en
Feedback
973
Subscribers
No data24 hours
No data7 days
No data30 days
Posts Archive
photo content

ފިޠުރުޒަކާތާއި ގުޅޭ ބައެއް މައްސަލަތައް ފިޠުރު ޒަކާތް ދެއްކުން އެންމެ ރަނގަޅު ރައްކާތެރިގޮތަކީ : ●( ގިނަ ޢިލްމުވެރިން ދެކެލައްވާގޮތުގައި) އެރަށެއްގައި އާއްމުކޮށް ކާއެއްޗެހީގެ ( ރާއްޖޭގައިނަމަ: އެބޭފުޅެއް ފަރިއްކުޅުވާ ހަނޑޫގެ ބާވަތެއް ނުަވަ ފުށުގެ ބާވަތެއް) ●(ޖުމްހޫރުން ދެކިލައްވާގޮތުގައި) ޞާއެއްގެ މިންވަރެވެ. (އެއީ ގާތްގަނޑަކަށް ހަނޑުލުންނަމަ 2.4 ކިލޯ ޤުރާމެވެ.) . ●ފިޠުރު ޒަކާތް ދައްކާނީ ފަޤީރުންނަށާއި މިސްކީނުންނަށެވެ. ( ޖުމްހޫރުން ދެކެލައްވާގޮތުގައި) މުދަލު ޒަކާތް ދެވޭ 8 ފަރާތަށް ފިޠުރުޒަކާތުން ދެވިދާނެއެވެ. ● ފިޠުރުޒަކާތް ނެރެވޭނެ އެންމެ ފަހު ވަޤުތަކީ ( ޖުމްހޫރުންދެކެލައްވާގޮތުގައި) ޢީދުދުވަހުގެ އިރުއޮއްސުމުންނެވެ. ( ބައެއް ޢިލްމުވެރިން ދެކެލައްވާގޮތުގައި) ޢީދުނަމާދާއި ހިސާބަށެވެ. ● ފިޠުރުޒަކާތް ނެރުން ވާޖިބުވަނީ، ރަމަޟާންމަސް ފަހު ދުވަހު އިރުއޮއްސުމުންނެވެ.( ބައެއް ޢިލްމުވެރިން). ● ރަމަޟާންމަސް ނިމެން އެއްދުވަސް ނުވަތަ ދެދުވަސް ކުރިން, ފިޠުރުޒަކާތް ނެރެވިދާނެއެވެ. ( ބައެއް ޢިލްމުވެރިން ). ● ފިޠުރުޒަކާތް ނެރުން އެންމެ ރަނގަޅު ވަޤުތަކީ އެންމެ ރަނގަޅުގޮތަކީ ޢީދުދުވަހު ޢީދުނަމާދުގެ ކުރިންނެވެ.( ޢިލްމުވެރިން އިއްތިފާޤު) ● މިޒަމާނުގައި އެކަނޑައަޅާފައިވާ މުޢައްސަސާތަކަށް ކުރިން އެޒަކާތް ހަވާލުކުރުމުންވެސް ފުދޭނެއެވެ. އެއީ މެދުވެރިންނެވެ.އެބޭފުޅުން އެޒަކާތް ހަވާލުކުރާނީ ޒަކާތް ނެރެން ކަނޑައެޅިފައިވާ މުއްދަތަުގައެވެ. ) والله أعلم https://www.facebook.com/share/p/MfvC9XSo6Ly8C4ZT/?mibextid=Nif5oz

baakee beyfulhun

25 ވަނަ ފިލާވަޅު ( އަމިއްލަނަފުސަށްވުރެ،ބޮޑަށް އަނެކުންނަށް އިސްކަންދިނުމުން ލިބޭ ބައެއް ފައިދާތައް) އަޑުއަހާލެވިއްޖެ
Anonymous voting

photo content
+2