cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Heylaa

ޣާފިލު ކަމުގެ ނިދިން ހޭލާށެވެ. ﷲ ގެ މަގުގައި ތެދުވާށެވެ.

نمایش بیشتر
پست‌های تبلیغاتی
799
مشترکین
اطلاعاتی وجود ندارد24 ساعت
+27 روز
+1030 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Photo unavailableShow in Telegram
‼️ އެމެރިކާގެ ދެފުށް ކެހެރި ސިޔާސަތުތަކާއި އެމެރިކާގެ އަނިޔާވެރިކަމާއި ޓެރެރިސްޓު އިޒުރޭލާއި އެކީ ފަލަސްޠީނުގެ މުސްލިމުން ޤަޠުލުކުރަމުންދާ މިދަނޑިވަޅުގައި އެމެރިކަާ ސަރުކާރާއި ދެކޮޅަށް ހުދު އެމެރިކާގެ ރައްޔިތުން އަޑު އުފުލަމުންދާ ހިނދު، އެމެރިކާގެ ފޫބުޑަށް ވެއްޓެން ލަދުވެތިކަމެއް ވެސް ނެތީތޯ؟ ފަލަސްތީނާއި އެކުއޭ ބުނެ ހަމަ އެ ނޭވާގައި ފަލަސްޠީނުގެ ޤާޠިލުންނާައި އެކުއޭ ބުނުމުން ދޭނެ ނަމެއް ބުނެބަލާށެވެ!
نمایش همه...
👍 5
މި މުޢާހަދާގެ 20 ވަނަ މާއްދާގައިވަނީ ޓެރަރިޒަމްގެ ވާހަކައެވެ. މި މާއްދާގައިވަނީ religious intolerance އަދި hate speechއަށް މަގުފަހިވާ ހުރިހާ ކަމެއް ހައްލުކުރަން ޖެހޭކަމަށެވެ. މި ދެ އިޞްތިލާޙު މާނަކުރާ ގޮތް އެނގެން ޖެހެއެވެ. އެކަން ޙައްލުކުރުމަށް އެބައިމީހުން ހުށަހަޅާފައިވަނީ ދީންތަކުގެ އެއްބައިވަންތަކަން ކުރިއެރުވުމަށެވެ. (foster religious tolerance and inter-religious dialogue.) އެބައިމީހުން އެ މާނަކުރަނީ ހުރިހާ ދީންތަކުގެ މީހުން އެއްވެ ބައްދަލުވުންތައް ބޭއްވުމާއި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނަށް މުސްލިމުން ދިޔުމާއި އެބައިމީހުންގެ މުނާސަބާތުތަކުގައި މުސްލިމުން ބައިވެރިވުމާ އަދި އެ ދީންތަކުގެ މީހުން ކުރާ ޝިރުކާއި ކުފުރުގެ ކަންކަމަށް މުސްލިމުން އިންކާރު ނުކުރުމަށެވެ.
މި ފަދަ މާއްދާތަކުގެ ބާރުގައި ފާޅުގައި ކުރިސްމަސް ފަދަ ޝިކުރުގެ ހަފްލާތައް ހުއްދަ ކުރުމަށް ޤާނޫނު އަސާސީ ބަދަލުކުރުން އެކަށީގެންވެއެވެ. އަދި ޔޯގާ އާއި ހިންދޫން ދީނީ އެކި ހަފްލާތަކުގެ ޝިކުރު ޢާއްމުކޮށް އެކަމަށް ނޫނެކޭ ބުނާ މީހަކީ "ހަރުކަށި" މީހެއް ކަމަށް ލޭބަލް ކުރެވޭ ހިސާބަށް ގެންދިއުން ފަދަ ކަންކަމަކީ މިފަދަ މުއާހަދާތަކުގެ ދަށުން ތަންފީޒު ކޮށްފައިވާ ކަންކަމެވެ. #Heylaa
نمایش همه...
