918
Subscribers
No data24 hours
No data7 days
-530 days
Posts Archive
📌 މިއަދު ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވުމުން ، ފާޑުކިޔާއިރު ރައްކާތެރިކަމުގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ ޤަދަރުގައިވާ ކަންކަމުން ދުޢާގެ ސަބަބުން މިންޖުކޮށްދޭއިރު އަހަރެމެންގެ ދަރިންނަށް ހެޔޮދުޢާތައް ފަރިތަކޮށްދެވިފައި ވޭހެއްޔެވެ؟
އަނަސްބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
((މީހާ ،އޭނާގެ ގެއިން ނިކުންނަހިނދު ފަހެ އޭނާ މިފަދައިން ބުނެފިނަމަ : بِسْمِ اللّٰهِ تَوَكَّلْتُ عَلَى اللّٰهِ لَاحَوْلَ وَلَاقُوَّةَ إِلَّا بِاللّٰهِ
ޙަދީޘް ކުރެއްވިއެވެ. : އެހިނދުން އޭނާއަށް ބުނެވޭނެތެވެ. ތިބާއަށް ހެޔޮގޮތް ލިބިއްޖެއެވެ. އަދި ތިބާއަށް (ރައްކާތެރިކޮށްދޭނެ ފަރާތެއްކަމުގައި ) އެފަރާތް ފުދިއްޖެއެވެ. އަދި ތިބާއަށް ރައްކާތެރިކަން ލިބިއްޖެއެވެ.
ފަހެ އޭނާގެކިބައިން ޝައިޠާނާ ދުރުހެލިވެގަނެއެވެ. އެހެން ޝައިޠާނަކު ( އަނެއްޝައިޠާނާއަށް) ބުނެއެވެ. : ހަމަކަށަވަރުން އެމީހަކަށް ހިދާޔަތުދެވި ، ފުދި ، ރައްކާތެރިކުރެވިއްޖެ މީހަކަށް ކަލޭ ކުރާނީ ކީއެއްހެއްޔެވެ؟ ))
[ޞަޙީޙް އަބޫދާވޫދު ، އިމާމް އަލްބާނީ ޞައްޙަކުރައްވާފައި ]
https://t.me/AlManarMv
📌 ހިޖުރައިން 1447 ވަނަ އަހަރާއި ބައްދަލުކުރިއިރު ، މިއާޔަތް ތިބާއަށް ހަނދުމަކޮށްދޭ ހެއްޔެވެ؟
﴿...ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލު ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ... ﴾
[ތައުބާ 40]
ﷲ ގެ އެންމެ ލޮބުވެތި ރަސޫލާއެވެ. އަދި އެންމެފަހުގެ ނަބިއްޔާއެވެ.
ﷲ ގެ ދީނަށްޓަކައި ހުރިހާއެއްޗެއް ދޫކޮށް ބީރައްޓެހިތަނަކަށް ދަތުރުފަށަނީއެވެ. އެރަށުގެ އަހުލުން ކަންތަައްކުރާނެގޮތުގެ ޢިލްމު ލިބިގެންވާޙާލުގައެއް ނޫނެވެ. އެހެނަސް ﷲ ތަޢާލާއަށް ކުރާ ޔަޤީނެއްގެ ބޮޑުކަމުންނެވެ.
ހިޖުރައަށް މުޅިން އެހެންމަގެއް ޚިޔާރުކުރީ ކީއްވެހެއްޔެވެ؟
ހޮހޮޅައެއްގައި ވަކިމުއްދަތަކަށް ، މަޑުކޮށްގެން ހުރީ ކީއްވެ ހެއްޔެވެ؟
ދަތުރުގެ ވަކިހިސާބަކުން މަގުކިޔައިދޭނެ މުޝްރިކެއް ، (އެހެންނަމަވެސް ވަފާތެރި ، ތެދުވެރިއެކެވެ .) އުޖޫރަދީފައި ހަމަޖެއްސީ ކީއްވެ ހެއްޔެވެ؟
އަދި ހިޖުރައިގެ ދަތުރުގައި ، ދިމާވިމީހަކު ، އެކަލޭގެފާނުގެ ނިސްބަތާއި ބެހޭގޮތުން ސުވާލުކުރިހިނދު ، ( من ماء ) ފެނަށް އިޝާރާތްކޮށް ޖަވާބުދެއްވީ ކީއްވެ ހެއްޔެވެ؟
މިއިން ކޮންމެ ކަމެއްގައި އިންތިހާ ޢިބްރަތާއި ފިލާވަޅުތައް އަހަރެމެންނަށް ވެއެވެ.
https://t.me/AlManarMv
📌 ޖަރުމަނުގެ ޗާންސެލަރ :
އީރާނުން ފަހަތަށްނުޖެހޭކަމުގައިވާނަމަ ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ފަނާކޮށްލުން ، ޝެޑިޔުލްގެ ތެރޭގައި ހިމެނިގެންދާނެ .
އޭ މުސްލިމެވެ! ވިސްނާލާށެވެ. އިޒްރޭލާއި އީރާނު ތަޅާފޮޅާއިރު ، ޖަރުމަނާ ކޮންކަމެއް ހެއްޔެވެ؟ ނުވަތަ ޔޫރަޕާއި ކޮންބެހޭ ކަމެއް ހެއްޔެވެ؟ ނުވަތަ އެމެރިކާއާއި ކީއްހެއްޔެވެ؟ ނަމަވެސް އީރާނަށް ނިއުކްލިއަރ ބާރުލިބުން ނޭދެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟
އެއީ އީރާނަށް ވީމައެެއް ނޫނެވެ. އީރާނުގެ ބޮޑު އާބާދީއެއް އެއީ މުސްލިމުންނެވެ. އަދި ޝިޔަޢީ ޢަޤީދާ އިސްލާޙުވުން ، ނުވަތަ އީރާނުގެ މިހާރުގެ ދައުލަތް އުފެދިފައިވޝ އައިޑޮލޮޖީގައި ، އެމެރިކާއާއީ އިޒްރޭލަކީ ޢަދުއްވުންކަމުގައިވުމެވެ.
އެހެންކަމުން އެމެރިކާއާއި ހުޅަނގުގެ ބިރުގެންނެވުންތަކަށް ނުގުޑާހިސާބަށް އެއްވެސް ބަޔަކު އައުން މަނާވާނެއެވެ. އެހެނީ އަޅުންގެ ދަރަޖައިން ، އަޅުން ނިކުތުމަކީ ، ޞާހިބުމީހާގެ ހައިބަތަށް އުނިކަންގެންނަ ކަންކަމެވެ.
ތުރުކީއަށް ، އެފް 35 ގެ ، މިލިޓަރީ ޖެޓްގެ ޓެކްނޮލޮޖީ ނުދޭތާނގައި ، އެފް 16 ވެސް ނުވިއްކަން އެއުޅެނީ ކީއްވެ ހެއްޔެވެ؟ އަދި އީރާނަށްފަހު ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނެތިކޮށްލަން އިޒްރޭލުން ވިސްނަނީ ކީއްވެ ހެއްޔެވެ؟
އިޒްރޭލު އޮތީ ކޮންތާކު ހެއްޔެވެ؟ ޕާކިސްތާނު އޮތީ ކޮންތާކު ހެއްޔެވެ؟ އެހެނަސް ކުފުރުގެ ލަޝްކަރުން އެމީހުނަށް ޙަޤީޤީ ނުރައްކަލެއް ކުރިމަތިވާނެ ނުވަތަ ވެދާނެ އެއްވެސްކަމަކަށް ދުލެއް ދީފާނެކަމުގައި ތިބާ ހީނުކުރާށެވެ. އެކާފިރުންގެ ލީޑަރުންނަކީ ޤަމާރުންނެއް ނޫނެވެ.
