en
Feedback
Heylaa

Heylaa

Open in Telegram

ޣާފިލު ކަމުގެ ނިދިން ހޭލާށެވެ. ﷲ ގެ މަގުގައި ތެދުވާށެވެ.

Show more
901
Subscribers
No data24 hours
+47 days
+930 days
Attracting Subscribers
September '26
September '26
+6
in 0 channels
August '26
+28
in 0 channels
Get PRO
July '26
+19
in 1 channels
Get PRO
June '26
+20
in 3 channels
Get PRO
May '26
+42
in 1 channels
Get PRO
April '26
+25
in 1 channels
Get PRO
March '26
+19
in 0 channels
Get PRO
February '26
+6
in 0 channels
Get PRO
January '26
+13
in 0 channels
Get PRO
December '25
+20
in 0 channels
Get PRO
November '25
+38
in 0 channels
Get PRO
October '25
+33
in 0 channels
Get PRO
September '25
+12
in 0 channels
Get PRO
August '25
+24
in 0 channels
Get PRO
July '25
+25
in 0 channels
Get PRO
June '25
+26
in 2 channels
Get PRO
May '25
+29
in 0 channels
Get PRO
April '25
+44
in 1 channels
Get PRO
March '25
+80
in 6 channels
Get PRO
February '25
+4
in 1 channels
Get PRO
January '25
+9
in 2 channels
Get PRO
December '24
+28
in 2 channels
Get PRO
November '24
+24
in 2 channels
Get PRO
October '24
+48
in 1 channels
Get PRO
September '24
+44
in 1 channels
Get PRO
August '24
+54
in 3 channels
Get PRO
July '24
+13
in 1 channels
Get PRO
June '24
+23
in 1 channels
Get PRO
May '24
+21
in 1 channels
Get PRO
April '24
+24
in 1 channels
Get PRO
March '24
+24
in 1 channels
Get PRO
February '24
+34
in 4 channels
Get PRO
January '24
+75
in 3 channels
Get PRO
December '23
+127
in 7 channels
Get PRO
November '23
+44
in 5 channels
Get PRO
October '23
+47
in 5 channels
Get PRO
September '23
+13
in 0 channels
Get PRO
August '23
+3
in 0 channels
Get PRO
July '23
+7
in 0 channels
Get PRO
June '23
+6
in 0 channels
Get PRO
May '23
+5
in 0 channels
Get PRO
April '23
+21
in 0 channels
Get PRO
March '23
+22
in 0 channels
Get PRO
February '23
+20
in 0 channels
Get PRO
January '23
+11
in 0 channels
Get PRO
December '22
+5
in 0 channels
Get PRO
November '22
+6
in 0 channels
Get PRO
October '22
+10
in 0 channels
Get PRO
September '22
+6
in 0 channels
Get PRO
August '22
+11
in 0 channels
Get PRO
July '22
+32
in 0 channels
Get PRO
June '22
+24
in 0 channels
Get PRO
May '22
+17
in 0 channels
Get PRO
April '22
+46
in 0 channels
Get PRO
March '22
+7
in 0 channels
Get PRO
February '22
+10
in 0 channels
Get PRO
January '22
+21
in 0 channels
Get PRO
December '21
+13
in 0 channels
Get PRO
November '21
+16
in 0 channels
Get PRO
October '21
+12
in 0 channels
Get PRO
September '21
+18
in 0 channels
Get PRO
August '21
+22
in 0 channels
Get PRO
July '21
+28
in 0 channels
Get PRO
June '21
+29
in 0 channels
Get PRO
May '21
+20
in 0 channels
Get PRO
April '21
+24
in 0 channels
Get PRO
March '21
+416
in 0 channels
Date
Subscriber Growth
Mentions
Channels
07 September0
06 September+1
05 September+1
04 September+2
