ru
Feedback
ތަޥްޙީދަށް ފަހު ނަމާދެވެ.

ތަޥްޙީދަށް ފަހު ނަމާދެވެ.

Открыть в Telegram

ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ ! ދަންނާށެވެ ! ނަމާދާއި ރޯދައިގެ ފަރުޟުކަން ދެނެގަތުމުގެ ކުރިން لَا إِلَٰهَ إِلَّا ٱللَّٰهُ އަށް ހެކިވުމުގެ މާނަ ދެނެގަތުން ފަރުޟުވެގެންވެއެވެ !

Больше
1 136
Подписчики
+124 часа
Нет данных7 дней
+430 дней
Архив постов
#thawheedhafahu_namaadhey 🕌 ހުކުރު ޚުޠުބާ އަށް ޙާޟިރުވުމަކީ ވާޖިބެއް މާތްﷲ ވަޙީކުރެއްވިއެވެ. { یَـٰۤأَیُّهَا ٱلَّذِینَ ءَامَ
#thawheedhafahu_namaadhey 🕌 ހުކުރު ޚުޠުބާ އަށް ޙާޟިރުވުމަކީ ވާޖިބެއް މާތްﷲ ވަޙީކުރެއްވިއެވެ. { یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا نُودِیَ لِلصَّلَوٰةِ مِن یَوۡمِ ٱلۡجُمُعَةِ فَٱسۡعَوۡا۟ إِلَىٰ ذِكۡرِ ٱللَّهِ } " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! " [ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ ] Join:-https://t.me/Namaadh

#thawheedhafahu_namaadhey 🕌 ❞ ޢިއްޒަތާއި، ކަރާމާތާއި، މަތިވެރިކަން ލިބެނީ ﷲ سبحانه وتعالى އަށް އަޅުވެތިކަން (ޢުބޫދިއްޔާ) ޚާލ
#thawheedhafahu_namaadhey
🕌 ❞ ޢިއްޒަތާއި، ކަރާމާތާއި، މަތިވެރިކަން ލިބެނީ ﷲ سبحانه وتعالى އަށް އަޅުވެތިކަން (ޢުބޫދިއްޔާ) ޚާލިސްކުރުމުންނެވެ. އަދި ނިކަމެތިކަމާއި ދެރަކަން ލިބެނީ ﷲ سبحانه وتعالى ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރުމުންނެވެ. ތިބާ ރޭގަނޑު ﷲ سبحانه وتعالى އަށް އަޅުކަން ކުރުމުގައި (ޢުބޫދިއްޔާގައި) ތިބާގެ ބޯ ތިރިކޮށް މަޑުމޮޅިވާހިނދު، ﷲ سبحانه وتعالى ތިބާގެ ބޯ ދުވާލުގެ ވަޤުތުތަކުގައާއި ތިބާގެ މުޅި ޙަޔާތުގައި ޢިއްޒަތާއެކު މަތިވެރިކުރައްވާނެއެވެ. ﷲ سبحانه وتعالى އަށް އަޅުވެތިކަން ޚާލިޞްކުރުމުގައި (ޢުބޫދިއްޔާގައި) އަޖައިބުވެގެންވާ ކަމަކީ، އެހެން ހުރިހާ ބާވަތެއްގެ އަޅުވެތިކަމެއްގައި ސާހިބުމީހާއަށް އަޅާގެ ކިބައިން މަންފާއެއް ލިބޭއިރު ، މުއުމިނެއް ﷲ سبحانه وتعالى އަށް އަޅުވެތިވުމުގައި މަންފާ ލިބެނީ އަޅާއަށެވެ. އެހެނީ ﷲ سبحانه وتعالى އީ މަޚްލޫޤުންގެ ކިބައިން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ❝ ‏ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ ނެގިފައިވަނީ ]
 Join:-https://t.me/Namaadh