ޙަޤީޤަތުގައި ޤަމާރީ އިސްލާމީ ޤައުމުތަކުގެ ވެރިންނެވެ . އެބައިމީހުން 2 ޕާޓީއެއް ހަދައިިގެން އެތެރޭގައި ކޯޅެން ބައިތިއްބާފައި ، ކޮންމެ 5 އަހަރަކުން ހުޅަނގު މަންދޫބުން އައިސް ބޮނޑިބަތްތައްޓެއް ލަވައިދިނީމައި ، ފުރިގެން ރުހިގެން މިތިބެނީ އިސްލާމީ ޤައުމުތަކުގެ ވެރިންނެވެ. އެބައިމީހުން އުފެއްދި ޓެކްނޮލޮޖީއެއް ، ހަތިޔާރެއް ، ތައްޔާރުކުރި ލަޝްކަރެއް ނެތެވެ. ކުރެވުނު ކަމަކަށް އޮތީ ، ފުލުހުންނާއި ސިފައިންނަށް ، ރައްޔިތުން ގައިގައި މުޤުރުން ތަޅައި ޕެޕަރސްޕްރޭ ޖަހާނެގޮތް ދަސްކޮށްދިނުމާއި ، ޤައުމަށް ވަފާތެރި ދަރިންނަށް ޖާސޫސްކޮށް ޓެރަރިޒަމްގެ ތުހުމަތުގައި އެމީހުން ގަނޑަތެޅުވުމެވެ.
އެހެންކަމުން އަދުގެ ދުނިޔޭގެ ނިޒާމު "ޔޫ.އެން" ގެ އަޅުވެތިކަމުން ނިކުންނަން އެދޭމީހާ ހަނގުރާމަ ފަށަންވީ ޣައްޒާއަކުން ނޫނެވެ. އަމިއްލަ ޤައުމުގައި ތިބި ހުޅަނގާއި އެމެރިކާގެ ސިއްރު އެޖެންޑާތައް ހިންގާ ޑިޕްލޮމެޓުންނާއި ހިސާބުންނެވެ. ދެން އެބައިމީހުނަށް ވަފާތެރި އެމެރިކާގެ މިލިޓަރީ ޓްރެއިނިންގ ހަދަމުންދާ ސިފައިންނާއި ފުލުހުންނެވެ. އެއީ ހުޅަނގުގެ އަޅުވެތިކަން މިނިވަނުންގެ ކަދުރާމައްޗަށް ގެނެސްލައިދީ ކަސްތޮޅުއަޅުވާ ، ޤައުމުތައް ޚިޔާނާތުގެ ބާޒާރުގައި ވިއްކާލާ މުޑުދާރު މީހުނެވެ.
މިއީ އީރާނުގެ މުޑުދާރު ޝިޔަޢީ ޢަޤީދާ ދިފާޢުކޮށް ރީތި ކުރުމެއް ނޫނެވެ. މިއީ އަދުގެ ދުނިޔޭގައި ކުފުރުގެ ބާރުތައް ނުފޫޒާއި ބާރު ހިންގަމުންދާ ގޮތެވެ. ބައެއްގެ އަވާމެންދުރުގައި ތިބުމަށްވުރެ މީސްތަކުންނަށް އެއެއްޗެއްގެ އަޞްލު ސޫރަ ފެނި ޙަޤިގަތް އެނގުން މާހެޔޮކަން ބޮޑެވެ.
https://t.me/AlManarMv
ވީއިރު ތިބާއަށް އޮތީ "ޖެމްކިޔު" އެއީ ޝުބުހައަކަށް ވާތީ އޭގެން ދުރުހެލިވުމެވެ. އެހެނީ އެއީ ޙަރާމްކަމެއްގެ ތެރެއަށް ތިބާ ވެއްޓިދާނެތީއެވެ. ނަމަވެސް މިހެންބުނުމުން ތިބާ އިންކާރު ކޮށް ރުޅިއައިސް ދާނެއެވެ. އަދި ޙަރާމް ނޫންކަމަށް ދެއްކުމަށް ޖަދަލުކުރަން މަސައްކަތްކޮށްފާނެއެވެ.
އެހެނަސް އޭ ﷲ ގެ އަޅާއެވެ! އަހަރެން ތިބާއަށް އެދެނީ ހެޔޮގޮތް ވުމެވެ. އެބަސްކޮޅަކީ އެއީ އަހަރެންގެ ބަސްކޮޅެއް ނޫނެވެ. ﷲ ގެ ލޮބުވެތި ނަބިއްޔާގެ ޙަދީޘް ބަސްފުޅެވެ. ވީއިރު އެކަލޭގެފާނުގެ ދޫފުޅުން އެބަސްވިދާޅުވެވި ، ތިބާގެ ކަންފަތުގައި އެލޮބުވެތި ނަބިއްޔާގެ އަޑު ޖެހިލުމުންވެސް ރައްދު ދޭނީ ހަމަތިޔަފަދައިން ހެއްޔެވެ؟
ދަންނާށެވެ. އެކަލޭގެފާނުގެ ބަސްކޮޅުގައި އެވަނީ ޝުބުހައަށް ވެއްޓިއްޖެމީހާ ޙަރާމްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.
ވީއިރު ދެން މީހަކު އިތުރަށް ސާފުކުރާނެ އެއްޗެއް އެބައޮތް ހެއްޔެވެ؟ ބަޔާންކޮއްދެއްވާފައި އެވަނީ ވަރަށް ސާފުކޮށް ޞަރީޙަކޮށެވެ.
އެހެންކަމުން ، ފުރަތަމަ އެވަނީ ﷲ އަށް ކިޔަމަންވުމެވެ. ނުވަތަ އުރެދުމެވެ.
ދެވަނައަށް އެވަނީ ﷲ ގެ ރަސޫލާއަށް ކިޔަމަންވުމެވެ. ނުވަތަ އުރެދުމެވެ.
ފަހެ ތިބާ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދިފައި ދެން ޙަލާލު ކުރާނެ ގޮތެއް އަހަރެންނަށް ކިޔައިދީބަލާށެވެ. އަދި އެ އުރެދުމުގައި ހޯދާ ފައިސާ އަނބިދަރިންނަށް ކާންދޭއިރު ، ދެން އެމީހުނަށް ބަލިމަޑުކަމާއި މުޞީބާތް ލައިގަތުމުން ކަންބޮޑުވެ ތެޅިފޮޅި ނުހަދާށެވެ. އެހެނީ ޙަރާމް ގޮތުގައި ހޯދާ އެއްޗިއްސަށް އެންމެ އައުލާކަން ބޮޑީ ޢަޛާބެވެ. ވޭނެވެ. މިއީ އަދި އާޚިރަތުގެ ޢަޛާބުން އެފަދަ މީހާ މިންޖުވާނެކަން ނޭނގޭ ޙާލުގައެވެ.
އެެހެންކަމުން ޙަރާމް އެއްޗެހިން ދުރުހެލިވެ ، ޙަލާލު ރިޒްޤު ދެއްވާތޯ ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ. އެއިލާހީ ދެއްވުމުގައި ބަދަލެއް ބޭނުންވެ ވޮޑިގެން ނުވާ ، އެފަދަ ދެވަނައެއް ނެތް ދީލަތިވަންތަ އިލާހެވެ.
https://t.me/AlManarMv
2️⃣
📌 ޖެމްކިޔުގެ އަވާގައި ޖެހިގެން މީސްތަކުން ޙަލާލު ޙަރާމް ދޫކޮށްލަނީ ހެއްޔެވެ؟
މައްސަލައަކީ ހަމައެކަނި ފައިސާ ގެއްލުން ހެއްޔެވެ؟
ނޫނެކެވެ. މުދަލާއި ފައިސާ ގެއްލުން އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު ތިބާގެ ޝަހުވަތު (މުދަލުގެ ދަހިވެތިކަން ) އިސްކޮށް ، ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރި ވާތީއެވެ. އަދި ނޭނގިހުރެ ﷲ އަށް އުރެދިގަތުން އެތާނގައި ހުއްދަކުރެވޭތީއެވެ. އަދި ބައެއްފަހަރަށް އެހެންމީހުނަށް އެނުބައިކަންތައް ޒީނަތްތެރިކޮށްދީ އެކަމަށް އަރައިގަތުމަށް އެހީތެރިވެވޭތީއެވެ.
ﷲ ތަޢާލާ ވަނީ ދީން ބާވައިލައްވައި ފުރިހަމަ ކުރައްވާފައެވެ. ވީއިރު މުސްލިމެއްގެ ޢަމަލުތައް ހުންނަން ޖެހޭ ގޮތް ދީނުގައި ބަޔާންވެގެން ވާނެއެވެ.
އެކަމަކު "ޖެމްކިޔު" ގެ ވާހަކަ ދީނުގައި އޮންނާނެ ހެއްޔެވެ؟
ބުނަމެވެ. އެއްވެސްކަމެއް މިދީނުގައި ދޫކޮށްލާފައި ނުވެއެވެ. އެހެނަސް ސުވާލަކީ ތިބާ ﷲ ގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންވާނަން ތޯއެވެ؟ އެހެންވިއްޔާ މިއާޔަތަށް ބަލާށެވެ. ދީނުގެ ކަންކަން ( ޙަރާމް ޙަލާލް) އެއީ އެންމެނަށް އެނގޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އެމީހަކު ކަމެއް ކުރާނަމަ ، އެކަމެއް ދީނުގައި އޮންނަގޮތް އުނގެނި ދަސްކުރަން ޖެހެއެވެ. އެއީ އޭނާ ދީނާއި ޚިލާފަށް އެކަމެއް ކުރެވުމުން ދުރުވުމަށްޓަކައެވެ.
ޤުރުއާނުގައި ވެއެވެ.
{ فَسۡـَٔلُوۤا۟ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ }
ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާއި ސުވާލު ކުރާށެވެ!
[އަލް އަންބިޔާއު 7]
މިއާޔަތަށްބަލާއިރު ، ތިބާ "ޖެމްކިޔު" ގެ ވިޔަފާރި ކުރުމަށް އަހަންޖެހެނީ ކޮންމެ ކޮންމެ މީހެއްގެ ގާތަކު ނޫނެވެ. ޢިލްމުވެރިންގެ ގާތުގައެވެ. ވަކިން ޚާއްޞަކޮށް ، ދީނީ ޢިލްމާއި ، އަދި ދުނިޔަވީ ޢިލްމަށް ބަލާއިރު އަދުގެ ކްރިޕްޓޯ ކަރަންސީ އަސި ފޮރެކްސް ޓްރޭޑްފަދަ ކަންކަން ދަންނަ ، އެމީހެއްގެ ކިބައިގައި ﷲ އަށަ ބިރުވެތިވެ ތަޤްވާވެރިވުން ހުރިކަމަށް ތިބާއަށް އެންމެބޮޑަށް ފެންނަ މީހެއްގެ ކައިރީގައެވެ.
ފަހަރެއްގައިވެސް ބުނާހާއެއްޗެއް ހުއްދަކަމަށް ނުވަތަ ، ހިތްއެދޭހާ ގޮތަކަށް ފަތުވާދޭ މީހެއްގެ ކައިރިއަކު ނޫނެވެ. އެހެނީ މިއީ ދީނެވެ.
އެހެންކަމުން ތިބާ ޙަލާލު ރިޒްޤު ހޯދައި ހެޔޮދިރިއުޅުމެއް އެދޭނަމަ ، ތިބާގެ ފުރަތަމަ ވާޖިބަކީ ، ﷲ ތަޢާލާ ތިބާއަށް އެ އާޔަތުގައި އަންގަވާފައިވާ ފަރުދީ ވާޖިބު އަދާކޮށް ޢިލްމުވެރިންކުރެ އެހުމެވެ. ތިބާ އެކަމަށް ފުރަގަސްދީފިނަމަ ، އެއީ ތިބާގެ ފުރަތަމަ އުރެދުމެވެ.
ދެންއޮތީ ތިބާ ދިރިއުޅުމުގައި ،ޢަމަލު ކުރާއިރު މާތް ނަބިއްޔާﷺ ގެ ސުންނަތައް ތަބާވުމެވެ. އެއީ ކެއުމާއި ބުއިންކަމަށް ވިޔަސް ނުވަތަ ، މީހެއްގެ ގާތު އުޖޫރައަށް މަސައްކަތް ކުރުން ކަމުގައިވިޔަސް ނުވަތަ ، މީހަކާއެކު ވިޔަފާރި މުޢާމަލާތެއް ކަމުގައިވިޔަސް ނުވަތަ ، ފަރުޟު ނަމާދެއް ކުރުންކަމުގައި ވިޔަސްމެއެވެ. އެކަމެއްގެ ޙަލާލު ރަނގަޅު ގޮތަށް އެކަމެއް ގެންދިޔުމެވެ.
އެގޮތުން ސުންނަތުގެ ، 2 ޞަޙީޙުގައި ބަޔާންވެގެންވާ ޙަދީޘްބަސްފުޅެއްގައި ވެއެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ. :
((ހަމަކަށަވަރުން ޙަލާލު ކަންތައްތައް ވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމްކަންތައްތައް ވަނީ ބަޔާންވެގެންނެވެ. އަދި އެ ދެމެދުގައި ޝުބުހައުފެދޭ ( ގޮތްނޭނގޭ) ކަންތައް ތަކެއްވެއެވެ. އެކަންތައްތައް ގިނަ މީހުނަށް ނޭނގޭނެއެވެ. ފަހެ ޝުބުހަތަކުން ދުރުހެލިވެ ރައްކާތެރިވެއްޖެމީހާ ، އޭނާ ، އޭނާގެ ދީނާއި ، އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްފިއެވެ. އަދި ޝުބުހަތަކަށް ވެއްޓިއްޖެމީހާ ( އެބަހީ އޭގެތެރެއަށް ވަދެއްޖެމީހާ ) އޭނާ ޙަރާމްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. ))
[ބުޚާރީ އަދި މުސްލިމް ]
މިޙަދީޘްގައި މިވަނީ ޙަލާލުކަންތައްތަކާއި ، ޙަރާމްކަންތައް ތައް ބަޔާންވެފައި ވާކަމަށެވެ. އެހެންވިއްޔާ "ޖެމްކިޔު" ގެ ވާހަކަ އެތާނގައި ބަޔާންވެފައި ނެތްތާއެވެ. ވީއިރު ޙަލާލުވާނެތާއެވެ.
އެފަދަ މީހާއަށް ބުނަމެވެ. ޙަދީޘް ރަނގަޅަށް ދޭހަކޮށްލާށެވެ. އެދެމެދުގައި ވާ ، ޝުބުހަ އުފެދޭ ކަންތައް ތަކެއް ވެއެވެ. ތިބާއަށް ސީދާ ޙަލާލޭ ، ނުވަތަ ޙަރާމޭ ބުނަން ނޭނގިގެން ތިއުޅެނީ އޭގައި ޝުބުހަ ހުރީމައެވެ. ނޫންނަމަ ވައްކަން ޙަރާމޭ ބުނާ އުސޫލުން ތިބާއަށް ބުނަން އެނގުނީހެވެ.
އެހެންކަމުން ދެވަނަ ވާޖިބަކީ ، އެ ޝުބުހައިގައި ޙަޤީޤީ މުސްލިމަކު ޢަމަލު ކުރަންޖެހޭ ގޮތެވެ. ޙަދީޘްގައި އޮތީ ޝުބުހައިގެ ކަންކަން ގިނަ މީހުނަށް ނޭނގޭނެކަމަށެވެ. މާނައަކީ އެނގޭނީ މަދު ބަޔަކަށެވެ. އެއީ ކޮންބައެއް ހެއްޔެވެ؟ އެއީ ޢިލްމުވެރިންނެވެ. ﷲ ތަޢާލާ އެމީހުންކުރެ ބަޞީރާ ދެއްވި މީހުނަށް ، ޢާންމުންގެ ލޯތަކަށް ނުފެންނަ ، ބުއްދިއަށް ފަހުމްނުވާ ކަންކަން ޢިލްމުވެރިންނަށް ފަހުމްކޮށްދެއްވައެވެ. އެކަމުގެ ސަބަބުން އެފަދަ ކަންކަމުގައި ޝަރުޢީ ޙުކުމަކަށް ވާޞިލުވުމަށް އެބޭކަލުންނަށް މަގުފަހި ވެގެން ދެއެވެ.
އެހެންކަމުން ތިބާ ޝުބުހައާއި ދުރައް ހިނގައްޖެނަމަ ތިބާ މިންޖުވެއްޖެއެވެ.
https://t.me/AlManarMv
1️⃣
📌 އިސްލާމްދީން ބިނާވެފައިވާ މަޤްޞަދުތަކަކީ މީސްތަކުންގެ ދީން ( އިސްލާމްދީން ) ، ފުރާނަ ، ބުއްދި ، ނަސްލު އަދި މުދާ ، މިފަސްކަންތައް ރައްކާތެރި ކޮށްދިނުމެވެ.
އެގޮތުން ޖިހާދު ފަރުޟުކުރެވުނީ ދީން ރައްކާތެރިކުރުމަށެވެ.
ޤިޞާޞް ފަރުޟުކުރެވުނީ ، ފުރާނަ ރައްކާތެރިކުރުމަށެވެ.
ރާ ޙަރާމްކުރެވުނީ ބުއްދި ސަލާމަތްކުރުމަށެވެ.
އަދި ޒިނޭ ޙަރާމް ކުރެވުނީ ނަޞްލު ރައްކާތެރި ކުރުމަށެވެ.
ވައްކަމުގެ އަދަބު ކަނޑައެޅިފައިވަނީ މުދާ ރައްކާތެރި ކުރުމަށެވެ..
ވީއިރު މުސްލިމެއްގެ މުދާ ، އޭނާގެ ކިބައިން ފޭރެވިގެން ދިޔުން ، ނުވަތަ މަކަރާއި ޙީލަތުން ދަމައިގަތުމަށް އިސްލާމްދީން ފުރުޞަތު ނުދެއެވެ. އެއީ އިންސާނާ އޭނާގެ އަމިއްލައަށް އެނަފްސަށް އަނިޔާވެރިވާން ބޭނުންވިކަމުގައި ވިޔަސްމެއެވެ.
އެހެންކަމުން އަދުގެ ވިޔަފާރި މުޢާމަލާތްތައް ވަރަށްބޮޑަށް ، ޝުބުހައާއީ ޙަރާމްކަންތައްތަކާއި ދިމާލަށްދާއިރު އެކަން މަނާކުރުމީ ﷲ ގެ ޙަޟްރަތުން ޢަޙުދުނަގައިގެން ތިބި ޢިލްމުވެރިންގެ މަސްއޫލިއްޔަތެކެވެ.
https://t.me/AlManarMv 👇
Repost from Ummathuge khabaru
📌 ސީރިޔާގެ ޙަލަބް ސަރަޙައްދުގައި އީރާން އާމީގެ ޗީފް އޮފް ސްޓާފް ބާޤިރީ ޙަރަކާތްތެރިވަމުންދާ މަންޒަރު .
ޙަލަބުގެ ރައްތައް ފަނާކޮށް ، އެތައް މުސްލިމުންނެއް ގެދޮރުން ނެރެލާ ، ރެފިޔުޖީ ޓެންޓްތަކަށް ފޮނުވާލުމަށް ، ބާޤިރީ ޕްލޭން ހަދައިދޭއިރު ބަޣުދާދީގެ "އައި.އެސް" އަށް އޯކޭތާއެވެ. އައި.އެސް އަކީ ، އިސްލާމީ އުއްމަތަށް ތުރާލެއް ލިބިގެން ކަންބޮޑުވާ ބައެއް ނޫނެވެ. އެބައިގަނޑު ކަންބޮޑުވަނީ މުސްލިމުންނަށް ތުރާ ނުޖެހިގެންނެވެ.
ބައެއްމީހުން ތަންކޮޅެއް ޢަދުލުވެރިވުމަށްކަމަށް ހިތައި ޚަވާރިޖުންނަަށް ހެޔޮއެދެއެވެ. ނަމަވެސް އެފަދަމީހުން ސީރިޔާގެ މުޖާހިދުންނަށް ބަދުބަސް ބުނެ "އައި.އެސް" ރުއްސުމަކަށް ފުރުޞަތެއް ނުދޭނަމެވެ.
މީގެކުރިން އެމެރިކާއިންް މަރާލި "ޤާސިމް ސުލެއިމާނީ" އަކީ އޭރު އީރާނުން ފޮނުވައިގެން ރަޝިޔާާ ، ސީރިޔާގެ ހަނގުރާމައަށް ވަނުމަށް ވިސްނައިދިން މީހާއެވެ. އޭނާއަކީ ބައްޝާރުގެ ވެރިކަން ގިނަދުވަސްތަކަކަށް ދިގުލައިދިޔުމުގެ އެއް ސަބަބެވެ. އީރާނުން ބައްޝާރުގެ ދިފާޢުގައި 50 ބިލިއަން ޑޮލަރާއި ގާތްކުރާވަރަށް ޚަރަދުކުރިިއިރު ، އޭގެ އަގުކަމުގައި ވެގެންދިޔައީ ސިރިޔާގެ 1މިލިއަން މުސްލިމުންގެ ލޭކަން އެނގޭހެއްޔެވެ؟
Repost from Ummathuge khabaru
📌 ސީރިޔާގެ ވައިގެ ސަރަޙައްދުގައި އޮވެގެން އިސްރާއީލުގެ ޖެޓެއް ރީފިލްކުރުމުން "އައި.އެސް" ޚަވާރިޖުންގެ މީޑިޔާތައްކަމުގައިވާ (( އެމް.ވީ.ނޫސް)) އަދި ((އެމް.ވީ.ކޮންފްލިކްޓް)) އަދި އެނޫންވެސް އެބައިގަނޑާއި ، އެބައިގަނޑަށް އެނގިގެންނާއި ، ނޭނގި ވާގިދީ ސަޕޯޓުކުރަމުންދާ މީހުނަށް ހީވީ ޙުކުމްޖަހާނެ ، އާޔަތެއް ފާޅުވީހެނެވެ.
މިފޮޓޯގައި އެވަނީ އީރާން އާމީގެ ޗީފް އޮފް ސްޓާފް "ބާގިރީ" އެވެ. އޭނާވަނީ އިސްރާއީލުން އީރާނަށްދިން ޙަމާލާތަކުގައި މަރުވެފައެވެ.
އޭ "އައި.އެސް" ގެ ޚަވާރިޖުންނޭވެ. ކަލޭމެން ކަންބޮޑުވަނީ އީރާނުގެ ޝިޔަޢީން ، ޔަހޫދީންގެ އަތުން މަރުވާތީހެއްޔެވެ؟ ބާޤިރީ އަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އޭނާއަކީ ސީރިޔާގެ އެތައް ސުންނީ މުސްލިމުންނެއް މެރުމުގައި ބައިވެރިވި އީރާނުން ސީރިޔާއަށް ފޮނުވާފައިވާ ހަނގުރާމަވެރި އިސްމީހެކެވެ. ހަނގުރާމަތައް ޕްލޭންކޮށް ހިންގައިދިން މީހެކެވެ.
ސީރިޔާއިން މިލިއަނެއްހާ މުސްލިމުން ޝަހީދުވީއިރު ، އެމުސްލިމުން ގައިން އޮހޮރިގެން ދިޔައީ ވަޅުފެން ހެއްޔެވެ؟ އޭރުގައި އައި.އެސް އާއި އެބައިގަނޑަށް ތާއީދުކުރާ މީހުންގެ ހިތަށް ޙަމްދަރުދީވުމެއް ވަނުމެއް ނުވޭހެއްޔެވެ؟
ޢީދު ޒިޔާރަތް
📌 1446 ހ. ގެ އަޟްޙާ ޢީދުގައި ، ދިވެހިން ކުރިން ދިރިއުޅެފައިވާ ދެކުނު އިދްލިބުގެ ރަށަކަށް ޒިޔާރަތްކުރުން :
https://t.me/AlManarMv
📌 إنا للّٰه وإنا إليه راجعون .
ނަރަކައިގެ ވާހަކަތަކުން މީސްތަކުން ބިރުގަންނަވައި މަރާއި އޭގެ ސަކަރާތް ހަނދުމަކޮށްދިނުމުގައި ވަރަށްބޮޑަށް އިސްކަންދެއްވި ރާއްޖޭގެ ހެޔޮލަފާ ޢިލްމުވެރިބޭކަލަކު މިދުނިޔެއާއި ވަކިވީއެވެ. ނަމަވެސް އެފުރާނަ ވަކިވެގެން އެދިޔައީ ، އެންމެ ފަހުވަގުތުވެސް ﷲ ގެ ދީނުގެ ދަޢުވަތަށްޓަކައި ، އަނބިދަރިންނާއި އެކުވެރިންނާއި ދުރަށް ފުރައިގެންގޮސްފައި ވަނިކޮށެވެ.
