en
Feedback
Sheikh Shafeeu Abdullah

Sheikh Shafeeu Abdullah

Open in Telegram

Graduated from Umm Al Qura University, Makkah. Personal Website : shafeeu.info Youtube: youtube.com/c/sheikhshafeeuabdullah FB: facebook.com/sheikhshafeeu

Show more
The country is not specifiedThe category is not specified
372
Subscribers
+424 hours
+157 days
+5030 days
Posts Archive
މުސްލިމުންގެ ސިފައަކީ ކާމިޔާބީގައި ހިތްތިރިކުރުމެވެ. މާތް ﷲއަށް އިންތިހާއަށް ޝުކުރުވެރިވެ އެ އިލާހަށް ޙަމްދުކުރުމެވެ. ކާމިޔާބީގައި ބޮޑާވެ، ބަލިވި މީހުންނާ ދިމާކޮށް، ފުރައްސާރަކޮށް، ގަދަބަސް ބުނެ، މަލާމާތްކޮށް ހެދުމަކީ އިސްލާމުންގެ ސިފައެއް ނޫނެވެ. އެއީ އިސްލާމީ އަޚްލާޤެއް ނޫނެވެ. މާތް ނަބިއްޔާ صلى الله عليه وسلم މައްކާ ފަތަޙަކުރައްވަވައި މައްކާއަށް ވަދެވަޑައިގެންނެވީ އިސްދަށަށް ޖައްސަވައިގެންނެވެ. އެ ދުވަހު މައްކާގެ މުޝްރިކުންނަށް ވެސް އެކަލޭގެފާނު ބަދުބަހެއް ވިދާޅެއް ނުވެއެވެ. އަދި އެބައިމީހުންގެ ހިތުގައި ޖެހޭ ފަދަ ބަހެއް ވެސް ވިދާޅެއް ނުވެއެވެ. މުޢާމަލާތްކުރެއްވީ އެންމެ ރީތި، އެންމެ އޯގާތެރި ބަސްފުޅުންނެވެ. ދެއްކެވީ އިންތިހާއިން ފުރިގެންވާ ރީތި އަޚްލާޤެވެ. ޙަދީޘްފުޅުކުރެއްވީ، ތިޔަ ބައިމީހުންނަކީ މިނިވަނުންނެވެ، މިއެވެ. މިއީ އެކަލޭގެފާނާ ދެކޮޅަށް ހަނގުރަމާކޮށް، އެކަލޭގެފާނާއި އެކަލޭގެފާނުންގެ މިތުރު އަޞްޙާބުންނަށް އެތަކެއް އަނިޔާއެއް ދީ އެ ބޭކަލުން އެ ބޭކަލުންގެ ލޮބުވެތި ވަޠަނުން ބޭރުކޮށް، އެ ބޭކަލުންނާ ހަނގުރާމާކުރި މުޝްރިކުންނާ މެދު އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތެވެ. ދެއްކެވި އަޚްލާޤުފުޅެވެ. މިއަދު އަޅުގަނޑުމެން މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ހިނގާ ވާދަވެރިކަމެއްގައި، އެއް ބަޔަކު އަނެއް ބަޔެއްގެ މައްޗަށް ގަދަވުމުން، ނުވަތަ ކާމިޔާބުވުމުން، ދައްކާން ޖެހެނީ ސަމާޙަތުގެ ރީތި ސިފައެވެ. މުސްލިމުންގެ މެދުގައި އޮންނާން ޖެހެނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެވެ. އީމާނުގެ ގުޅުމެވެ. ރީތި މުޢާމަލާތެވެ. ރީތި އަޚްލާޤެވެ.

100 Ilmuveringe List- Dr. Muizzu.pdf2.15 KB

photo content

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު، ދިވެހިރާއްޖޭގައި ދީނީ ތަޤުރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ، 100 ޢިލްމުވެރިންގެ ބަސް!

