cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

لا اله الا الله

Більше
Країна не вказанаМова не вказанаРелігія і духовність81 887
Рекламні дописи
361
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

Repost from N/a
ޝެއިޚުލް-އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. އަހްލުއްސުންނާ އަކީ މީސްތަކުންގެ ތެރެއިން ޙައްޤާއިމެދު އެންމެ ޢިލްމުވެރި، އަދި މީސްތަކުންގެ ތެރެއިން ޚަލްޤުތަކުންނަށް އެންމެ ރަހުމްކުރާ މީހުންނެވެ. [މިންހާޖުއްސުންނާ 5/158] https://t.me/AlMaldhif
Показати все...
Фото недоступнеДивитись в Telegram
An-Najm 53:57 أَزِفَتِ ٱلْءَازِفَةُ (57) قيامة ވުން ގާތް ވެއްޖެއެވެ. Divehi - Abu Bakr Ibrahim Ali (Bakurube)
Показати все...
Repost from Tazkirat Nufoos
އޭ އުޚްތުންނޭވެ! ކެތްތެރިވާށެވެ. | ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله މި PDF އަކީ ކޭމްޕްތަކުގައި އަސީރުވެފައިވާ އަހަރުމެންގެ އުޚްތުން، ޝައިޚް އަހުމަދު މޫސާ ޖިބްރީލަށް ފޮނުވި ސިޓީއަކަށް ޝެއިޚް ދެއްވި ރައްދެކެވެ. އެ އުޚްތުންނަށް އިސްލާމީ އުއްމަތްވެފައިވާ އިހުމާލާއި، އަދި އެ އުޚްތުން މިނިވަންކުރުން ނޫނީ އެމީހަކަށް ވެވުނު މިންވަރަކުން އެހީވުމަކީ މި އުއްމަތުގެ މުސްލިމުންގެ ޒިންމާއެއް ކަމާއި، އަހަރުމެންގެ މަތިވެރި، ޢިއްޒަތްތެރި، ޢިއްފަތްތެރި އުޚްތުންނަށް ބަދުބަސް ބުނާ ފިޑިންނަށް ފާޑުކިޔާ އަދި އެ އުޚްތުންނަށް ކެތްތެރިވުމަށާއި ﷲ އަށް އުއްމީދުކުރުމުގައި ދެމިތިބުމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. އަޅުގަނޑުމެން އެދެނީ މި PDF އަކީ އަޅުގަނޑުމެންގެ ލޮބުވެތި އުޚްތުންގެ ލޮލުގެ ފިނިކަމެއް ކަމުގައި ލެއްވުމަށެވެ. ﷲ ތަޢާލާ، އެކަނބަލުން ކޮންމެ ނުބައަކުން ރައްކާތެރި ކުރައްވަވާ، ރިވެތިވެގެންވާ ކެތްތެރިކަމެއް ދެއްވަވާށިއެވެ. އަދި އަޅުގަނޑުމެން ކިބައިން މި ޢަމަލު ޤަބޫލުކުރައްވަވާށިއެވެ. آمين #Book @Tazkirat_Nufoos
Показати все...
އޭ_އުޚްތުންނެވެ!_ކެތްތެރިވާށެވެ_.pdf4.02 MB
ޚާލިދް ބިން ވަލީދު رضي الله عنه ވިދާޅުވިއެވެ: "ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَى ގެ މަގުގައި ޝަހީދުވުމުގެ އަޒުމުގައި 100 އަށްވުރެ ގިނަ ހަނގުރާމައިގައި ބައިވެރިވީމެވެ. އަދި އަހުރެންގެ ހަށިގަނޑުގައި ލޮންސިންނާއި، ކަނޑިން އަދި ތީރުތަކުން ޒަހަމް ނުލިބޭ ތަނެއް ހަށިގަނޑުގައި ނުވެއެވެ. ނަމަވެސް އަހުރެން މިއަދު މަރު މިވަނީ ބަލި އެނދުގައެވެ. ޔާ ﷲ! ފިނޑިންގެ ލޯތަކަށް އަރާމު ނިންޖެއް ނުދެއްވާނދޭވެ.!" ( خلاصة تذ ه‍يب ته‍ذيب الکمال ص 103) #لا_اله_الا_الله https://t.me/la_ilaha_illallah_ALLAH
Показати все...
Being Thankful Dhivehi.pdf2.89 MB
Фото недоступнеДивитись в Telegram