#thawheedhafahu_namaadhey 🕌 ކަށުނަމާދުގައި އެއްފަހަރު ސަލާން ދިނުމަށް 6 ޞަޙާބީން رَضِيَ اللّٰهُ عَنْهُمْ ގެ ފަރާތުން އައިސްފ
#thawheedhafahu_namaadhey 🕌 ކަށުނަމާދުގައި އެއްފަހަރު ސަލާން ދިނުމަށް 6 ޞަޙާބީން رَضِيَ اللّٰهُ عَنْهُمْ ގެ ފަރާތުން އައިސްފައި ވެއެވެ. އަދި އެބޭކަލުންގެ ޒަމާނުގައި މިކަމާ އެއްވެސް ޚިލާފެއް އޮތްކަން އެނގިފައި ނުވެއެވެ. އެހެން ވުމުން، މިކަން ވަނީ އިޖުމާޢެއް ކަމުގައެވެ. (المغني 3/418، ابن قدامة). Join:;https://t.me/Namaadh

#thawheedhafahu_namaadhey 🕌 އިމާމް އަޙްމަދު ބުން ޙަންބަލް رحمه الله ވިދާޅުވިއެވެ. ނަމާދު ދޫކޮށްލައިފި މީހާ، ފަހެ ހަމަކަށަވަރ
#thawheedhafahu_namaadhey
🕌 އިމާމް އަޙްމަދު ބުން ޙަންބަލް رحمه الله ވިދާޅުވިއެވެ. ނަމާދު ދޫކޮށްލައިފި މީހާ، ފަހެ ހަމަކަށަވަރުން އޭނާ ކާފަރުވެއްޖެއެވެ. އަދި ނަމާދު މެނުވީ އެޔެއް ދޫކޮށްލައިގެން ކާފަރުވާނެ އެއްވެސް ޢަމަލެއް ނުވެއެވެ. އެ ދޫކޮށްލައިފި މީހާ ފަހެ އޭނަޔަކީ ކާފަރެކެވެ. އަދި ﷲ ﷻ ވަނީ އޭނާ ޤަތުލުކުރުން ޙަލާލު ކުރައްވާފައެވެ.

📌قال أحمد بن حنبل رحمه الله : ومن ترك الصلاة فقد كفر، وليس من الأعمال شيء تركه كفر إلا الصلاة، من تركها فهو كافر، وقد أحل الله قتلهه 
[ شرح أصول اعتقاد أهل السنة والجماعة (180/1) ] 💠 Join:-https://t.me/Namaadh

Repost from Few Minutes
💎 ޤުދުސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރެއްވިއެވެ. ✨ ތިމަން އިލާހާ ތިމަން އިލާހުގެ އަޅާއާ ދެމެދު، ދެބަޔަށް ނަމާދު ބެއްސެވީމެ
💎 ޤުދުސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރެއްވިއެވެ. ✨ ތިމަން އިލާހާ ތިމަން އިލާހުގެ އަޅާއާ ދެމެދު، ދެބަޔަށް ނަމާދު ބެއްސެވީމެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެއްޗެއް ވެއެވެ. ✨ އަޅާ (الْحَمْدُ لِلَّهِ رَبِّ الْعَالَمِين) ކިޔާހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދު ކޮށްފިއެވެ. ✨ އަދި އެއަޅާ (الرَّحْمَنِ الرَّحِيم) ކިޔާ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ދަންނަވައިފިއެވެ. ✨ އަދި އެއަޅާ (مَالِكِ يَوْمِ الدِّين) ކިޔާހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަންއިލާހު މަތިވެރިކޮށްފިއެވެ. – އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހާ އޭނާގެ ކަންކަން ޙަވާލުކޮށްފިއެވެ. ✨ އަދި އަޅާ (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) ކިޔާހިނދު ވަޙީ ކުރައްވައެވެ: މިއީ ތިމަން އިލާހާ ތިމަންއިލާހުގެ އަޅާއާ ދެމެދުވާ އެއްޗެކެވެ. އަދި ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެއްޗެކެވެ. ✨ ދެންފަހެ އެއަޅާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٭ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّين) ކިޔާ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: "މިއީ ތިމަން އިލާހުގެ އަޅާ އަށެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު ކަމެއް ވެއެވެ." 📚 صحيح مسلم 395 💎 https://t.me/FewMinute