ބުއްދި އަޅުވެތިވިޔަ ނުދޭށެވެ! އެހެން މީހަކު ތިބާ ޖިސްމާނީ ގޮތުން އަޅުވެތިކޮށްފިއްޔާ ތިބާއަށް އެ ކަން އެނގޭނެއެވެ. އެހަނަސް، އެހެން މީހަކު ތިބާ ބުއްދީގެ ގޮތުން އަޅުވެތިކޮށްފިއްޔާ ތިބާއަށް ރޭކާ ވެސް ނުލާނެއެވެ. ތިބާއަކީ ކިތަންމެ މޮޅު ބުއްދިވެރިޔަކަށް ވިޔަސްވެހެވެ. މީގެ އަލިގަދަ މިސާލެއް ޢުމަރުގެފާނުންގެ ސިޔަރަތުން ފެންނާން އެބަ އޮތެވެ. އެއީ، ޢުމަރުގެފާނު އިސްލާމްވެވަޑައިގެން އެބޭކަލުން ޖާހިލިއްޔަ ޒަމާނުގައި ކުރެއްވި ބުއްދި ހަމަނުޖެހޭ ކަންކަމުގެ ވާހަކަ ބަޔާންކުރައްވާ އިރު އޭގެ ތެރެއިން ބަޔާންކުރައްވާ އެއް ވާހަކައެވެ. އެއީ ޢަޖުވާ ކަދުރުން ބުދު ހަދާ ވާހަކައެވެ. އަދި އެއަށް އަޅުކަން ކުރާ ވާހަކައެވެ. އެއަށް ފަހު، ބަނޑުހައިވީމާ، އެ ކަދުރުތައް ފަރީކުޅުއްވާ ވާހަކައެވެ. އެ ވާހަކަ ވިދާޅުވެދެއްވަމުން އެކަލޭގެފާނު ހިނިފުޅުވަޑުވާ ކަމަށްވެއެވެ. އޭރު އެބޭކަލުންގެ ބުއްދިފުޅު އަޅުވެތިވެފައިވާ މިންވަރާ މެދު ޖޯކުޖައްސަވާފައެވެ. ކާބަފައިން އަޅުކަން ކުރަމުން އައި ދީނަކީ ޙައްޤު ކަމަށް ޤަބޫލުފުޅުކުރެވިފައި އޮތީއެވެ. އެހަނަސް، އެއީ ބުއްދިއަށް ކުރިމަތިވި އަޅުވެތިކަމެއްކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވީ އިސްލާމްވެވަޑައިގެންނެވުމަށް ފަހުއެވެ. އެހެންޏާ، އެބޭކަލުންނަކީ ސިކުނޑިއާއި ބުއްދީގެ ގޮތުން އެންމެ ތޫނުފިލި ބޭފުޅުންނެވެ. އެ ކަމުގައި އެންމެ އަރައި ތިއްބެވި ބޭފުޅުންނެވެ. އެހަނަސް، ބުއްދި އަޅުވެތިވުމަކީ އެހައި ނުރައްކައުތެރިކަމެކެވެ. ވުމާ އެކު، އަމިއްލަ ސިކުނޑިން، އަމިއްލަ ބުއްދިން ކަންކަމާ މެދު އިންތިޤާދީ ނަޒަރަކުން (ކްރިޓިކަލް ވިސްނުމަކުން) ވިސްނައި ފިކުރުކުރުމާއި، އެއްވެސް މީހަކަށް ތިބާގެ ބުއްދި އަޅުވެތިވިޔަ ނުދީ، އެ ބުއްދިއަށް ރައްކައުތެރިވުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެހެން ނޫނީ، ފާޅުވެގެންވާ ބާޠިލެއްގައި، ފާޅުވެގެންވާ ފަސާދައެއްގައި ތިބާ ހުއްޓަސް ތިބާއަކަށް ރޭކާއެއް ވެސް ނުލާނެއެވެ. ތިބާއަށް ހީވެފައި އޮންނަނީ ތިބާއަށް ހުރެވެނީ ޙައްޤުގައި ކަމެވެ. ތިބާ ނަޞްރު ދެނީ ޙައްޤަށް ކަމަށެވެ. އެހަނަސް، ޙައްޤާ ކައިރިން ވެސް އަދި ދުރުން ވެސް އެ ކަމާ އެއްވެސް ގުޅުމެއް، އެއްވެސް މަޞްލަޙަތެއް ނޯންނާނެއެވެ.

