en
Feedback
Promote Islam 🇵🇸

Promote Islam 🇵🇸

Open in Telegram

وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ (سورة الذاريات: 55) ". . . ފަހެ ހަމަކަށަވަރުން ހަނދާންކޮށްދިނުމަކީ، މުޢުމިނުންނަށް މަންފާކުރާނޭ ކަމެކެވެ."

Show more
996
Subscribers
No data24 hours
No data7 days
-530 days
Posts Archive
އިންސާނުންގެ ފަރާތުން ކުރެވޭ އުއްމީދުގެ ހުޅުކޮޅު ނިވުނަސް، ދީލަތިވަންތަ ﷲ ގެ ޙަޟުރަތުން ކުރާ އުއްމީދު ކަނޑާނުލާށެވެ. - الشيخ
އިންސާނުންގެ ފަރާތުން ކުރެވޭ އުއްމީދުގެ ހުޅުކޮޅު ނިވުނަސް، ދީލަތިވަންތަ ﷲ ގެ ޙަޟުރަތުން ކުރާ އުއްމީދު ކަނޑާނުލާށެވެ. - الشيخ علي زاهر بن سعيد قاسم (حفظه الله) -

މިއަދު ތިބާ، ދަށް ނިކަމެތީން ކަމުގައި ދެކޭ އެތައް ބަޔަކު މާދަމާ ސުވަރުގޭގައި ތިބާއަށްވުރެ މަތީ ދަރަޖަތަކުގައި ވެދާނެއެވެ. -އަ
މިއަދު ތިބާ، ދަށް ނިކަމެތީން ކަމުގައި ދެކޭ އެތައް ބަޔަކު މާދަމާ ސުވަރުގޭގައި ތިބާއަށްވުރެ މަތީ ދަރަޖަތަކުގައި ވެދާނެއެވެ. -އައްޝައިޚް ސާޖިދު މުޙައްމަދު (ހަފިޡަހު ﷲ)-

އެކުވެރިޔާއެވެ! ސުވަރުގެ ހޯދައިނުގަނެވޭ ޙަޔާތެއްގެ ބޭނުމެއް ނެތެވެ. ސުވަރުގެ ހާސިލުކުރަން މަސައްކަތް ކުރާށެވެ. އެއީ އަހުރެމެނ
އެކުވެރިޔާއެވެ! ސުވަރުގެ ހޯދައިނުގަނެވޭ ޙަޔާތެއްގެ ބޭނުމެއް ނެތެވެ. ސުވަރުގެ ހާސިލުކުރަން މަސައްކަތް ކުރާށެވެ. އެއީ އަހުރެމެން ދުނިޔެއަށް ފޮނުއްވުނު މަޤްޞަދެވެ. ސުވަރު ލިބިއްޖެނަމަ، ހުރިހާ ކަމެއް ލިބުނީއެވެ. ސުވަރުގެ ނުލިބިއްޖެނަމަ، ހުރިހާ ކަމަކުން މަޙްރޫމުވީއެވެ. -އައްޝައިޚް ޝަފީޢު ޢަބްދުالله (حفظه الله)-

ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. ކެތްތެރިކަމަކީ ހެޔޮކަމުގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ. -الصبر والثواب عليه لابن
ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. ކެތްތެރިކަމަކީ ހެޔޮކަމުގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ. -الصبر والثواب عليه لابن أبي الدنيا/ص:٢٧-

ދަރިން އެއީ މަތިވެރި ނިޢުމަތެއް! އަހަރެމެންގެ ލޮލުގެ ނޫރެވެ! ބޮޑު ދެެއްވުމެއް! އަމާނާތެއް! މަސްޢޫލިއްޔަތެއް! މި ނިޢުމަތަށް ރަ
ދަރިން އެއީ މަތިވެރި ނިޢުމަތެއް! އަހަރެމެންގެ ލޮލުގެ ނޫރެވެ! ބޮޑު ދެެއްވުމެއް! އަމާނާތެއް! މަސްޢޫލިއްޔަތެއް! މި ނިޢުމަތަށް ރައްކާތެރިވާށެވެ! ﷲ އަށް ބިރުވެތިވާށެވެ! -އައްޝައިޚް މިދުޙަތު ޢިރުފާން-

