައިސްފައިވެއެވެ.
▶️ واتَّقُوا اللَّهَ الَّذِي تَساءَلُونَ بِهِ والأَرْحامَ إنَّ اللَّهَ كانَ عَلَيْكُمْ رَقِيبًا◀️ ⁴.މާނައީ: "އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އެ އިލާހީ، އެ އިލާހު މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުވާލު ކޮށް، ކަންކަމަށް އެދިއުޅޭ އިލާހެވެ. އަދި ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި، ﷲ ވޮޑިގެންވެއެވެ." 📖 [މަޞްދަރު: التفسير والبيان لأحكام القرآن، سورة الإسراء.] 📤އައްޝައިޚް ޢަބްދުލް ޢަޒީޒް އައް-ޠަރީފީ (ބަސްކޮޅު) ~ ތަޛްކިރަތުއް ނުފޫސް ☺️ ••┈┈┈┈┈┈┈┈┈┈┈•• ¹ (النساء : 36). ² (الأنعام : 151). ³ (الإسراء : 24). ⁴ (النساء : 1). @Tazkirat_Nufoos
1 136
ޝިރުކު
ކޮންމެ ތަނެއްގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް މި ބިންމަތީގައި ކުރެވޭ އެންމެ ބޮޑު މުޞީބާތަކީ ޝިރުކެވެ. ޝިރުކަކީ އެންމެ ބޮޑުވެގެންވާ އަނިޔާވެރިކަމެވެ. ޝިރުކަކީ އެންމެ ބޮޑުވެގެންވާ ޖާހިލުކަމެވެ. އޭގެ އިދިކޮޅަކީ ތަޥްހީދެވެ. އަދި ތަޥްޙީދަކީ ޢަދުލިވެރިކަމުގެ އެންމެ ފުރިހަމަ ގޮތެވެ.
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ
"ހަމަކަށަވަރުން ﷲ، އެ އިލާހަށް ޝަރީކު ކުރެވުމެއް ނުފުއްސަވައެވެ. އަދި އެ ނޫން ފާފަތައް، އެ އިލާހު އިރާދަ ކުރައްވާ މީހަކަށް ފުއްސަވައެވެ." (النِّسَاء:48)
ﷲ ވަޙީކުރެއްވިއެވެ:
﴿وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ٦٥﴾
"ހަމަކަށަވަރުން ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަހީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވާފިނަމަ، ކަލޭގެފާނުގެ އަމަލުތައް ބާތިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ." (الزُّمَر:65)
މީ ނަބިއްޔާ ﷺ އަދި ރަސޫލުންނާއި މެދު ﷲ ވަޙީކުރެއްވި ބަސްކޮޅެވެ. އެހެންކަމުން އަހަރުމެންނަށް އޮންނާނެ ޙާލަތާއި މެދު ވިސްނާލާށެވެ. ތިބާ ޝިރުކު ކޮށްފި ނަމަ، ތިބާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
| އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) - ތަވްޙީދުގެ ކުލާސްތަކުން
~ ތަޛްކިރަތުއް ނުފޫސް ☺️
#Shirk #Democracy #DontVote
@Tazkirat_Nufoos
1 136
❞ ޞާލިޙު ޢަމަލުތައް ކުރުމަކީ ފާފަތައް ފުއްސެވުމަށްވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަދި އެކަމުން ފާފަތައް ފުއްސެވުން ޙާޞިލްކުރެވޭ މާތްވެގެންވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެ ޢަމަލު ވަނީ ވާޖިބު ކަންކަމުގެ ތެރެއިން ނުވަތަ މުސްތަޙައްބު ކަންކަމުގެ ތެރެއިން ކަމުގައި ވިއަސްމެއެވެ. އެކަމުގެ މައްޗަށްވާ ދަލީލުތައް ގިނަގުނައެވެ. އޭގެތެރޭގައި އެއިލާހު ތަޢާލާގެ ވަޙީ ބަސްފުޅު:
﴿ٱدْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ﴾
”ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!“¹
ފަހެ، އެމީހުންގެ ފާފަތައް ފުއްސެވިގެން މެނުވީ އެމީހުން ޖަންނަތަަށް ނުވަންނާނެއެވެ. ❝
އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
¹ سورة النحل ٣٢
~ ތަޛްކިރަތުއް ނުފޫސް ☺️
#Forgiveness #RighteousDeeds
@Tazkirat_Nufoos
1 136
❗️ ޢާޝޫރާ ދުވަސް 🌙
▫️މާދަމާ އަކީ ބުދަ ދުވަހެވެ. އެއީ ﷲ ގެ މައްސަރު، އަލް މުޙައްރަމް ގެ ނުވަވަނަ (ތާސޫޢާ) ދުވަހެވެ. އަދި ބުރާސްފަތި ދުވަހަކީ ޢާޝޫރާ ދުވަހެވެ.