ބުއްދި އަޅުވެތިވިޔަ ނުދޭށެވެ! އެހެން މީހަކު ތިބާ ޖިސްމާނީ ގޮތުން އަޅުވެތިކޮށްފިއްޔާ ތިބާއަށް އެ ކަން އެނގޭނެއެވެ. އެހަނަސް، އެހެން މީހަކު ތިބާ ބުއްދީގެ ގޮތުން އަޅުވެތިކޮށްފިއްޔާ ތިބާއަށް ރޭކާ ވެސް ނުލާނެއެވެ. ތިބާއަކީ ކިތަންމެ މޮޅު ބުއްދިވެރިޔަކަށް ވިޔަސްވެހެވެ. މީގެ އަލިގަދަ މިސާލެއް ޢުމަރުގެފާނުންގެ ސިޔަރަތުން ފެންނާން އެބަ އޮތެވެ. އެއީ، ޢުމަރުގެފާނު އިސްލާމްވެވަޑައިގެން އެބޭކަލުން ޖާހިލިއްޔަ ޒަމާނުގައި ކުރެއްވި ބުއްދި ހަމަނުޖެހޭ ކަންކަމުގެ ވާހަކަ ބަޔާންކުރައްވާ އިރު އޭގެ ތެރެއިން ބަޔާންކުރައްވާ އެއް ވާހަކައެވެ. އެއީ ޢަޖުވާ ކަދުރުން ބުދު ހަދާ ވާހަކައެވެ. އަދި އެއަށް އަޅުކަން ކުރާ ވާހަކައެވެ. އެއަށް ފަހު، ބަނޑުހައިވީމާ، އެ ކަދުރުތައް ފަރީކުޅުއްވާ ވާހަކައެވެ. އެ ވާހަކަ ވިދާޅުވެދެއްވަމުން އެކަލޭގެފާނު ހިނިފުޅުވަޑުވާ ކަމަށްވެއެވެ. އޭރު އެބޭކަލުންގެ ބުއްދިފުޅު އަޅުވެތިވެފައިވާ މިންވަރާ މެދު ޖޯކުޖައްސަވާފައެވެ. ކާބަފައިން އަޅުކަން ކުރަމުން އައި ދީނަކީ ޙައްޤު ކަމަށް ޤަބޫލުފުޅުކުރެވިފައި އޮތީއެވެ. އެހަނަސް، އެއީ ބުއްދިއަށް ކުރިމަތިވި އަޅުވެތިކަމެއްކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވީ އިސްލާމްވެވަޑައިގެންނެވުމަށް ފަހުއެވެ. އެހެންޏާ، އެބޭކަލުންނަކީ ސިކުނޑިއާއި ބުއްދީގެ ގޮތުން އެންމެ ތޫނުފިލި ބޭފުޅުންނެވެ. އެ ކަމުގައި އެންމެ އަރައި ތިއްބެވި ބޭފުޅުންނެވެ. އެހަނަސް، ބުއްދި އަޅުވެތިވުމަކީ އެހައި ނުރައްކައުތެރިކަމެކެވެ. ވުމާ އެކު، އަމިއްލަ ސިކުނޑިން، އަމިއްލަ ބުއްދިން ކަންކަމާ މެދު އިންތިޤާދީ ނަޒަރަކުން (ކްރިޓިކަލް ވިސްނުމަކުން) ވިސްނައި ފިކުރުކުރުމާއި، އެއްވެސް މީހަކަށް ތިބާގެ ބުއްދި އަޅުވެތިވިޔަ ނުދީ، އެ ބުއްދިއަށް ރައްކައުތެރިވުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެހެން ނޫނީ، ފާޅުވެގެންވާ ބާޠިލެއްގައި، ފާޅުވެގެންވާ ފަސާދައެއްގައި ތިބާ ހުއްޓަސް ތިބާއަކަށް ރޭކާއެއް ވެސް ނުލާނެއެވެ. ތިބާއަށް ހީވެފައި އޮންނަނީ ތިބާއަށް ހުރެވެނީ ޙައްޤުގައި ކަމެވެ. ތިބާ ނަޞްރު ދެނީ ޙައްޤަށް ކަމަށެވެ. އެހަނަސް، ޙައްޤާ ކައިރިން ވެސް އަދި ދުރުން ވެސް އެ ކަމާ އެއްވެސް ގުޅުމެއް، އެއްވެސް މަޞްލަޙަތެއް ނޯންނާނެއެވެ.

