cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

لَا إِلَٰهَ إِلَّا ٱللَّٰهُ

Рекламные посты
708
Подписчики
Нет данных24 часа
+267 дней
+7730 дней

Загрузка данных...

Прирост подписчиков

Загрузка данных...

ޢުމަރު ބުނުލް ޚައްޠާބް رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ: މާނައީ: "ތެދުމަގެއްކަމުގައި ހީކޮށް މަގުފުރެދުމަކަށް އަރައިގަންނަ، އަދި މަގުފުރެދުމެއްކަމުގައި ހީކޮށް ތެދުމަގުގެ (ޢަމަލެއް) ދޫކޮށްލުމުގައި އެކަކަށްވެސް ޢުޛުރެއް ލިބިގެންނުވެތެވެ. ފަހެ ހަމަކަށަވަރުން ކަންތައްތައް ބަޔާންވެއްޖެއެވެ. އަދި ޙުއްޖަތް ޘާބިތުވެއްޖެއެވެ. އަދި ޢުޛުރު ކެނޑިއްޖެއެވެ."⁽¹⁾ އެހެނީ ހަމަކަށަވަރުން ސުންނަތާއި ޖަމާޢަތްވަނީ ދީނުގެ ކަންތައް އެކީއެކައްޗަށް ފުރިހަމަކޮށް ޘާބިތުކޮށްފައެވެ. އަދި މީސްތަކުންނަށްވަނީ ބަޔާންވެގެންނެވެ. އެހެންކަމުން މީސްތަކުންގެ މައްޗަށްވަނީ ތަބަޢަވުމެވެ. އެމީހަކު އެހެރީ ރަނގަޅު މަގުގައިކަމަށް، ނުވަތަ ޙައްޤުގެ މަތީގައިކަމަށް ހީކޮށްގެން ބާޠިލަށް އަރައިގަންނަ މީހާ، ނުވަތަ މިވެނިކަމަކީ ނުބައިކަމެއްކަމަށް ހީކޮށް ދީނުގައި ޝަރުޢުވެގެންވާކަމެއް ދޫކޮށްލާމީހާއަށް، އޭނާގެ ނިޔަތް ރަނގަޅުވެގެންވާތީ ކަމަށް ބުނެ ޢުޛުރު ލިބިގެންނުވެއެވެ. އެހެނީ މީހާގެ ހިތަށް ވެރިވެފައިވާ ޝުބުހަތަކާއި ޝައްކުތަކާއި، ބާޠިލު ތައުވީލުތަކުގެ އަލީގައި އެމީހެއް އެހުރި ގޮތަކީ ރަނގަޅު ގޮތްކަމަށް ހީކުރާ ޙާލުގައި މެނުވީ މަގުފުރެދިގެންވާ ގިނަ މީސްތަކުން މަގުފުރެދިގެން ނުދެއެވެ. އެއިން ކޮންމެ މީހަކުމެ އެމީހަކު ކުރާ ޢަމަލަށް ނުވަތަ އެމީހަކު އެހުރި ގޮތުގެ ރަނގަޅުކަމުގެ މައްޗަށް ނައްޞުންނާއި ބުއްދިން ބާޠިލުގޮތުގައި ދަލީލުވެސް ދައްކައެވެ. އެހެނީ މީސްތަކުންގެ ތެރެއިން ޙައްޤު އެނގިތިބެ ގޮތްދޫނުކޮށް ބާޠިލަށް ތަބަޢަވާ މީހުންނަށްވުރެ، ޖާހިލުކަންމަތީ، އަދި ޙައްޤުކަމަށް ހީކޮށްގެން ބާޠިލަށް ތަބަޢަވާ މީހުން ގިނަވެގެންވެއެވެ. މީހާގެ ނިޔަތް ރަނގަޅުވެ، ތެދުމަގުގައިވާކަމަށް ހީކުރުމީ މުޖައްރަދުކޮށް އެކަމަށް ޢުޛުރު ލިބޭނެކަމެއް ނޫންކަން ބަޔާންވެގެންވާ ނައްޞުތައް ގިނަވެގެންވެއެވެ. الله ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّهُمُ اتَّخَذُوا الشَّيَاطِينَ أَوْلِيَاءَ مِن دُونِ اللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ} (الأعراف30) މާނައީ: "...ހަމަކަށަވަރުން، އެއުރެން الله ފިޔަވައި ޝައިޠާނުންނަކީ، އެހީތެރިން ކަމުގައި ބެލިއެވެ.އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެއުރެން ހީކުރެތެވެ." އަދިވެސް ވަޙީކުރެއްވިއެވެ: {وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ}(الزخرف:37) މާނައީ: "އަދި ހަމަކަށަވަރުން، އެބައިމީހުން މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިގެންކަމަށެވެ." އަދިވެސް ވަޙީކުރެއްވިއެވެ: {قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا • الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا} (الكهف: 104-103) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ޢަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންނަކީ ކޮ ބައިކަން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ އެއުރެންނަކީ ދުނިޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް މަގުފުރެދި، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ." އިބްނު މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: މާނައީ: "...ހެޔޮކަމަށް އެދޭމީހުންގެ ތެރެއިން (އެހެޔޮކަމަށް) ވާޞިލުވެ ނުލިބޭހުށީ ކިތައްކިތައް މީހުންނަށްހެއްޔެވެ!"⁽²⁾ ــــــــــــــــــ ⁽¹⁾ تاريخ المدينة لابن شبة: ،800/3 والإبانة الكبرى: ،162 والفقيه والمتفقه: 383/1 ⁽²⁾سنن الدارمي: 210 [ ޝަރްޙުއްސުންނާ ] https://t.me/LaILahaILLallahQ
Показать все...
Показать все...
Galandhaanu ގަލަންދާނު