📰ޢާޝޫރާ ދުވަހު ރޯދަހިފުމާ މެދު އެކަލޭގެފާނާއި ﷺ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: (يكفر السنة الماضية) އިސްވެދިޔަ އަހަރުގެ (ފާފަތައް) ފުއްސެވިގެން ދެއެވެ.
ޢަމަލު މަދުވެގެންވެއެވެ. އެހެނަސް އަޖުރު ބޮޑުވެގެންވެއެވެ.🤩
~ތަޛްކިރަތުއް ނުފޫސް ☺️
#Ashura #Roadha
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
"فمن ترك اللذة المحرمة للَّه استوفاها يوم القيامة أكمل ما تكون."
ޙަރާމްވެގެންވާ ލައްޒަތެއް ﷲ އަށްޓަކައި ދޫކޮށްލައިފި މީހާ، ފަހެ ޤިޔާމަތް ދުވަހުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި އެއިލާހު އެ ފުއްދަވާ ދެއްވާނެއެވެ.
- ابن القيم رحمه الله - حـادي الأرواح (٣٤٧)
@Tazkirat_Nufoos
1 136
Repost from Tazkirat Nufoos
"މީސްތަކުން މަޤުފުރެދިގެން ދިޔުމުގެ ސަބަބަކީ ފޮރުވިގެންވާ ފާފަތަކެވެ. އަދި އިސްލާމްދީނުގައި މީސްތަކުން ވަރުގަދަވެ އަދި ޘާބިތުވެގެން ދިޔުމުގެ އެއް ސަބަބަކީ ފޮރުވިގެންވާ އަޅުކަންތަކެވެ."
- އަބޫ ބަކުރު އައް ތަރާބުލްސީ (فك الله أسره )
#Patience
@Tazkirat_Nufoos
1 136
Repost from Galandān ގަލަންދާނު
އަރުޝީފު: މުޙައްރަމް މަހާއި ޢާޝޫރާ ދުވަހުގެ ރޯދަ
⬆️ހިޖުރީ ސަނަތުން އައު އަހަރާއިމެދު (ލިޔުން)
⚙️ޢާޝޫރާ ދުވަހުގެ ރޯދަ (އިންފޯގުރެފިކް)
⬆️[ތަފްޞީލު] ޢާޝޫރާ ރޯދައިގެ ހަރުފަތްތައް (ލިޔުން)
⬆️ޢާޝޫރާ ރޯދައިގެ މާތްކަން (ބަސްކޮޅު)
⬆️ޢާޝޫރާ ރޯދަ ހޯމަ ފަދަ ހަފްތަވީ ރޯދަ ދުވަހަކާއި ދިމާވާނަމަ ދެރޯދައަށް ނިޔަތް ޖަމަޢަކުރެވިދާނެތޯ؟ (ފަތުވާ)
⬆️ޢާޝޫރާ ރޯދަ ހުކުރު ދުވަހަކަށް (ނުވަތަ ހޮނިހިރަކަށް) ދިމާވާނަމަ އެދުވަހު އެކަނި ރޯދަ ހިފުން ހުއްދަތޯ؟ (ފަތުވާ)
~ ގަލަންދާނު 🖋
1 136
⛔️އިބްނުލް-ޖަޥްޒީ 🇧🇬 ވިދާޅުވެފައިވެއެވެ:
❞ ހިތާމަވެރިކަމަށް އޮތް އެންމެ މޮޅު ފަރުވާއަކީ، ތިމާއަށް ބޯމަތިވި ނުވަތަ ގެއްލިދިޔަ ކަމެއް އަނބުރާ އިޢާދަ ނުކުރެވޭނެކަން ދެނެގަތުމެވެ. އެހެނީ، އެކަމާ ހިތާމަކުރުމަކީ ކުރިމަތިވެފައިވާ މުޞީބާތުގެ މައްޗަށް އިތުރު މުޞީބާތެއް އިތުރުކުރުމެކެވެ. އޭގެ ނަތީޖާއަކީ އެއް މުޞީބާތުގެ ބަދަލުގައި ދެ މުޞީބާތާއި ކުރިމަތިލާން ޖެހުމެވެ.❝
📖 [ޑިސިޕްލިނިންގް ދަ ސޯލް | ޞަފްޙާ: 70]
~ ތަޛްކިރަތުއް ނުފޫސް ☺️
#DisciplineTheSelf #Tazkiyah
@Tazkirat_Nufoos
