cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

Galandhaanu ގަލަންދާނު

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Ko'proq ko'rsatish
Reklama postlari
2 096
Obunachilar
Ma'lumot yo'q24 soatlar
+57 kunlar
+4230 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Photo unavailableShow in Telegram
✨ޢާޝޫރާ ދުވަހުގެ ރޯދަ | ގަލަންދާނު
Hammasini ko'rsatish...
Photo unavailableShow in Telegram
📝Hijrī Calendar for the Month of Muḥarram 1446 H. (See Source image for full version)
Hammasini ko'rsatish...
3
Photo unavailableShow in Telegram
ފައިދާއެއް (54)
Hammasini ko'rsatish...
2
Photo unavailableShow in Telegram
😀 އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން 2/2 ~ ގަލަންދާނު
Hammasini ko'rsatish...
3
Photo unavailableShow in Telegram
📎 އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން 1/2 ~ ގަލަންދާނު
Hammasini ko'rsatish...
3
🗣އައްރިޔާއު އަކީ ދެދުނިޔޭގެ މުޞީބާތެކެވެ. ❞ މަޚުލޫޤުންނަށް ކަންދެއްކުމާއި⁽¹⁾ ދެއްކުންތެރިވުމާއި، ހިތްއެނބުރިފައި ވުމީ، ނަފްސަށްވާ ނުތަނަވަސް ކަމެކެވެ. އަދި ކައްވަޅުގެވެސް ނުތަނަވަސް ކަމެކެވެ. އަދި މިކަން ކުރަނީ ޢިލްމެއް ނެތް މީހުންނެވެ. އެހެނީ ޢިލްމާއި ޢަމަލު ހާމަކޮށް އެކަމުގައި މީސްތަކުންގެ މޫނަށް ބެލުމީ، އޭގެ ސަބަބުން އެޢަމަލަކަށް ﷲ ބަރަކާތެއް ނުލައްވާ އަދި އެޢަމަލެއް ބައްލަވައިވޮޑިގެން ވެސް ނުވާ ކަމެކެވެ. އަދި އެފަދަ މީހާއަށް ކާމިޔާބެއްވެސް އަދި އެއިލާހުގެ އަޅުތަކުންގެ ހިތްތަކުގައި ލޯތްބެއްވެސް ނުލައްވަވައެވެ. އަދި މީސްތަކުންގެ މެދުގައި އޭނާއާއި މެދު ހެޔޮ ގޮތެއްގައި ވާހަކަދެކެވުންވެސް ނުލައްވަވައެވެ. އެހެންކަމުން ދެއްކުންތެރިކަން އޭނާއަށް މުސީބާތަކަށްވެ ނިމެއެވެ. އަދި އޭނާ ބޭނުންވިގޮތާއި ދިމާ އިދިކޮޅަށް އެނބުރެއެވެ. ވީމާ ދުނިޔެއާއި އާޚިރަތްވެސް ނާކާމިޔާބުވެއެވެ. ދަންނައެ، އިޚްލާޞްތެރިކަމީ ﷲ އަށްޓަކައި އެކަނި ޢަމަލުތައް ކުޅައުމެވެ. ދުނިޔެއާއި އާޚިރަތުގެ ޢިއްޒަތާއި ދަރަޖަ އުފުއްލެވުންވާ މަގަކީ އެއީއެވެ. އަދި މި އިޚްލާޞް، މިއީ (ހަވާ) ނަފުސުގެ މައްޗަށް އޮތް އެންމެ ބުރަ ކަންތަކެވެ. އެހެނީ މީގައި އެޔަށްވާ އެއްވެސް މިންވަރެއް ނުވެއެވެ. މަޚްލޫޤުންގެ ހިތްތަކުގައި ޒީނަތްތެރިވުމާއި، އެވެރިންފުށުން ތަޢުރީފަށް އެދުމާއި އެވެރިން ކިޔާފާނެ އެއްޗަކަށް ހިތްބިރުގަތުން ފަދަ ނަފުސުގެ އުއްމީދުތައް އެމީހެއްގެ އަމަލުގައި މަސްހުނި ނުވެއްޖެމީހާ، ފަހެ އޭނާގެ ޢަމަލަކީ ﷲ އެއަށް ބަރަކާތްލައްވާ ޞާލިޙު ޢަމަލެކެވެ. އަދި އެއަކީ މަންްފާ ލިބިގެންވާ އެއްޗެއް ކަމުގައި ލައްވަވައެވެ. އަދި އެއިން އަޅުތަކުންނަށް ފައިދާ ކުރައްވަތެވެ. އަދި އޭގައި އެވެރިންނަށް ލައްޒަތާއި ބަރަކާތް ލައްވައެވެ. އަދި އޭގެ އަހުލުންނަށް ﷲ ޤަބޫލުވެވޮޑިގަތުން ލައްވައެވެ. ދެއްކުންތެރިން އެހޯދުމަށް އެދޭ ކަންތައް، އެ ރިޔާއު ގެ ސަބަބުން ޙާޞިލެއް ނުވާނޭ ކަން ދަނެގަނެވޭނޭނަމަ، އޭގެ ސަބަބުން އެވެރިން ތައުބާއަށް އަވަސްވީހެވެ. (ޙަދީޘް) «وَمَنْ سَمَّعَ سَمَّعَ اللَّهُ بِهِ» (އަޑުއިއްވާ މީހާ ﷲ އަޑު އިއްވަވާނެތެވެ.) [އެބަހީ: މީސްތަކުންނަށް އަޑުއިއްވާން އަޅުކަން ކުރާ މީހާ، ﷲ އޭނާގެ މުނާފިޤުކަން ޤިޔާމަތްްދުވަހުން ބޭޒާރުކުރައްވައި އެންމެންނަށް އަޑުއިއްވަވާނެތެވެ.] އަދި ތައުބާ ވެއްޖެ މީހާ ﷲ ތަޢުބާ ލައްވަވާނެތެވެ. ﷲ تعالى ވަޙީ ކުރެއްވިޔޭ: ﴿تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلۡأَرۡضِ وَلَا فَسَادًاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾ (އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންއިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤުވާ ވެރިންނަށެވެ.) ❝ — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު) ~ ގަލަންދާނު ـــــــــــــــــــــ [1] التصنع للخلق (މީސްތަކުންނަށް ކަންދެއްކުން) މީގައި މިވާ التصنُّع (ކަންދެއްކުން) ޢަރަބި ބަަހުގެ ރަދީފު (لسان العرب) ގައިވަނީ: “އެގޮތުގައި ނުވެމެ ހެޔޮލަފާ ކަމަށް ދެއްކުމެވެ. އަދި التصنع ، ކަންދެއްކުމީ: ހެޔޮ ޒާތެއް ދައްކައި އެކަން ފާޅުކޮށް، އޭގެން ޒީނަތްތެރިވެ، އެހެނަސް އެތެރެފުށް ހުތުރުކޮށް އޮތުމެވެ.“ | ދިވެހި ބަހުގެ ރަދީފުގައި ކަންދެއްކުން: އެތެރެފުށުގައި ނެތްކަމެއް ބޭރުފުށުން ފާޅުކުރުން.
Hammasini ko'rsatish...