03 September0
02 September+1
01 September+1
Channel Posts
✅ ﷲ ގެ ރުއްސެވުމާއި މީސްތަކުންގެ ލޯބި ލިބޭނެ ޢަމަލެއް މާތް ﷲ ރުއްސުންލެއްވި އަބޫ އަލްޢައްބާސް ސަހްލު ބިން ސަޢުދު ގެ ކިބައިން
ﷲ ގެ ރުއްސެވުމާއި މީސްތަކުންގެ ލޯބި ލިބޭނެ ޢަމަލެއް މާތް ﷲ ރުއްސުންލެއްވި އަބޫ އަލްޢައްބާސް ސަހްލު ބިން ސަޢުދު ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ރަސޫލާ ☪ އަރިހަށް ބޭކަލަކު ވަޑައިގަތެވެ. އެއަށްފަހު ދެންނެވިއެވެ. ❞ އޭ ﷲ ގެ ރަސޫލާ އެވެ. އެ ޢަމަލެއް ކުރުމުގެ ސަބަބުން ﷲ سبحانه وتعالى ގެ ރުއްސެވުން ތިމަންނައަށް ޙާޞިލް ވާފަދަ ޢަމަލެއް ބުނެދެއްވާށެވެ. އަދި އެ ޢަމަލެއް ކުރުމުގެ ސަބަބުން މީސްތަކުން ވެސް ތިމަންނަ ދެކެ ލޯބިވާނެ ފަދަ ޢަމަލެއް ބުނެދެއްވާށެވެ. ❝ އެ ހިނދު ޙަދީޘް ކުރެއްވިއެވެ. ❞ ޒަރޫރީ ބޭނުންތައް ފުއްދުން ފިޔަވާ ދުނިޔެގެ އަރާމާއި އުފަލުގެ ތެރެއިން ހުއްދަ ވެގެންވާ ކަންތައްތައް އާޚިރަތުގެ ޘަވާބަށް ޓަކައި ދޫކޮށްލައިގެން އުޅޭށެވެ. އެއިރުން ﷲ سبحانه وتعالى ގެ ރުއްސެވުން ތިބާއަށް ލިބޭނެއެވެ. އަދި މީސްތަކުންގެ އަތުގައި ހުންނަ ދުނިޔެވީ ކަންތައްތަކަށް ދަހިވެތި ނުވާށެވެ. އެއިރުން މީސްތަކުން ތިބާ ދެކެ ލޯބި ކުރާށެވެ. ❝ ـــــــــــــــــ - رواه ابن ماجاه رياض الصاحين 472/55 ~Heylaa

2
✅ The conditions of joking 🔗 Sheikh Ahmad Musa Jibril ( Text • Advice for paradise ) ~Heylaa
✅ The conditions of joking 🔗 Sheikh Ahmad Musa Jibril  ( Text • Advice for paradise ) ~Heylaa
77
3
ކީރިތި_قرآنގެ_ތަފްސީރުގެ_ތެރެއިންސޫރަތުލް_ކަހަފްގެ_ތަފްސީރު_ޖަޢުފަރު.pdf
74
4
ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން | 💬 ސޫރަތުލް ކަހަފްގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله
ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން | 💬 ސޫރަތުލް ކަހަފްގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله
1
5
☑️ހުކުރު ދުވަހުގެ ސުންނަތްތައް އަދި ބައެއް އަދަބުތައް. ¹ ކަހަފް ސޫރަތް ކިޔެވުން ² ހިނައިގަތުން ³ އަވަހަށް މިސްކިތައް ދިއުން ⁴
☑️ހުކުރު ދުވަހުގެ ސުންނަތްތައް އަދި ބައެއް އަދަބުތައް. ¹ ކަހަފް ސޫރަތް ކިޔެވުން ² ހިނައިގަތުން ³ އަވަހަށް މިސްކިތައް ދިއުން ⁴ ރީތި އައު ފޭރާން ލުން ⁵ މިސްކިތުން ޖާގައެއް ހޯދުން | ކޮނޑުތައްމަތިން ގިރާނުކުރުން ⁶ ހުވަނދު އަދި މިސްވާކް ⁷ އިމާމާއާއި ކައިރިވުން ⁸ ސުންނަތް ނަމާދު ⁹ މިސްކިތައް ހިނގާފައި ދިޔުން ¹⁰ ޚުތުބާ ކަނުލާ އަޑުއެހުން ¹¹ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ¹² އަޞުރު ފަހު ވަގުތު ދުޢާކުރުން ـــــــــــــــــ ⁸ . ⚙️ސުންނަތް ނަމާދަށް | އިތުރު ބަސްކޮޅެއް. ސުންނަތުގެ ރަކުޢަތްތަކުގެ ޢަދަދަކީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެއް ޝެއިޚް އިބްނު ތައިމިއްޔާ ރަހިމަހުﷲ ހުކުރު ނަމާދަށްފަހު މިސްކިތުގައި ސުންނަތް ކުރާނަމަ ކުރަންވީ ހަތަރު ރަކުޢަތެވެ. އަދި ގޭގައި ނަމާދުކުރާނަމަ ކުރަންވީ ދެ ރަކުޢަތެވެ. އިބްނުލް ގައްޔިމް ރަހިމަހުﷲ ޙަދީޘްފުޅުތަކުން ބާރުލިބެނީވެސް މި ގޮތަށެވެ. އަބޫ ދާވޫދު ރިވާކުރައްވާފައިވާ ގޮތުގައި، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު މިސްކިތުގައި ނަމާދުކުރައްވާނަމަ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ގޭގައި ނަމާދުކުރައްވާނަމަ ކުރައްވަނީ ދެ ރަކުޢަތެވެ. އަދި ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ނަމާދަށްފަހު ގޭގައި ދެ ރަކުޢަތް ކުރައްވައެވެ.   [އިސްލާމްކިއުއޭ] ~Heylaa