ފާފައިގެ ސަބަބުން ލިބިދާނެ ގެއްލުން ވަރަށް ގިނައެވެ. އަހަރެމެން ކުރާ ފާފައިގެ ނުބައި އަސަރު އަހަރުމެންގެ ޒަވާޖީ ހަޔާތާއި ދަރި
ފާފައިގެ ސަބަބުން ލިބިދާނެ ގެއްލުން ވަރަށް ގިނައެވެ. އަހަރެމެން ކުރާ ފާފައިގެ ނުބައި އަސަރު އަހަރުމެންގެ ޒަވާޖީ ހަޔާތާއި ދަރިފަސްކޮޅަށް ވެސް ކޮށްފާނެކަން ދަންނާށެވެ! ފާފައިން ދުރުހެލިވުމާއި ތައުބާވުމުން އެކަން ފުހެވޭނެއެވެ. -އައްޝައިޚް ޑރ.އާދަމް ޝަމީމް-

މުންކަރާތްތަކަށް ހޭދަކުރި ފައިސާއާމެދުވެސް އެދުވަހުން ސުވާލުވެވޭ ހުއްޓެވެ. -އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)-
މުންކަރާތްތަކަށް ހޭދަކުރި ފައިސާއާމެދުވެސް އެދުވަހުން ސުވާލުވެވޭ ހުއްޓެވެ. -އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)-

މި ދުނިޔެ އަކީ ހުރިހާ އެއްޗެއް ކަމަށް ނުބަލާށެވެ. މި ދުނިޔޭގެ އުފަލާއި، މަޖަލާއި، ޖަހާއި، ބާރާއި، ނުފޫޒާއި، މަޝްހޫރު ކަމަކީ އ
މި ދުނިޔެ އަކީ ހުރިހާ އެއްޗެއް ކަމަށް ނުބަލާށެވެ. މި ދުނިޔޭގެ އުފަލާއި، މަޖަލާއި، ޖަހާއި، ބާރާއި، ނުފޫޒާއި، މަޝްހޫރު ކަމަކީ އެއްވެސް އެއްޗެއް ނޫނެވެ. މިކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ތިބާގެ އާޚިރަތް ގެއްލުވައި ނުލާށެވެ. ހެޔޮގޮތުގައި އުޅޭށެވެ. ހެޔޮގޮތުގައި ނިމިދާށެވެ. ސަލާމަތުގެ އައްސޭރި އަތުޖެހޭނީ އެއިރުންނެވެ. -އައްޝައިޚް ޝަފީޢު ޢަބްދު ﷲ-

މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ ކޮންމެ ދެމަފިރިއަކު ވާހުށީ، ސުވަރުގޭގައި އެކުއެކީގައެވެ. ސުވަރުގޭގެ ދާންތަކުގެ މަތީގައި
މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ ކޮންމެ ދެމަފިރިއަކު ވާހުށީ، ސުވަރުގޭގައި އެކުއެކީގައެވެ. ސުވަރުގޭގެ ދާންތަކުގެ މަތީގައި ލެނގިގެންނެވެ. އެކަކު އަނެކަކާއެކު އުފާވެރި ވަޤުތައް އެދެމަފިރިން ހޭދަކުރަމުން ދާނެއެވެ. ސުވަރުގޭގެ ރީތި ބަގީޗާތަކުގައެވެ. ސުވަރުގޭގެ ފޮނި މީރު ކަމުގައެވެ. ފޫހިކަމެއް ނެތިއެވެ. ވަރުބަލިކަމެއް ނެތިއެވެ. ދާއިމީ އުފަލުގައެވެ. ދާއިމީ ނިޢުމަތުގައެވެ. އެހެންކަމުން، ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރާ މީހަކީ ތިމަންނަ އަތުގައި ހިފައިގެން ސުވަރުގެއަށް ދެވޭފަދަ ހެޔޮ ލަފާ ރަނގަޅު، އަދި މާތް ﷲ އަށް ބިރުވެތިވާ މީހަކުގައި ހަދާށެވެ. -އައްޝައިޚް ޝަފީޢު ޢަބްދު ﷲ-

