Sheikh Shafeeu Abdullah
Open in Telegram
Graduated from Umm Al Qura University, Makkah. Personal Website : shafeeu.info Youtube: youtube.com/c/sheikhshafeeuabdullah FB: facebook.com/sheikhshafeeu
Show moreThe country is not specifiedThe category is not specified
372
Subscribers
+424 hours
+157 days
+5030 days
Posts Archive
Some advice that's being circulated regarding Facebook:
Regarding Facebook's bias towards Israel at the expense of Palestinians.
The steps are very simple to give Facebook a taste of its own medicine. All you have to do is go to the Google Play Store (link in the second paragraph) and give Facebook a one-star rating and write a comment condemning and objecting to Facebook's bias towards Zionists. These steps will force Facebook to change its standards, which consider the right of Palestinians to defend themselves as terrorism.
Currently, its rating is 3.7 after it was 4.2 two days ago.
When its rating reaches 1, Google will automatically remove it from its store, which means a loss of billions of dollars for Mark.
Now, there are 220,000 reviewers. We need about 100,000 one-star ratings to reach the stage of having it removed from the Google Play Store.
https://play.google.com/store/apps/details?id=com.facebook.katana
Spread this message and share with your friends...
May Allah bless the writer and sharers.
YOU CAN ALSO DO THIS ON IPHONE FB App
O Allah, support the oppressed and underprivileged
އަލްމަސްޖިދުލްއަޤްޞާ، އަލްޤުދްސު، ފަލަސްޠީން – Shafeeu Abdullah
https://shafeeu.com/480/
ކަންކަމުގައި މާތް ﷲއަށް ބަރޯސާވާށެވެ. މަޚްލޫޤުންނަށް ބަރޯސާނުވާށެވެ. އޭރުން ދުވަހަކު ވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ.
ما شاء الله، تبارك الله...
ޑރ. މުޢިއްޒަށް އެ މަނިކުފާނުގެ މަންމާފުޅު މަރްޙަބާ ކިޔުއްވުން...
ފެނިގެންދަނީ މަންމައެއްގެ ލޯތްބާއި ކުލުނާއި ހެޔޮ ދުޢާ ދަރިއަކަށް ލިބިގެންދާ މަންޒަރު...
އަދި މުޢިއްޒުގެ ފަރާތުން ފެނިގެންދަނީ ކިޔަމަންތެރިކަމާއި މަޑުމޮޅިވެރިކަން...
ކޮން ފަދަ ރީތި މިސާލެއްތޯ؟
ކީރިތި ޤުރުއާނުގައި ވަނީ واخفض لهما جناح الذل من الرحمة، " އެ ދެ މައިންނަށްޓަކައި ތިބާގެ ރަޙްމަތުގެ ވަރަ ތިރިކުރާށެވެ"
يا الله! އަޅަމެންނީ ވެސް އަޅަމެންގެ މައިންބަފައިން ކުރިމަތީގައި ނިހާއީ ކިޔަމަންތެރި، އޯގާވެރި، ނިޔަނެތި، މަޑުމޮޅި ބަޔަކު ކަމުގައި ލައްވާށި... އާމީން!
މުސްލިމުންގެ ސިފައަކީ ކާމިޔާބީގައި ހިތްތިރިކުރުމެވެ. މާތް ﷲއަށް އިންތިހާއަށް ޝުކުރުވެރިވެ އެ އިލާހަށް ޙަމްދުކުރުމެވެ. ކާމިޔާބީގައި ބޮޑާވެ، ބަލިވި މީހުންނާ ދިމާކޮށް، ފުރައްސާރަކޮށް، ގަދަބަސް ބުނެ، މަލާމާތްކޮށް ހެދުމަކީ އިސްލާމުންގެ ސިފައެއް ނޫނެވެ. އެއީ އިސްލާމީ އަޚްލާޤެއް ނޫނެވެ.
މާތް ނަބިއްޔާ صلى الله عليه وسلم މައްކާ ފަތަޙަކުރައްވަވައި މައްކާއަށް ވަދެވަޑައިގެންނެވީ އިސްދަށަށް ޖައްސަވައިގެންނެވެ. އެ ދުވަހު މައްކާގެ މުޝްރިކުންނަށް ވެސް އެކަލޭގެފާނު ބަދުބަހެއް ވިދާޅެއް ނުވެއެވެ. އަދި އެބައިމީހުންގެ ހިތުގައި ޖެހޭ ފަދަ ބަހެއް ވެސް ވިދާޅެއް ނުވެއެވެ. މުޢާމަލާތްކުރެއްވީ އެންމެ ރީތި، އެންމެ އޯގާތެރި ބަސްފުޅުންނެވެ. ދެއްކެވީ އިންތިހާއިން ފުރިގެންވާ ރީތި އަޚްލާޤެވެ. ޙަދީޘްފުޅުކުރެއްވީ، ތިޔަ ބައިމީހުންނަކީ މިނިވަނުންނެވެ، މިއެވެ. މިއީ އެކަލޭގެފާނާ ދެކޮޅަށް ހަނގުރަމާކޮށް، އެކަލޭގެފާނާއި އެކަލޭގެފާނުންގެ މިތުރު އަޞްޙާބުންނަށް އެތަކެއް އަނިޔާއެއް ދީ އެ ބޭކަލުން އެ ބޭކަލުންގެ ލޮބުވެތި ވަޠަނުން ބޭރުކޮށް، އެ ބޭކަލުންނާ ހަނގުރާމާކުރި މުޝްރިކުންނާ މެދު އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތެވެ. ދެއްކެވި އަޚްލާޤުފުޅެވެ.
މިއަދު އަޅުގަނޑުމެން މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ހިނގާ ވާދަވެރިކަމެއްގައި، އެއް ބަޔަކު އަނެއް ބަޔެއްގެ މައްޗަށް ގަދަވުމުން، ނުވަތަ ކާމިޔާބުވުމުން، ދައްކާން ޖެހެނީ ސަމާޙަތުގެ ރީތި ސިފައެވެ. މުސްލިމުންގެ މެދުގައި އޮންނާން ޖެހެނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެވެ. އީމާނުގެ ގުޅުމެވެ. ރީތި މުޢާމަލާތެވެ. ރީތި އަޚްލާޤެވެ.
ބަރުލަމާނީއެއް ގެންނާން އުޅެނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮ އެދޭތީއެއް ނޫނެވެ. އެއީ ވެރިކަން އެންމެ އަވަހަށް ފުރޮޅާލައި، ވެރިކަމަށް ސަވާރުވުމަށް ފުރުޞަތު ހޯދުމުގެ ބޭނުމުގައެވެ. ޕާލިމެންޓޭރިއަނުން (މެމްބަރުން) ގަނެލައިގެން އެންމެ ފަސޭހައިން އެ ކަން ކުރެވޭނޭ ނިޒާމަކީ އެއީ ކަމަށް ވާތީއެވެ.
މި ފުރުޞަތު ދިވެހި ރައްޔިތުން ދީގެން ނުވާނެއެވެ. މި އުޅެނީ ނިޒާމުގެ މައްސަލައެއް ނޫނެވެ. މި އުޅެނީ އިޚްލާޞްތެރިކަން ނެތިގެންނެވެ. މި އުޅެނީ ވެރިކަމާއި ބާރާއި ނުފޫޒަށް ދެވި ހިފައިގެންނެވެ.
މީގެ އެންމެ ނުރައްކާތެރި އެއް ކަމަކީ، ރާއްޖެއަކީ ތިމާމެންގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ތަނެއް ކަމުގައި ހަދަން މަސައްކަތްކުރާ ދައުލަތްތަކަށް އެ ފުރުޞަތު ތަންމިނަށް ހުޅުވިގެން ދިޔުމެވެ.
މިއީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާ މެދު ސުވާލު އުފެދެމުންދާ ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި ނިޒާމު ބަދަލުކޮށް، އަބަދު ވެސް ރާއްޖެއަކީ ތިމާމެންގެ ބާރުގެ ދަށުގައި އޮންނަ "ޕްރޮކްސީ" ދައުލަތެއްގެ ގޮތުގައި ތާއަބަދަށް އޮންނަ ގޮތަށް ހެދުމަކީ މި ފަދަ ދައުލަތްތަކަށް (އެފަދަ ނިޒާމެއްގައި) މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.
