Heylaa
Open in Telegram
ޣާފިލު ކަމުގެ ނިދިން ހޭލާށެވެ. ﷲ ގެ މަގުގައި ތެދުވާށެވެ.
Show more903
Subscribers
+124 hours
+47 days
+1030 days
Posts Archive
903
އިބްނު ޢުޘައިމީން ▪️ ވިދާޅުވެފައިވެއެވެ.
❞ ތިބާގެ މުސްލިމް އަޚާ އަށްޓަކައި އޭނާގެ ޣައިރު ހާޒިރުގައި، އޭނާ އެކަމަށް އެދިފައި ނުވާ ހާލުގައި ދުޢާ ކޮށްދިނުމަކީ ތިބާ އޭނާ ދެކެ ލޯބިވާ ކަމުގެ ހެއްކެކެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށްޓަކައި އެދޭ ހެޔޮކަންތައް އޭނައަށްވެސް އެދޭކަމުގެ ހެއްކެކެވެ. ❝
ـــــــــــــــــ
📖[ޝަރަހަ ރިޔާޟުއް ޞާލިޙީން - 4/20]
~Heylaa
903
ދުޢާ އިޖާބަކުރައްވާ ވަގުތެއް ! | ފުރުޞަތު ނަންގަވާ ނުލައްވާ !
ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރީގެ ވަގުތުތަކުގައި ތިޔަބޭފުޅުންގެ ދުޢާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާ އުޚްތުން ޝާމިލު ކުރައްވާށެވެ. މުސްލިމް އަސީރުން މިނިވަންވުމުގެ ހެޔޮ ތައުފީގަށް އެދި ދުޢާ ދަންނަވާށެވެ. ﷲ ގެެ މަގުގައި ޘާބިތު ކަމާއެކު ތިބި މުޖާހިދުންނަށް ކާމިޔާބު ދެއްވަވާ އިސްލާމް ދީނުގެ ނަސްރަށް އެދި ދަންނަވާށެވެ.
~Heylaa
903
ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން |
💬 ސޫރަތުލް ކަހަފްގެ ތަފްސީރު
| ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله
903
✅~ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން~
ރަސޫލު ﷲ ޙަދީޘްފުޅު ކުރެއްވިއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަހީދަކަށް ހަތް ނިޢުމަތެއްވެއެވެ. އެއީ:
1 • އޭނާގެ ހަށިގަނޑުން އެންމެ ފުރަތަމަ އޮހޮރޭ ލޭތިއްކާއިއެކު، އޭނާގެ ހުރިހާ ފާފަތަކެއް ފޮހެވިގެން ދެއެވެ.
2 • މަރުވުމުގެ ކުރިން ސުވަރުގޭގައި އޭނާއަށްވާ ދަރަޖަ އޭނާއަށް ދައްކާލެވެއެވެ.
3 • ކައްވަޅުގެ ޢަޛާބުން އޭނާ ސަލާމަތްވެގެން ވެއެވެ.
4 • އެންމެ ބިރު ބޮޑުވެގެންވާ ދުވަހު (އެބަހީ ޤިޔާމަތް ދުވަހު) އޭނާއަށް އަމާންކަން ލިބިގެން ވެއެވެ.
5 • އޭނާގެ ބޮލުގައި ފަޚުރުވެރިކަމުގެ ތާޖެއް އެޅުވޭނެއެވެ. އޭގައިވާ އެންމެ ޔާޤޫތެއްވެސް މުޅި ދުނިޔެއާއި އެދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
6 • ސުވަރުގޭގައި ހަތްދިހަ ދެ ޙޫރުލް ޢީނުން އޭނާގެ އަނބީންގެ ގޮތުގައި ވެއެވެ.
7 • އަދި އޭނާގެ ތިމާގެ މީހުންކުރެ ހަތްދިހަ މީހުން ނަރަކައިން މިިންޖު ކުރުމަށް، އޭނާއަށް ޝަފާޢަތްތެރިވެވޭ ހުއްޓެވެ.
اللهم ارزقنى الشهاده فى سبيلك
ـــــــــــــــــ
📚ثوابت على درب الجهاد
باب فِي ثَوَابِ الشَّهِيدِ 1663
~ Heylaa
903
✅ އިބްނު އަލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.
⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️
❞ އިޚްލާޞްތެރިކަމާއި ތައުހީދު އަކީ ހިތުގައިވާ ގަހެކެވެ.
އޭގެ ގޮފިތަކަކީ ހެޔޮ ޢަމަލެވެ.
އޭގެ މޭވާ އަކީ މި ދުނިޔޭގައި ހޭދަކުރާ ހެޔޮ ޙަޔާތެވެ. އަދި އާޚިރަތުގައި ދާއިމަށް ލިބިދޭ ރާޙަތާއި ލައްޒަތެވެ.
ސުވަރުގޭގައިވާ މޭވާތައް ފަދައިންނެވެ.
އެލިބުން ހުއްޓުމެއް އަދި ހުސްވުމެއް ވެސް ނުވެއެވެ.