ނަމާދަކީ އީމާންކަމުގެ އަހުލުންގެ ލޮލުގެ ފިނިކަމެވެ. -عبد الرزاق بن عبد المحسن البدر (حفظه الله)-
ނަމާދަކީ އީމާންކަމުގެ އަހުލުންގެ ލޮލުގެ ފިނިކަމެވެ. -عبد الرزاق بن عبد المحسن البدر (حفظه الله)-

ތިމާގެ ޢިއްޒަތާއި އަބުރަށް ތިމާނުވި ރައްކަލެއްވާނެ އެހެން މީހަކު ނުހުންނާނެއެވެ. ތިމާގެ ޢަބުރާއި ޢިއްޒަތް ބަރުބާދުވެދާ ފަދަ ކ
ތިމާގެ ޢިއްޒަތާއި އަބުރަށް ތިމާނުވި ރައްކަލެއްވާނެ އެހެން މީހަކު ނުހުންނާނެއެވެ. ތިމާގެ ޢަބުރާއި ޢިއްޒަތް ބަރުބާދުވެދާ ފަދަ ކަމެއްގައި އެއްވެސް މީހަކަށް އިތުބާރު ނުކުރާށެވެ. -އައްޝައިޚް އަޙްމަދު ސަމީރު-

ސުވަރުގެއާ ދިމާލަށް ތިބާ ނުގެންދާ ރަޙްމަތްތެރިކަމެއްގެ ޙަޤީޤީ ފައިދާއެއް ނެތެވެ. އެއީ ބޭކާރު ރަޙްމަތްތެރިކަމެކެވެ. -އައްޝައިޚ
ސުވަރުގެއާ ދިމާލަށް ތިބާ ނުގެންދާ ރަޙްމަތްތެރިކަމެއްގެ ޙަޤީޤީ ފައިދާއެއް ނެތެވެ. އެއީ ބޭކާރު ރަޙްމަތްތެރިކަމެކެވެ. -އައްޝައިޚް މުޙައްމަދު ޝާފިޢު-

އިންސާނާއަށް ޙަޤީޤީ ހިތްހަމަޖެހުން ލިބުންވަނީ އޭނާ ހެއްދެވި ފަރާތަށް އަޅުކަން އަދާ ކުރުމުންނެވެ. އޭނާއަކީ މާތް ﷲ ގެ އަޅެކެވެ.
އިންސާނާއަށް ޙަޤީޤީ ހިތްހަމަޖެހުން ލިބުންވަނީ އޭނާ ހެއްދެވި ފަރާތަށް އަޅުކަން އަދާ ކުރުމުންނެވެ. އޭނާއަކީ މާތް ﷲ ގެ އަޅެކެވެ. އަޅުކަން އަދާކުރުމަކީ އިންސާނީ ފިޠުރަތުގައިވާ ކަމެކެވެ. އެކަމުން އެއްކިބާވުމަކީ ހިތްދަތިކަން އޭނައާ ކުރިމަތިވާނެ ކަމެއް ކަން ޔަޤީނެވެ.

ޝައިޚް ބަންދުކޮށްފައިވާތާ 10 އަހަރަށްފަހު ސަޢުދީއިން މިވަނީ އެމަނިކުފާނަށް މަރުގެ ޙުކުމް އިއްވާފައެވެ. އެމަނިކުފާނުގެ ހަމައެކ
+1
ޝައިޚް ބަންދުކޮށްފައިވާތާ 10 އަހަރަށްފަހު ސަޢުދީއިން މިވަނީ އެމަނިކުފާނަށް މަރުގެ ޙުކުމް އިއްވާފައެވެ. އެމަނިކުފާނުގެ ހަމައެކަނި ކުށަކަށްވީ ލައިވްޓީވީގައި އުޚުތަކު ކުރި ސުވާލެއްގެ ޖަވާބު ﷲ އަށް ބިރުވެތިވެ ތެދުބަހުން ބުނެދިނުމެވެ. އެމަނިކުފާނާއި، އެމަނިކުފާނުގެ އެންމެހައި އެދުރުންނާއި، ނުޙައްޤުން އަސީރުކުރެވިފައިވާ އެމަނިކުފާނުގެ އެކުވެރިން މިނިވަންކޮށްދެއްވުންއެދި، މަތިވެރިވަންތަ، ޢިއްޒަތްވަންތަ ރަސްކަލާނގެ، ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.

