cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

Heyobas

http://Aruoxam.blogspot.com وقولوا للناس حسنا. Allahge vahee basfulhuge maanaiga vey: adhi meesthakunnah HEYOBAS bunaasheve.

Mostrar más
Irak41 753El idioma no está especificadoReligión y espiritualidad37 114
Publicaciones publicitarias
2 350
Suscriptores
-124 horas
+127 días
+5330 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Photo unavailableShow in Telegram
އެސްފީނާ  ޤުރުއާނުން ސާބިތުވާން ހުރި ހެކި: وَقَالَ یَـٰبَنِیَّ لَا تَدۡخُلُوا۟ مِنۢ بَابࣲ وَ ٰ⁠حِدࣲ وَٱدۡخُلُوا۟ مِنۡ أَبۡوَ ٰ⁠بࣲ مُّتَفَرِّقَةࣲۖ وَمَاۤ أُغۡنِی عَنكُم مِّنَ اللهِ مِن شَیۡءٍۖ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ عَلَیۡهِ تَوَكَّلۡتُۖ وَعَلَیۡهِ فَلۡیَتَوَكَّلِ ٱلۡمُتَوَكِّلُونَ ۝ [سورة يوسف : 67] މާނަ : " އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި ﷲ ގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ވަކީލުކުރާމީހުން ހަމައެކަނި އެކަލާނގެއަށް ވަކީލު ކުރާހުށިކަމެވެ!"
މުފައްސިރުން ގިނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޔޫސުފުގެފާނުގެ އަޙުންނަކީ ބުރުސޫރަ ރިވެތިވެގެންވާ އަޙުންތަކެކެވެ. އެހެންކަމުން އެބައިމީހުންނަށް އެސްފީނާގެ އަސަރެއް ކޮށްފާނެ ކަމަށް ޔައުޤޫބުފާނު ބިރުފުޅުގެން ވަޑައިގަތްގަތުމަކީ އެސްފީނާއަކީ އޮތް އެއްޗެއްކަން ދަލީލުކުރާ ކަމެއްކަމުގައެވެ. ¹ 
އަދިވެސް މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ. وَإِن یَكَادُ ٱلَّذِینَ كَفَرُوا۟ لَیُزۡلِقُونَكَ بِأَبۡصَـٰرِهِمۡ لَمَّا سَمِعُوا۟ ٱلذِّكۡرَ وَیَقُولُونَ إِنَّهُۥ لَمَجۡنُونࣱ ۝ وَمَا هُوَ إِلَّا ذِكۡرࣱ لِّلۡعَـٰلَمِینَ ۝ [سورة القلم : 51-52] މާނަ: " ކާފިރުވި މީހުން ޤުރުއާނުގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެޤުރުއާން ނުވެއެވެ."
އިބްނު ޢައްބާސާއި، މުޖާހިދާއި، އެހެން ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި "އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި ވައްޓާލުމާ ގާތްކުރެތެވެ." އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޛްނަފުޅާ ލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަ ލިބެއެވެ.² 
ލޮބުވެތި އަޙުންނާއި އުޚްތުންނޭވެ. އެސްފީނާއަކީ ހަޤީޤަތެކެވެ. އެސްފީނާއިން ރައްކާތެރިކަމަށް އެދޭށެވެ. ބަރަކާތް ލެއްވުން އެދި ދުޢާކޮށްގެން ތިބާގެ އެސްފީނާއިން އަނެކާއާއި، މުދާތަށްވެސް ރައްކައުތެރިކޮށްދޭށެވެ. 1] ތަފްސީރު އިބްނު ކަޘީރު/ އައްޠަބަރާނީ/ އަލްޤުރްޠުބީ- އަލްއަލޫސީ/ އައްސުޔޫޠީ/ އަލްފަޚްރު އައްރާޒީ. 2] އިބްނު ކަޘީރު : 4/408
Mostrar todo...
އެސްފީނާ  ޤުރުއާނުން ސާބިތުވާން ހުރި ހެކި: وَقَالَ یَـٰبَنِیَّ لَا تَدۡخُلُوا۟ مِنۢ بَابࣲ وَ ٰ⁠حِدࣲ وَٱدۡخُلُوا۟ مِنۡ أَبۡوَ ٰ⁠بࣲ مُّتَفَرِّقَةࣲۖ وَمَاۤ أُغۡنِی عَنكُم مِّنَ اللهِ مِن شَیۡءٍۖ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ عَلَیۡهِ تَوَكَّلۡتُۖ وَعَلَیۡهِ فَلۡیَتَوَكَّلِ ٱلۡمُتَوَكِّلُونَ ۝ [سورة يوسف : 67] މާނަ : " އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި ﷲ ގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ވަކީލުކުރާމީހުން ހަމައެކަނި އެކަލާނގެއަށް ވަކީލު ކުރާހުށިކަމެވެ!"
މުފައްސިރުން ގިނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޔޫސުފުގެފާނުގެ އަޙުންނަކީ ބުރުސޫރަ ރިވެތިވެގެންވާ އަޙުންތަކެކެވެ. އެހެންކަމުން އެބައިމީހުންނަށް އެސްފީނާގެ އަސަރެއް ކޮށްފާނެ ކަމަށް ޔައުޤޫބުފާނު ބިރުފުޅުގެން ވަޑައިގަތްގަތުމަކީ އެސްފީނާއަކީ އޮތް އެއްޗެއްކަން ދަލީލުކުރާ ކަމެއްކަމުގައެވެ. ¹ 