#thawheedhafahu_namaadhey Al-Jumu'ah 62:9 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ . (9) އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ ﷲ ގެ ذِكْر ކުރުމަށް ކަލޭމެން އަވަސްވެގަންނާށެވެ. އަދި ކަލޭމެން ގަނެވިއްކުން ދޫކޮށްލާށެވެ. (ހުކުރު ވަގުތު ކަލޭމެން ވިޔަފާރި ނުކުރާށެވެ.) ކަލޭމެންނަށް އެނގޭ ކަމުގައި ވަންޏާ އެގޮތް (އެކަން) ކަލޭމެންނަށް މާ ހެޔޮވެގެން ވެއެވެ. 📄• ނޯޓް: "ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ" އޭ އޮތް ބަސްފުޅުގެ މުރާދަކީ إمام މީހާ خُطْبَة ކިޔުމަށް މިންބަރަށް އެރީމާ ދެން އެ ގޮވާ ބަންގި ގޮވުމެވެ. އެ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމޭންދެން، ވިޔަފާރިކުރުން މުޅީން حَرام ވާނެއެވެ. މަނާ ވާނެއެވެ. رَسُولُ الله ﷺ ޒަމާނުގައި خُطْبَة ފައްޓަވަނީ މެންދުރު ބަންގިއާއި ވިދިގެންނެވެ. 12.35ގައެއްނޫނެވެ... Divehi - Abu Bakr Ibrahim Ali (Bakurube) Join:-https://t.me/Namaadh

#thawheedhafahu_namaadhey 📹 Hukuru namaadhu vaguthu - sheikh aboobakuru ibrahim رحمه الله, sheikh fareed Join:-https://t.me/Namaadh

#thawheedhafahu_namaadhey 🕌 ހުކުރު ނަމާދު ވާޖިބުވެގެންވަނީ ބާލިޣްވެފައިވާ، ބުއްދި ސަލާމަތުން ހުރި، މިނިވަން، ދަތުރުވެރިއެއްކަމުގައި ނުވާ ކޮންމެ މުސްލިމް ފިރިހެނެއްގެ މައްޗަށެވެ. ހުކުރު ނަމާދުގެ ޙުކުމަކީ ޢައިނިއްޔަ ފަރްޟެކެވެ. އޭގެ މާނައަކީ މި ޝަރްޠުހަމަވާ މީހަކު ހުކުރު ނަމާދު ދޫކޮށްލުމީ، ފާފަވެރިވާނޭ ކަމެކެވެ. Sheikh Mohamed Shafiu Join:-https://t.me/Namaadh

#thawheedhafahu_namaadhey 🕌 صلاة الجمعة أفضل الصلوات، والوعيد في تركها أشد من غيرها، قال ﷺ: (لينتهين أقوام عن ودعهم الجمعات
#thawheedhafahu_namaadhey 🕌 صلاة الجمعة أفضل الصلوات، والوعيد في تركها أشد من غيرها، قال ﷺ: (لينتهين أقوام عن ودعهم الجمعات أو ليختمن الله على قلوبهم ثم ليكونن من الغافلين). " ނަމާދު ތަކުގެތެރެއިން އެންމެ ހެޔޮ ވެގެންވާ ނަމާދަކީ ހުކުރު ނަމާދެވެ. އަދި އެހެން ނަމާދަށް ވުރެން ހުކުރު ނަމާދު ދޫކޮށްލުމަށްވާ ވަޢީދު ބޮޑު ވެގެން ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ހުކުރު ނަމާދަށް އިހުމާލުވިޔަ ނުދޭށެވެ. އެހެންނޫންނަމަ ﷲ تعالي އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާފާނެތެވެ. ދެން އެއުރެންވާހުށީ ޣާފިލުވި މީސްތަކުންގެ ތެރެއިންނެވެ." އައްޝައިޚް ޢަބްދުލް ޢަޒީޒު އައްޠަރީފީ [ނޫރުއް ތައުޖީޚް] Join:-https://t.me/Namaadh