މީހެއްގެ އާޚިރަތުގެ ނިޢުމަތްތައް ބިނާވާހުށީ އެމީހާ މިދުނިޔެމަތީގައި ކުރި ހެޔޮ ޢަމަލުގެ މައްޗަށެވެ. -އައްޝައިޚް މުޙައްމަދު ޝާފ
މީހެއްގެ އާޚިރަތުގެ ނިޢުމަތްތައް ބިނާވާހުށީ އެމީހާ މިދުނިޔެމަތީގައި ކުރި ހެޔޮ ޢަމަލުގެ މައްޗަށެވެ. -އައްޝައިޚް މުޙައްމަދު ޝާފިޢު-

ރަސޫލު الله ﷺ ޙަދީޘް ކުރައްވާފައިވެއެވެ. « مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْ
ރަސޫލު الله ﷺ ޙަދީޘް ކުރައްވާފައިވެއެވެ. « مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ ‏» "މީހަކު ވުޟޫކޮށް، އެ ވުޟޫ ފުރިހަމަ ކޮށްފިނަމަ، އޭނާގެ ހަށިގަނޑުން ފާފަތައް ނިކުމެގެންދެއެވެ. އޭނާގެ ނިޔަފަތިތަކުގެ ދަށުން ދާންދެން (އެ ފާފަތައް) ނިކުމެގެން ދެއެވެ." -صحيح مسلم (245)-

العلامة الشيخ الألباني - رحمه الله - ވިދާޅުވެފައިވެއެވެ. ‏ "އަންހެން ކަނބަލުންގެ ހެދުމުގެ ކުލައެއްކަމުގައި އެންމެ މޮޅު ކުލައަ
العلامة الشيخ الألباني - رحمه الله - ވިދާޅުވެފައިވެއެވެ. ‏ "އަންހެން ކަނބަލުންގެ ހެދުމުގެ ކުލައެއްކަމުގައި އެންމެ މޮޅު ކުލައަކީ ކަޅުކުލައެވެ. އެއީ އެކުލައިގެ ހެދުމުގައި މަތިވެރިކަމާއި ޒީނަތްތެރިކަން ކުޑަ ކަމާއި، ތަވާޟުޢުވެރިކަން ދައްކުވައިދެއެވެ. އަދި އެންމެ ގިނަ އަންހެން ޞަޙާބިއްޔާއިން ތުރުކުރެއްވީ ވެސް ކަޅުކުލައިގެ ހެދުމެވެ." (جلباب المرأة المسلمة ص121-124)

ދަރިންނަކީ މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމުގެ މާނައަކީ އެކުދިންނަކީ ﷲ
ދަރިންނަކީ މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމުގެ މާނައަކީ އެކުދިންނަކީ ﷲ އަށް ބިރުވެތިވާ، ރަނގަޅު އަޚްލާޤެއްގެ ވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.

މާތް ﷲ ކޮންމެ އިންސާނަކަށްވެސް، ހިތާމައެއް ހިތްދަތިކަމެއް މުޞީބާތެއް ޖައްސަވަނީ އެމީހަކަށް އެކަން ތަޙައްމަލުކުރެވޭ މިންވަރަށެ
މާތް ﷲ ކޮންމެ އިންސާނަކަށްވެސް، ހިތާމައެއް ހިތްދަތިކަމެއް މުޞީބާތެއް ޖައްސަވަނީ އެމީހަކަށް އެކަން ތަޙައްމަލުކުރެވޭ މިންވަރަށެވެ. -އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)-

اللَّهُمَّ اشْفِ مَرْضَانَا ޔާ ﷲ! އަޅަމެންގެ ތެރެއިންވާ ބަލި މީހުންނަށް ޝިފާ ދެއްވާނދޭވެ!
اللَّهُمَّ اشْفِ مَرْضَانَا ޔާ ﷲ! އަޅަމެންގެ ތެރެއިންވާ ބަލި މީހުންނަށް ޝިފާ ދެއްވާނދޭވެ!