މިއީ ހުރިހާ ރައްޔިތުން ވެސް ހުޝިޔާރުވެ ތިބޭން ޖެހޭ ކަމެކެވެ. ރާއްޖޭގެ ދީނީ ވަޙުދަތާއި މިނިވަންކަމާއި ސިޔާދަތާއި ސިލްމާއި ސަލާމަތްކަން ނެތި ދިޔަ ދީގެން ނުވާނެއެވެ.
ދީނީ ވަޙުދަތާއި ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަން ނަގަން ވާނީ ވަރަށް ސީރިއަސްކޮށެވެ. ވަރަށް ޚައްޞާޞަކޮށެވެ. އެއީ "ކެޝުއަލް"ކޮށް، "އީޒީ"ކޮށް، ފަރުވާކުޑަކޮށް ނަގަން ޖެހޭ ވަރަށްވުރޭން މާ ޚުޠޫރަތްތެރި، މާ ނުރައްކާތެރި ކަންކަމެވެ.
ދީނީ ވަޙުދަތާއި ޤައުމުގެ މިނިވަންކަމަށް ބުރުލެއް (ކިރިޔާ ވެސް) އަރާ ފަދަ ކަމެއްގެ ވާހަކަ (ތުންތުން މަތީން ވިޔަސް) ދެކެވޭ ނަމަ، އެ ކަމާ މެދު ބަލާން ޖެހޭނީ ސީރިއަސް ނަޒަރަކުންނެވެ. އެއީ މާ ބޮޑުކަމެއް ނޫނޭ ބުނެ، ވަރިހަމަކޮށްލައިގެން ނުވާނެއެވެ.
ދީނީ ވަޙުދަތާއި ޤައުމުގެ މިނިވަންކަން ހިމެނޭ ކަންކަމުގައި ރައްޔިތުން ތިބޭން ޖެހޭނީ ވަރަށް ބޮޑަށް ހުޝިޔާރުވެ ހޭލައެވެ. ދެކޮޅަށް ބަލަބަލައެވެ. ހުރިހާ ފަރާތަކަަށް ނަޒަރު ހިންގާލަހިންގާލައެވެ. ދީނާއި ޤަައުމުގެ ޢަދުއްވުން ދީފާނެ ގެއްލުމަކަށް ތިބޭން ވާނީ ފާރަވެރިގެންނެވެ.
ދީނީ ވަޙުދަތާއި ޤައުމުގެ މިނިވަންކަން ހިމެނޭ ކަންކަމުގައި، (އެ އިރެއްގައި) އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ކަންކަމާ ހަވާލުވެ ތިބޭ ފަރާތްތަކުން އެހެނިހެން ފަރާތްތަކާއި އެހެނިހެން ދައުލަތްތަކާ އެކު ހަދާ އެއްބަސްވުންތަކާއި ކުރެވޭ ސައްލާތަކުގައި ޝައްކާއި ވަހުމަށް (ކިރިޔާ ވެސް) ޖާގަ އޮތް ހުރިހާ ކަމަކާ މެދު ބަލާން ޖެހޭނީ ޝައްކުގެ ނަޒަރުންނެވެ. އޭގައި އެ މީހަކު ހުންނާން ވާނީ ދީނާއި ޤައުމުގެ ކޮޅުގައެވެ. އެ މީހެއްގެ ވަފާތެރިކަން އޮންނާން ވާނީ ދީނާއި ޤައުމަށެވެ. ދީނާއި ޤައުމުގެ އަދުއްވުންގެ ކޮޅުގައި ހުރެވިއްޖެއްޔާ، އެއީ ދީނާއި ޤައުމަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.
ރީތިކަމަކީ ބޭރުފުށުގެ ރީތިކަމެއް ނޫނެވެ. ބޭރުފުށުން ފެންނާން ހުންނަ މޭކަޕާއި ކުލަތަކުގެ ގިރިޓީއެއް ނޫނެވެ. ހަގީގީ ރީތިކަމަކީ އެތެރެފުށުގެ ރީތިކަމެވެ. އީމާނުގެ ރީތިކަމެވެ. އަޚްލާޤުގެ ރީތިކަމެވެ. ތަޤްވާގެ ރީތިކަމެވެ.
އެންމެ ރީތި މީހަކީ، (ފިރިހެނަކަސް، އަދި އަންހެނަކަސް) މާތް ﷲއަށް އެންމެ ތަޤްވާވެރި، އެންމެ ކިޔަމަންތެރި މީހާއެވެ.
މާތް ﷲއަށް ނުކިޔަމަންތެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް އުރެދޭ މީހާއަކީ ވަރަށް ހުތުރު މީހެކެވެ. އެ ކަން އެންމެ ބޮޑަށް ޔަޤީންވެގެން ދާނީ ޤިޔާމަތް ދުވަހުންނެވެ. އެބައިމީހުންގެ މޫނުތައް އަނދިރިވެ ބިރުވެރިވެފައިވާ ހިނދުއެވެ.
ކިޔަމަންތެރި އަޅުންގެ މޫނުތައް ވާހުށީ، އުޖާލާވެ އަލިވެގެންނެވެ. ޙަޤީޤީ ރީތިކަމަކީ އެއީއެވެ.
އަޚުންނާއި އުޚުތުންނޭވެ! ވޯޓަކީ އަމާނާތެކެވެ. ޒިންމާއެކެވެ. އެއީ ޢާއިލީ ގުޅުމަކަށް، އެކުވެރިކަމަކަށް، ދުނިޔެވީ މަންފާއަކަށް، ލިބިދާނޭ މަތީ މަޤާމަކަށް، އަމިއްލަ ރަށަށް ކޮށްދީފައިވާ މާއްދީ ތަރައްޤީއަކަށް، ލިބޭ ރިޝްވަތުގެ ފައިސާ ފޮއްޗަކަށް ހަމައެކަނި ރިޢާޔަތްކޮށްފައި ދޭން ހެޔޮވާނޭ އެއްޗެއް ނޫނެވެ.
ވޯޓު ދޭނޭ މީހަކު ނިންމުމުގެ ކުރީން ކުރާން ޖެހޭ އެންމެ އަސާސީ ކަންކަމަކީ، ދީނާއި ޤައުމުގެ މަޞްލަޙަތު އޮތީ ކޮން ގޮތަކަށްތޯ ބެލުމެވެ. ވޯޓަށް ކުރިމަތިލައިފައިވާ މީހުންގެ ވިސްނުމާއި ފިކުރާއި އެބައިމީހުންގެ "އައިޑިއޮލޮޖީ"އަކީ ކޮބައިކަން ވަރަށް ރަނގަޅަށް ސާފުކުރާން ޖެހޭނެއެވެ. ދީނީ ވަޙުދަތާއި ދީނީ ޝިޢާރުތައް ނެގެހެއްޓުމާއި، ދީނަށް އަންނަ ފުރައްސާރަތަކާއި އުދުވާނިއްޔަތަށް އޭނާ ކުރިމަތިލަނީ ކޮން ގޮތަކަށްތޯ ވެސް ބެލުން މުހިންމެވެ. ދީނުގެ ޢަދުއްވުންނާއި ދީނާ ދުރަށް މީސްތަކުން ގެންދާން އުޅޭ މީހުންނާ އެ މީހަކާ އެއްވެސް ގުޅުމެއް ނެތް ކަމާއި، އެފަދަ ބަޔަކަށް ސަރުކާރުގެ މުހިންމު ސިޔާސަތުތައް ކަނޑަޅާން ހަވާލުނުކުރާނޭ މީހެއް ކަން ވެސް ޔަޤީންކުރާން ޖެހެއެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް އޭނާ ދެނީ ކިހައިވަރެއްގެ އަހަންމިއްޔަތެއްތޯ ވެސް ބެލުން މުހިންމެވެ. ދީނާއި ޤައުމުގެ ބަހާތައް ޤުރުބާންކޮށްފައި "ކޮމްޕްރޮމައިޒްކޮށްފައި" އެހެން ޤައުމެއްގެ، އެހެން މިއްލަތެއްގެ، އެހެން ދީނެއްގެ، އެހެން ރައްޔިތުންތަކެއްގެ މަޞްލަޙަތު އިސްނުކުރާނޭ މީހެއް ކަން ވެސް ކަށަވަރުކުރުން މުހިންމެވެ. އޭނާގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާއާއި އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ދީންވެރިކަމަކީ ކޮބައިކަން ވެސް ބެލުން މުހިންމެވެ. މިހިރަމިހިރަ އެތައް ކަމަކާއި އަދިވެސް މިފަދަ އެހެނިހެން އެތައް ކަމަކަށް ރިޢާޔަތްކުރާން ޖެހޭނީ އެންމެ މަތިވެރި ދަރަޖައަކަށެވެ.