{ وَمَنۡ أَحۡسَنُ قَوۡلࣰا مِّمَّن دَعَاۤ إِلَى ٱللَّهِ وَعَمِلَ صَـٰلِحࣰا وَقَالَ إِنَّنِی مِنَ ٱلۡمُسۡلِمِینَ }
اللَّه ގެ ހަޟުރަތަީށް (އައުމަށް) ގޮވާލައި، އަދި ޞާލިޙު ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟
[ފުއްޞިލަތުގެ 33]
މިއާޔަތުގައިވާފަދައިން ﷲ ގެ ދީނުގެ ދަޢުވަތުގައި ނިކުންނެވި ޝެއިޚް ފަރީދުގެ ފުރާނަ ﷲ ގެ ޙަޒުރަތުގައި ، އެއިލާހުގެ މެހެމާންދާރީގައި ލައްވާށިއެވެ.
{ نُزُلࣰا مِّنۡ غَفُورࣲ رَّحِیمࣲ }
ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.
[ސޫރަތުލް ފުއްޞިލަތު 32]
https://t.me/AlManarMv
📌 تقبل الله منا ومنكم صالح الأعمال
ބަރަކާތްތެރި އަޟްޙާޢީދުގެ ތަހުނިޔާ އިސްލާމީ އުއްމަތަށް އަރިސްކުރަމެވެ.
މިޢީދަކީ އިސްލާމީ އުއްމަތް ޢިއްޒަތްތެރިކުރުވާ ނަޞްރުވެރި ކުރުވަނިވި ޢީދެއްކަމުގައި ލައްވާށިއެވެ. އަދި ޣައްޒާއާއި އެންމެހައި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމުންގެ ހިތްތަކަށް އުފާވެރިކަމާއި ފާޤަތިކަން ގެނެސްދެނިވި ޢީދެއްކަމުގައި ލައްވާށިއެވެ.
عيد مبارك
https://t.me/AlManarMv
📌 الحمد لله
ﷲ ގެ ރަޙުމަތާއެކު ، ޣައްޒާގެ 2000 އެއްހާ މުސްލިމުންގެ ހައިހޫނުކަން ވަގުތުކޮޅަކަށް ނަމަވެސް ފިލައިގެން ދިޔުން
ތިޔަފެންނަނީ ޙައްޖުމަހުގެ 9 ވަނަދުވަސް ، ޢަރަފާތްދުވަހުގައި ޣައްޒާގެ މުސްލިމުންނަށް ފޯރުކޮށްދެވުނު އެހީއެވެ. މި އެހީ ފޯޯރުކޮށްދިނުމުގައި ، ދިވެހިރާއްޖޭގެ މުސްލިމުންގެ ބައިވެރިވުން ލިބިފައިވެއެވެ. ﷲ ތަޢާލާ އެއަޚުންނާއި އުޚްތުންގެ މުދަލުގައި ބަރަކާތްލައްވައި އިތުރުކޮށްދެއްވާށިއެވެ. އަދި ދުނިޔޭގެ އެންމެހައި މުޞީބާތްތަކުން އެއަޚުންނާއި އެއަޚުންގެ އަހުލުން ރައްކާތެރިކޮށްދެއްވާށިއެވެ.
އޭ މުސްލިމުންނޭވެ! ތިބާ ކުޑަ އެއްޗެއްކަމުގައި ހޭދަކުރާ ކަދުރުފަޅިވަރު ، މީޒާނުގައި ބަރުވެ ، ތިބާ ނަރަކައިން މިންޖުކޮށްދީފާނެއެވެ. ފަހެ ޣައްޒާއާއި އެނޫންވެސް މުސްލިމް ބިންތަކަށް ތިޔައަތްތަކުން ދީލަތިވެލާށެވެ.
އަބީ ކަބްޝާ ޢަމްރުބިން.ސަޢުދު އަލްއަންމާރީ ރަޟިޔަﷲ ޢަންހުގެ ކިބައިން މަރްފޫޢުކޮށް ގެންނަވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
(( އަޅެއްގެ މުދާ ، ޞަދަޤާތަކުން އުނިވެގެން ނުދާހުއްޓެވެ. ))
[ރަވާހުއްތިރްމިޛީ ]
https://t.me/AlManarMv
އޭ އެންމެހައި ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. މަސްޖިދުލް އަޤްސާގައި ތިޔަ އިލާހަށް ސަޖިދަކުރުމުގެ ހެޔޮތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ. އަދި ތިޔަ އިލާހުގެ ދީނުގެ ޚިދުމަތުގައި އަޅަމެން ލައްވާށިއެވެ. އަޅަމެންގެ މައިންބަފައިންނާއި އަނބިދަރިން އަދި އަޅަމެންގެ ނަފްސުތައް ނަރަކައިގެ ޢަޛާބުން މިންޖުކުރައްވާށިއެވެ. އަޅަމެންނަށް ޢިލްމު އުނގަންނައިދިން މަޝާއިޚުންނާއި ، އަޅަމެންގެ މައްޗަށް އެބައެއްގެ ފަޟުލުވާ އެންމެހައި މީހުންގެ ފާފަތައް ފުއްސަވައި ތިޔަ އިލާހުގެ ރުއްސެވުން އެމީހުނަށް ލަައްވާށިއެވެ.
އަޅަމެންގެ ކަންކަން ބަލަހައްޓަވާ އަޅަމެންގެ މައްޗަށް އޯގާވަންތަ އިލާހެވެ. ތިޔަ އިލާހުގެ އޯގާވަންތަކަމުން އަޅަމެންގެ މައްޗަށް ފޮނުއްވި ތިޔަ އިލާހުގެ ލޮބުވެތިރަސޫލާ މުޙައްމަދު ﷺ އަށް މަޤާމުލް މަޙްމޫދު ދެއްވާށިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް އުޑާއި ބިމުގައި ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ޖަންނަތުގައި އަޅަމެންވެސް ލައްވާށިއެވެ. ތިޔަ އޯގާވަންތަ އިލާހާއި އެންމެ ކުއްތަންކުރެވިގެންވާ އަޅުންގެ ދަރަޖައަށް އަޅަމެން އުފުއްލަވާށިއެވެ. އަޅަމެންގެ ޢަމަލަކުން ނޫނެވެ. އެހެނެއްކަމަކު ތިޔަ ދީލަތިވަންތަ ، ރަޙްމާންވަންތަ އިލާހުގެ ތަނަވަސް ރަޙުމަތުންނެވެ.
اللهم آمين .
https://t.me/AlManarMv
📌 އޭ އިސްލާމީ އުއްމަތެވެ! މާދަމާއަކީ މިއަހަރުގެ ޢަރަފާތު ދުވަހެވެ. މުޅިއަހަރުގަައި އަންނަ އެންމެ ހެޔޮވެގެންވާ 10 ދުވަހުގެ ތެރެއިންވެސް އެންމެ ހެޔޮވެގެންވާ ދުވަހެވެ. އެދުވަހެއްގައި އެންމެ ގިނައިން ފާފަފުއްސެވޭ ދުވަހެވެ.
ލައިލަތުލްޤަދްރި ވިލޭރޭ މަލާއިކަތުންނާއި ، ޖިބްރީލުގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާއިރު ، ޢަރަފާތްދުވަހުވައި ، ދުނިޔޭގެ އުޑަށް ފައިބާވަޑަައިގަންނަވަނީ ރައްބުލް ޢާލަމީން އެވެ.
އެހެންކަމުން އެމީހެއްގެ ޙާޖަތެއް އޮވެއްޖެމީހާ "އައްޞަމަދު" ގެ ކިބައިން އެދޭށެވެ. އެއީ ބަދަލަކާއި ނުލައި ދެއްވަވާ އަލްވައްޙާބެވެ. އަދި ބަދަލުހިތްޕެވުމަކާ ނުލައި ، އަޅާގެ ފާފަތައް ފުއްސަވާ ، އަލްޣައްފާރެވެ. އަދި ތިބާގެ އެދުމަކާ ނުލައި ތިބާގެ މައްޗަށް އެއޯގާވެރި އިލާހުގެ ރަޙުމަތް ތަނަވަސްވެގެންވާ އައްރަޙީމެވެ. މުއުމިނު އަޅުންގެ މަައްޗަށް އެ ރަޙުމަތް އިތުރުވެގެންވާ އައްރަޙްމާނެވެ.
ވީއިރު ފާފައިން ފޯވެފައިވާ ނަފްސެވެ. ޣާފިލުކަމުގައި ޙަޔާތުގެ އަގުބޮޑު ވަގުތުތައް ގެއްލުވާލާފައިވާ ނަފްސެވެ. ﷲ ގެ އުޑުދަށުން ހިޔާވަހިކަން ހޯދައި ، އެއިލާހުގެ ރިޒްޤުން ރިޒްޤުކައި ، އެއިލާހުގެ ބިމުގެމަތީގައި ދިރިއުޅޭއިރު ، ﷲ އަށް އުރެދެނީ ކޮންފަދައަކުން ހެއްޔެވެ؟
އޭ ނިކަމެތި އިންސާނާއެވެ. ﷲ އަށް ރުޖޫޢަވުމެއް ތިބާގެ ކިބައިގައި ނުވޭ ހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި ތައުބާއަށް އެދި ދުޢާއަށް އަތް އުފުލާލުމަށް ތިބާ ނުކުޅެދެނީ ހެއްޔެވެ؟ ﷲ އަށް ދުޢާކުރުންވެސް ލަދުވެތި ކަމެއްގެ ގޮތުގައި ޝައިޠާނާ ތިބާއަށް ދައްކަނީ ހެއްޔެވެ؟ ނުވަތަ ތިޔަ ނަފްސުގެ ފާފައިގެ ގިނަކަމުން މިންޖުނުވާނެ ކަމަށް ޝައިޠާނާ ބުނެ ، ތިޔަނަފްސު ފާފައިގެތެރެއަށް ޣަރަޤު ކުރަނީ ހެއްޔެވެ؟
ނޫނެކެވެ. އޭ ﷲ ގެ އަޅާއެވެ! ހޭވެރިވާށެވެ. މިއަދު ﷲ ތަޢާލާގެ ފުއްސެވުން ހަނދުމަކުރަންވީ ދުވަހެވެ. އާއެކެވެ. ތިބާގެ މުޅި ޙަޔާތް ފާފައިގެތެރޭގައި ތަތްތެޅިފައި ވީނަމަވެސް ވެއެވެ. އަދި ކިއެއް ހެއްޔެވެ؟ ތިބާ ބިންފުރެންދެން ފާފަކޮށްފައި ވީނަމަވެސް އަލްޣައްފާރު ވަންތަ އިލާހު ތިބާއަށް ފާފަ ފުއްސަވާނެއެވެ. ތިބާ ތައުބާއަށް އެދިގެން އައިސްފިނަމަ ތިބާ ތައުބާއާއި ނުލާ ހުސްއަތާ އެއިލާހު ތިބާ ފޮނުވާ ނުލައްވައެވެ. ނަމަވެސް ތިބާގެ ކިބައިގައި އިޚްލާޞްތެރި ނިޔަތެއްވާނަމައެވެ.
އޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. އެކަކު އަނެކަކަށް މަޢާފުކުރާށެވެ. ތައުބާއާއި ފާފަފުއްސެވުމަށް އަވަސްވެގަންނާށެވެ. މިއަދު ތިބާ ދިރިހުއްޓެކަމަކު ، މާދަމާ ތައުބާއަށް އެދި ދެއަތް އުފުލާލުމަށް ތިބާގެ އަތް ޙަރަކާތްކުރުމަށް ތިޔަ ފުރާނަ ހަށިގަނޑުގައި ނުހުރެދާނެއެވެ. އޭގައިވާ ޢަމަލަކާއިގެން އެ ފުރާނަ ތިޔަހަށިގަނޑާއި ވަކިވާނެއެވެ.
ވީއިރު ބުއްދިވެރިއަކީ މިދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހާއެވެ. ފަހަރުގައި މާދަމާ ތިބާގެ ދުޢާއިން ، ތިބާއަށް ނަރަކައިގައިވާ ޢަޛާބުން މިންޖުވެ ، ޖަންނަތުގެ އަހުލުވެރިއެއްކަމުގައި ލިޔެވިގެން ހިނގައި ދާނެއެވެ.
ފަހެ ﷲ ތަބާރަކަވަތަޢާލާއާއި މެދު ހެޔޮކޮށް ދެކޭށެވެ. ދެން އެއަށްފަހު އެދޭށެވެ.
އުއްމަތުގެ ސަލަފުއްޞާލިޙުން އެބޭކަލުންގެ ޙާޖަތްތައް ، ދެންނެވުމަށް މިފަދަ ދުވަސްތަކަށް ރައްކާކޮށްފައި ބަހައްޓައެވެ. ވީއިރު އަހަރެމެންގެ ޙާޖަތްތައް އެއިލާގުގެ ޙަޟްރަތުގައި ނުދަންނަވަންވީ ކީއްވެހެއްޔެވެ؟
ޔާ ﷲ ، މިއުންމަތުގެ މުސްލިމުން ، ތިޔަ އިލާހުގެ ރުއްސެވުމަށް ރުޖޫޢަކުރައްވާށިއެވެ. މުސްލިމް ފިރިހެންތަކުންނާއި އަންހެންތަކުންގެ ފާފަ ފުއްސަވާށިއެވެ . މުސްލިމުން ކުރެ މަރުވެގޮސްފައިވާ މީހުނަށް ރަޙުމަތް ލައްވާށިއެވެ.
ޔާ ﷲ ، މާތް ނަބިއްޔާގެ މި އުއްމަތަށް ހެޔޮމަގަށް މަގުދައްކަވާ ޢިއްޒަތް ކުރައްވާށިއެވެ. އުއްމަތުގެ ޒުވާނުންނީ ތިޔަ އިލާހުގެ ދީނަށް ލޯބިކުރާ ، މާތްނަބިއްޔާ ގެ ސުންނަތަށް ތަބަޢަވާ ބަޔަކު ކަމުގައި ލައްވާށިއެވެ.
އެންމެހަައި އާރަކާއި ބާރެއްގެ ވެރި އިލާހެވެ. އެންމެހައި ތަކެއްޗެއްގެ މިލްކުވެރި އިލާހެވެ. ތިޔައިލާހީ ، ތިޔައިލާހު އެދިވޮޑިގަންނަވާ އަޅަކު ޢިއްޒަތް ކުރައްވާ އާރާއި ބާރު ދެއްވަވާ އިލާހެވެ. އަދި ތިޔައިލާހު އެދިވޮޑިގަންނަވާ އަޅަކުގެ ކިބައިން އާރާއި ބާރު ނަންގަވާ ، ނިކަމެތިކުރަައްވާ އިލާހެވެ. އޭ އަޅުތަކުންގެ ވެރި ، ކުޅަދުންވަންތަ ޢިއްޒަތްވަންތަ އިލާހެވެ. ޔަހޫދީންގެ ބާރު ނެތިކުރައްވާ އެބައިމީހުންގެ ގަދަފަދަކަން ނިކަމެތި ކުރައްވާށިއެވެ. އަދި އެބައިމީހުންގެ އެއްބައިވުން ، ބައިބައި ކުރައްވާށިއެވެ. އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާށިއެވެ.
ޔާ ﷲ ، ޣައްޒާގެ މުޖާހިދުން ތިޔަ އިލާހުގެ ނަޞްރުން ޢިއްޒަތްކުރައްވާށިއެވެ. އެއަޚުންގެ ހިތްތަކަށް ސާބިތުކަން ލައްވާށިއެވެ. އެއަޚުންގެ މީސްކޮޅު ، އެއްބައިވަންތަ ކުރުވާށިއެވެ. އެހަށިތަކުގައި ބަރަކާތްލައްވާ ، ބަލިމަޑުކަމާއި ޢާފާތްތަކުން އެމުސްލިމުން މިންޖުކުރައްވާށިއެވެ.
Repost from Ummathuge khabaru
⭕ މިލިޔަނުން މުސްލިމުން ، މައްކާގެ ޙަރަމްފުޅަށް އެއްވެ ، ޙަައްޖުގެ އަޅުކަން އަދާކުރާއިރު ، ބައެއްމީހުން ތަކުރާރުކޮށް ޙައްޖާއި ޢުމްރާކުރުމަށް ، ދަައްކާ ޖިޒިޔަ މިވަނީ ، ސަޢޫދީއިން ، އެމެރިކާއަށް އެއްކޮށްދޭ ޓްރިލިއަން ޑޮލަރަށް ވެފައެވެ.