1
sticker.webp0.43 KB
މިޒަމާނުގައި އަލް-އަޝްޢަރިއްޔާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟ ޖަވާބު: ”އަލް-ޢަޝްޢަރިއްޔާ ބެހެވެނީ ދެބަޔަކަށެވެ: 1. ވަޘަނީ (ﷲ ނޫން އެހެން ފަރާތެއް ނޫނީ އެއްޗަކަށް އަޅުކަން ރައްދުކުރާ) ޤަބުރުގެ އަޝްޢަރީން — ފަހެ މިއީ މުޝްރިކުންނެވެ. 2. ސާފު އަޝްޢަރީން — މިވެރިންގެ ފުށުގައި ބޮޑު ޝިރުކުގެ ބާބުގެ ތެރެއިން އެއްޗެއް ނުވެއެވެ. ފަހެ މިވެރިންގެ ޙުކުމަކީ މިވެރިންނަށް ވުރެ އިހުގެ އަޝްޢަރީން ގެ ޙުކުމެވެ. އިހުގެ އަޝްޢަރީން ތައް ބެހެވެނީ ދެބަޔަކަށެވެ: ހ. ފުރަތަމަ އަޝްޢަރިއްޔާ: ފަހެ މިއުރެންނީ ކިލާބިއްޔާ އެވެ. އެއީ ބިދުޢައިގެ ބައިގަނޑެކެވެ. އަދި އެއުރެން ތަކްފީރެއް ނުކުރެވެއެވެ. ށ. ދެވަނަ އަޝްޢަރިއްޔާ: މި ވެރިންނާއި މެދު ، ޖުމްހޫރު ޢިލްމުވެރިން ކަނޑައަޅުއްވަނީ ތައުވީލުގެ (ޢުޛުރުދެވި) އެވެރިން ތަކްފީރު ނުކުރެވޭ ކަމުގައެވެ. އަދި ޢިލްމުވެރިންގެ ތެރެއިން މަދު ބަޔަކު އެވެރިން ކުފުރު ކުރެއްވިއެވެ. އޭގެ ތެރޭގައި އިބްނު ޙަޒަމް އާއި އިބްނުލް ޖަޥްޒީ އާއި އަލްދުޝްތީ އަދި ބައެއް ޙަންބަލީންނެވެ. އަދި ރާޖިޙު ގޮތަކީ، ޒަމާނާއި މަކާނު (ތަނުގެ) މައްޗަށް ބިނާވެ އެކަން ބަދަލުވާކަމެވެ: ފަހެ އެޒަމާނަކީ ސުންނަތް ފެތުރި ފާޅުވެފައިވާ ޒަމާނެއް ނަމަ، ނުވަތަ އެތަނަކީ ސުންނަތް ފާޅުވެގެންވާ ތަނެއް ނަމަ — އެއީ އިމާމް މާލިކު އާއި އަޙްމަދު އަދި އައްޝާފިޢީ ގެ ޒަމާނު ފަދަ ޒަމާނެއްގައި ނަމަ — ދެން އަޝްޢަރީ (ފިކުރު) ޚިޔާރުކޮށްފިނަމަ އެފަދަ މީހަކީ ކާފަރެކެވެ. އަދި އެޒަމާނަކީ ޖާހިލުކަން ގަދަ ބިދުޢަ ފެތުރި ސުންނަތް ފަނޑުވެފައިވާ ޒަމާނެއް ނަމަ — އެއީ އިބްނު ތައިމިއްޔާ އަދި މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ޒަމާން ފަދައިން ނަމަ — ޝުބުހަ ކަނޑުވާލެވެން ދެން އަދި އޭނާ (ނައްޞުގެ މައްޗަށް) ބޮޑާކަމުގައި ދެކޮޅު ހަދައިފުމަށް ދާންދެން، ތަކްފީރެއް ނުވެއެވެ. والله أعلم . ނޯޓް: އަޝްޢަރީންނާއި އެއްބަސްވާ އެހެނަސް ޖުމްލަގޮތެއްގައި އަހުލުއް ސުންނަތުގެ ތެރޭގައިވާ ބައިގަނޑެއް މީގެ ތެރޭން އެބަވެއެވެ. އަދި އެބޭކަލުންގެ ޙާލަތަކީ އަޝްޢަރީންނާއި އެއް ފަދައިން ނަޤްލު (ޤުރުއާން އާާއި ސުންނަތުގެ) މައްޗަށް ބުއްދި އިސްކުރާ ފަދަ ޙާލަތެއް ނޫނެވެ. އަދިކިއެއްތަ؟ އެބޭކަލުންގެ ގެ ޙާލަތަކީ ޤުރުއާނާއި ސުންނަތް އިސް ކުރެއްވުމެވެ. އަދި ބުއްދި އިސްކުރުމަށް ދެކޮޅު ހެއްދެވުނެވެ. މީގެ މިޘާލަކީ، އަލްބައިހަޤީ އާއި އިބްނު ފޫރަކް އަދި އެފަދަ ބޭކަލުންނެވެ. ފަހެ މިބޭކަލުން އެވެއްޓިވަޑައިގަތް ކަންކަމަށް ބުނެވެނީ "އޮޅުން އެރުން" ތައް ކަމުގައެވެ. ވީމާ އެބޭކަލުން ބާޠިލުގައިވީ އެއްޗެއް ރައްދުކުރެވޭހިނދު، އެބޭކަލުންގެ ދަރަޖަ ރައްކައުތެރި ކުރެވި އެބޭކަލުންގެ ޢިލްމުން ފައިދާނެގެވެއެވެ.“ — ޝައިޚްގެ ޖަވާބު ނިމުނީ — އައްޝައިޚް ޢަލީ ބުނު ޚުޟައިރް، އަލްޚުޟައިރް ⁽¹⁾ ~ ގަލަންދާން ___________ ⁽¹⁾ މިއީ އައްސަލަފިއްޔޫން ފޯރަމްސް ގައި ޝައިޚް އާއި ކުރެވުނު ސުވާލެއްގެ ޖަވާބެވެ. (މަޞްދަރުގެ ނަކަލް)
Hammasini ko'rsatish...
👍 2
Photo unavailableShow in Telegram
~ ގަލަންދާން
Hammasini ko'rsatish...
ވީމާ އެވެރިންނަށް ޝުބުހު ލައިގަނެފައިވާ ކަމުގެ ސަބަބުން، ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް އެވެރިން ތަކްފީރުކުރުމުން މަނައުވެގެންނެވިއެވެ. މިހެންވިޔަސް، އަޝްޢަރީ އަކާއި އަހަރެމެން ބަހުޘް ކުރަނީނަމަ، އަދި ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މަތީގައި ވޮޑިގެންވާކަމަށް ތިމަން ކަށަވަރު ނުކުރަމޭ، އަދި ޤުރުއާނަކީ މަޚްލޫޤެކޭ، އަދި ﷲ ގެ ކަލާމްފުޅެއް ނުވެޔޭ ބުނެއްޖެނަމަ، އަދި އަހަރެމެން އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް އަދި އޭނާގެ ފުށުން އެޝުބުހު ފިލުވައިފިނަމަ، އަދި އޭނާއަށް ޝުބުހެއްވެސް އަދި ކުށްޖެހިގެންވާ ތައުވީލެއްވެސް ބާކީ ނޯވެއްޖެ ހިނދު، އޭނާ އޭގެ ސަބަބުން (އެގޮތުގައި ދެމިހުރުމުން) ކާފަރު ވެދެއެވެ. އެހެނީ، އަހުލުއް ސުންނަތުން، ޢުލުއްވު އަށް އިންކާރު ކުރާ މީހުން ޖުމްލަގޮތެއްގައި ކުފުރުވެފައިވާ ކަމަށް ވިދާޅުވެއެވެ. އަދި އަޝްޢަރީން ޢުލުއްވު އަށް އިންކާރު ކުރެތެވެ. އަދި