އަދިވެސް މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ. وَإِن یَكَادُ ٱلَّذِینَ كَفَرُوا۟ لَیُزۡلِقُونَكَ بِأَبۡصَـٰرِهِمۡ لَمَّا سَمِعُوا۟ ٱلذِّكۡرَ وَیَقُولُونَ إِنَّهُۥ لَمَجۡنُونࣱ ۝ وَمَا هُوَ إِلَّا ذِكۡرࣱ لِّلۡعَـٰلَمِینَ ۝ [سورة القلم : 51-52] މާނަ: " ކާފިރުވި މީހުން ޤުރުއާނުގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެޤުރުއާން ނުވެއެވެ."
އިބްނު ޢައްބާސާއި، މުޖާހިދާއި، އެހެން ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި "އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި ވައްޓާލުމާ ގާތްކުރެތެވެ." އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޛްނަފުޅާ ލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަ ލިބެއެވެ.² 
1] ތަފްސީރު އިބްނު ކަޘީރު/ އައްޠަބަރާނީ/ އަލްޤުރްޠުބީ- އަލްއަލޫސީ/ އައްސުޔޫޠީ/ އަލްފަޚްރު އައްރާޒީ. 2] އިބްނު ކަޘީރު : 4/408
Mostrar todo...
އެސްފީނާގެ ހަޤީޤަތް އެސްފީނާ އަކީ މީހެއް ނުވަތަ އެއްޗެއްގެ ކިބައިން ހިތްހަމަޖެހޭ ކަމެއް ފެނި، އެ އެއްޗަކަށް ބަލާލެވޭ ވަގުތު ބަރަކާތް ލެއްވުމަށް އެދި ދުޢާ ނުކުރުމުގެ ސަބަބުން  އެބަލާ މީހާގެ ނަފްސުގެ ނުބައިކަން ބަލާލެވުން މީހާއަށް ނުވަތަ ބަލާލެވުނު އެއްޗަކަށް ފޯރުމެވެ. އެސްފީނާގެ ތަޢްރީފުގައި އިބުނުލް ޤައްޔިމް ވިދާޅުއްވިއެވެ.
އެސްފީނާ އަކީ އެއްޗަކާމެދު ޤަބުލުކުރެވޭހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެއްޗަކަށް އަމާޒުވެ، އެ އެއްޗަކާ އަޅައިގަނެ، އެނަފްސުގެ ވިހަ އެބަލައިލެވޭ އެއްޗަކަށް ފޯރުވާ ފޯރުވުމެވެ.¹
އިބްނު މަންޒޫރު ވިދާޅުވެފައިވާ ގޮތުގައި
އެސްފީނާއަކީ ލޮލުގެ ވިހަ އެއްޗަކަށް އަމާޒުވެ، އެ އެއްޗަކަށް ގެއްލުން ލިބުމެވެ. މިގޮތުން ޢަދާވަތްތެރިއަކު އޭނާއާ ދިމާއަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް "ބަލިވެ" އެވެ. ²
އަލްޙާފިޒް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. 
އެސްފީނާ އަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލައިލާ ބަލައިލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަސަރު އެއައްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބޭ ލިބުމެވެ.³
އެހެންކަމުން އަޅުގަނޑުމެންނަށްއޮތީ އަޅުގަނޑުމެން ރުހޭ ނުވަތަ ޢަޖައިބުވާ ކަންކަމުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރުމެވެ. އެއީ މީހެއްގެ ފުށުންވިޔަސް ނުވަތަ ތިމާގެ އަމިއްލަ ނަފްސުގެ ކިބައިންވިޔަސް، ނުވަތަ ތިމާގެ އަނބިދަރީންގެ ކިބައިންވިޔަސް، ނުވަތަ މީހެއްގެ މުދަލުންކަމުގައިވިޔަސް ނުވަތަ ތިމާގެ މުދަލުންވީކަމުގައިވިޔަސްމެއެވެ. 1] އިބްނުލް ޤައްޔިމް : ޒާދު އަލްމަޢާދު 4/167 2] އިބްނު މަންޒޫރު: ލިސާނުލް ޢަރަބި 13/301 3] އިބްނު ޙަޖަރު: ފަތުޙުލްބާރީ 10/200
Mostrar todo...
الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ ‎﴿٦٧﴾‏ އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ. މާތް ﷲ މިންވަރު ކުރައްވާ ހެޔޮ ރިޒުޤުގެ ތެރޭގައި ޞާލިޙު ރަނގަޅު އެކުވެރިން ތިބާޔާއެކު ލެއްވުން ހިމެނިގެންވެއެވެ. ﷲ އަޅަކަށް ހެޔޮ ގޮތެއް އިރާދަ ކުރައްވާނަމަ އެނާއާއިއެކު އެއިލާހުގެ މަގަށް މަގުދައްކާނެ ޞާލިޙު އެކުވެރިން ލައްވައެވެ. އެއީ އޭނާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމަށްޓަކައެވެ. ތިބާއަށް އެފަދަ އެކުވެރިން ލިބިގެންވާނަމަ ތިބާ ތިވަނީ ބޮޑުވެގެންވާ ނަޞީބެއްގައެވެ. ތިބާ އެބައިމީހުންނަށް ފުރަގަސްނުދޭށެވެ. ޙައްޤަކާއިނުލައި ދެކޮޅުވެރިވެސް ނުވާށެވެ. ނިޢުމަތެއް ރިޒުޤެއްގެ މަތިވެރިކަން އެނގޭނީ އެކަމެއް ބީވެދިއުމުންކަން ދަންނާށެވެ. ކަތަބަ: އަބޫ މުޢުތަޞިމްބިއްލާހި
Mostrar todo...
Repost from Dhiyares
ދީނުގައި ޝަރުއުކުރައްވާފައިވާ ކަމަކަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ދީނުން ބޭރުވާނެ ކަމެއް: ޚުތުބާ https://dhiyares.com/68084
Mostrar todo...
Dheenugai sharu'u kurahvaafaivaa kamakah hajoo jahai fursahsaara kurumakee dheenun beyruvaane kameh: Khuthubaa