އިޚްލާޞްތެރިކަމާއި ތައުހީދުގެ މޭވާ ވަނީ ހަމަ އެފަދައިންނެވެ.
ޝިރުކުކުރުމާއި ދޮގުވެރިކަމާއި ދެއްކުންތެރިކަން ވެސް އެއީ ހިތުގައިވާ ގަހެކެވެ. އޭގެ މޭވާއަކީ ބިރުވެރިކަމާއި ، ހާސްވުމާއި، ކަންބޮޑުވުމާއި ވޭނާއި ކެކުޅުމާއި ހިތުގެ އަނދިރިކަމެވެ. އާޚިރަތުގައިވާ އޭގެ މޭވާއަކީ ޒައްޤޫމް އެވެ. އަދި ދާއިމަށް ލިބިދޭ ޢަޒާބެވެ. ❝
ـــــــــــــــــ
الفواءد ٢٩٢
~Heylaa
903
Repost from Heylaa
🤲
✅ދުޢާ އިޖާބަކުރައްވާ ވަގުތެއް ! | ފުރުޞަތު ނަންގަވާ ނުލައްވާ !
⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️
ހުކުރުދުވަހުގެ ޢަޞުރު ފަހުން ކުރާ ދުޢާ
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
🔴ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވެއެވެ. މުސްލިމަކު ކަމަކަށް އެދި (ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފިނަމަ) އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އޭގެ ތެރޭގައި ވެއެވެ. ފަހެ ޢަޞުރު ފަހުން އެންމެ ފަހު ‘ސާޢަތު’ ގައި އެ ވަގުތު ހޯދުމަށް މަސައްކަތް ކުރާށެވެ.“ 🔴(ހުކުރު ދުވަހުގެ ސާޢަތުތައް ގުނަން ފަށަނީ ފަތިސް ވަގުތުން ފެށިގެންނެވެ.
(📖 شرح النووي على صحيح مسلم)
(6 / 136)
ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރީގެ ވަގުތުތަކުގައި ތިޔަބޭފުޅުންގެ ދުޢާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާ އުޚްތުން ޝާމިލު ކުރައްވާށެވެ. މުސްލިމް އަސީރުން މިނިވަންވުމުގެ ހެޔޮ ތައުފީގަށް އެދި ދުޢާ ދަންނަވާށެވެ. ﷲ ގެެ މަގުގައި ޘާބިތު ކަމާއެކު ތިބި މުޖާހިދުންނަށް ކާމިޔާބު ދެއްވުމަށާއި އިސްލާމް ދީނުގެ ނަސްރަށް އެދި ދަންނަވާށެވެ.
اللهم انصر الاسلام والمسلمين.
اللهم انصر إخواننا المجاهدين فى كل مكان.
••┈┈┈┈┈┈┈┈┈┈┈••✦
~Heylaa
903
إِنَّا كُنَّا أَذَلَّ قَوْمٍ فَأَعَزَّنَا اللَّهُ بِالْإِسْلَامِ فَمَهْمَا نَطْلُبُ الْعِزَّةَ بِغَيْرِ مَا أَعَزَّنَا اللَّهُ بِهِ أَذَلَّنَا اللَّهُ
❞ އަހަރުމެންނީ އިސްލާމްދީނުގެ ސަބަބުން الله ތަޢާލާ ޢިއްޒަތްތެރިކުރެއްވި ބައެކެވެ. ފަހެ އެނޫން ގޮތަކަށް އަހަރުމެން ޢިއްޒަތް ހޯދަން އުޅެފިނަމަ الله އަހަރުމެން ނިކަމެތިކުރައްވާނެއެވެ.❝
| ޢުމަރު ބްނުލް ޚައްޠާބު ▪️
ބައިތުލް މަޤްދިސް ފަތަޙަކުރެވުނުހިނދު، އެކަލޭގެފާނު އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު 💚 ގެ އަރިހަށް މަދީނާއަށް ވަޑައިގަތެވެ. ދެން އަބޫ ޢުބައިދާ ▪️، އެކަލޭގެފާނު ސަވާރުކުރުވިއެވެ. އަދި އެދެބޭކަލުން ސަވާރުވެގެން ވަޑައިގެންނެވީ އެއްސަވާރީއެއްގެ މަތީގައިއެވެ. އަދި ދެސަވާރީގައި ދުއްވުމަށްވެސް އެދެބޭކަލުންނަށް ކުޅަދާނަވެގެންވީހެވެ. ދެން ވިދާޅުވިއެވެ. 