cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

International Aid Campaign

Founded in 2016, IAC has partnered with various international Humanitarian NGO's and hundreds of local affiliates under the common objective of providing humanitarian aid to those in need around the globe. www.iac.mv

Більше
Рекламні дописи
1 270
Підписники
+124 години
+97 днів
+3630 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

Фото недоступнеДивитись в Telegram
. 🤗 އައިއޭސީން އުޟްޙިޔާ ކަތިލަން ގުޅާ ހުރިހާ ކުދިންގެ އިންތިޒާރީ ވަގުތަށް މިއޮތީ ނިމުން އައިއްސަ. 🐑 1445 ވަނަ އަހަރުގެ އުޟްޙިޔާ ކަތިލުމަށް މިހާރު ރިކުއެސްޓް ކޮށްލެވޭނެ. 🌐 ވެބްސައިޓަށް ވަދެލާފަ، ބޭނުންވާ އޮޕްޝަނެއް ނަގާލާފަ ކުރިއަށް ދާންވީ. 🧾ޓްރާންސްފަރ ވިއްޔާ ޓްރާންސްފާ، ކާޑުން ކުރާ ކަމަށްވަންޏާ ކާޑް އޮޕްޝަން އިންނާނެ. 👇 މިއޮތީ ލިންކު https://iac.mv/udhiya-1445 🇵🇸 އަދި ވެބްސައިޓަށް ވަދެލާއިރު ފެންނަން ހުންނާނެ މިފަހަރު ޣައްޒާއަށް ހާއްސަކޮށްގެން ހިމަނާލެވިފައިވާ ވަކި އޮޕްޝަނެއް. 📞 އެއްވެސް ސުވާލެއް ނޫނީ އޮޅުމެއް އަރަންޏާ 9122121 އަށް ގުޅާލީމަ އަމްޖޭ އިންނާނީ ރެޑީގަ ޖަވާބުދޭން. އިންޝާﷲ
Показати все...
Фото недоступнеДивитись в Telegram
. ޖަމަލެއްތަ؟ ކަންބަޅިއެއް؟ ނޫނީ ގެރިއެއްތަ؟ ☺
Показати все...
1
Фото недоступнеДивитись в Telegram
. އެ ތެދެއް…. ޢީދު އަންނަނީ އެއްނު!
Показати все...
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަޅުނގަނޑުމެންގެ އެމަރޖެންސީ އެހީ ފޯރުކޮށްދެވުނު ހިސާބުގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ. . ބަންގްލަދޭޝްގެ ދެކުނު އިރުމަތީ އައްސޭރިފަށުގައި އޮންނަ މި ކޭމްޕުގެ، ގެތަކާއި، ފިހާރަ އަދި އެހެނިހެން ފެސިލިޓީތަށް ހުންނަ ސަރަހައްދުގައި ހޮނިހިރު ދުވަހު މިވަނީ އަނެއްކާވެސް އަލިފާންގަނޑު ރޯވެ، 1200 މީހުންގެ ގެދޮރު ގެއްލިފަ. . މި ކޭމްޕްއަކީ ދޭތެރެއަކުން އަލިފާނުގެ ހާދިސާ ހިނގާ ކޭމްޕެއް. ސަބަބަކަށް ވަނީ މިތަން ހެދިފައިވާނީ އޮނާއި، ފަން ފަދަ ތަކެތި ބޭނުންކޮށްގެން. ހިތަށް އަރާދޯ ދެން މިއަށް ވުރެ ރަނގަޅު ފެންވަރެއްގައި ކީއްވެބާއޭ ބޯހިޔާވަހިކަން މި ފަރާތްތަކަށް ފޯރު ނުކޮށްދެނީ؟ މިތަނުގައި ދާއިމީ އިމާރަތްތަށް އެޅުމުގެ ހުއްދައެއް ރޮހިންގްޔާ ރައްޔިތުންނަށް ލިބިފައެއް ނުވޭ. . އަޅުގަނޑުމެން މިދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަދި މިފަރާތްތަކަށް ބޭނުންވާ ޒަރޫރޫ އެހީ ފޯރުކޮށްދެމުން.
Показати все...
2
. ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަޅުނގަނޑުމެންގެ އެމަރޖެންސީ ފުޑް ޕެކޭޖްތައް ވާނީ ބަހާފައި. 350 ފުޑް ޕެކޭޖް އާއިލާތަކަށް ވާނީ ފޯރުކޮށްދެވިފަ. މި ތަކެތި ބެހިފައިވާނީ "ރެފިއުޖީ ރިލީފް އެންޑް ރިޕެޓްރިއޭޝަން" އަދި މިނިސްޓްރީ އޮފް ޑިޒާސްޓަރ މެނޭޖެމެންޓް އެންޑް ރިލީފް އޮފް ބަންގްލަދޭޝް" އާއި ގުޅިގެން. މިކަމަށްޓަކައި ބަނގްލަދޭޝްގެ ސަރުކާރަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ބެހިފައިވާ ތަކެތި. ޗިނިންގްރާ ރައިސް 2 ކިލޯ ލެންޓިލް 1 ކިލޯ ތެޔޮ 2 ލީޓަރު ލޮނު 1 ކިލޯ ހަކުރު 1 ކިލޯ ހިކި ކިރު 500 ގުރާމް ފުށް 1 ކިލޯ އަލުވި 2 ކިލޯ ފިޔާ 2 ކިލޯ. ނޯޓް: މިތަކެތި ފޯރުކޮށްދެވިފައިވަނިކޮށް އަނެއްކާވެސް މިވަނީ ހަމަ މި ކޭމްޕްގައި އަލިފާން ރޯވި ހަބަރު ލިބިފަ. އެ ހާދިސާގެ ތަފްސީލް ވަރަށް އަވަހަށް ގެނެސްދޭނަން. އިންޝާﷲ
Показати все...
Фото недоступнеДивитись в Telegram
. ޣައްޒާގެ ރައްޔިތުންގެ ހައްޤުގަ ތެދުވާނެ ބާރެއް ދުނިޔޭގަ ނެތް. އަހަރުމެންނަށް އޮތީ އަޑު އުފުލުމާއި ދުޢާކުރުން. . ޔާالله! އިބަ އިލާހު ފިޔަވައި ވާތްގަށް އެދި ދަންނަވާނެ އެއްވެސް ފަރާތެެއް ނެތް. އަނިޔާވެރިންނަށް ގަދަފަދަ ޢަޒާބެއް ފޮނުއްވައި ބަލިކޮށް ނިކަމެތި ކުރައްވާނދޭވެ! ފަލަސްޠީނުގެ ރައްޔިތުންނަށް އަވަސް ނަސްރެއް ދެއްވާނދޭވެ!
Показати все...
4
. މިމަހުގެ 24 ވަނަ ދުވަހު ރޮހިންގިޔާ ރެފއުޖީ ކޭމްޕުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އެތައް ސަތޭކަ ގެއެއް ހަލާކުވެ އެތައް ބަޔަކު ހާލުގައި ޖެހިފަ. ރޮހިންގިޔާ ކޭމްޕަކީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭމްޕް. މި ކޭމްޕްގައި ދޭތެރެ ދޭތެރެއިން މިކަހަލަ އަލިފާނުގެ ހާދިސާތައް ހިގާ. އަބަދުވެސް އައިއޭސީން އެމަރޖެންސީ ހާލަތްތަކުގައި ކުއްލި އެހީ ފޯރުކޮށްދޭ ގޮތަށް އެހީ ފޯރުކޮށްދިނުމުގެ ތައްޔާރީތަޢް ވަމުން ދަނިކޮށް " ސައިކްލޯން ރެމަލް" ގެ ސަބަބުން ވަގުތީ ގޮތުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ. މި ތޫފާނުގައި ވެހުނު ވާރޭގެ ސަބަބުން އަލިފާންގަނޑުވެސް މިހާރު ވަނީ އެއްކޮށް ނިވިފަ. މި ފަރާތްތަކަށްވެސް އެހީފޯރުކޮށްދިނުމުގެ މަސައްކަތް އިންޝާﷲ މާދަން އަނެއްކާވެސް ފެށިގެންދާނެ.
Показати все...
4👍 2👏 1
. އަވައްޓެރި ބަނގްލަދޭޝް އަށް ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން ކަމަށްވާ "ސައިކްލޯން ރެމަލް" ގައި ހާލުގައި ޖެހުނު ފަރާތްތަކުގެ އަދަދު 37 ލައްކައަށްވުރެ ވަނީ މަތިވެފަ. 35 ހާހަށްވުރެ ގިނަ ގެ ވަނީ އެއްކޮށް ހަލާކުވެފަ. 1 ލައްކައަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ލިބިފަ. މި ތޫފާންގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެމަރޖެންސީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އައިއޭސީން މިހާރު މިދަނީ ކުރަމުން. ތިޔަބޭފުޅުންނާއި ހަމަޔަށް މައުލޫމާތު ގެނެސްދެމުންދާނަން. އިންޝާﷲ
Показати все...
6👍 1👏 1
. ރޭގަ ރަފާޙްއަށް ދިން ހަމަލާގައި ޤަތުލު ކޮށްލާފައިވާ މައުސޫމް ތުއްތު ކުއްޖެއް. އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކާނެ ބަޔަކު ނެތް. ފެންނަނީ މަދު ބަޔަކަށް. އަޅުގަނޑުމެން މި ވާހަކަ ހުއްޓާލައިގެން ނުވާނެ. ނަސްރު ލިބެންދެން މިވާހަކަ ދައްކަން ޖެހޭނެ. އަބަދަކު އަނިޔާވެރިކަމެއް ދެމިއެއް ނޯންނާނެ. އިންޝާالله. މި އަނިޔާވެރިން ނެތި ކުރައްވާ ފަލަސްޠީނަށް ނަސްރު ދެއްވާށި! އާމީން
Показати все...
👍 1