ކެމްބެލް-ބެނަރމަން މުއުތަމަރު Campbell Bannerman Conference"" އެނގިލައްވާތޯ؟ ޝަފީޢު ޢަބްދުﷲ 01-09-2023 ހެންރީ ކެމްބެލް ބެނަރމަނަކީ 1905 ވަނަ އަހަރުން ފެށިގެން 1908 ވަނަ އަހަރަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަން ކުރި މީހެކެވެ. އަދި ކެމްބެލް-ބެނަރމަން މުއުތަމަރަކީ ނުވަތަ ކޮންފަރެންސަކީ އޭނާގެ ވެރިކަމުގައި، 1905 ވަނަ އަހަރުން ފެށިގެން 1907 ވަނަ އަހަރާ ދެމެދު އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން ދައުވަތު ދީގެން، އޭރު ވެރިކަން ކުރަމުން އައި ލިބަރަލް ޕާޓީއާ ދެމެދު ލަންޑަނުގައި ބޭއްވުނު ސިއްރު ކޮންފަރެންސެކެވެ. މި މުއުތަމަރުގެ މަޤްސަދަކީ އިސްތިޢުމާރީ "ކޮލޯނިއަލް" ދައުލަތްތަކުގެ އާރާއި ބާރާއި "ހައިބަތާއި މަޖްދު" ތާއަބަދަށް ދަމަހައްޓައި، އެބައިމީހުން އިސްތިޢުމާރުކޮށް އަޅުވެތިކޮށްފައިވާ ޤައުމުތަކުގެ ޤުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަމާއި ޘަރަވާތުގެ ނާޖާއިޒު ފައިދާ ތައާބަދަށް ނުވަތަ ވީ އެންމެ ދިގު މުއްދަތަކަށް ލިބޭނޭ ގޮތްތަކެއް ކަނޑައެޅުމަށް މަޝްވަރާކުރުމެވެ. މި މުއުތަމަރުގައި އޭރު އިސްތިޢުމާރީ ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ނެދަލޭންޑްސް، ބެލްޖިއަމް، ސްޕެއިން އަދި އިޓަލީ ވެސް ބައިވެރިވިއެވެ. ކޮންފަރެންސް ނިމުމުން އެ މީހުން ވަނީ އޭރުގެ އިނގިރޭސި ބޮޑުވަޒީރު ހެންރީ ކެމްބެލް ބެނަރމަންގެ ނަމުން ނަން ދީފައިވާ "ކެމްބެލް ޑޮކިއުމެންޓް" ގެ ނަމުގައި ސިއްރު ވަޘީޤަތެއް (ލިޔުމެއް) ތައްޔާރުކޮށްފައެވެ. މި ކޮންފަރެންސްގައި އެއްބަސްވެވުނު ބައެއް ކަންކަން: މެޑިޓެރޭނިއަން އަކީ އިސްތިޢުމާރީ އެންމެ މުހިންމު ލޭނާރެވެ. އެހެނީ، އެއީ އިރުމައްޗާއި ހުޅަނގާއި ގުޅުވައިދޭ ގުޅުންކަމާއި، އޭޝިއާ އަދި އެފްރިކާގެ ބައްރުތަކަށް ދަތުރުކުރުމަށް ޤުދުރަތީ ގޮތުން ހެދިފައިވާ މަގުކަމާއި، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅައިދޭ ހަތަރުއަނގޮޅިކަމާއި، ދީންތަކާއި ތަހުޒީބުތަކުގެ މައި މަރުކަޒު ވެސް ކަމުގައިވާތީއެވެ. އެހަނަސް މި "ލޭނާރު" ގައި އެބައިމީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، "ކެމްބެލް ޑޮކިޔުމެންޓް"ގައި ފާހަގަކޮށްފައިވަނީ: "ވަކިން ޚާއްޞަކޮށް ދެކުނު އަދި އިރުމަތީ އައްސޭރިފަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަކީ ތާރީޚާއި ދީނާއި ބަހުގެ ގޮތުން އެއްބައިވަންތަ ބައެއް ކަމުގައިވުމެވެ." އެހެންކަމުން އެބައިމީހުން އިޤްރާރުވެ ނިންމީ: 1- މި ސަރަޙައްދުގެ ރައްޔިތުން ބައިބައިކޮށް، ކުދި ޤައުމުތަކުގެ ގޮތުގައި އިސްތިޢުމާރީ ބާރުތަކުގެ ދަށުގައި ބެހެއްޓުމާއި، އެ ތަންތަނުގެ ރައްޔިތުންނަކީ ޖާހިލު ނާތަހުޒީބީ ބައެއްގެ ގޮތުގައި ތާއަބަދަށް ބެހެއްޓުމެވެ. މި ގޮތުން ދުނިޔޭގެ ޤައުމުތައް އެބައިމީހުން ތިން ގިންތިއަކަށް ބަހާލިއެވެ. ފުރަތަމަ ގިންތިއަކީ: ހުޅަނގުގެ ކްރިސްޓިއަން ޙަޟާރަތުގެ ޤައުމުތަކެވެ. އެއީ ޔޫރަޕް، އުތުރު އެމެރިކާ އަދި އޮސްޓްރޭލިއާގެ ޤައުމުތަކެވެ. މި ޤައުމުތަކާ މެދު މުޢާމަލާތުކުރާން ނިންމީ، އެ ޤައުމުތައް ވީ އެންމެ ތަރަައްޤީއެއް ކޮށް، މާލީ ގޮތުންނާއި ޢިލްމާއި ފަންނީ ގޮތުން އެ ޤައުމުތަކަށް ދެވުނު އެންމެ މާތީ ފެންވަރަކަށް މަދަދާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ދެވަނަ ގިންތިއަކީ: ހުޅަނގުގެ ކްރިސްޓިއަން ޙަޟާރަތުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް އެ ޤައުމުތަކާ އެކު ޙަޟާރީ ގޮތުން އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އަދި ކުރިމަތިލުމެއް ނެތް ޤައުމުތަކެވެ. އެއީ ދެކުނު އެމެރިކާ، ޖަޕާން، ކޮރެއާ ފަދަ ގައުމުތަކެވެ. މި ޤައުމުތަކާ މެދު ނިންމީީ، ހުޅަނގުގެ އިސްތިޢުމާރީ ދައުލަތްތަކަށް ނުރައްކަލަކަށް ނުވާ މިންވަރަށް މި ޤައުމުތަކަށް ކަންކަމުގައި އެހީތެރިކަމާއި މަދަދު ފޯރުކޮށްދިނުމެވެ. އަދި އިސްތިޢުމާރީ ޤައުމުތަކާ ދެކޮޅަށް މި ޤުއުމުތަކުން ކުރިމަތިނުލާނޭ ކަން ކަށަވަރުކުރުމެވެ. ތިންވަނަ ގިންތިއަކީ: ހުޅަނގުގެ ކްރިސްޓިއަން ޙަޟާރަތުގެ ތެރޭގައި ނުހިމެނޭ އަދި އެ ޤައުމުތަކާ އެކު ދީނީ، ޘަޤާފީ، އަދި ބަހުގެ ގޮތުން ވެސް ނުގުޅޭ، ހުޅަނގުގެ ޙަޟާރަތަށް ނުރައްކަލެއް ކުރިމަތިވެދާނޭ ޤައުމުތަކެވެ. ޚާއްޞަކޮށް ޢަރަބި ޤައުމުތަކާއި ޢާންމުގޮތެއްގައި އިސްލާމީ ހުރިހާ ޤައުމުތަކެއް ހިމެނޭނެހެންނެވެ. މި ޤައުމުތަކާ މެދު ޢަމަލުކުރާން ނިންމީ، ސައިންސާއި ފަންނީ ޢިލްމު ހޯދުމަށް އެ ޤައުމުތަކަށް އެއްބާރުލުން ނުދިނުމާއި، މި ދާއިރާތަކުން އެ ޤައުމުތައް ކުރިއަރައި ނުދިޔުމަށް މަސައްކަތްކުރުމަށެވެ. އެއްވެސް ކަހަލަ ތަރައްޤީއެއް ތަމައްދުނެއް މި ޤައުމަތަކަށް އަޔަ ނުދިނުމަށް ކުރެވުނު ކަމެއް ކުރުމަށެވެ. 2- މި ޤައުމުތަކުގައިވާ އެއްބައިވަންތަކަން ނަގައިލުމެވެ. މި ކަން ޙާޞިލުކުރުމަށް ޓަކައި ފަލަސްޠީނުގައި ޢަދާވަތްތެރި އަނިޔާވެރި ދައުލަތެއް ޤާއިމުކުރަން ނިންމިއެވެ. އެއީ އޭޝިއާ ބައްރުގައިވާ ޢަރަބި ޤައުމުތަކާއި އެފްރިކާ ބައްރުގައިވާ އިސްލާމީ ޤައުމުތަކާ ދެމެދުގައި ހުރަހެއްގެ ގޮތުގައި އެ ދެމެދުގައި އިޒްރާއީލު ނަމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމެވެ. ބޭނުމަކީ، މި ސަރަ