'އެއްފަހަރު ތިބާއަށެވެ. އަނެއް ފަހަރު އަހުރެންނަށެވެ.' ދެންފަހެ އެބޭކަލުން މަގުގެ އެއްބަޔާއި ހަމައަށް ފޯރިހިނދު، ޢުމަރު ބްނުލް ޚައްޠާބު 💚 ފައިބާވަޑައިގެންނެވިއެވެ. އަދި އެފަހަރުގެ ސަވާރުވުންވަނީ އަބޫ ޢުބައިދާއަށެވެ. އަބޫ ޢުބައިދާ ▪️ވިދާޅުވިއެވެ. ދެންފަހެ ފެންގަނޑަކާއި ހަމައަށް ވަޑައިގަތްހިނދު ޢުމަރު ބްނުލް ޚައްޠާބު ❤️ ފައިބާވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ކަނާތްޕުޅުން، އެކަލޭގެފާނުގެ ދެފައިވާންޕުޅު ނަންގަވާ، ދެން ހުސްފައިންޕުޅާ ފެންގަނޑުގެ ތެރެއިން ހިންގަވަންފެއްޓިއެވެ. އެހިނދު އަބޫ ޢުބައިދާ، ޢުމަރު ބްނުލް ޚައްޠާބަށް ދެންނެވިއެވެ: ❞ އޭ އަމީރުލް މުއުމިނީނެވެ ! މިފަދައިން ކަންތައްކުރަނިކޮށް މީސްތަކުންނަށް ކަލޭގެފާނު ފެނުނުނަމަ ކަންތައްވާނީ ކިހިނަކުންހެއްޔެވެ !؟ ❝ އެހިނދު ޢުމަރު ބްނުލް ޚައްޠާބު ❤️ ވިދާޅުވިއެވެ: ❞ އޭ އަބޫ ޢުބައިދާއެވެ ! ތިބާ ފިޔަވައި އެހެން މީހަކު މިފަދައިން ބުނިނަމައެވެ ! އަހަރުމެންނީ އިސްލާމްދީނުގެ ސަބަބުން الله ތަޢާލާ ޢިއްޒަތްތެރިކުރެއްވި ބައެކެވެ. ފަހެ އެނޫން ގޮތަކަށް އަހަރުމެން ޢިއްޒަތް ހޯދަން އުޅެފިނަމަ الله އަހަރުމެން ނިކަމެތިކުރައްވާނެއެވެ.❝
ـــــــــــــــــ
رواه الحاكم في المستدرك | 207
~Heylaa
903
ޢުމަރު ބްނުލް ޚައްޠާބު ▪️ ، އެކަލޭގެފާނުގެ ▪️ އަރިހަށް ވަޑައިގަންނެވިހިނދު، ކުނަލެއްގެ މަތީގައި އެކަލޭގެފާނު އޮންނަވަނިކޮށް ފެނިވަޑައިގަތެވެ. އަދި އެކުނަލުގެ އަޘަރު އެކަލޭގެފާނު ހަށިކޮޅުގައި ހުއްޓެވެ. އެހިނދު ޢުމަރު ބްނުލް ޚައްޠާބު ▪️، އެކަލޭގެފާނަށް ދެންނެވިއެވެ.
❞ އޭ اللهގެ ރަސޫލާއެވެ ! ކަލޭގެފާނު އަރިކަށި ރައްކާކުރުމަށްޓަކައި ދާންކޮޅެއް ތިމަންމެން ހަދައިނުދޭންވީ ކީއްވެތޯއެވެ؟❝ އެހިނދު اللهގެ ރަސޫލާ ▪️ ޙަދީޘްކުރެއްވިއެވެ.
❞ مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ❝ ¹
މާާނައީ 🔴ދުނިޔެއާއި ތިމަންކަލޭގެފާނާއި ކީއްހެއްޔެވެ !؟ ގަހެއްގެ ހިޔަލުގައި މަޑުކޮށްލާފައި، ދެން އެހިޔާ ދޫކޮށްދާ ދަތުރުވެރިއެއްފަދައިން މެނުވީ ތިމަންކަލޭގެފާނު ދުނިޔޭގައި ނުވަމުއެވެ.🔴
އަދި ޢަބްދުالله ބްނު ޢުމަރު ▪️ ގެ ޙަދީޘްގައި އައިސްފައިވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން اللهގެ ރަސޫލާ އަހުރެންގެ ކޮނޑުގައި ހިއްޕަވާފައި ޙަދީޘްކުރެއްވިއެވެ.
❞ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ ❝ ²
މާނައީ.🔴އޭ ޢަބްދުالله އެވެ ! ބީރައްޓެއްސެއް ފަދައިން ނުވަތަ މަގެއް ހުރަސްކޮށްލާފައިދާ (ދަތުރުވެރިއެއް) ފަދައިން ތިބާ ދުނިޔޭގައި ވާށެވެ !🔴
(ރާވީ) ވިދާޅުވިއެވެ: ދެންފަހެ ޢަބްދު الله ބްނު ޢުމަރު ▪️ ވިދާޅުވެއެވެ:
❞ إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ الْمَسَاءَ ❝ ³
މާނައީ: 🔴ތިބާ ހަވީރުކޮށްފިއްޔާ، ހެނދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ހެނދުނުކޮށްފިނަމަ، ހަވީރަށް އިންތިޒާރު ނުކުރާށެވެ.🔴
ـــــــــــــــــ
¹ كتاب الزهد عن رسول الله ▪️ 2377
² رواه البخاري 6416
³ رواه البخاري 6416
~Heylaa
903
ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން |
💬 ސޫރަތުލް ކަހަފްގެ ތަފްސީރު
| ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله
