cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Heyobas

http://Aruoxam.blogspot.com وقولوا للناس حسنا. Allahge vahee basfulhuge maanaiga vey: adhi meesthakunnah HEYOBAS bunaasheve.

إظهار المزيد
مشاركات الإعلانات
2 364
المشتركون
+324 ساعات
+117 أيام
+4030 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

Alhugandu menge lobuvethi akh shafraz/N.lhohi vaadhee GE anbikanbalun reyge fathihu niya vuma gulhigen thauziya fonuvan. Aaila ah kehtherikan dhehva barakahlahvashi. Adhi mahyitha ge faafa fuhsavai suvarugeyga mathiveri niumah minvaru kurahvaashi. Ameen
إظهار الكل...
لمّا نهى الله عن التعري والسفور والزنا قال (والله يعلم وأنتم لا تعلمون) لأن بعض المحرم لا تظهر مفاسده جلية لكل أحد وربما ضرره في الخفاء أكبر ﷲ (سُبْحَانَهُ وَتَعَالَى‎) އޮރިޔާންވުން، ޒީނަތްތެރިކަން ފާޅުކުރުމާއި ޒިނޭ ހަރާމްކުރެއްވި ހިނދު އެއިލާހު ވަޙީ ކުރެއްވިއެވެ. { وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ } (ނޫރް:19) " اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. " ސަބަބަކީ ބައެއް ހަރާމްކަންތަކަކީ އެކަމުގެ ނުބައިކަން ކޮންމެ މީހަކަށް ވަގުތުން ފެންނާނެ ކަންތަކެއްނޫނެވެ. ފަހަރެއްގައި އެކަމުގައި ފޮރުވިފައިވާ ނުބައިކަން މާ ބޮޑުވެގެންވެއެވެ. ✍️ ޝެއިޚް ޢަބްދުލް-ޢަޒީޒް އައް-ޠަރީފީ
إظهار الكل...
Photo unavailableShow in Telegram
BAdhal nanthah arabin
إظهار الكل...
00:28
Video unavailableShow in Telegram
9.10 MB
Photo unavailableShow in Telegram
Madinah Arabic book 1-4 (all in one) دروس اللغة العربية لغير الناطقين بها (١-٤) Limited edition MVR 690 Free delivery 9922257
إظهار الكل...
Repost from N/a
ޢިލްމުގެ އަހުލުން ވިދާޅު ވެއެވެ: އުނގެނޭ ޢިލްމަށް ޢަމަލު ކުރާ މީހާއަށް، އެ މީހަކަށް ނޭނގޭ ކަންކަން މާތް الله އުނގަންނަވައި ދެއްވާނެތެވެ. (އެބަހީ އެ މީހަކަށް ޢިލްމު އިތުރު ކޮށްދެއްވާނެއެވެ.) އަދި އުނގެނޭ ޢިލްމަށް ޢަމަލު ނުކުރާ މީހާގެ ކިބައިން، މާތް الله އެ ޢިލްމެއް ގެންދަވާފާނެތެވެ. [حصول المأمول بشرح ثلاثة الأصول 17/1]
إظهار الكل...
Photo unavailableShow in Telegram
ފިތުނައިގެ މައިގަނޑު ވައްތަރުތައް: 1. فِتْنَةُ المَال: މުދަލުގެ ފިތުނަ މުދާ ފިތުނައަކަށް ވެދާނެ ބައެއް ގޮތްތައް: - ހަލާލު ނޫންގޮތުގައި މުދާ ހޯދުން - ހަލާލު ނޫންގޮތުގައި މުދާ ހޭދަކުރުން - މުދާ އެއްކުރުމަށް ފަރުޟުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަ ކުރުން - މުދަލުގެ މައްޗަށް ކިބުރުވެރިވުން - މުދަލުން އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުން - މުދަލުގެ ސަބަބުން އާޚިރަތުގެ މަތިން ޣާފިލުވުން 2. فِتْنَةُ النِّساء: އަންހެނުންގެ ފިތުނަ އަންހެނުން ފިތުނައަކަށް ވެދާނެ ބައެއް ގޮތްތައް: - ކައިވެނީގެ ބޭރުން ހަލާލު ނޫންގޮތުގައި އެއްވެސް ގުޅުމެއް ހިންގުން - ޝަހުވަތްތެރިކަން އަރާއިގެން ދިއުން - ޢިޝްޤީ ލޯބީގެ ދަންތުރާގައި ޖެހުން - އޭނާގެ ނުފޫޒުން އެހެން ގުޅުންތައް ކެނޑެވުން - ފައިސާ އިސްރާފު ވެގެންދިޔުން 3. فِتْنَةُ الأولاد: ދަރިންގެ ފިތުނަ ދަރިން ފިތުނައަކަށް ވެދާނެ ބައެއް ގޮތްތައް: - އުއްމީދުތައް ގިނަވެ ދުނިޔެއަށް ބަރު ޖެހުން - ދަރިންގެ ފަރާތުން ހިތްދަތިކަން ލިބި މާޔޫސްވުން - ދަރިން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވުން 4. فِتْنَةُ الكُفَّارِ لأهلِ الإسلام: ކާފިރުންގެ ފަރާތުން ކުރިމަތިވާ ފިތުނަތައް ކާފިރުންގެ ފަރާތުން ކުރިމަތިވާ ކަންކަން ފިތުނައަކަށް ވެދާނެ ގޮތްތައް: - ކާފިރުންގެ އުޅުމާއި ސުލޫކު ކޮޕީ ކުރެވުނު - ބިދުޢަތާކާއި ޝިރްކުގެ ވައްތަރުތަކުގާއި ޖެހެމުން - އިސްލާމްދީނަށް އޮންނަންވާ ޣީރަތްތެރިކަން ކުޑަވެގެން ދިއުން = ކަތަބަ ޢުސްތާޛެް ޝާފީ =
إظهار الكل...
إظهار الكل...
Can You Pray in Front of a Mirror? - Islam Question & Answer

