Promote Islam 🇵🇸
Відкрити в Telegram
وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ (سورة الذاريات: 55) ". . . ފަހެ ހަމަކަށަވަރުން ހަނދާންކޮށްދިނުމަކީ، މުޢުމިނުންނަށް މަންފާކުރާނޭ ކަމެކެވެ."
Показати більше1 001
Підписники
Немає даних24 години
-37 днів
-1830 день
Архів дописів
1 001
ދަރިންގެ މަންމައަށް އޯގާތެރިވާތަން ދަރިންނަށް ދައްކާށެވެ. އޭގެ ފައިދާ ކުރާނެއެވެ. إِنْ شَاءَ ٱللَّٰهُ
-އައްޝައިޚް މިދުހަތު އިރުފާނު-
1 001
ކުޅިވަރުގެ މައިދާނުގައި ވިޔަސް، ކުރާ ކޮންމެ ކަމަކާއި ބުނާ ކޮންމެ ބަހަކީ އެއާއި މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނޭ ކަމެކެވެ. ބިރުވެތިވާށެވެ!
-އައްޝައިޚް އިބްރާހީމް ރާފިޢު (حفظه الله)-
1 001
މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
"މުސްލިމަކު ދަރުމައާއި ޘަވާބަށް އެދި އޭނާގެ އަނބިދަރިންނަށް ކުރާ ހޭދައަކީވެސް އޭނާއަށްޓަކައި ވާ ޞަދަޤާތެކެވެ."
- متفق عليه -
1 001
މިއަދުގެ ދުނިޔެ މިވަނީ އިންސާނާ މަޝްޣޫލު ކުރުވާ އެތަށް ބައިވަރު ކަންކަން ހޯދައިދީފައެވެ.
ތިބާގެ ދުނިޔެއަށްވެސް އަދި އާޚިރަތަށްވެސް ފައިދާއެއް ނުކުރާ ކަންކަމުގައި ބޭކާރު ވަގުތުތައް ހޭދަ ނުކުރާށެވެ. އެހެނީ ޢުމުރަކީ އޭގެ ކުރު ދިގުމިން ނޭނގޭ އެއްޗެކެވެ.
-އައްޝައިޚް މުޙައްމަދު ޝާހިދު-
1 001
މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
- لَا تُسَافِرْ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ -
"މަޙްރަމަކާއި ނުލައި އަންހެނަކު އެކަނި ދަތުރު ނުކުރާ ހުށިކަމެވެ."
- صحيح مسلم -
1 001
ގޭގައި ބަރަކާތްލެއްވުމުގެ އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި، ގެއަށް ވަންނައިރު ބިސްމި ކިޔުމާއި، ގޭގެ އަހުލުވެރިންނަށް ސަލާމްގޮވުން ހިމެނެއެވެ.
-عبدالرزاق بن عبدالمحسن البدر (حفظه الله)-
1 001
ޝައިޚް ޠަރީފީ فك الله أسره ވިދާޅުވެފައިވެއެވެ.
«يرفع اللَّهُ الإنسان بعبادة السر ولو كانت قليلة، أكثر من عبادة العلانية ولو كانت كثيرة»
" الله تعالى ގެ ޙަޟްރަތުގައި އިންސާނާގެ ދަރަޖަ އުފުލިގެންދަނީ ފާޅުގައި ކުރާ ގިނަ ޢަމަލު ތަކަށްވުރެ ބޮޑަށް، ކިތަންމެ މަދުން ނަމަވެސް ސިއްރުގައި ކުރެވޭ ޢަމަލުތަކުގެ ސަބަބުންނެވެ."
1 001
މުޅި ދުނިޔެ ތިބާއަށް ފުރަގަސްދޭ ވަގުތު، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ބަޔަކީ އާއިލާއެވެ. އާއިލީ ގުޅުންތަކަށް ރައްކާތެރިވާށެވެ!
-އައްޝައިޚް އާޒިމް ޚާލިދު-
1 001
ރަސޫލު الله ﷺ ޙަދީޘް ކުރައްވާފައިވެެއެވެ.
« لَوْ يَعْلَمُ النَّاسُ مَا فِي صَلاَةِ الْعِشَاءِ وَصَلاَةِ الْفَجْرِ لأَتَوْهُمَا وَلَوْ حَبْوًا »
"ޢިޝާ ނަމާދާއި ފަތިސް ނަމާދުގައި ހުރި އަޖުރު މީސްތަކުންނަށް އެނގޭނަމަ، އެބައިމީހުން ފިރުކިފައިވެސް އައީހެވެ."
(سنن إبن ماجة : 796)
1 001
މި ޙަޔާތަކީ އިމްތިޙާނެކެވެ. އެކަން އެންމެ ބޮޑަށް ހަނދާން ނެތޭނީ ވެސް ދެ ވަގުތަކުއެވެ. އެއީ، ވަރަށް ބޮޑު އުފާވެރިކަމެއް ދިމާވާ ހިނދުގައްޔާއި، ވަރަށް ބޮޑު މުޞީބާތެއް ދިމާވާ ހިނދުގައެވެ. ނަމަވެސް، މުއުމިނުންގެ ސިފައަކީ އުފަލުގައި މާތް ﷲ ޝުކުރު ކުރުމެވެ. މުޞީބާތުގައި ކެތްތެރިވުމެވެ.