ނަމާދަކީ ދީނުގެ ތަނބެވެ. ތިމާ އިޚްތިޔާރުކުރާ ކެންޑިޑޭޓަކީ ވެސް ނަމާދުކުރާ މީހެއް ކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމުކަމެކެވެ. މިއީ ކެމްޕެއިން ދުވަސްވަރު ކުރާ ނަމާދުތަކުގެ ވާހަކައެއް ނޫނެވެ. އަމިއްލަ ދިރިއުޅުމުގައި ވެސް އެ މީހަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާ މީހެއް ކަން ކަށަވަރުކުރުން މުހިންމެވެ. އެ އަށް ފަހު، އެ މީހެއްގެ ފެންވަރާއި ޤާބިލުކަމާއި، ފިކުރާއި، އޯގާވެރިކަމާއި، ތަޢުލީމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަމާއި މިހެން ގޮސް ވަރަށް ގިނަ ސިފަސިފަޔަށް ވެސް ބަލާންވާނެއެވެ. އެހެނަސް އެއީ ނަމާދު ނުކުތާއިން ފާސްވީމާއެވެ. ނަމާދަކީ ޖާނިބީ ކަމަކަށް ހެދޭނޭ އެއްވެސް ގޮތެއް ނެތެވެ. އެއީ ދީނުގެ އަސާސެވެ. އަދި ވެރިއެއްގެ ވެސް އެންމެ އަސާސީ ސިފައަކަށް ހުރުން ލާޒިމުކުރާ އެންމެ އިސް ސިފައެކެވެ. ނަމާދުން ފާސްނުވާ މީހާ އެންމެ ފުރަތަމަ މަރުޙަލާއިން ވެސް ކެޓީއެވެ. ދެވަނަ މަރުޙަލާއަކަށް އެ މީހަކަށް ދެވޭނީ ނަމާދުން ފާސްވެގެންނެވެ. އެހަނަަސް، ނަމާދުން މީހަކު ފާސްވިޔަސް އަދި ދެވަނަ މަރުޙަލާތަކުގައި އިސްވެ ދެންނެވި ފަދައިން ދައުލަތެއް ހިންގުމުގެ ކެރިކުޅަދާނަކަމާއި، ޤާބިލިއްޔަތާއި، އެ ކަމަށް ބޭނުންވާ އެހެނިހެން އަސާސީ ސިފަތައް ހުރުމަކީ ވެސް ލާޒިމުކަމެކެވެ. އެ ކަންކަން ނެތިއްޔާ، އެ މީހަކީ ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވާ މީހެކޭ ކިޔާފައި، ބޮޑު ދައުލަތެއް ހަވާލުކުރުމަކީ މޮޔަކަމެކެވެ. އެއީ ހުއްދަވާނޭ ކަމެއް ވެސް ނޫނެވެ. އެހެނީ އެފަދަ މީހަކާ ދައުލަތެއް ހަވާލުކޮށްފިއްޔާ، އެ ދައުލަތެއް އޭނާއަކަށް ހިމާޔަތެއް ނުކުރެވޭނެއެވެ. އެ ދައުލަތެއް ބަނގުރޫޓު ވެދާނެއެވެ. ހަލާކު ވެދާނެއެވެ. ނެތި ހިނގައިދާނެއެވެ.