#thawheedhafahu_namaadhey މާތް ނަބިއްޔާ މުޙަައްމަދު ﷺ ގެ މައްޗަށް صَلَواة ކިޔެވުން ﷲ تعالى ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. " (الصَّلاة وَالسَّلام عَلَي رَسُوْلِ الله......) އެކަމަށް މީސްތަކުން ޝައުޤުވެރިކުރުވާއި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހާގެ މައްޗަށް ﷲ تعالى ދިހަ ފަހަރު ޞަލަވާތް ލައްވާނެތެވެ. އަދި އެމީހެއްގެ ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އެމީހެއްގެ ދިހަ ދަރަޖަ މަތިކުރެވޭނެއެވެ. " ސުނަން އަން ނަސާއީ އެކަލޭގެފާނަށް ޞަލަވާތް ކިޔެވުން އެންމެ މަތިވެރި ވެގެންވަނީ ހުކުރު ދުވަހުގައެވެ. Join:-https://t.me/Namaadh

🔖 ހުކުރާއި ގުޅުން ހުރި ދެތިން ކަމެއް: ▫️ ހުވަނދު ލުމަކީ ޖުމްލަކޮށް އަބަދުވެސް މުސްތަޙައްބު ކަމެކެވެ. އަދި ހުކުރުގައި އޭގެ ކަށަވަރުކަން ބޮޑެވެ. ▫️ އިމާމު މީހާ ހުކުރު ޚުޠުބާގައި ދުޢާ ކުރާނަމަ، މައުމޫމުން އެއަށް އާމީން ކިޔުންވެއެވެ. ސިއްރުގައެވެ. އަޑުހަރުކޮށެއް ނޫނެވެ. ▫️ ހުކުރު ފަހަށް ކުރެވޭ ސުންނަތް ނަމާދު: މިސްކިތުގައި ކުރުމަށް އެދޭ މީހާއަށް ވަނީ 4 ރަކުޢަތެވެ. ގޭގައި އެނަމާދު ކުރާ މީހާއަށް 2 ރަކުޢަތެވެ. — ސުލައިމާން އަލްޢަލްވާން (ބަސްކޮޅު) ~ ގަލަންދާނު~ Join:-http://t.me/Namaadh

ހުކުރު ނަމާދުގެ ޚުޠުބާގައި ނަބިއްޔު ﷺ ގެ ނަން ޛިކުރު ކުރެވިއްޖެނަމަ ވަނީ އެކަލޭގެފާނަށް ޞަލަވާތް ކިޔުން ހެއްޔެވެ؟ ނޫނީ އެގަޑީ
ހުކުރު ނަމާދުގެ ޚުޠުބާގައި ނަބިއްޔު ﷺ ގެ ނަން ޛިކުރު ކުރެވިއްޖެނަމަ ވަނީ އެކަލޭގެފާނަށް ޞަލަވާތް ކިޔުން ހެއްޔެވެ؟ ނޫނީ އެގަޑީގައި ހަނުހުރުމަށް ވާރިދުވެފައިވާ ރަދީޘްތަކުގެ މައްޗަށް ބަލައި ހަނުހުރުން ހެއްޔެވެ؟ އޭނާއަށް ވަނީ އިތުރުއެކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ކިޔުމެވެ. އެއީ ”ބަޚީލު މީހަކީ، އެމީހެއްގާތު ތިމަންކަލޭގެފާނުގެ ނަން ޛިކުރު ކުރެވުމުން ތިމަންކަލޭގެފާނު މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއޭ“ އޮތް ޙަދީޘް މައްޗަށެވެ.
~ ގަލަންދާނު 🖋 Join:-http://t.me/Namaadh