55
6
🔴وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ [3:185] އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮ
🔴وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ [3:185] އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮޅެއްކަމުގައި މެނުވީ ނުވެއެވެ. ❝ ~Heylaa
89
7
❝ One of the greatest fitan of our time is the rise of so-called 'hijabi influencers' and 'dawah bros' who sugarcoat Islam, romanticize the deen, and present a version of it that pleases the nafs, not Allah ﷻ. ❞ Stay away from them. ~Heylaa
127
8
✅ Raising the Hands During Jumu'ah Khutbah for Dua'. 🔗Sheikh Ahmad Musa Jibril ( Text • Advice for paradise ) ~ Heylaa
✅ Raising the Hands During Jumu'ah Khutbah for Dua'.   🔗Sheikh Ahmad Musa Jibril  ( Text • Advice for paradise ) ~ Heylaa
186
9
ކީރިތި_قرآنގެ_ތަފްސީރުގެ_ތެރެއިންސޫރަތުލް_ކަހަފްގެ_ތަފްސީރު_ޖަޢުފަރު.pdf
268
10
ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން | 💬 ސޫރަތުލް ކަހަފްގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله
ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން | 💬 ސޫރަތުލް ކަހަފްގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله
253
11
☑️ހުކުރު ދުވަހުގެ ސުންނަތްތައް އަދި ބައެއް އަދަބުތައް. ¹ ކަހަފް ސޫރަތް ކިޔެވުން ² ހިނައިގަތުން ³ އަވަހަށް މިސްކިތައް ދިއުން ⁴
☑️ހުކުރު ދުވަހުގެ ސުންނަތްތައް އަދި ބައެއް އަދަބުތައް. ¹ ކަހަފް ސޫރަތް ކިޔެވުން ² ހިނައިގަތުން ³ އަވަހަށް މިސްކިތައް ދިއުން ⁴ ރީތި އައު ފޭރާން ލުން ⁵ މިސްކިތުން ޖާގައެއް ހޯދުން | ކޮނޑުތައްމަތިން ގިރާނުކުރުން ⁶ ހުވަނދު އަދި މިސްވާކް ⁷ އިމާމާއާއި ކައިރިވުން ⁸ ސުންނަތް ނަމާދު ⁹ މިސްކިތައް ހިނގާފައި ދިޔުން ¹⁰ ޚުތުބާ ކަނުލާ އަޑުއެހުން ¹¹ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ¹² އަޞުރު ފަހު ވަގުތު ދުޢާކުރުން ـــــــــــــــــ ⁸ . ⚙️ސުންނަތް ނަމާދަށް | އިތުރު ބަސްކޮޅެއް. ސުންނަތުގެ ރަކުޢަތްތަކުގެ ޢަދަދަކީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެއް ޝެއިޚް އިބްނު ތައިމިއްޔާ ރަހިމަހުﷲ ހުކުރު ނަމާދަށްފަހު މިސްކިތުގައި ސުންނަތް ކުރާނަމަ ކުރަންވީ ހަތަރު ރަކުޢަތެވެ. އަދި ގޭގައި ނަމާދުކުރާނަމަ ކުރަންވީ ދެ ރަކުޢަތެވެ. އިބްނުލް ގައްޔިމް ރަހިމަހުﷲ ޙަދީޘްފުޅުތަކުން ބާރުލިބެނީވެސް މި ގޮތަށެވެ. އަބޫ ދާވޫދު ރިވާކުރައްވާފައިވާ ގޮތުގައި، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު މިސްކިތުގައި ނަމާދުކުރައްވާނަމަ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ގޭގައި ނަމާދުކުރައްވާނަމަ ކުރައްވަނީ ދެ ރަކުޢަތެވެ. އަދި ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ނަމާދަށްފަހު ގޭގައި ދެ ރަކުޢަތް ކުރައްވައެވެ.   [އިސްލާމްކިއުއޭ] ~Heylaa
155
12
މުޙައްމަދު ތަކުރުފާނު رحمه الله ވިދާޅުވި ކަމުގައިވެއެވެ. ❞ އަހަރެން މިއުޅެނީ ރާއްޖޭގެވެރިކަން އިސްލާމްދީނަށް އެބުރިއްޖައުމަށް