އަޅުގަނޑު މައްކާގައި އުޅޭތާ މި ވަނީ 16 އަހަރެވެ. އަޅުގަނޑުގެ ތިބެނީ 3 ދަރީންނެވެ. ދޮށީ ކުއްޖާގެ ޢުމުރަކީ 15 އަހަރެވެ. ދެވަނަ ކުއްޖާގެ ޢުމުރަކީ 12 އަހަރެވެ. ދެން ހުރީ 2 އަހަރުގެ ތުއްުތު ކުއްޖެކެވެ. އަޅުގަނޑުގެ ބޮޑު ދެ ކުދީން ރީއްޗަށް ދިވެހި ބަހުން ވާހަކަ ދައްކައެވެ. ދިވެހި ބަހުން ލިޔަންކިޔަން ދަނެއެވެ. އަޅުގަނޑުމެން އެ ކުދިންނާ ވާހަކަ ދައްކަނީ އަބަދުވެސް ސާފު ދިވެހި ބަހުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ދިވެހި މުޤައްރަރު ހޯދައިގެން އެ މީހުންނަށް ދިވެހި ބަސް ކިޔަވައިދެމުއެވެ. އެ ކުދީން ދިވެހި ބަހަށް ވުރެ ފަރިތައީ ޢަރަބި ބަހަށޭ ބުނެވިދާނެއެވެ. އެ ކުދީން ބޮޑުވަމުން އަންނަނީ ޢަރަބި މާހައުލަކަށް ވެފައި، ސްކޫލު މަދަރުސާތަކުގެ ބަހަކީ ޢަރަބި ބަސް ކަމަށް ވުމުން އެ ކުދީން ބޮޑަށް ފަރިތައީ ޢަރަބި ބަހަށެވެ. އެހެނަސް އެއީ ދިވެހި ބަހުން ވާހަކަ ދެއްކުމާއި، ދިވެހި ބަސް އުނގެނުމަށް އެ ކުދީންނަށް ކުރިމަތިވާ ހުރަހެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހި ބަސް މިހާރު މި ދަނީ ހީނަރުވެ ނެތެމުންނެވެ. މައިންބަފައިން އެބައިމީހުންގެ ދަރީންނާ މައްދިވެހި ބަހުން ވާހަކަ ނުދައްކަންޏާ އެ ކުދީންނަށް ދިވެހި ބަސް ނޭނގޭނެއެވެ. އެ ކުދީންނަށް ދިވެހި ބަސް ވާނީ ބީރައްޓެހި ބަހަކަށެވެ. ކޮށި ބަހަކަށެވެ. އަޅުގަނޑުމެންގެ ޤައުމިއްޔަތާ ގުޅިފައިވާ އެންމެ ބޮޑު އެއް އުންސުރަކީ ދިވެހި ބަހެވެ. ދިވެހި ބަސް އަޅުގަނޑުމެން އަތުން ބީވެގެން ދިޔުމަކީ އަޅުގަނޑުމެން އަތުން އަޅުގަނޑުމެންގެ ޤައުމިއްޔަތު ނެތިގެން ދިޔުމެވެ. އެހެން ވިޔަ ނުދެއްވާށެވެ. އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައި ދިނީމައި، ބައެއް ކުދީންނަށް ފަހުމު ނުވާ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެކެވެ. އެއީ އަޅުގަނޑުމެންގެ ކުށެވެ. އޭގެ ޙައްލަކީ އިސްލާމް މާއްދާ ވެސް އިނގިރޭސިއަށް ބަދަލުކޮށް ދިވެހި ބަސް އިތުރަށް ހީނަރުކޮށްލުމެއް ނޫނެވެ. ބައެއް ކުދީންނަށް އިނގިރޭސި ބޮޑަށް ފަހުމުވަންޏާ، އިނގިރޭސިން ލިޔެވިފައިވާ ދީނީ ޞައްޙަ މަޢުލޫމާތު ހުރި ފޮތްތައް އެ ކުދީންނަށް ކިޔަން ގޭގައި ދެވިދާނެއެވެ. އަދި ސްކޫލުތަކުގައި ދިވެހީން ކިޔަވައިދޭ އިރު، ކުއްޖަކަށް އެއްޗެއް ފަހުމު ނުވަންޏާ، އިނގިރޭސިން ވެސް އެ އެއްޗެއް ބުނެ ދިނުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ މުދައްރިސުންގެ ކިބައިގައި ހުންނާނެއެވެ. ވުމާ އެކު، އިސްލާމް މާއްދާ އެއްކޮށް އިނގިރޭސިއަށް ބަދަލުކުރުމުގެ އެއްވެސް މަޤުބޫލު ޢުޒުރެއް ނެތެވެ. އެއާ ޚިލާފަށް، އެ ކަމުގެ ހުރި ނުރައްކާތެރިކަމާއި، އެ ކަމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާތަކެއް ހުރި ކަން އަޅުގަނޑު ވާނީ މީގެ ކުރީން އަޅުގަނޑު ކުރި ޕޯސްޓެއްގައި ކިޔައިދީފައެވެ. " ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދާނެޔޭ މުޅި ޢުމުރުގައި"