Ar-Rahman 55:46 وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ (46) އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ގައި قيامة ދުވަހުން ހުންނަންޖެހޭ مقام އާމެދު ބިރުވެތިވެއްޖެ މީހަކަށް قيامة ދުވަހުން ދެ ބަގީޗާ ވެއެވެ. ނުވަތަ ތިމާ ދުނިޔޭގައި އުޅޭއިރު الله تعالى ތިމާގެ عمل ތަކާމެދު އަބަދާ އަބަދު ބައްލަވާވޮޑިގެންވާ ކަމާމެދު ބިރުވެތިވެ، ނުބައި ކަންތައް ދޫކޮށް، ހެޔޮ عمل ކުރި މީހަކަށް قيامة ދުވަހުން الله تعالى ދެ ސުވަރުގެ ދެއްވާ ހުއްޓެވެ. އެއީ والنّازعات ސޫރަތުގައިވާ (وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ٤٠ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ٤١) މި އާޔަތުންވެސް دليل ކުރާ ގޮތެވެ. މިއާޔަތުގެ މާނައީ: އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ مقام އާމެދު ބިރުވެތިވެ އަދި ތިމާގެ هوى نفس ގެ އެދުންތައް نهى ކޮށް ދުރުކޮށްފި މީހާ ދަންނައެވެ. ފަހެ އެމީހަކަށް ހުރި ތަނަކީ مَأْوٰى އެވެ. ކިޔުނު ސުވަރުގެއެވެ. ބަގީޗާއެވެ. މިއެވެ https://t.me/la_ilaha_illallah_ALLAH
Показати все...
Ar-Rahman 55:29 يَسْـَٔلُهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِۚ كُلَّ يَوْمٍ هُوَ فِى شَأْنٍ Divehi - Abu Bakr Ibrahim Ali (Bakurube) (29) އަދި އުޑުތަކާއި، ބިމުގައިވާ އެންމެން އެކިއެކި ބޭނުމުގައި އެކަލާނގެއަށް ދަންނަވައި، دعاء ކޮށްހަދައެވެ. އެއީ އެބައިމީހުންގެ حال ގެ ދުލުންނާއި، ބަހުންނެވެ. އުޑުތަކުގައިވާ ބޭކަލުން ދަންނަވަނީ ފާފަ ފުއްސެވުމަށް އެދިގެންނެވެ. ބިމުގައިވާ މީސްތަކުން ދަންނަވަނި ފާފަ ފުއްސެވުމަށާއި، ރިޒުގުދެއްވުމަށާއި، ދެންވެސް އެބައިމީހުންނަށްވާ ބޭނުންތައް ފުއްދުމަށެވެ. އަދި ކޮންމެ ހިނދުކޮޅެއްގައިވެސް އެކަލާނގެ ވަނީ ކަންތައްތައް ހިންގެވުމުގައެވެ. އަޅުތަކުންގެ ތަފާތު ބޭނުންތައް ފުއްދަވައިދެވުމުގައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން - މަރުއްވާ، ދިރުއްވާ - ރިޒުގުދެއްވައި - އަދި فقير ކުރައްވައި - عزّة ތެރި ކުރައްވައި - ނިކަމެތި ކުރައްވައި - ބަލިޖައްސަވައި - ބަލި ފަސޭހަ ކުރައްވައި - ދެއްވުންތައް ދެއްވައި - منع ކުރައްވައި - އަދި ފާފަ ފުއްސަވައި - عذاب ދެއްވައި އަދި މިނޫންވެސް ހިމަނައިނުގަނެވޭހައި ކަންތައްތައް އަބަދާ އަބަދު އެކަލާނގެ ހިންގަވައެވެ. https://t.me/la_ilaha_illallah_ALLAH
Показати все...
Repost from N/a
Nivaa vaasheve !.pdf3.73 KB
Repost from N/a
Фото недоступнеДивитись в Telegram
އިބްނު މަސްޢޫދު ވިދާޅުވިއެވެ: "ﷲ ޢައްޒަ ވަޖައްލައާ ބައްދަލު ނުވާހާ ހިނދަކު މުއުމިނުއަޅާއަށް އެއްވެސް ރާހަތެއް ނުވަތަ އަރާމެއް ނުވެއެވެ." އައްޒުހްދު ލިވަކީޢު، އައްޒުހްދު ލިއަޙްމަދު @duamediamv
Показати все...
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.