އަދި މި ކަންކަން ދަނެގަތުމުގެ ގޮތުން، ދީނާއި ދުނިޔެ ރަނގަޅަށް ދަންނަ ތެދުވެރި އިޚްލާޞްތެރި އަމާނާތްތެރިންގެ ރައުޔަކީ ކޮބައި ކަން ހޯދައި ބަލައި، އެބައިމީހުންނާ ކުރެވުނު އެންމެ މަތީ ދަރަޖައަކަށް މަޝްވަރާކުރުމަކީ ވެސް ކޮންމެހެން ކުރުން ލާޒިމުކަމެކެވެ. ދީނާއި ޤައުމުގެ މަޞްލަޙަތު އެ މީހެއްގެ އެންމެ މަތީ މަޞްލަޙަތު ކަމުގައި ބަލާ ޙިކުމަތްތެރީންނާ ވެސް މަޝްވަރާކުރުން ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ، ކަންކަމުގައި ގޮތް ނިންމުމުގެ ކުރީން އިސްލާމްދީނުގައި މުސްތަޙައްބުކުރައްވައިފައިވާ އިސްތިޚާރާ ނަމާދުކުރުމަކީ ވެސް މުހިންމުކަމެކެވެ.
އެހެނީ، އެއްވެސް މީހަކީ އެ މީހަކު އަމިއްލަ އަމިއްލައަށް ހުރިހާ އެއްޗެއް އެނގޭ މީހެއް ނޫނެވެ. މީސްމީޑިއާއާއި ތުންތުންމަތީން ދެކެވޭ ވާހަކަތަކާއި، ނޫސްތަކުގެ ފަލަ ސުރުޚީތަކުން އެނގޭ ކަންކަމަކީ ޤައުމެއްގެ މުސްތަޤުބަލު ކަނޑައެޅުމަށް ފުދޭ މިންވަރެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއީ އެކަން ކުރާން އޮތް އެންމެ އެކަށީގެންނުވާ މަގެވެ. އެހެންކަމުން، ދީނާއި ޤައުމަށް ވަފާތެރި އިސްވެ ދެންނެވި ފަދަ ސިފަތައް ހިމެނޭ ރަނގަޅު މީހުންނާ މަޝްވަރާކުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.
މިއީ ޒިންމާއެކެވެ. މިއީ މުސްލިމް ރައްޔިތުންތަކެއްގެ ދީނާއި ދުނިޔޭގެ ކަންކަން ހިންގެވުމަށް މީހަކާ ހަވާލުކުރެވޭ ކުރުމެކެވެ. އިސްލާމީ ބިމެއްގެ ހިމާޔަތުގެ ލަގަން މީހަކާ ހަވާލުކުރެވޭ ކުރުމެކެވެ. މިއީ ބޮޑު ކަމެކެވެ. އާދައިގެ ކުޑަ ކަމެއް ނޫނެވެ. މި ޒިންމާއާ މެދު ޤިޔާމަތްދުވަހުން މާތް ﷲގެ ޙަޟްރަތުގައި އެ މީހަކު ހުއްޓި ހުރެ ތުނޑުންތުނޑަށް ޖަވާބުދާރީ ވާން ޖެހޭނޭ ކަން ކަށަވަރެވެ.
ދުޢާއަކީ މާތް ﷲ އަޅަމެންނަށް ހެޔޮގޮތް އިޚްތިޔާރުކުރުމުގެ ތައުފީޤު ދެއްވުމެވެ. އާމީން!