#thawheedhafahu_namaadhey 🕌ޚުޠުބާ ކިޔަމުންދާ ވަގުތު ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާ ދުރުވެގަންނާށެވެ! ނަބިއްޔާ صلى الله عليه وسل
#thawheedhafahu_namaadhey 🕌ޚުޠުބާ ކިޔަމުންދާ ވަގުތު ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާ ދުރުވެގަންނާށެވެ! ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (مَنْ مَسَّ الْحَصَى فَقَدْ لَغَا) (ރިވާކުރެއްވީ މުސްލިމް 857) "(ޚުޠުބާ ކިޔަމުންދާ ވަގުތު) އޮށްގަލާ ކުޅޭ މީހާ ހަމަކަށަވަރުން (ހުއްދަ ނޫން) ބާޠިލު ކަމެއް ކޮށްފިއެވެ." އެ ޒަމާނުގައި ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތުގައި ކުނަލެއް ދޫލައެއް އަޅައިފައެއް ނުވެއެވެ. މިސްކިތުގައި ހުންނަނީ ވެއްޔެވެ. ވީމާ, ޚުޠުބާ އަޑުއަހަން އިންނަ އިނުމުގައި ގާކޮޅުކޮޅާ ކުޅުންފަދަ ކަމެއް ކުރުމަކީ, ޚުޠުބާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެ ކަމަށްވާތީ އެއީ ބާޠިލު ކަމެއް ކަމުގައި ލައްވާފައި ވަނީއެވެ. މި ޒަމާނުގައިވެސް ޚުޠުބާ ދެމުންދާ ވަގުތު އެކަކު އަނެކަކާ ވާހަކަދެއްކުމާއި ފޯނާ ކުޅުމާއި އަދި ފޯނުން ފޮޓޯނަގާ ވީޑިއޯ ކުރާ މަންޒަރު ފެންނަނީ މަދެއްކޮށް ނޫނެވެ. ވީމާ މިފަދަ ކަންކަމުން ދުރުވެގަތުމަށް ނަޞޭޙަތްތެރި ވަމެވެ. Join:-https://t.me/Namaadh

#thawheedhafahu_namaadhey ⚠️ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. މިސްކިތުގަ ކުރާނަމަ ހަތަރު ރަކުޢަތެވެ. އަދި ގޭގައި ކުރާނަމަ ދެ ރަކްޢަތެވެ. ބައެއް ޙަދީޘްތަކުގައި ނަބިއްޔާ ﷺ ހުކުރު ނަމާދު ކުރެއްވުމަށްފަހު ދެ ރަކްޢަތް ކުރައްވާފަ މެނުވީ ނުދާކަމަށް ރިވާވެގެންވެއެވެ. އޭގެ ތަފްޞީލަކީ މީއެވެ. މަޞްދަރު Join:-https://t.me/Namaadh

#thawheedhafahu_namaadhey ⛔ހުކުރު ނަމާދުގެ ފަހުން ކުރާނީ ކިތައް ރަކްޢަތްކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ. ސަބަބަކީ ދެކޮޅަށްވެސް ޞައްޙަ ޙަދީޘްތައް ހުރުމެވެ. 🔴ފުރަތަމަ ޤައުލު: ހުކުރު ފަހުން ކުރާނީ ދެރަކްޢަތެވެ. މި ރައުޔުގެ ދަލީލަކީ: عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ ﷺ ((كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ ، فَيُصَلِّى رَكْعَتَيْنِ)) متفق عليه މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ހުކުރުނަމާދުން އަވަދިވެ ވަޑައިގެން ގަނޑުވަރަށް ވަޑައިގެންފައި މެނުވީ ނަމާދެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަނީ ދެރަކްޢަތެވެ. 🔴ދެވަނަ ޤައުލު: ހުކުރު ފަހުން ކުރާނީ ހަތަރު ރަކްޢަތެވެ. މިރައުޔުގެ ދަލީލަކީ: عن أبي هريرة رضي الله عنه أن رسول الله ﷺ قال : (( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ) ) رواه مسلم .މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ހުކުރު ނަމާދުގެ ފަހުން ހަތަރު ރަކްޢަތް ކުރާ ހުށިކަމެވެ. ( ޞަޙީޙް މުސްލިމް 881 ) 🔴ތިންވަނަ ޤައުލު: ދެރަކްޢަތް ކުރުމާއި ހަތަރު ރަކްޢަތް ކުރުމާއި ދެމެދު އެމީހަކު ބޭނުން ވަރެއް އިޚްތިޔާރު ކުރުން. ބޭނުން ނަމަ ދެރަކްޢަތް ނުވަތަ ހަތަރު ރަކްޢަތް ކުރުމެވެ. 🔴ހަތަރުވަނަ ޤައުލު: މިސްކިތުގައި ސުންނަތް ކުރާނަމަ ހަތަރު ރަކްޢަތް ކުރުމެވެ. އަދި ގޭގައި ކުރާނަމަ ދެރަކްޢަތް ކުރުމެވެ. 🔴ފަސްވަނަ ޤައުލު: މިސްކިތުގައި ހަތަރު ރަކްޢަތް ކުރުމަށް ފަހު އަދި ގޭގައި ދެރަކްޢަތް ކުރުމެވެ. ކޮންމެ އަކަސް މިހުރިހާ ޤައުލު ތަކެއް ބިނާވެފައި މިވަނީ މަތީގައި ބަޔާން ކުރެވުނު ދެޙަދީޘްގެ އަލީގައެވެ. ވީމާ، މިތަނުން ކޮންމެ ޤައުލެއްގައި ހިފިނަމަވެސް -އިންޝާ ﷲ- މައްސަލަ އެއް ނެތެވެ. والله أعلم Join:-https://t.me/Namaadh

#thawheedhafahu_namaadhey #Q&A ސުވާލު: ހުކުރު ނަމާދުގެ ކުރިން ރަވާތިބު ސުންނަތް ކުރުން އޮވޭތޯ ؟ -- ޖަވާބު: ހުކުރު ނަމާދު ކުރާ މީހާއަށް ހުކުރު ނަމާދުގެ ކުރިން ކުރާނެ ރަވާތިބު ސުންނަތެއް ނޯވެއެވެ. އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަން ޘާބިތުވާން ނެތީމައެވެ. ހުކުރު ނަމާދުގެ އިހު ސުންނަތެއް ނީނދޭ. ހުކުރު ނަމާދުގެ ފަހުގައި ކުރުން ސުންނަތްވެގެންވަނީ 2 ނުވަތަ 4 ރަކްޢަތެވެ. ✍الشيخ محمد شافع Join:-https://t.me/Namaadh

Repost from Dhivehi Muslimun.
#thubulhi ހުކުރު ދުވަހު ހުކުރަށް ދިޔުމަށް ރީތިވުމަށް ކަމަށް ބުނެ ބައެއް ފިރިހެންވެރިން އެބަފެނޭ ތުނބުޅި ކޮށާއި ، ބާލާއި އޮފް އަރުވާލާ ތަން މީ ކޮއްގެން ވާނޭކަމެއް ނޫނެވެ. އެހެނީ މާތް ނަބިއްޔާ މުޙަައްމަދު ﷺ ތުނބުޅިފުޅު ކޮށްޓެވިކަމަށް އެނގޭކަށް ނެތެވެ. ރީތިވުމުގެ ގޮތުން ތުނބުޅީގައި ފުނާއަޅާއި ތެޔޮލައި ހުވަނދު ލެވިދާނެއެވެ. ކޮށާއި އޯމާން ކުރުމެއް ނެތެވެ. وﷲ اعلم https://t.me/IslamDheenah

#thawheedhafahu_namaadhey ⚠️ ހުކުރު ނަމާދު ދޫކޮށްލުމުގެ ނުރައްކާތެރިކަން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީސްތަކުން ހުކުރު ނަމާދު ދޫކޮށްލުން ހުއްޓާލަންޖެހެއެވެ. ނޫންނަމަ، ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާނެތެވެ. އަދި އޭރުން އެބައިމީހުން ވާނީ ޣާފިލުވެފައިވާ މީހުންގެ ތެރެއިންނެވެ.“ 📚 (ޞަޙީޙް މުސްލިމް 865) އަދިވެސް ޙަދީޘް ކުރެއްވިއެވެ: ”އެއްވެސް ފަރުވާލެއް ނެތި (އެބަހީ: ފަރުވާކުޑަކޮށްލައިގެން) ވިދިވިދިގެން ތިން ހުކުރު ދޫކޮށްލައިފި މީހާގެ ހިތުގައި ﷲ ސިއްކަޖައްސަވާނެތެވެ.“ 📚 (ސުނަން އަބީ ދާއޫދު 1052) ނޯޓު: "ހިތުގައި ސިއްކަޖެއްސެވުމަކީ" ހިތުން އީމާންކަމުގެ ނޫރު ފިލައިގޮސް، ހެޔޮކަންކަމަށް ހިތް ހުޅުވޭ މަގު ބަންދުވުމެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް އުޤޫބާތެވެ. [ އިޤްރަޢް ] Join:-https://t.me/Namaadh