މުޙައްމަދު ތަކުރުފާނު رحمه الله ވިދާޅުވި ކަމުގައިވެއެވެ. ❞ އަހަރެން މިއުޅެނީ ރާއްޖޭގެވެރިކަން އިސްލާމްދީނަށް އެބުރިއްޖައުމަށްދާންދެން މިއުޅޭ ކާފިރުންނާތޮޅި، އެއުރެންނަށްއުދަގޫކޮށް ބިރުދައްކައި، އެއުރެން މިރަށްރަށުގައި ތިއްބަނުދީ ފައްސައި ނަގާލާށެވެ. ހިންމަވާނީ الله سبحانه وتعالى އެވެ. ❝ ـــــــــــــــــ [ ބޮޑުތަކުރުފާނު ވާހަކަ: ޞަލާޙުއްދީން ] ~Heylaa
233
13
ކީރިތި ރަސޫލާ ▪️ ގެ އީދު މީލާދު ފާހަގަކުރުން އިސްލާމްދީނުގެ އެންމެ ހެޔޮވެގެންވާ ފުރަތަމަ ތިން ގަރުނަށްފަހު، ފަހުގެ ޒަމާންތަކުގައި މީހުން އަލަށް އުފައްދާފައިވާ ކަންތައްތަކުގެ ތެރޭގައި ކީރިތި ރަސޫލާ ﷺ ގެ އީދު މީލާދު ފާހަގަކުރުން ހިމެނެއެވެ. ސަހާބީ ބޭކަލުންނާއި، ތާބިއީ ބޭކަލުންނާއި، އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ބޭކަލުންގެ ޒަމާނުގައި، އެއްވެސް ބޭފުޅަކު ރަސޫލާ ﷺ ގެ މީލާދު ފާހަގަކުރައްވާފައެއް ނުވެއެވެ. އެއީ މާތްވެގެންވާ ސަހާބީ ބޭކަލުން ކަމުގައިވިޔަސް، ނުވަތަ އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ދީނުގެ އިލްމުވެރިންނާއި އިމާމުން ކަމުގައިވިޔަސްމެއެވެ. އޭގެ ތެރޭގައި ފިގުހު އިލްމުގެ އިމާމުން ކަމުގައިވާ އަބޫ ހަނީފާ، މާލިކް، ޝާފިއީ އަދި އަހުމަދުގެފާނު ވެސް ހިމެނިވަޑައެއް ނުގަންނަވައެވެ. އަދި ބުޚާރީ އާއި މުސްލިމް ފަދަ ހަދީޘް އިލްމުވެރިން ވެސް މިކަން ކުރައްވާފައެއް ނުވެއެވެ. ބިދުއައެއްގެ ގޮތުގައި މިކަން ފެށިފައިވަނީ ހިޖުރައިން ހަތަރުވަނަ ގަރުނުގެ ފަހުކޮޅުގައެވެ.ނުވަތަ 6 ވަނަ ގަރުނުގެ ތެރޭގައެވެ. މިއަދު އިސްލާމީ އުންމަތް ވަނީ ނުހަނު ނުރައްކާތެރި ދަނޑިވަޅެއްގައެވެ. ދީނުގެ ދުޝްމަނުންގެ ހަމަލާތަކާއި، ބިދުޢަތަކާއި ޝުބުހަތައް ފެތުރުމާއި، މުންކަރާތްތަކާއި ނަފްސުގެ އެދުންވެރިކަން އާންމުވުން މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، އުންމަތް ރައްކާތެރިކޮށް، ތައުޙީދާއި ސުންނަތުގެ މަތީގައި ސަފުތައް ބަދަހިކުރުމަށްޓަކައި، ހެޔޮއެދޭ ނަސޭހަތްތެރިންގެ މައްޗަށް އޮތީ އިރުޝާދުދީ އިންޒާރުކުރުމެވެ. މިއަދު އިމްތިހާނުތަކާއި މުސީބާތްތަކާ ކުރިމަތިލާންޖެހިފައިވާ މި އުންމަތް، އެހެން އެއްވެސް ވަގުތަކަށްވުރެ ބޮޑަށް، ﷲ އާ އޮތް ގުޅުން މުރާޖަޢާކޮށް، މި ހާލަތު މެދުވެރިވާންޖެހުނު ފާފަތަކާމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. އެހެނީ، ❞ އެއްވެސް މުސީބާތެއް ފާފައެއްގެ ސަބަބުން މެނުވީ ކުރިމަތިނުވެއެވެ.❝ އަދި އެކަމުން ސަލާމަތްވުމަށްޓަކައި އަވަހަށް ތައުބާވާންޖެހެއެވެ. ސަބަބަކީ ❞ ތައުބާވުމުން މެނުވީ އެ މުސީބާތެއް ފިލައިގެން ނުދާތީއެވެ.❝ ޝިރުކަށްފަހު ﷲ އަށް އުރެދުމުގެ ގޮތުން ކުރެވޭ އެންމެ ބޮޑު ކަމަކީ ބިދުޢަ ހެދުމެވެ. އިބިލީހަށް އާންމު ފާފަތަކަށްވުރެ ބިދުޢަ މާ ލޯބިވެތިވެގެންވެއެވެ. ﷲ ވަނީ ޙައްޤު ބަސްފުޅު ވަޙީކުރައްވާފައެވެ. އަދި ތެދުމަގަށް މަގުދައްކަވަނީ އެކަލާނގެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ، فَهُوَ رَدٌّ ❞ މި ދީނުގައި ނެތް ކަމެއް އުފައްދައިފި މީހާ ދަންނައެވެ. ފަހެ، އެކަމެއްވަނީ ރައްދުވެގެންނެވެ.❝ ـــــــــــــــــ البخاري ~Heylaa
235
14