https://voice.mv/25440 ދިވެހިރާއްޖޭގައި އޮތީ އިސްލާމްދީނެވެ. އެހެން ދީނެއް ނެތެވެ. ސުންނީ މަޒްހަބެވެ. އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދޭން ފެށުމުން ދެން ރާއްޖެއަށް ގެންނާނީ ބޭރުގައި ލިޔެވިފައިވާ އިނގިރޭސި ފޮތްތަކެވެ. އަދި ޓީޗަރުންނަށް ގެންނާނީ ބޭރު މީހުންނެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެތަކެއް މަޒްހަބެއް އެބަ އޮތެވެ. މި ކަންކަމުގެ އަސަރު ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ވަޙުދަތަށް ކުރާނެކަން ޔަގީނެވެ. މިއީ ލާދީނީ މީހުން އަޑީގައި ތިބެގެން ރާއްޖޭގެ ޝެއިޚުންނާއި އިސްލާމް ޓީޗަރުން ތަޢުލީމީ ނިޒާމުން ހަވާސާކުރާން ހިންގޭ ޖަރީމާއެކެވެ. އެބައިމީހުން އަނެއް އަމާޒަކީ އިސްލާމް މާއްދާއަކީ ވެސް އިޚްތިޔާރީ މާއްދާއަކަށް ބަދަލުކުރުމެވެ. މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެކަން ކުރާން އުޅުމުން އޭރު ރައްޔިތުން އެ ކަމާ ދެކޮޅަށް ތެދުވުމުން އެކަން ވަނީ ނާކާމިޔާބުވެފައެވެ. މި ފަހަރު މި އަންނަނީ ރޭވުންތެރިކަމާ އެކު އެ ހިސާބަށް ދެވޭނެ މަގު ކޮށަމުންނެވެ. ލާދީނީ މީހުން އެންމެ ރުޅިއަރާ ކަމަކީ އެބައިމީހުންގެ ދަރީން ވެސް އިސްލާމް މާއްދާ މަޖުބޫރީ މާއްދާއެއްގެ ގޮތުގައި ކިޔަވާން ޖެހިފައިވުމެވެ. އެހެންކަމުން, އެ މާއްދާ ހަވާސާކޮށްލެވޭތޯ އެބައިމީހުން ދަނީ ބަލަމުންނެވެ. މި ކަން އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓުން ވެސް އެނގޭން އޮންނާނެއެވެ. މިހާރު މި އޮތް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ތިބީ ސެކިއުލަރ އައިޑިއޮލޮޖީއަށް ތަބާވާ މީހުންނެވެ. އެބައިމީހުން ޕޮލިސީ ހަދަމުން އެ ދަނީ އިސްލާމްދީނާއި ދީނީ މީހުން އެއްކިބާ ކޮށް ހަވާސާކުރެވޭނޭ ހުރިހާ ގޮތަކަށެވެ. މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. މިއީ ދިވެހި ބަހަށް ވެސް އޮތް ނުރައްކަލެއްގެ އިތުރުން ދިވެހީންގެ ދީނާއި ދީނީ އެއްބައިވަންތަކަމަށް އޮތް ނުރައްކަލެކެވެ.