ޖަހުމީން ބުނާފަދައިން ޤުރުއާނަކީ މަޚްލޫޤެއް ކަމަށް ބުނާ މީހެއް ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އަދި އަޝްޢަރީން މިހެން ބުނެތެވެ. އަދި އާޙަދް ޚަބަރުތަކަށް އިންކާރު ކުރާ މީހުން ޖުމްލަގޮތެއްގައި ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އަދި އަޝްޢަރީން މިފަދައިން ބުނެތެވެ. އަދި ﷲ ގެ ޙަޟުރަތުން (އެންމެ) ޞިފަފުޅެއް އިންކާރުކޮށްފި ނުވަތަ ނަފީކޮށްފި މީހެއް ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އެއީ އަޙްމަދު އާއި މާލިކު އަދި ޖަމާޢަތެއް ވިދާޅުވެފައިވާ ފަދައިންނެވެ. އަދި އަޝްޢަރީން ﷲ جل وعلا ޙަޟުރަތުން އެތަކެއް ޞިފަފުޅެއް ނަފީކުރެތެވެ. އެހެނަސް، އެވެރިންގެ ފުށުގައި، އާޙަދު ޚަބަރުތަކަށް ވީތީ ބަރޯސާވާ ތައުވީލުތައް ވެއެވެ. އަދި މިވެނި ކަމަކުން ލާޒިމުކުރަނީ އަދި ކަނޑައެޅެނީ މިވެނި އެވެނި އެއްޗެކޭ ބުނެ ބަރޯސާވާތަކެތިވެސް މެއެވެ. (މިޘާލަކަށް މިވެނި ޞިފައެއް ޤަބޫލު ކުރުމީ ﷲ މަޚަލޫޤުންނާއި އެއްފަދަ ކުރުމޭ އަދި ވައްތަރުކުރުމޭ ބުނެއެވެ.) ފަހެ މިސަބަބަށްޓަކައި ޢިލްމުވެރިން ކުރެ ޖަމާޢަތެއް — އަދި ކިއެއް؟ — އަހުލުއް ސުންނަތުގެ ގިނަ ބޭކަލުން އެވެރިން ތަކްފީރު ކުރެއްވުމުން ހުއްޓިވަޑައިގަންނަވައެވެ. ~ ގަލަންދާން __________ ⁽¹⁾ ޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ: ލަޢަން (ލައުނަތް) ގެ މުރާދަކީ "ﷲ ގެ ރަޙުމަތުން މީހެއް ބޭރުކޮށްލުން" ކަމަށް ބުނުމަކީ އޭގެ އަޞްލު މާނައިން ތައުވީލު ކުރުމެއްތޯ އެވެ. އަދި މިގޮތަށަ ތައުވީލު ކުރުން ޢަޝަރީންގެ ބުނުމަށް ބާރުދޭތޯ އެވެ. ޝައިޚް ޖަވާބުގައި ވިދާޅުވީ، ބައެއް ޢިލްމުވެރިން ލަޢަން އޭގެ ޙަޤީޤީ މާނައިގައި (ލަޢުނަތް ދިނުން ގޮތުގައި) ކިޔައިދެއްވިޔަސް، ގިނަ ޢިލްމުވެރިން ކިޔައިދެއްވާފައި ވަނީ ބަޔާންވެވުނު ގޮތަށް ކަމުގައެވެ. މިހެންވިޔަސް ލަޢަން އަކީ "ﷲ ގެ ރަޙުމަތުން މީހެއް ބޭރުކޮށްލުން" ކަމުގަައި ތަޢުރީފު ކުރުމުގައި މައްސަލައެއް ނެތްކަމުގައެވެ. އެހެނީ މިއީ އޭގެ ހަޤީޤީ މާނައިން އަނބުރާލުން (ތައުވީލުކުރުން) ކަމުގައި