✅ މުއުމިނު އަޅާ މަރުވާ ހިނދު ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ❞ ހަމަކަށަވަރުން މުއުމިނު އަޅާ، ދުނިޔޭގެ ޙަޔާތުން ވަކިވެ، އުޚުރަވީ ޙަޔާތާ އޭނާ ކުރިމަތިލާ ހިނދުގައި، އޭނާގެ ގާތަށް، އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. އެ މަލާއިކަތުންގެ މޫނުފުޅުތައް އިރު ފަދައިން އަލިވެގެންވާނެއެވެ. އެ މަލާއިކަތުންގެ އަތްޕުޅުގައި ސުވަރުގޭގެ ކަފުންތަކުގެ ތެރެއިން ކަފުނެއް ވާނެއެވެ. އަދި ސުވަރުގޭގެ މީރުވަސްދުވާ ހުވަނދާއި އަތަރު، އެމަލާއިކަތުންގެ އަތްޕުޅުގައި ވާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް މަލާއިކަތުން އިށީނދެވަޑައިގެން ތިއްބަވާނެއެވެ. ދެން މަލަކުލްމައުތު عليه السلام ވަޑައިގެން، އެ މީހާގެ ބޮލުގެ ކައިރީގައި އިށީނދެވަޑައިގަންނަވާނެއެވެ. ފަހެ، ވިދާޅުވާނެއެވެ. އޭ ރަނގަޅު ހިތްހަމަޖެހިގެންވާ ނަފްސެވެ ! ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށްޓަކައި ނުކުންނާށެވެ.❝ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފެން އަޅާފައިވާ ކަންވާރެއްގެ ތުމުން ފެން ތިއްކެއް ވެއްޓޭފަދަ ގޮތަކަށް އެ ފުރާނަ ހަށިގަނޑުގެ ތެރެއިން ނުކުންނާނެއެވެ. ފަހެ، އެކަލޭގެފާނު (އެބަހީ: މަލަކުލްމައުތުގެފާނު) އެފުރާނަ ހިއްޕަވާނެއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. އޭނާގެ ފުރާނަ ނެރުމުން، އުޑާއި ބިމާ ދެމެދުވާ އެންމެހާ މަލާއިކަތުން، އޭނާއަށްޓަކައި ދުޢާ ކުރައްވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތެއްވެސް މެއެވެ. އަދި އުޑުގެ ދޮރުތައް އެމީހަކަށް ހުޅުއްވޭނެއެވެ. އެބޭކަލުންގެ އަރިހުން އެ ފުރާނަ މައްޗަށް އެރުއްވުމަށް އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ނުދަންނަވާ، އެއްވެސް ދޮރުކޮޅެއްގެ މަލާއިކަތެއް ނުވާނެއެވެ. މަލަކުލްމައުތު ފުރާނަ ހިއްޕެވުމަށް ފަހު، އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް އެކަލޭގެފާނުގެ އަތްޕުޅުގައި އެ ފުރާނަ ނުބާއްވަވާ، (ސުވަރުގެއިން ގެންނެވި) ކަފުނަށް އެ ފުރާނަ ލައްވާނެއެވެ. ދެން އެއަށް ފަހު އެ ފުރާނައިގައި (ސުވަރުގެއިން ގެންނެވި) ހުވަނދުން ހުވަނދު ލައްވާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. 💎💎تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ💎¹ ❞ ތިމަންއިލާހު ފޮނުއްވަވާ މަލާއިކަތުން އެ މީހެއްގެ ފުރާނަ ހިއްޕަވައެވެ. އެ މަލާއިކަތުން (އެކަމުގައި) ފަރުވާކުޑަނުކުރައްވާނެއެވެ.❝ 💎💎إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ 💎² ❞ ތިމާމެންގެ ربّ އެއީ ﷲ އޭ ބުނެ ދެން އެގޮތުގެ މަތީގައި (شريك އެއް ނުކޮށް توحيد ގެ މަތީ، ކިޔަމަންތެރިކަމާއެކު) قائم ވެ ތިބި މީހުން (މަރަށް حاضر ވާ ވަގުތު، ނުވަތަ ކަށްވަޅުން محشر ގެ ميدان އަށް ނުކުންނަ ވަގުތު) ދަންނައެވެ. އެމީހުންގެ ގާތަށް رحمة ގެ ملائكة ބޭކަލުން ވަޑައިގަންނަވާނެއެވެ. (އަދި އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާ ކުރާށެވެ. އެއީ ތިޔަބައިމީހުންނަށް ދެއްވުމަށް وعد ވެވިގެންވާ ތަނެވެ. ﷲ وعد ކުރައްވާފައިވާ ތަނެވެ.❝ ދުނިޔޭގެ ބިމުގައިވާ އެންމެ މީރު ގޮމަކަސްތޫރީގެ ވަސް އެ ފުރާނައިން ނުކުންނަ ހުށްޓެވެ. ـــــــــــــــــ ¹[سورة الأنعام 61] ²[سورة فصلت 30] ~Heylaa
266
15
☑️ހުކުރު ދުވަހުގެ ސުންނަތްތައް އަދި ބައެއް އަދަބުތައް. ¹ ކަހަފް ސޫރަތް ކިޔެވުން ² ހިނައިގަތުން ³ އަވަހަށް މިސްކިތައް ދިއުން ⁴