މިއީ ﷲގެ ބިމެވެ. އެ އިލާހު އެންގެވިގޮތަށް މި ތަނުގައި އުޅުމުގެ ފުރުޞަތު އެ އިލާހު ވަނީ ކޮންމެ މަޚްލޫޤަކަށް ވެސް ދެއްވައިފައެވެ. ހެޔޮ ގޮތުގައި ކުރިޔަށް ދާށެވެ. ހެޔޮކަންކަމުގައި ވަގުތު ހޭދަކުރާށެވެ. ހެޔޮ މަގުމަގުން ރިޒުޤު ހޯދާށެވެ.

بسم الله الرحمن الرحيم ޑރ. މުޢިއްޒަށް ތާއީދުކުރާން ނިންމައިފީމެވެ. ރިޔާސީ އިންތިޚާބު (2023)ގައި ކުރިމަތިލައްވައިފައިވާ ބޭފުޅު
بسم الله الرحمن الرحيم ޑރ. މުޢިއްޒަށް ތާއީދުކުރާން ނިންމައިފީމެވެ. ރިޔާސީ އިންތިޚާބު (2023)ގައި ކުރިމަތިލައްވައިފައިވާ ބޭފުޅުންނާ މެދު ނަޒަރު ހިންގައި ވިސްނައިލި އިރު، ޑރ. މުޢިއްޒަށް ވުރެ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި، ހިންގުމުގެ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ފިކުރީީ ގޮތުންނާއި، ދީނީ ޢިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން، މި ވަގުތަށް ރާއްޖޭގެ ދީނީ މަޞްލަޙަތާއި ޤައުމީ މަޞްލަޙަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ، ޑރ. މުޢިއްޒަށް ކަމަށް ހިތުގެ އަޑީން ޤަބޫލުކުރެވެއެވެ. ولا أزكي على الله أحداً. ދުޢާއަކީ، މާތް ﷲ ޑރ. މުޢިއްޒަށް ކާމިޔާބު މިންވަރުކުރައްވައި، އެ އިލާހު ރުއްސަވާ ފަދަ ގޮތަކަށް ޤައުމާއި ރައްޔިތުންގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ތައުފީޤު މިންވަރުކުރެއްވުމެވެ. އާމީން!

Muharram mahaai Aashoora dhuvas.pdf