ނުވާކަމުގައެވެ. އެހެނަސް ލަޢުނަތުގެ އަޘަރު ކިޔައިދިނުން ކަމުގައެވެ. މިޘާލަކަށް އަޝްޢަރީން ބުނަނީ ﷲ ގެ ކޯފާ އަކީ އެއިލާހުގެ ޢަޛާބު ކަމުގައެވެ. މީގައި މިވަނީ ﷲ ގެ ޞިފަފުޅެއް (ކޯފާ) އޭގެ ޙަޤީޤީ މާނައިން އަނބުރާލެވުފައެވެ. (ނުބައިކޮށް ތައުވީލުކުރެވިފައެވެ.) އެހެނަސް ﷲ ގެ ކޯފާގެ ސަބަބުން މީސްތަކުންގެ މައްޗަށް އެއިލާހުގެ ޢަޛާބާއި މުސީބާތްތައް ޖެއްސެވުން ވާ ކަމުގައި އަހަރެނެންނަށް ބުނެވިދާނެއެވެ. ހަމަ މިބީދާއިން ﷲ ރަޙްމަތްވެވޮޑިިގެންބެވުމާއި މެދު އަޝްޢަރީން މާނަ އޮޅުވައިލަނީ އެއީ އެއިލާހު ނިޢުމަތް ދެއްވެވުން ކަމުގައެވެ. މިއީ ބިދުޢަވެރި ތައުވީލެކެވެ. އަދިކިއެއްތަ؟ އަހަރެމެން ﷲ ގެ ސިފަފުޅު، އައްރަޙްމާން ކަށަވަރު ކުރަމެވެ. އަދި އަހަރެމެން ބުނަނީ އެއިލާހުގެ ރަޙުމަތުގެ ސަބަބުން އަދި އަޘަރުން މަޚްލޫޤުން ތަކަށް އެއިލާހު ނިޢުމަތް ތަކާއި، ހިތްހަމަޖެހުމާއި އުފާފާގަތިކަމާއި އަދި މިފަދަ ކަންކަން ދެއްވާކަމެވެ. (ބައްލަވާ: ހުޅުވާލެވިފައިވާ މަޖިލިސް 30/129) ⁽²⁾ އެބަހީ: ﷲ ތަޢާލާ ޤުރުއާން އެއިލާހުގެ ބަސްފުޅުން (އަޑުން) ސީދާ ވަޙީ ނުކުރައްވައޭއެވެ. އަދި އޭގެ އަކުރު ތަކަކީ ޚަލްޤުކުރެވިފައިވާ ތަކެތި ކަމެކެވެ. އަދި އެހެނަސް ﷲ ރަޟުރަތުން ސީދާ އަންނަ އަދި ޚަލްޤުވެވިގެން ނުވާ އެއްޗަކީ އަހަރެމެން މިކިޔަވާ އެއްޗެއް ގެ މާނަ ކަމެވެ. ⁽³⁾ އާޙަދު ޙަދީޘް ތަކޭ ބުނެވެނީ، ޙަދީޘެއްގެ މަގުން އެެއްވެސް ހިސާބެއްގައި އެ ޙަދީޘެއް ރިވާ ކުރެވެނީ އެކެއް ދޭއް ނުވަތަ ތިން ވަރަކަށް މީހުން އެކަނި ކަމަށް ވެއްޖެނަމަ، އެވެރިން ދެކޭ ގޮތުން ޢަޤީދާގެ ކަންކަމުގައި އެފަދަ ޙަދީޘް ބަލައިނުގަނެވުނެވެ. ⁽⁴⁾ މިޘާލަކަށް؛ ޤުރުއާނުގެ ބޭރުފުށަށް ފާޅުވާ މާނަ ބުނުމަކީ ކުފުރުކަމަށް ބުނުން ހިމެނެއެވެ. އެއީ މަޚްލޫޤުންނާއި ﷲ ވައްތަރުކުރުން ކަމަށް ދެކިއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ޖަހުމީން ފަދައިން އީމާނަކީ ހިތުތެރޭގައިވާ އެއްޗެއް އެކަނި ކަމުގައި ބުނެއެވެ.
Hammasini ko'rsatish...
1
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.