If a person prays with a mirror in front of him, his prayer is valid even if he is facing it and can see himself in it.

އެސްފީނާ : ސުންނަތުން ސާބިތުވާން ހުރި ހެކިތައް 1: އަބޫހުރައިރާ رضي ﷲ عنه ރިވާކުރައްވާފައި ވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. الْعَيْنُ حَقٌّ ‏وَنَهَى عَنِ الْوَشْمِ‏. މާނަ: " އެސްފީނާއަކީ ޙަޤީޤަތެކެވެ. އަދި ޓެޓޫޖެހުން އެކަލޭގެފާނު މަނާކުރެއްވިއެވެ."¹ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. މާތް ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. اسْتَعِيذُوا بِاللهِ فَإِنَّ الْعَيْنَ حَقٌّ ‏ މާނަ: " ފަހެ، އެސްފީނާއަކީ ޙަޤީޤަތެކެވެ. މާތް ﷲ ގެ ހަޞްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ!"² އިބްނު ޢައްބާސް رضي ﷲ عنه ގެ ކިބައިން ރިވާވެގެން ވެއެވެ. މާތް ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ‏ މާނަ:" އެއްފީނާއަކީ ޙަޤީޤަތެކެވެ. އެއްވެސް އެއްޗަކީ ﷲ ގެ ގުދުރަތްތެރިކަން ފަހަނައަޅާދާ އެއްޗެއްކަމުގައި ވީނަމަ، ފަހެ އެސްފީނާ އެ (ﷲ ގެ ގުދުރަތްތެރިކަން) ފަހަނައަޅައި ދިޔައީހެވެ. އަދި ތިޔަބައިމީހުންކުރެ ދޮވުމަށް (އެސްފީނާއަށް ފަރުވާކުރުަމަށްޓަކައި ދޮވުމަށް) އެދެވިއްޖެނަމަ، ފަހެ ދޮންނާށެވެ."³
އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. މިޙަދީޘުން ސާބިތުކޮށްދެނީ ﷲ ގެ ޤުދުރަތްތެރިކަމާއި، އެސްފީނާއަކީ ޙަޤީޤަތުގައިވެސް އޮތް (ވަރުގަދަ) ދެ އެއްޗެއްކަމެވެ. ނަމަވެސް އެސްފީނާއެއް، ނުވަތަ އެހެން އެއްޗެއް ނަމަވެސް، އެއެއްޗަކީ ގެއްލުންހުރި އެއްޗަކަށް ވިއަސް، ނުވަތަ ފައިދާ ހުރި އެއްޗެއްކަމުގައި ވިއަސް ﷲ ގެ މިންވަރުފުޅުން މެނުވީ އެއެއްޗަކަށް އެއްވެސް ގެއްލުމެއް ނުވަތަ ފައިދާއެއް ގެނެސް ނުގަނެވޭނެއެވެ.⁴
1] ޞަޙީޙުލް ބުޚާރީ : 5740 2] އިބްނުމާޖާ : 3508 3] ޞަޙީޙް މުސްލިމް : 2188 4] ޞަޙީޙް މުސްލިމް ބި ޝަރްޙް އަލް ނަވަވީ
إظهار الكل...
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.