👍 4
📢 ހޭލާ‼️ އެމްޑީއެން ރިޕޯޓްގައި އިސްލާމްދީނަށް ކުޑައިމީސްކޮށް ދައްކާފައިވާ ވާހަކަތަކަށް މުޅި ގައުމު ދެކޮޅު ހެދި އެވެ. އޭގެ ތެރެއިން ދީނަށް ލޯބިކޮށް ޝިރުކަށް ނަފްރަތު ކުރުމަކީ ހަރުކަށިކަމެެއްކަމާއި ނަފްރަތު ފެތުރުން ކަމުގައި ސިފަކޮށްފައި އޮތް އޮތުމާއި ކައިވެނިން ބޭރުން ދަރީން ހޯދުން ހުއްދަ ކުރުން ފަދަ ލާދީނީ ފިކުރުތަކަށް ދިވެހިން ފާޅުގައި އިންކާރުކޮށް އަޑު އުފުލިއެވެ. މިއަދު މިއޮތީ އެފަދަ ދަންމަޅިއެއްގައި ޖައްސާފަ އެވެ. އެ ފަދަ ލާދީނީ ފިކުރުތަކަށް ބާރުދޭ މާއްދާތަކަށް އިންކާރު ކުރުމެއް ނެތި މުއާހަދާއެއްގައި ސޮއެ ކޮށްފައެވެ. ދެން ފެނިގެން ދާނީ މި ނުކުތާ ތަކުގެ ބޭނުންކޮށްގެން ރާއްޖޭގެ ޤާނޫނު އަސާސީ ބަދަލުކޮށް އެމްޑީއެން ރިޕޯޓް ތަންފީޒު ކުރާ ތަނެއެވެ. އެހެނީ ކުރީން ވެސް މިފަދަ މުއާހަދާތަކުގެ ބޭނުންކޮށްފައިވާނީ އެފަދައިންނެވެ.
7 ވަނަ މާއްދާގައިވަނީ ސަރުކާރުގެ ހުރިހާ މަޤާމަކަށް ކުރިމަތިލުމުގައިވެސް އަންހެނުންނާ ފިރިހެނުން ހަމަހަމަވާން ޖެހޭނެކަމަށެވެ. ނަމަވެސް އޭރު ރާއްޖޭގެ ޤާނޫނު އަސާސީ އޮތް ގޮތުން، ރައީސްކަމަށް ކުރިމަތިލެވޭނެ ކަމަށް އޮތީ ހަމައެކަނި ފިރިހެނުންނަށެވެ. 2008 ވަނަ އަހަރު ޤާނޫނު އަސާސީ އިޞްލާޙުކުރި އިރުގައި އެކަންވަނީ އުވާލައި ސީޑޯގެ މުޢާހަދާގައި އެހެން އޮންނާތީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީވެސް އެގޮތަށް ބަދަލުކޮށްފައެވެ. އެހެންކަމުން 2010 ވަނަ އަހަރު ދިވެހިރާއްޖެއިން އެ ރިޒަވޭޝަން ނެގިއެވެ.
ދިވެހިރައްޔިތުންނޭވެ. ހޭލާށެވެ. މި މުއާހަދާތައް އަހަރުމެންގެ މަތިވެރި އިސްލާމުދީނުގެ އުސޫލަކަށް ފަހު އުސޫލެއް ނެތި ކުރަމުން ދާތަން ބަލަން މަޑުން ނުތިބޭށެވެ. ހުޅަނގުގެ ހަން ފެތުރުމުގައި ގެންގުޅޭ އެންމެ ނުބައި ހަތިޔާރަކީ މިފަދަ މަކަރުވެރި މުއާހަދާތަކެވެ. ފަލަސްޠީނުގެ ބިން ފޭރިގަނެ ފަލަސްޠީނުގެ ނަން ދުނިޔޭގެ ޗާޓުން ފޮހެލީ ގޮތް ވިސްނާ ފިކުރު ކޮށްލާށެވެ. ދިވެހީންނޭވެ! ހޭލާށެވެ! #Heylaa
نمایش همه...
👍 3
Repost from Dhisalafiyyah
نمایش همه...
އިސްލާމްދީނާ ފުށުއަރާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ތެރެއިން: ސަމޯއާގެ މުޢާހަދާ (Samoa Agreement) - DhiSalafiyyah

އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ އެ މުޢާހަދާގައި ހިމެނޭ ބައެއް ކަންކަމާ، އެފަދަ ރިޒަވޭޝަންތަކާއެކު މީގެ ކުރިން ސޮއިކޮށްފައިވާ ބައެއް މުޢާހަދާތަކުން އެ ރިޒަވޭޝަންތައް އުނިކުރެވެމުންދާގޮތުގެ މައްޗަށެވެ.

👍 4
Repost from N/a
ﷲގެ ރަސޫލާ ﷺ ކުރެއްވި ދުޢާއެއްގައި ވެއެވެ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބައިލާހުގެ ނިޢުމަތްތަށް ފިލާ ދިއުމާއި އިބައިލާހު ދެއްވި (ހެޔޮ ޞިއްޙަތާއި) ޢާފިޔަތު ބަދަލުވުމާއި އިބައިލާހުގެ ކޯފާ ކުއްލިއަކަށް އައުމާއި އަދި އިބައިލާހުގެ އެންމެހާ ނުރުއްސެވުމަކުން ރައްކާތެރިކަން ދެއްވުން އެދި އިބަ އިލާހުގެ ހަޟްރަތަށް ދަންނަވަމެވެ. صحيح مسلم (٢٧٤٩) #Hadith MvHadith
نمایش همه...