إن شاء الله! ދެރަގޮތެއް މެދުވެރިއެއް ނުވާނެއެވެ. މުއުމިނުއަޅާގެ ކޮންމެ ކަމަކީ ވެސް ހެވެކެވެ.
-އައްޝައިޚް ޝަފީޢު ޢަބްދު ﷲ-
1 001
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
"އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޢަމަލަކީ ނަމާދެވެ."
صحيح ابن ماجه
1 001
ﷲ ހަނދުމަކުރުން ގިނަ ކުރާށެވެ. ހިތަށް ފިނިކަން ގެނުވާނެއެވެ. އެކަނި އިނދެ ﷲ ހަނދުމަކޮށް ލޮލުން ކަރުނަ އަންނަ މީހާއަށް ޤިޔާމަތް ދުވަހު ﷲ ގެ ޢަރުޝީގެ ހިޔާ ލިބޭނެއެވެ.
-އައްޝައިޚް ޢަބްދު ﷲ ރަޝީދު (حفظه ﷲ)-
1 001
އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
"ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން މަސްހުނިވެ އުޅުމަކީ އަލިފާނާއި ދަރު އެއްވުންފަދަ ކަމެކެވެ."
(الاستقامة ١/٣٦١)
1 001
ފާފަކުރުން ދޫކޮށްލުމަށް އިންސާނާއަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ ކަމަކީ މާތް ﷲ އަށް ބިރުވެތިވުމެވެ.
-لقاء الباب المفتوح 103/6-
1 001
މީހަކަށް އޯގާތެރިވުމަކީ ދުވަހަކުވެސް އެކަމުގެ މައްޗަށް ހިތާމަކުރަންޖެހޭނެ ކަމެއް ނޫނެވެ.
-އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)-
1 001
ނަފުރަތުގެ މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ދަސްވާނީ ޢަދާވާތްތެރިކަމެވެ.
-އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)-
1 001
ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ އަޅުކަމެކެވެ. މަގުމަތީ ކުނިކަހަން ހުއްޓަސް، ނުވަތަ ބުރަ މަސައްކަތެއްގައި އުޅުނަސް، ތިޔަ ކުރެވެނީ އެންމެ މާތް އެއް މަސައްކަތެވެ.
-އައްޝައިޚް އާޒިމް ޚާލިދު-
1 001
"އަންހެން ކުއްޖެއްގެ ހިތުގަައި ލަދުވެތިކަން މަރުވެފައިވާނަމަ ދެން ރީތިކަމަކުން ކުރާނޭ މަންފާއެއް ނެތެވެ."
-އައްޝައިޚް މުޙައްމަދު ޝާފިޢު-
1 001
އިރުއޮއްސޭ މަންޒަރު ވަރަަށް ރީތި ދޯ؟ ނަމަވެސް ކުޑަ ދަރިފުޅު ދެކެ ލޯބިވާނަމަ އެ ވަގުތު އެ ކުއްޖާ ގޮވައިގެން ގެޔަށް ވަދޭ!
-އައްޝައިޚް ޢަބްދު ﷲ މިފްޒާލް-
1 001
ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.
( مَنْ دَعَا لِأَخِيهِ بِظَهْرِ الْغَيْبِ، قَالَ الْمَلَكُ الْمُوَكَّلُ بِهِ : آمِينَ، وَلَكَ بِمِثْلٍ )
-صحيح مسلم ٢٧٣٣-
މާނަ: ”މުސްލިމަކު އޭނާގެ އަޚާއަށް ސިއްރިއްޔާތުގައި ދުޢާކޮށްދީފިނަމަ އޭނާއާ ހަވާލުކުރެވިގެންވާ މަލާއިކަތާ ވިދާޅުވާނެއެވެ. ދުޢާ އިޖާބަކުރައްވާށިއެވެ. އަދި ތިބާއަށްވެސް އެދުޢާކުރި ފަދައިން ދެއްވާށިއެވެ!“
މުސްލިމް އަޚާއަށް ސިއްރިއްޔާތުގައި ދުޢާކޮށްދިނުމަކީ މަލާއިކަތުންގެ ދުޢާ ލިބުމުގެ އިތުރުން ހިތް ސާފުވެ ހިތް ހެޔޮވާ ކަމެކެވެ. ވީމާ މިއީ މުސްލިމު އަޚަކާ މައްސަލަ ޖެހުނަސް އެކަން އަވަހަށް ޙައްލު ކުރުމަށްޓަކައި ކުރެވިދާނެ ރަނގަޅު ކަމެކެވެ. އެހެނީ ހެޔޮ އެދޭ ހިތްހެޔޮ މީހަކު މެނުވީ ސިއްރިއްޔާތުގައި އެހެން މީހަކަށް ދުޢާ ނުކޮށްދޭނެއެވެ.
