cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Heyobas

http://Aruoxam.blogspot.com وقولوا للناس حسنا. Allahge vahee basfulhuge maanaiga vey: adhi meesthakunnah HEYOBAS bunaasheve.

نمایش بیشتر
العراق42 406زبان مشخص نشده استدین و مذهبی37 406
پست‌های تبلیغاتی
2 333
مشترکین
+124 ساعت
+107 روز
+5230 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

jinni/shaithaan huhna sifa kamah aanmun therey mashooruvefava sifathah ei hadithun sabithu sifathakeh noon. dhaleelakun menuvee ghaibugava mi aalam ge sifa eh bayan nukureveyne.
نمایش همه...
Repost from Dhivehi Foiy
Photo unavailableShow in Telegram
Repost from Dhivehi Foiy
ހެޔޮކަންކަމަށް_އަމުރުކުރުމާއި_ނުބައިކަންކަން_މަނާކުރުން.pdf3.25 MB
(وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا) النساء 115 މާނައީ: ” އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއި ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.” އަޅަމެން އެންމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވައިފައިވާ ގޮތުގެމަތިން ޢީދު ދުވަސް ފާހަގަކުރާ ބަޔަކުކަމުގައި ލައްވާނދޭ! އާމީން ލިޔުއްވީ: ޝައިޚު ފައިސަލް. މަޞްދަރު: ދިސަލަފިއްޔާ.
نمایش همه...
ޢީދު އުފަލުގައި އަރައިގަނެވޭ ބައެއް މުންކަރާތްތައް. الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ބަރަކާތްތެރި ރަމަޟާން މަހާއި ޙައްޖުގެ އަޅުކަން އަދާކޮށް ނިމުމާއިއެކު މުސްލިމުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދެދުވަހަކީ ފިތުރުޢީދާއި އަޟްޙާޢީދެވެ. އެދުވަސްތަކެއްގައި ﷲއަށް ތަކްބީރު ކިޔުމާއި އުފާފާޅުކުރުމާއި މީރު ކާތަކެތި ކައިބޮއި އުޅުމަށްޓަކައި ﷲ ތަޢާލާ ދެއްވައިފައިވާ މި ދެދުވަސް މިހާރު ބޭނުން ކުރެވެނީ ކޮންގޮތަކަށްތޯ ހަމަ ކޮންމެ މުސްލިމަކުވެސް ސުވާލުކޮށްލަން ޖެހެއެވެ. އެހެނީ އުފާފާޅުކުރުމުގެ ޙުދޫދު ކަނޑައެޅުއްވެވި ﷲ ތަބާރަކަ ވަތަޢާލާގެ އަމުރު ފުޅުތަކަށް ޙުރުމަތްތެރިކޮށް ނުހިތޭނަމަ އެއިލާހުގެ ކޯފާއާއި ޢަޒާބު އެބައެއްގެ މައްޗަށް އައުމަކީ ދުރުގައިވާކަމެއް ނޫނެކެވެ. އެގޮތުން މިލިޔުމުގައި މި ބަލާނަނީ ރާއްޖޭގެ މުޖުތަމަޢުގައި ޢީދާއި ގުޅުވައިގެން ކުރަމުން އަންނަ ބައެއް މުންކަރާތްތަކަށެވެ. ލަވައާއި މިޔުޒިކްގެ ޙަރަކާތަތައް ޢީދުދުވަހެއް ކުރިމަތިވެގެން އަންނައިރު ޝައިތާނާގެ ދުންމާރިފުމެ ލަވަކިޔާ ނަށާ ފަންނާނުންނާއި ބޭންޑުތަކާއި ބޮޑުބެރު ގުރޫޕްތައް ބޮޑެތި އަގުގައި މުސްލިމުންގެ ޢީދުގެ އުފަލަށް މަރުޙަބާ ކިޔައެވެ. މިކަމުގެ ހަރާމްކަމާއި މެދު އުއްމަތުގެ ޢިލުމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވެއެވެ. ލުޤުމާން ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦] މާނައީ: [ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ.] މިއުއްމަތުގެ ޢިލުމުވެރިޔާ އިބުން ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ. “އެއީ ލަވަކިޔުމެވެ.” އަދި މުޖާހިދު رحمه االله ވިދާޅުވެފައިވެއެވެ. “اللهو އެއީ ބެރެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ…)) [رواه البخاري تعليقا برقم 5590 ، ووصله الطبراني والبيهقي ، وراجع السلسلة الصحيحة للألباني 91] މާނައީ: ” ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެއެވެ.” އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ކުޅެވޭ ކުޅިވަރުތައް ޢީދުދުވަސްތައް ފާހަގަ ކުރުމުގައި ދެޖިންސުގެ މީހުން މަސްހުނިވެގެން ތަފާތު ކުޅިވަރުތައް ކުޅުމާއި ޕާޓީތައް ބޭއްވުމާއި ފެންކުޅިކުޅުމަކީ އިސްލާމީ ތަރަޙައިން މުޅިން ބޭރުގައި ކުރެވޭ ބޮޑުވެގެންވާ މުންކަރާތެކެވެ. އެފަދަ ކަންކަން ގިނަވެފައިވާތީ ޒުވާނުންނަށް އެއީ ގޯސްކަމެއްހެން ހީނުވާކަހަލައެވެ. އެހެން ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ އެކަލޭގެފާނުގެ ޞަޙާބީބޭކަލުންގެ ތެރެއިން އަންހެން ބޭކަނބަލަނުންނަށް ދީން އުނގައްނައިދެއްވުމަށް ވަކިދުވަހެއްގެ ވަކި މަޖިލިހެއް ކަނޑައަޅުއްވާފައެވެ. މިއީ ދީނުގެ ކަމެއްކުރެއްވުމުގައި އެކަލޭގެފާނު އެޅުއްވި ފިޔަވަޅެވެ. ވީއިރު އަދި އުފާފާޅުކުރުމަށް ދެ ޖިންސުގެ މީހުން އެކުވެ މަސްހުނިވާނީ ކޮންފަދައަކުންތޯއެވެ. ފިރިހެނުން އަންހެނާގެ ހެދުން އެޅުން މިކަމަކީ ރާއްޖޭގެ ޢީދުތަކާއި ގުޅުވައިގެން ބޮޑުމާލި ނެރޭއިރު ނުވަތަ ކޯޑިކަނޑާއިރު ޢާއްމުގޮތެއްގައި ކޮށްއުޅޭ ކަމެކެވެ. އެގޮތުން ފިރިހެނުން އަންހެންހެދުމުގައި ނުވަތަ މި ނޫންވެސް ސޫރަތަކުގައި މޭކަޕްކޮށް ރަށުތެރޭގައި އެގޮތް މިގޮތަށް އެނބުރެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((لَعَنَ رَسُوْلُ اللهِ المُتَشَبِّهِيْنَ مِنْ الرِّجَالِ بِالنِّسَاءِ وَ المُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ)) رواه البخاري މާނައީ: “ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތއްވާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތަވާ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލަޢްނަތްލެއްވިއެވެ.” ﷲގެ އަމުރުފުޅުތަކާއި ނަހީފުޅުތަކަށް ސަމާލުކަން ނުދިނުން ޢީދުދުވަހެއް ނިމިގެންދާއިރު އެމާތް ދުވަހުގެ ބަރަކާތް ކެނޑި އެތައް މުންކަރާތެއް ފެތުރި އިސްލާމީ މުޖުތަމައެއް ދިރިއުޅޭ ރަށެކޭ ނުބުނެވޭވަރަށް ފާފަތަކަށް މީސްތަކުންގެ ތެރެއިން ގިނަބަޔަކު މިއޮންނަނީ އަރައިގަންފައެވެ. ނަމާދުތައް އަޅާފައި ތަކްބީރުކިޔުން ދޫކޮށް ރޭގަނޑާއި ދުވާލުގެ ހުރިހާ ވަގުތެއް ޝައިތާނާގެ ބައިވެރިން އުފާކޮށްދިނުމުގައި ހޭދަކުރެވެމުންދާއިރު ﷲގެ ދީނުގައި މި ދުވަހުގައި އުފާފާޅުކުރުން އޮންނަނީ ކޮންގޮތަކަށްތޯ ބަލައިލަނީ ވަރަށްވެސް މަދު މީހެކެވެ. އަދި މިނޫނަސް ޢީދުގެ އުފަލުގެ ނަމުގައި މުންކަރާތްތައް މަނާކުރާ މީހުންނަކީ ހައްދުފަހަނައަޅާފައި ތިބޭ މީހުންކަމަށް ބުނެއެވެ. ﷲ ތައާލާ ވަޙީކުރައްވައިފައިވެއެވެ.
نمایش همه...
ހެޔޮކަންކަމަށް_އަމުރުކުރުމާއި_ނުބައިކަންކަން_މަނާކުރުން.pdf3.25 MB
Repost from DHIVEHI BOOKS 📚
ހެޔޮކަންކަމަށް_އަމުރުކުރުމާއި_ނުބައިކަންކަން_މަނާކުރުން.pdf3.25 MB
މުންކަރާތް މަނާކުރުމުގައި ވިސްނާލަންވީ ކަމެއް. މުންކަރާތެއް ބަޔަކު ކުރާތަން ފެނިއްޖެނަމަ އެބަޔަކަށް އެއްޗެހި ކިޔާފައި ހަރުކަށިވެ މުންކަރާތް މަނާކޮށްފިނަމަ އެބަޔަކު ދީނާ ދުރަށް ޖެހި ދީނަކީ ނަފުރަތު ކުރާ އެއްޗަކަށް އެބަޔަކަށް ވެގެން ހިނގައިދާނެއެވެ. އެހެންވެއްޖެނަމަ މުންކަރާތް މަނާކުރި މީހާ އަށް އެކުރެވުނީ ހެޔޮކަމަކަށްވުރެ ބޮޑަށް ނުބައިކަމެކެވެ. އެހެންކަމުން މުންކަރާތް މަނާކުރުމުގައި މަޑުމައިތިރިކަމާއި ލޯތްބާއި އެކީ އެއްޗެހި ކިޔުމެއްނެތި އެއީ ގޯސްކަމެއްކަން ދަލީލާއެކު ބުނެދޭށެވެ. އެހެނީ މޫސާ ޢަލައިހިއްސަލާމްއަށް މަޑުމައިތިރިކަމާއެކު ފިރުޢައުނާ ވާހަކަ ދައްކަން ﷲ އަމުރުކުރެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم މިސްކިތަށް ކުޑަކަމުދިޔަ މީހާއަށް އެއްޗެހި ކިޔުން މަނާކޮށް އޯގާވެރިކަމާއެކު ނަޞީޙަތްދެއްވިއެވެ.
نمایش همه...
Enme maaiy duvahaki bodu Eid dhuvas- Hadith
نمایش همه...
Eid dhuvahakee maafu Koh aaila AA rattehinna AA avatterinna adhi ehnoon meehunahves gulhun badhahi Kura duvahakah hadhama.
نمایش همه...