ފަހެ މިލިއަންމީހުން ﷲ ގެ ދީން ދިފާޢުކުރުމުން އެއްކިބާވެގެންވާ ޙާލު އަދި ﷲ ގެ ދީން ދިފާޢުކުރުމަށް ، ޖިހާދަށް ހޭދައެއްކޮށްލުމަށް ނުކެރޭއިރު ، ގެފުޅުދޮށުގައި ހުރެ ، ނަޞްރުދެއްވާށޭ މިކިޔަނީ މިއީ ކޮން އުޞޫލަކުން ހެއްޔެވެ؟
އެނގޭ ހެއްޔެވެ؟ ﷲ ގެ ރަސޫލާ މައްކާގައި ޢުމުރުގެ ބޮޑުބައި ހޭދަކުރައްވާފައި ވާއިރު ، އަދި ދަޢުވަތަށްޓަކައި ހިޖުރަކޮށްފައި ވާއިރު ، މުޅި ޢުމުރުގައިވެސް ކުރެއްވީ އެންމެ ޙައްޖެކެވެ.
އަދި ނަޞްރު ދެއްވުމަށް ދުޢާކުރެއްވީ ކަޢުބާގެ ކައިރިޔަކު ނޫނެވެ. މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމައަށް ނިކުމެ ، ލަޝްކަރު ރުކުރުވާލުމަށްފަހު ، ބަދުރުގެ މައިދާނުގައެވެ.
ވީއިރު ، އޭ އިސްލާމީ އުއްމަތެވެ! ތިޔަބައިމީހުން އުއްމަތަށް ނަޞްރުއެދޭނަމަ ، ނަބިއްޔާގެ ސުންނަތް އެވަނީ ސާފުކޮށް ފާޅުކޮށް ފެންނާށެވެ. މާތްނަބިއްޔާ ހިންގެވިމަގު ދޫކޮށް އެހެން ގޮތްތަކުގައި ހިފާފައި ، ނަޞްރުނުލިބިގެން ކޯރެއްގެ ކަރުނައެޅިޔަސް އެދުޢާއިން އުއްމަތަށް ކުރާނެ ފައިދާއެއް ވޭހެއްޔެވެ؟ އެހެނީ ، ޙަރާމް އެއްޗެހިކައިފައި ، ޙަރާމް އެއްޗެހި ބޮއެފައި ، ޙަރާމްގޮތުގައި ހޯދާފައިވާ ލިބާސްލާފައި ، ދެން ދެއަތްއުފުލާމީހާގެ ދުޢާ އިޖާބަނުކުރެއްވެނީ ، އޭނާ ﷲ އަށް އުރެދިފައިވާތީއެވެ. ފަހެ މިއަދު ﷲ ގެ މަގުގައި ޖިހާދުނުކޮށް ، ނިފާޤުކަން ދީންކަމުގައި ހެދުމަށްވުރެ ވަކިންބޮޑު ޚިޔާނާތެއް ކޮބައިހެއްޔެވެ؟
ވީއިރު ﷲ ގެ ދީން ދިފާޢުކުރާ މުޖާހިދުންނަށްވުރެ ، ޙައްޖުވެރިންނަށް ފެންދީ ގެފުޅަށް ޚިދުމަތްކުރާމީހުން ހެޔޮކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟
{ أَجَعَلۡتُمۡ سِقَایَةَ ٱلۡحَاۤجِّ وَعِمَارَةَ ٱلۡمَسۡجِدِ ٱلۡحَرَامِ كَمَنۡ ءَامَنَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ وَجَـٰهَدَ فِی سَبِیلِ ٱللَّهِۚ لَا یَسۡتَوُۥنَ عِندَ ٱللَّهِۗ وَٱللَّهُ لَا یَهۡدِی ٱلۡقَوۡمَ ٱلظَّـٰلِمِینَ }
ޙައްޖުވެރިންނަށް ބޯފެންދީ، ޙުރުމަތްތެރިވެގެންވާ މިސްކިތް ހިންގައި ބަލަހައްޓައިއުޅޭ މީހަކާއި، اللَّه އަށާއި، އާޚިރަތްދުވަހަށް އީމާންވެ، اللَّه ގެ މަގުގައި ޖިހާދުކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ اللَّه ގެ ޙަޟްރަތުގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެތެވެ. އަނިޔާވެރި ބަޔަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
[ސޫރަތުއް ތައުބާ 19]
އެހެންކަމުން ތިބާ ބަލައިލާށެވެ. މީސްތަކުންގެ ނަޒަރުގައި އެބައިމީހުން ކިތަންމެ މަތިކުރި ނަމަވެސް ، ޙަޤީޤީ މުޖާހިދުންގެ ލެވެލްއަށް އެބައިމީހުންނަށް ނާދެވެއެވެ. އަދި ކިއެއް ހެއްޔެވެ؟ ﷲ ތަޢާލާ މުޖާހިދުން ސިފަކުރައްވާފައިވަނީ އެއީ ކާމިޔާބުގެ އަހުލުންގެ ގޮތުގައެވެ. ފަހެ ތިބާ ޖެހިގެން އިން އާޔަތް ބަލައިލާށެވެ. ފަހަރުގައި އަންތަރީސްކުރުވަފާނެއެވެ . ނަމަވެސް މިއީ އަހަރެމެންނަށް ބަޔަކުމީހުން ފޮރުވައިފާއިވާ ، މި ދީނުގެ ޙަޤީޤަތެވެ .
{ ٱلَّذِینَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِی سَبِیلِ ٱللَّهِ بِأَمۡوَ ٰلِهِمۡ وَأَنفُسِهِمۡ أَعۡظَمُ دَرَجَةً عِندَ ٱللَّهِۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡفَاۤىِٕزُونَ }
އީމާންވެ ހިޖުރަކޮށް، اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކޮށް އުޅުނު މީހުންނީ، اللَّه ގެ ޙަޟްރަތުގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ، އެއީކާމިޔާބު ލިބިގެންވާ މީހުންނެވެ.
[ސޫރަތުއް ތައުބާ 20]
ދެން ތިބާ މަތީގައި އެވާ އާޔަތް ، އޭގެ ކުރީގެ އާޔަތާއި ގުޅުވާލާށެވެ. އަދި އަދުގެ އުއްމަތުގެ ޙާލަތާއި ، ޤުރުއާނުގެ އެއާޔަތް ބާވައިލެއްވިގެން ދިޔަ ގޮތާއިމެދު ވިސްނާލާށެވެ. އެއީ މަދީނާގައި މުސްލިމުންތައް ޖަމާވެ މުސްލިމުންނަށް ﷲގެ ދީނަށް އުޅެވޭނެ މިނިވަން ބިމެއް ދައުލަތެއްގެ ގޮތުގައި ބިނާކުރަމުން ދިޔަ ދުވަސްވަރެވެ. އޭރުގައި ހިޖުރަކުރުން ވާޖިބުވެގެން ވެއެވެ.
މިހިސާބުން ހިޖުރައަށް ތިބާ ނަޒަރު ހިންގާލާށެވެ. ދެން އެއަށްފަހު 2 ވަނަ އާޔަތުގެ ތަރުތީބާއިމެދު ވިސްނާލާށެވެ. އީމާންވުމެވެ. ދެން ހިޖުރަކުރުމެވެ. ދެން އޭނާގެ މުދަލާއި ނަފްސުން ޖިހާދު ކުރުމެވެ. އާއެކެވެ. ޖިހާދުކުރުމެވެ. ނަމަވެސް ގިނަމީހުން ބުނާނީ ތިބާ ތިޔައުޅެނީ ވަރަށް މޮޔަކަމެއް ކުރުމަށްކަމަށެވެ. ހައްދުފަހަނައެޅުމަށެވެ.