7
Photo unavailableShow in Telegram
7🔥 2
އެއް ދުވަހަކު އަންޞާރިއްޔަ ބޭކަލެއް ރަސޫލާ ﷺ ގެ އަރިހުގައި ސުވާލުދެންނެވިއެވެ. يَا رَسُولَ اللَّهِ! أَىُّ الْمُؤْمِنِينَ أَفْضَلُ؟ މާނައީ: "އޭ ﷲގެ ރަސޫލާއެވެ! މުއުމިނުންގެ ތެރެއިން އެންމެ މާތްވެގެންވަނީ ކާކު ތޯއެވެ؟" قَالَ ‏:‏ ‏أَحْسَنُهُمْ خُلُقًا‏ މާނައީ: "ހަދީޘްކުރެއްވިއެވެ: “އެމީހުންގެ ތެރެއިން އެންމެ ޚުލްޤު ރަނގަޅު މީހާއެވެ." قَالَ فَأَىُّ الْمُؤْمِنِينَ أَكْيَسُ؟ މާނައީ: "ވިދާޅުވިއެވެ: އެހެންވީއިރު، މުއުމިނުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ކާކު ތޯއެވެ؟" قَالَ ‏:أَكْثَرُهُمْ لِلْمَوْتِ ذِكْرًا وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا أُولَئِكَ الأَكْيَاسُ މާނައީ: ހަދީޘްކުރެއްވިއެވެ: "އެމީހުންގެ ތެރެއިން އެންމެ ގިނައިން މަރު ހަނދުމަކުރާ މީހާއެވެ. އަދި މަރަށްފަހުވާ ކަންތަކަށް އެންމެ ފުރިހަމައަށް ތައްޔާރުވާ މީހާއެވެ. އެންމެ ބުއްދިވެރި މީހުންނަކީ އެއީއެވެ." سنن ابن ماجاء 4259
نمایش همه...
4
Photo unavailableShow in Telegram
😢 2
Photo unavailableShow in Telegram
ޢަބްދުލް ޢަޒީޒު އަބީ މަރްޙޫމު ރިވާކުރެއްވި ކަމަށް މައުސޫޢަތުލް އިބުނު އަބިއްދުންޔާ (رحمه الله) ގައި އައިސްފައިވެއެވެ. ބަލިމީހަކަށް ޒިޔާރަތް ކުރުމަށްޓަކައި އަލްޙަސަނުލް ބަޞަރީ رحمه الله އާއި އެކު ބަލިމީހެއްގެ ކައިރިއަށް އަޅުގަނޑުމެން ވަދެއްޖައީމެވެ. އަދި ބަލިމީހާ ކައިރީގައި އިށީންދެ ޙަސަނުލް ބަޞަރީ رحمه الله ސުވާލުކުރެއްވިއެވެ. ބަލި ހާލު ކިހިނަކުންހެއްޔެވެ؟ ބަލިމީހާ ޖަވާބު ދިނެވެ. އަހަރެން ކާހިތްވެއެވެ. ނަމަވެސް އަރުންދިރޭ ގޮތެއްނުވެއެވެ. އަދި ބޯހިތްވެއެވެ. ނަމަވެސް ކަރުން ފަސޭހައިން ދިރުވާލެވޭގޮތެއްނުވެއެވެ. ދެން ޙަސަނުލް ބަޞަރީ رحمه الله ކީރިތިކުރައްވަން ފަށައިފިއެވެ. ދެން ވިދާޅުވާން ފަށައިފިއެވެ. ފަހެ މިދުނިޔޭގެ ދާރު ބިނާވެގެންވަނީ ބަލިކަމާއި ބަލިމަޑުކަމުގެ މައްޗަށެވެ. ބަލިތަކާއި ބަލިމަޑުކަމުން ސަލާމަތްވެ ތިބުމަށް އަހަރެމެން ގަދައަޅައި މަސައްކަތްކޮށް ބަލިތަކުން ތިބާ ސަލާމަތްވެއެވެ. ނަމަވެސް މަރުން ފަހެ ސަލާމަތްވެވޭނީ ތިޔައިގެ ތެރޭން ކާކަށް ހެއްޔެވެ؟ ދެން ފަހެ މުޅިގޭތެރެ ރުއިމުގެ އަޑުން ގުގުމާލައިފިއެވެ. [حياة السلف بين القول والعمل, دار ابن الجوزي، ص: 433]
نمایش همه...
😢 2
Photo unavailableShow in Telegram
👍 4
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.