Sheikh Ismail Riyaz
Open in Telegram
BIS (2011) | MFQ (2015) | Former Lecturer | A Writer of Grade 9, 10, 11, 12 Islam Books. Admin: @kandoodhuwy
Show moreThe country is not specifiedEducation118 718
962
Subscribers
No data24 hours
No data7 days
No data30 days
Posts Archive
ދެ މީހުންގެ ދެމެދުގައި ޖެހުނު ކޫސަނި މައްސަލައެއްގައި ފިރިމީހާ އަނބިމީހާ ދިމާއަށް ބުންޏެވެ: ”6 މަސް ވާންދެން އަހުރެން ކަލެއާ ޖިމާޢުއެއް ނުކުރާނަން!“. މި ޢިބާރާތްކޮޅަށް އީލާއުގެ ޙުކުމްތައް ނުހިނގާ ސަބަބަކީ:
Repost from Bunyaan
އޮންލައިންކޮށް އެމްސީކިޔުތައް ހަދައިލެވޭ. ލިބުނު ޕޮއިންޓު ވަގުތުން އެނގޭ. ރަނގަޅު ޖަވާބުތަކާއި ނުބައި ޖަވާބުތައް ވަގުތުން ބަލައިލެވޭ. ތަކުރާރުކޮށް ހަދައިލެވޭ. ކިހާ ފައްކާ ދޯ!
އަވަހަށް ޖޮއިންކޮށްލައްވާ:
https://t.me/sscislam2000mcq
Repost from Bunyaan
ގުރޭޑް 9 އަދި 10 ގެ ކުދިންނަށް މިވަރެއް ނޯންނާނެ!
ޓެލެގްރާމް ގުރޫޕާ ޖޮއިންކުރައްވާ!
https://t.me/sscislam2000mcq
ދިމާވި ކަމަކާހުރެ ހިތްހަމަނުޖެހިގެން، ޔޫސުފް އޭނާގެ އަނބިމީހާ މަރިޔަމްއާ ދިމާއަށް ބުންޏެވެ: "ކަލޭ އަހަރެންގެ ފަހަރި ޢާއިޝާފަދައޭ". މިއީ:
ކައިވެނި ފަސްޚުކުރެވެނީ (އުވައިލެވެނީ ނުވަތަ ރޫޅާލެވެނީ): (1) ކައިވެނީގައި ދިމާވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން، (2) ނުވަތަ ޤާޟީގެ ޙުކުމަކުންނެވެ. މި ޖުމްލަ:
(ބާއިން ބައިނޫނާ ސުޣުރާ) އާއި (ބާއިން ބައިނޫނާ ކުބުރާ) ގެ ތަފާތަކީ
ޙާނޫތުތަ؟ ނުވަތަ ޚާނޫތުތަ؟
ގުރޭޑް 10 ގެ އިސްލާމް ފޮތުގެ "އިސްލާމީ ޙަޟާރަތު ފެތުރުމުގައި މުސްލިމު ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ ދައުރު" މި ފިލާވަޅުގައި "ވިޔަފާރި މަގުތަކުގައި އަރާމުކޮށްލަން މަޑުކުރާނެ ތަންތަން ހެދުން" މި އަރިމަތީ ސުރުޚީގެ ދަށުން ވާހަކަދައްކަވާފައިވާއިރު، މުސްލިމުން ޙާނޫތުތައް ތައްޔާރުކުރި ވާހަކަ އޮވެއެވެ.
އެ ގޮތުން، ބައެއް ތަންތަނުގައި (ޙާނޫތު) މި ގޮތަށް ހާގެ ތިރީގައި ނުކުތާ ޖަހައިގެން ލިޔެފައި، އަނެއްބައި ތަންތަނުގައި (ޚާނޫތު) މި ގޮތަށް ހާގެ މަތީގައި ނުކުތާ ޖަހައިގެން ލިޔެފައި ވެއެވެ. މި ތަނުން ރަނގަޅު ގޮތަކީ، ޙާނޫތު އެވެ. ބައެއް ތަންތަނުގައި ހާގެ މަތީގައި ނުކުތާ ޖެހިފައި އެ އޮތީ ކުށަކުންކަމަށް ބެލެވެއެވެ.
ޙާނޫތު (الحَانُوتُ) އަކީ ވިޔަފާރިކުރާ ތަނަށް ކިޔައިއުޅުނު ނަމެކެވެ. އެހެން ޢިބާރާތަކުންނަމަ ފިހާރައަށް ކިޔައިއުޅުނު ނަމެކެވެ. މި ޒަމާނުގައި ފިހާރަތަކަށް އެ ނަން ކިޔާތީއެއް ނުފެނެއެވެ. އެހެންނަމަވެސް، އިސްލާމީ ތާރީޚު ފޮތްތަކަށް ބަލައިލާއިރު، އޭރުގެ ފިހާރަތަކަށް ނިސްބަތްކޮށް ޙާނޫތު އޭ ކިޔުމީ ނުހަނު ގިނަ ކަމެކެވެ.
މި ފިލާވަޅުގައި ޙާނޫތު ބޭނުންކޮށްފައި ވަނީ، ވިޔަފާރި މަގުތަކުގައި ދަތުރުވެރިން އަރާމުކޮށްލުމަށް މަޑުކޮށްލަން ހަދާފައި ހުންނަ ތަންތަނުގެ މާނައިގައެވެ. އަދި އިތުރަށް ސިފަކޮށްދޭން ބުނެފައިވަނީ "މިއިން ކޮންމެ ޙާނޫތެއްގައި މައިދާނެއް އޮވެފައި އޭގެ ވަށައިގެން ހޯލުތަކާއި ކޮޓަރިތައް ހުރެއެވެ..." މިފަދައިންނެވެ. މާނައަކީ އެއީ އަރާމުވެސްކޮށްލެވޭ ގޮތަށް އަދި ވިޔަފާރިވެސްކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.
އިސްމާޢީލް ރިޔާޟް، ތ. ކަނޑޫދޫ
#dheenee_liyun
އަހަންނަކީ: (މިއީ ޗެނަލުގަ ތިބި ސުކޫލް ދަރިވަރުންގެ އޯޑިއަންސް ޗެކުކޮށްލުމަށް ކުރެވިފައިވާ ސުވާލެއް)