☑️ހުކުރު ދުވަހުގެ ސުންނަތްތައް އަދި ބައެއް އަދަބުތައް. ¹ ކަހަފް ސޫރަތް ކިޔެވުން ² ހިނައިގަތުން ³ އަވަހަށް މިސްކިތައް ދިއުން ⁴ ރީތި އައު ފޭރާން ލުން ⁵ މިސްކިތުން ޖާގައެއް ހޯދުން | ކޮނޑުތައްމަތިން ގިރާނުކުރުން ⁶ ހުވަނދު އަދި މިސްވާކް ⁷ އިމާމާއާއި ކައިރިވުން ⁸ ސުންނަތް ނަމާދު ⁹ މިސްކިތައް ހިނގާފައި ދިޔުން ¹⁰ ޚުތުބާ ކަނުލާ އަޑުއެހުން ¹¹ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ¹² އަޞުރު ފަހު ވަގުތު ދުޢާކުރުން ـــــــــــــــــ ⁸ . ⚙️ސުންނަތް ނަމާދަށް | އިތުރު ބަސްކޮޅެއް. ސުންނަތުގެ ރަކުޢަތްތަކުގެ ޢަދަދަކީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެއް ޝެއިޚް އިބްނު ތައިމިއްޔާ ރަހިމަހުﷲ ހުކުރު ނަމާދަށްފަހު މިސްކިތުގައި ސުންނަތް ކުރާނަމަ ކުރަންވީ ހަތަރު ރަކުޢަތެވެ. އަދި ގޭގައި ނަމާދުކުރާނަމަ ކުރަންވީ ދެ ރަކުޢަތެވެ. އިބްނުލް ގައްޔިމް ރަހިމަހުﷲ ޙަދީޘްފުޅުތަކުން ބާރުލިބެނީވެސް މި ގޮތަށެވެ. އަބޫ ދާވޫދު ރިވާކުރައްވާފައިވާ ގޮތުގައި، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު މިސްކިތުގައި ނަމާދުކުރައްވާނަމަ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ގޭގައި ނަމާދުކުރައްވާނަމަ ކުރައްވަނީ ދެ ރަކުޢަތެވެ. އަދި ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ނަމާދަށްފަހު ގޭގައި ދެ ރަކުޢަތް ކުރައްވައެވެ.   އިސްލާމްކިއުއޭ ~Heylaa
522
16
ނަބިއްޔާ ﷺ ގެ ހަދީޘް ބަސްފުޅެއްގައިވެއެވެ. يَا أُمَّةَ مُحَمَّدٍ وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَبَكَيْتُمْ كَثِيرًا، وَلَضَحِكْتُمْ قَلِيلاً ‏ ¹ ❞ އޭ މުޙައްމަދުގެފާނުގެ އުއްމަތެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަށް އެނގިލައްވާ ކަންތައް ތިޔަބައިމީހުންނަށް އިނގޭނަމަ ތިޔަބައިމީހުން ހޭނީ ކުޑަމިންވަރަކަށެވެ. އަދި ތިޔަބައިމީހުންގެ ރުއިންގިނަކުރީހެވެ. ❝ ފަހަރުގައި ތިމަންނަ ކަމަކާ ނުލާ ކަރުނައަޅައި ރޯންވީ ކީއްވެބާއޭ ހިތަށް އަރާފާނެއެވެ. އަހަރުމުން ހިތާމަކޮށް ރޮއިހަދަންވީ ސަބަބުތައް ބައިވަރެވެ. ﷲ عَزَّ وَ جَلَّ އަށް ބިރުވެތިވާތީއެވެ. އަހަރުމެންގެ ފާފަތަކާއި މެދު ހިތާމަކޮށެވެ. އާޚިރަތްދުވަހުގެ ގަދަފަދަ އަޒާބާއި ދޭތެރޭގައެވެ. މިކަންކަން ހިތަށް ވެރިވެގަންނަ ހިނދު އަހަރުމެންގެ ލޯތައް ފޭދި ކަރުނަ ނާންނަކަމުގައިވާނަމަ، އަހަރުމުންގެ ހިތްތައް މިވަނީ ހަމަ ޔަޤީނުންވެސް ހަރުވެފައެވެ. އަސްހާބު ބޭކަލުންގެ ކިބައިން އަދި މި އުއްމަތުގެ ސަލަފުންގެ ކިބައިން ފެނުނީ މި މަންޒަރެއް ނޫނެވެ. އުއްމުލް މުއުމިނީން عَائِشَةَ ▪️ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ ﷺ ގެ އާލާސްކަންފުޅު ބޮޑުވެ މީސްތަކުންގެ އިމާމަކަށް أَبُو بَكْرٍ ▪️ ހަމަޖެއްސެވުމަށް އެކަލޭގެފާނު ދެންނެވި ހިނދު ތިމަންކަމަނާ އެއްސެވީމެވެ. ކަލޭގެފާނުގެ މަގާމުގައި أَبُو بَكْرٍ ▪️ހުންނަވަފައިނަމަ (އިމާމުވެ ނަމާދުކުރުމަށް) އެކަލޭގެފާނުގެ ކީރިތި ކުރެއްވުމުގެ ސަބަބުން މީސްތަކުންނަށް އެކަލޭގެފާނު ކިޔަވާ ވިދާޅުވާއިރު އަޑެއް ނީވޭނެއެވެ. ❞ قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ❝ މި އާޔަތް ކިޔަވާވިދާޅުވަމުން عُمَر بْن ٱلْخَطَّاب ▪️ ކީރިތިކުރެއްވި އަޑު ޖަމާޢަތުގެ އެންމެފަހު ސަފުތަކާ ހިސާބަށް އިވުނު ކަމަށް އައިސްފައިވެއެވެ. ގަބުރުސްތާނަށް ޒިޔާރަތްކުރެވޭ ހިނދު ބަރުޒަހުގެ އާލަމުގެ ބިރުވެރިކަން ހިތަށް ވަދެ، ތުނބުޅިފުޅު ތެމި ފޯވަންދެން عُثْمَان ▪️ ކީރިތިކުރައްވާކަމަށް ރިވާވެގެންވެއެވެ. މިބޭކަލުންނަކީ ދުނިޔެ މަތީގައި ތިއްބަވަނިކޮށް ސުވަރުގެ ލިބޭނެ ކަމުގެ ހެޔޮ ޚަބަރު ލިބިލެއްވި ބޭކަލުންނެވެ. ނަމަވެސް މިބޭކަލުންގެ ޢަމަލުތައް ބެހެއްޓެވީ މީސްތަކުންގެ ތެރެއިން އެންމެ މީހެއް ނަރަކައިގެ އަޒާބަށް ހުށަހެޅޭނަމަ، އެމީހަކީ ތިމަންނާއަށް ވެދާނެ ކަމުގެ ބިރުވެތިކަން ތާއަބަދު ހިތުގައި ބާއްވައިގެންނެވެ. عطاء السليمي އާއި ސުވާލުކުރެވުނުވެ. ތިބާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ. އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. އަހުރެންނަށް އިތުރަށް ރުއިމަށް ކުޅަދާނަ ނުވާވަރަށް އަހަރެން ރުއިން ހުއްޓާނުލާ ހުންނަން އަހަރެން ބޭނުންވެއެވެ. އަދި ތާއަބުދު ރުއިމާ ގުޅޭ ގޮތުން އެކަލޭގެފާނާ ސުވާލުކުރެވުމުން ދެންނެވިއެވެ. ނަރަކައިގެ އަހުލުވެރިންނާއި އެމީހުންނަށް މާތް ﷲ ދެއްވާނެ އަޒާބު ހަނދާނަށް އައުމުން، އަހަންނަށް ސިފަވަނީ އަހުރެންނަކީ އެމީހުންގެ ތެރެއިންވާމީހެއް (ނަރަކައިގެ އަހުލުވެރިއެއް) ކަމުގައެވެ. މީހާގެ އަތުގައި ކަސްތޮޅު އެޅުވި، ނަރަކައިގެ އަލިފާންގަނޑު ތެރޭގައި އޭނާ ދަމާފައި ގެންދެވޭ އިރު، އޭނާ ނުރޮއި ހުންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ.؟ އަހަރުމެންގެ ހާލަކީ ކޮބައިތޯއެވެ. ނަމާދުގައި ކަރުނަތިއްކެއް ވެއްޓެން އުޅޭހެން ހީވިއަސް އެކަރުނަ ވެސް ހިންދާލަނީއެވެ. ޤުރުއާން ކިޔވަމުއެވެ، ނަމަވެސް އެ ކީރިތި އާޔަތް ތަކުގެ މާނައެއް ނޭނގެއެވެ. ޤިޔާމަތް ދުވަހަށް އީމާންވަމޭ ބުނާއިރު އެދުވަހުގެ ބިރުވެރިކަން ހިތަށް ގެނެސް ނުވަތަ އެދުވަހާ ބެހޭ ގޮތުން ވިސްނާ ފިކުރުކުރެވެނީ ކިހާވަރަކަށް ބާވައެވެ. ހަމަ ޔަޤީނުންވެސް އެދުވަސް އަހަރުމެންނާއި ބައްދަލުކުރާނެއެވެ. ޖައްބާރުވަންތަ މަތިވެރިވަންތަ އިލާހު އަދުލުވެރިކަމުގެ ތިލަފަތްތައް އެދުވަހު ޤާއިމުކުރައްވާނެއެވެ. ރެވި އޮށްޓަރެއްގެ މިންވަރުވެސް ދޫކޮށްނުލައްވާ އަހަރުމެންގެ ޢަމަލު ތަކުގެ ހިސާބު ބައްލަވާނެއެވެ. އެއްފަރާތުގައި ވަނީ އަރާމާއި ނިޢުމަތުގެ މިސާލެއް ނުވާ ސުވަރުގެއެވެ. އަނެއް ފަރާތުގައި ވަނީ އަޒާބާއި ވޭނުގެ މިސާލެއް ނުވާ ނަރަކައެވެ. އެކަނި އިނދެ ﷲ ގެ މަތިން ހަނދުމަކޮށް ކަރުނަ އޮހޮރި މީހާއަށް ގިޔާމަތް ދުވަހު މާތް ﷲ ގެ ހިޔާވަހިކަން ލިބޭނެކަމަށް ހަދީޘް ބަސްފުޅުގައި އައިސްފައިވެއެވެ. މާތް ﷲ އަށް ބިރުވެތިވެ އަހަރުމެންގެ ޢަމަލުތައް ހެޔޮކޮށް ސީދާކުރުމަށްޓަކައި އަހަރުމެން ކުރާ ކޮންމެ ކަމެއްގައި އިޚްލާސްތެރިކަމުގެ ސިފަ އަށަގަންނުވަން މަސައްކަތް ކުރަންޖެހެއެވެ. ހުސް ވަޤުތު ބޭކާރު ގޮތުގައި ހޭދަކުުރުމުގެ ބަދަލުގައި ދީނުގެ އިލްމު ހޯދާ ކަންކަން އޮޅުން ފިލުވަންޖެހެއެވެ. ތާއަބުދު މަރު ހަނދުމަކޮށް މަރުވުމަށްފަހު ތިބާއާ ބައްދަލުކުރާނެ ކަންކަމުގެ ބިރުވެރިކަަންކަން ތަޞައްވަރުކޮށް އެ މަރާއި ބައްދަލުކުރުމަށް އަބަދުމެ ތައްޔާރުވެ ހުންނަން އެބަޖެހެއެވެ. ـــــــــــــــــ ¹ البخاري (5221) ومسلم (901) ~Heylaa
328
17
💎أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ 💎46:14 އެމީހުންނަކީ ސުވަރުގޭގެ އެ
💎أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ 💎46:14 އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން އެތާ ދެމިތިބޭހުއްޓެވެ. އެއީ އެމީހުން (ދުނިޔޭގައި ތިބިއިރު) ކުރާކަމުގައިވީ ރަނގަޅު ޢަމަލުތަކުގެ ދަރުމައެއްގެ ގޮތުން އެމީހުންނަށް ކަނޑައެޅިގެންވާ نِعْمَة އެވެ. ~Heylaa