އެހެނަސް ހަމަޖެހިލާފައި ﷲ ގެ އިރުޝާދަށް އެދި ދަންނަވަން ކިހިނެއްވާނެ ހެއްޔެވެ؟ އެއިލާހަށްވުރެ ހެޔޮގޮތެއް ދެއްކޭނެ ފަރާތެއް ވޭހެއްޔެވެ؟
އެނގޭހެއްޔެވެ؟ ތިބާ އީމާންވުމަށްފަހު ، ހިޖުރައާއި ޖިހާދު އިޚްތިޔާރު ކުރާނަމަ ﷲ ތަޢާލާ ތިބާއަށް އުފާވެރިކަމުގެ ޚަބަރު އެބަދެއްވައެވެ. އާއެކެވެ. ތިބާއަށެވެ.
{ یُبَشِّرُهُمۡ رَبُّهُم بِرَحۡمَةࣲ مِّنۡهُ وَرِضۡوَ ٰنࣲ وَجَنَّـٰتࣲ لَّهُمۡ فِیهَا نَعِیمࣱ مُّقِیمٌ }
[އައްތައުބާ 21]
📌އޭ ﷲ ގެ އަޅާއެވެ. ޝަހީދެއްގެ ހަށިގަނގު ލެއިންފޯވެފައިވާއިރު ، ތިބާ އެހަށިގަނޑާމެދު ހިތާމަނުކުރާށެވެ. އަހަރެމެން ހިތާމަކޮށް ރޮއެހަދަންވީ އަހަރެމެންގެ ޙާލާއިމެދުގައެވެ.
މިޤްދާމް ބިން މަޢްދިކަރިބް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. :
(( ޝަހީދަކަށް ، ﷲ ގެ ޙަޟުރަތުގައި ހަ ކަމެއް ވެއެވެ. : އޮހޮރިގެންދާ ފުރަތަމަ ލެޔާއެކު އޭނާގެ ފާފަތައް ފުހެވިގެން ދެއެވެ. އަދި އޭނާއަށް ޖަންނަތުގައިވާ މަޤާމު ދެއްކެވެއެވެ. އަދި އޭނާ ޤަބުރުގެ (ކަައްވަޅުގެ ) ޢަޛާބުން ރައްކާތެރި ކުރެވެއެވެ. އަދި އޭނާ އެންމެބޮޑުވެގެންވާ ފަޒަޢުން ( ޤިޔާމަތްދުވަހުގެ ކަންތަކުން) އަމާންކަން ލިބިގެންދެއެވެ. އޭނާގެ ބޮލުގައި ވަޤާރުގެ ތާޖު އެޅުވިގެންދެއެވެ. އޭގައިވާ ޔާޤޫތެއްވެސް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮކަންބޮޑުވެގެން ވެއެވެ. އަދި އޭނާގެ އަނބިންގެ ގޮތުގައި ޙޫރަލްޢީނުންކުރެ ، ހަތްދިހަދެކަނބަލުންނާއި ކައިވެނިކުރެވިގެންދެއެވެ. އަދި އޭނާގެ ގާތްތިމާގެ މީހުންކުރެ ހަތްދިހަ މީހުނަށް ޝަފާޢަތްތެރިވެވޭނެއެވެ.))
[ރަވާހުއް ތިރްމިޛީ ، އަލްބާނީ ޞައްޙަކުރައްވާފައިވާ ]
https://t.me/AlManarMv
+1
📌 އައްޝެއިޚް ޑރ.ނާއިލް ބިން ޣާޒީ މަޞްރާން ( އަބޫ މަޙުމޫދު ) ، ޣައްޒާގެ ޝަހީދުންގެ ޤާފިލާގައި ހިމެނިގެން ދިޔުން :
ޝެއިޚް ނާއިލް އަކީ ޣައްޒާގެ މުޖާހިދުންނަށް ދަތިވަގުތު ތަކުގަައި ހިތްވަރުލައިދީ ، ޣައްޒާގެ ރައްޔިތުން ޔަހޫދީންނާއި ދެކޮޅަށް ހޭލުންތެރިކުރުވައި ، ތޫފާނުލް އަޤްޞާގެ މުޖާހިދުންނަށް ސާބިތުކުރުމުގައި އިސްދައުރެއް އަދާކޮށްފައިވާ ޝެއިޚެކެވެ. އަދި އުއްމަތުގެ އެކި ކަންކޮޅުތަކަށް ނަޞޭޙަތްތެރިވެ ، ދަރުސްދެއްވުމުގައި ޙަޔާތް ހޭދަކޮށްފައިވާ ދާޢީއެކެވެ.
އަފްޣާންގެ ޖިހާދަށް ނަޞްރުވެރިވުމުގައި ، ޠާލިބާނުން ނެރެމުންދިޔަ ރަސްމީ މަޖައްލާއަށް ދީނީލިޔުންތައް ލިޔަމުންދިޔަ ޝެއިޚެކެވެ. އަދި ޝާމުގެ ސީރިޔާގެ ޖިހާދަށް ނަޞްރުވެރިވުމުގައި ، ދަތިވަގުތު ތަކުގައި ، ޝަރުޢީހަމަތަކާއި އުޞޫލުތަކާއެއްގޮތަށް ، ޝާމުގެ މުޖާހިދުންނަށް ސާބިތުކަން ގެނެސްދިިނުމުގައި މަސައްކަތްކޮށްފައިވާ ޝެއިޚެކެވެ.
ނަމަވެސް މިއަދު އެމުޖާހިދު ، ޣައްޒާގެ ޚާން ޔޫނުސްއަށް ، އިޒްރޭލުން ދިން ޙަމަލާގައި އެވަނީ ޝަހީދުވެފައެވެ. ފަހެ އުއްމަތުގެ މުޖާހިދު ޢިލްމުވެރިންގެ ލޭގެދިފާޢުގައި ތެދުވާނެ ދަރިއަކު ވޭހެއްޔެވެ؟
https://t.me/AlManarMv
📌 إنا لله وإنا إليه راجعون .
ޣައްޒާގެ މުޖާހިދުންގެ ދީނީ ދަންމަރުތަކުން ، ދަންމަރެއްގެ ހުޅުކޮޅު ، ބަނޫ ޞުހްޔޫނީންގެ ހަމަލާގައި ނިވިގެން ދިޔައީއެވެ. ސިވިލް އިންޖިނިއަރިންގ އިން މަތީ ތަޢުލީމް ޙާޞިލްކޮށް އަދި ، ޝަރުޢީ ޢިލްމުގެ އުޞޫލުލް ފިޤްޙުން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ ޝެއިޚް ނާއިލް ބިން ޣާޒީ މިފަނާވަނިވި ޢާލަމާއި ވަކިވީއެވެ. ޝަހީދެއްގެ ގޮތުގައެވެ. ޔަހޫދީންގެ އަނިޔާގެ ސަބަބުން ކާބޯތަކެއްޗާއި ، ބޯފެނަށް ދާންދެން މަޙްރޫމްވެފައިވާ އެނަފްސު ، ޢަރުޝީގެ ދަށުގައިވާ ފެހި ދޫނިތަކުގެ ބަނޑުގައި ، ޖަންނަތުގެ މޭވާތަކުން ބަނޑުފުރާލުމަށެވެ. އަދި ޖަންނަތުގެ ފެންއާރުތަކުން ، ދުނިޔޭގެ އެކަރުހިތްކުން ފިލުވާލައި އެނަފްސު އަރާމުކޮށްލުމަށެވެ.
ﷲ ތަޢާލާ ، ޝެއިޚްގެ ފުރާނަ ، ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝުހަދާއިންނާއި އެކީ ލައްވާށިއެވެ.
{ وَلَا تَحۡسَبَنَّ ٱلَّذِینَ قُتِلُوا۟ فِی سَبِیلِ ٱللَّهِ أَمۡوَ ٰتَۢاۚ بَلۡ أَحۡیَاۤءٌ عِندَ رَبِّهِمۡ یُرۡزَقُونَ (.) فَرِحِینَ بِمَاۤ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ وَیَسۡتَبۡشِرُونَ بِٱلَّذِینَ لَمۡ یَلۡحَقُوا۟ بِهِم مِّنۡ خَلۡفِهِمۡ أَلَّا خَوۡفٌ عَلَیۡهِمۡ وَلَا هُمۡ یَحۡزَنُونَ .}
[އާލު ޢިމްރާން 169, 170]
https://t.me/AlManarMv