އިމާމު އިބްނު ރަޖަބު ރަޙިމަހުﷲ (736- 795 هـ) ވިދާޅުވިއެވެ. "އެންމެ މޮޅުއިތުރުވެގެންވާ ޢިލްމަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއާ ބެހޭ ޢިލްމެވެ. އެޢިލްމަކީ އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކާއި އެއިލާހު ކުރައްވާ ކަންތައްތަކާ ބެހޭ ޢިލްމެވެ. އެޢިލްމު އުނގެނުމުގެ ސަބަބުން އެ ޢިލްމު އުނގެނޭ މީހާއަށް، ﷲގެ ފުއްސެވުމާއި، ﷲއަށް ބިރުވެތިވުމާއި، ﷲދެކެ ލޯބިވުމާއި، ﷲ އާ މެދު ހައިބަތު ހިތުގައި އުފެދުމާއި، ﷲގެ މަތިވެރިވަންތަކަން ހިތުގައި އުފެދުމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި، ﷲއަށް ވަކީލުކުރުމާއި، ﷲ މިންވަރުކުރައްވާ ކަންކަމުގެ މައްޗަށް ކެތްތެރިވުމާއި، ﷲގެ މިންވަރުފުޅާމެދު ރުހުމާއި، އަދި ﷲ ގެ ޚަލްޤުތަކުންނައިގެން ނޫޅެ، ހަމައެކަނި ﷲއަށް ސަމާލުކަންދިނުން، މިކަންކަން ޙާޞިލްވެއެވެ." شرح حديث أبي الدرداء في طلب العلم لابن رجب (ص41)
Mostrar todo...
السلام عليكم Zuvaan khatheebunge program ge dhevana batch gai baiveriva faraithakun thireegai va link gaiva training application form furihama kohladhevvun edhen. *Deadline: 05th July 2024 before 1400hrs* https://forms.gle/xSMCQekCzCfnH2W4A
Mostrar todo...
Mostrar todo...
Arabi badhalunanthah farithakurun

ضمائر - هو هما هم هي هما هن أنت أنتما أنتن أنا نحن

Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.