492
18
✅ ދުނިޔޭގައި އަގެއް ނުވެއެވެ. ފަނާވަނިވި މި ދުނިޔެއަކީ ކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެއީ ބުއްދީގެ ގޮތުން ވެސް ފެނި ޘާބިތުވާ، ދޮގު ނުކުރެވޭނެ ޙަޤީޤަތެކެވެ. ނަމަވެސް ފެންނަ މަންޒަރަކީ މި ދުނިޔެ އާރާސްތު ކުރަން މީހުން ހޭބޯނާރާ އުޅޭ މަންޒަރެވެ. ވިޔަފާރިތަކުގަޔާއި މަޤާމުގެ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ވުރެ ކުރި އަރާ ދެވޭތޯއެވެ. މުއްސަނދިކަމާއި މުދަލަށް ލޯބި ކުރާތަނެއެވެ. ގެދޮރުން ފެށިގެން ހިފާގެއްގުޅޭ ތަކެތި ވެސް އެންމެ އަގުބޮޑު އެންމެ ފަހުގެ ވަސީލަތްތަކަށް ވާން ޖެހެއެވެ. ކުރުކޮށް ދަންނަވާ ނަމަ ދުނިޔެއިން އުފަލާއި އަރާމު ހޯދުމުގައި ދެމިހުރުމަށެވެ. ނަމަވެސް ދަންނަން ޖެހޭ ޙަޤީޤަތަކީ ދުނިޔެއަކީ އަރާމާއި އުފަލުގެ ގޮވެއްޗެއް ނޫނެވެ. ދުނިޔެއާއި ދުނިޔޭގެ ޖާހާއި މައްސަބާއި މުދަލާއި އެއްމެހާ ވަސީލަތްތަކަކީ މި ދުނިޔެ ޚަލްޤު ކުރެއްވި އިލާހު ގެ ޙަޟްރަތުގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އިމާމް މުސްލިމް ޖާބިރުގެ ފާނުގެ ކިބައިން ރިވާ ކުރައްވާފައިވާ ދިގު ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ ﷺ އަސްހާބު ބޭކަލުންނާއި އެކު ބާޒާރަށް ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް އަޢިބުވާ ވަރަށް ކުޑަ ދެ ކަންފަތް ލާފައި އޮތް ޅަބަކަރިއެއް މަރުވެފައި އޮއްވާ ފެނިވަޑައިގަތުމުން އެ ބަކަރި އެންމެ ދިރުހަމަކަށް ގަންނާނީ ކާކުތޯ ސުވާލު ކުރެއްވި އެވެ. އެއްވެސް ބޭކަލަކު އެބަކަރި ގަތުމަށް ނުރުހުމުން ހިލޭ އެ ބަކަރި ގެންދަވަން ރުހޭނަންތޯ ސުވާލު ކުރެއްވި އެވެ. އެހިނދު އަސްޙާބު ބޭކަލުން ވިދާޅުވިއެެވެ. ❞ ﷲ ގަންދީބުނަމެވެ. އޭތި ދިރިއޮތް ނަމަވެސް ކަންފަތް ކުޑަވެފައިވާ ވުމަކީ އަޢިބެކެވެ. އެހެންވީއިރު އޭތި މަރުވެފައި އޮއްވާ ( ޤަބޫލު ކުރެވޭނީ) ކޮން ފަދައަކުން ހެއްޔެވެ؟ ❝ ފަހެ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. ❞ ފަހެ މާތް ﷲ ގަންދީ ހުވާ ކޮށްފައި ބުނަމެވެ. ތިޔަބައިމީހުން ގެ ނަޒަރުގައި އޭތީގެ އަގެއް ނެތް ވަރަށް ވުރެ ބޮޑަށް ، ﷲ ގެ ޙަޟްރަތުގައި ދުނިޔޭގެ އަގެއް ނުވެއެވެ. ❝ ـــــــــــــــــ 📖 [ رواه مسلم ] ~Heylaa
486
19
އިބްނު ޢުޘައިމީން ▪️ ވިދާޅުވެފައިވެއެވެ. ❞ ތިބާގެ މުސްލިމް އަޚާ އަށްޓަކައި އޭނާގެ ޣައިރު ހާޒިރުގައި، އޭނާ އެކަމަށް އެދިފައި ނ
އިބްނު ޢުޘައިމީން ▪️ ވިދާޅުވެފައިވެއެވެ. ❞ ތިބާގެ މުސްލިމް އަޚާ އަށްޓަކައި އޭނާގެ ޣައިރު ހާޒިރުގައި، އޭނާ އެކަމަށް އެދިފައި ނުވާ ހާލުގައި ދުޢާ ކޮށްދިނުމަކީ ތިބާ އޭނާ ދެކެ ލޯބިވާ ކަމުގެ ހެއްކެކެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށްޓަކައި އެދޭ ހެޔޮކަންތައް އޭނައަށްވެސް އެދޭކަމުގެ ހެއްކެކެވެ. ❝ ـــــــــــــــــ 📖[ޝަރަހަ ރިޔާޟުއް ޞާލިޙީން - 4/20] ~Heylaa
365
20
ދުޢާ އިޖާބަކުރައްވާ ވަގުތެއް ! | ފުރުޞަތު ނަންގަވާ ނުލައްވާ ! ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރީގެ ވަގުތުތަކުގައި ތިޔަބޭފުޅުންގެ ދުޢާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާ އުޚްތުން ޝާމިލު ކުރައްވާށެވެ. މުސްލިމް އަސީރުން މިނިވަންވުމުގެ ހެޔޮ ތައުފީގަށް އެދި ދުޢާ ދަންނަވާށެވެ. ﷲ ގެެ މަގުގައި ޘާބިތު ކަމާއެކު ތިބި މުޖާހިދުންނަށް ކާމިޔާބު ދެއްވަވާ އިސްލާމް ދީނުގެ ނަސްރަށް އެދި ދަންނަވާށެވެ. ~Heylaa
364