#thawheedhafahu_namaadhey 🕋 ހުކުރު ދުވަހު ﷲގެ މިސްކިތްތަކަށް ޙާޟިރުވާ މީހުން މައިގަނޑު 4 ބަޔަކަށް ބެހިގެންވެއެވެ: 1️⃣. އެންމެ ކުރިން އައިސް، އެންމެ ކުރިން ނިކުންނަ މީހުން ހުކުރު ދުވަހު މިސްކިތަށް އެންމެ ކުރިން ވަންނަ މީހުންގެ ތެރޭގައި ހިމެނުމަކީ ވަރަށް މަތިވެރި ޘަވާބު ލިބޭ ކަމެކެވެ. އެއަށްފަހު ނަމާދު ނިމުމާއެކު އަވަހަށް ނިކުތުމަކީ މާ ބޮޑު މަލާމާތެއް އޮތް ކަމެއް ނޫނެވެ. މިއީ ވިޔަފާރިވެރިންނާ ގުޅޭ ގޮތެކެވެ. އެއީ ނަމާދު ނިމުމުން އަވަހަށް ނިކުމެ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމަށެވެ. 2️⃣. އެންމެ ކުރިން އައިސް، އެންމެ ފަހުން ނިކުންނަ މީހުން ހުކުރު ދުވަހު އެންމެ ކުރިން މިސްކިތަށް ވަދެ، އެންމެ ފަހުން މިސްކިތުން ނިކުންނަ މީހުންނެވެ. އެއީ ތަޤުވާވެރިންނާއި، އަޅުވެރިންނާއި، ޞާލިޙު މީހުންނެވެ. މިއީ ވަރަށް މަދު ބަޔެކެވެ. ﷲ އަޅަމެން އެންމެންނަކީ މިފަދަ މީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ލައްވާށިއެވެ! 3️⃣. އެންމެ ފަހުން އައިސް، އެންމެ ފަހުން ނިކުންނަ މީހުން މިއީ މިސްކިތަށް އެންމެ ފަހުން ވަންނަ މީހުންނެވެ. މާނައަކީ، މަލާއިކަތް ބޭކަލުން މިސްކިތަށް ވަންނަ މީހުންގެ ނަންތައް ލިޔުއްވުން ހުއްޓަވާލައްވައި، ޚުޠުބާ ނިމެން ކައިރިވެފައި ވަނިކޮށް އަންނަ މީހުންނެވެ. މިއީ މަލާމާތް ލިބެންޖެހޭ ކަމެކެވެ. ބައެއް ފަހަރު މަޖުބޫރު ސަބަބަކާ ހުރެ މިހެން ވެދާނެއެވެ. ނަމަވެސް، މި މީހުން ނަމާދަށްފަހު ޛިކުރު ކުރުމުގައި ގިނަ ވަގުތު ހޭދަކޮށް، އެންމެ ފަހުން ނިކުންނަ މީހުންގެ ތެރޭގައި ހިމެނިގެން އެކަން ފޫބައްދައެވެ. 4️⃣. އެންމެ ފަހުން އައިސް، އެންމެ ކުރިން ނިކުންނަ މީހުން މިއީ އެންމެ ދަށް ފަންތީގެ މީހުންނެވެ. މުޅި ޚުޠުބާ ގެއްލި، އިމާމާާއިއެކު ރަކުޢަތެއް ލިބިގަތުމަށްޓަކައި އެންމެ ފަހު ވަގުތު އަންނަ މުސްލިމެވެ. އަދި ނަމާދު ނިމުމާއެކު އަވަހަށް ނިކުމެވޭނެ ގޮތަށް މިސްކިތުގެ އެންމެ ފަހު ސަފުތަކުގައި މަޑުކުރާ މީހުންނެވެ. މިފަދަ ޙާލަތަކުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ޙަޟުރަތުން ދަންނަވަމެވެ. [ އިޤްރަޢް ] Join:-https://t.me/Namaadh