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Repost from Heyobas
Фото недоступноПоказать в Telegram
Bodethi meehunves adhi kudakudinves hithudaskuran ragalhu kuru 50 hadith.
Показать все...
Repost from Heyobas
hithudaskuran 50 hadith.pdf1.28 MB
🗣 ❞ ޢަޞަބިއްޔަތުގެ ދޮސް ފާރަށް ޛަހަބިއްޔަތުގެ ފަރުވާއެއް ❝ އަލްބަޔާން މަޖައްލާ (އަދަދު7 ޞ. 50) ގައި ޝާއިޢު ކުރައްވާފައިވާ މުޙައްމަދު އައްނާޞިރް ގެ ލިޔުން ”موقف الإسلام من العصبية القبلية“ (ޤަބަލިއްޔަ އަޞަބިއްޔަތާއިމެދު އިސްލާމް ދީނުގެ މަޥްޤިފް) ~ ގަލަންދާނު
Показать все...
ޢަޞަބިއްޔަތުގެ_ދޮސް_ފާރަށް،_ޛަހަބިއްޔަތުގެ_ފަރުވާއެއް_3.pdf4.89 MB
Фото недоступноПоказать в Telegram
❞ ޢަޞަބިއްޔަތުގެ ދޮސް ފާރަށް ޛަހަބިއްޔަތުގެ ފަރުވާއެއް ❝ 🔻🔻
Показать все...
Repost from N/a
ތަޥްޙީދު އެނގި އެ ފަހުމްވެފައިވާ މީހަކު، ﷲ އާ، އެއިލާހުގެ އުލޫހިއްޔަތުގައި ގޮންޖަހައި ވާދަކުރާ މީހަކަށް ތާއީދުކޮށް، ނަޞްރުދީ ހަދާނަމަ އެ މީހަކީ ލައުނަތްލެއްވިގެންވާ އިބިލީހުގެ ޖަމާޢަތުގެ ޝައިޠާނުންކުރެ ޝައިޠާނެއްކަން ތިބާ ދަންނާށެވެ. ﷲ އެއްކައުވަންތަކުރުމާ، އެއިލާހަށް ޝަރީކުކުރުން އެއް ހިތެއްގައި ޖަމާނުވާނެއެވެ. إن الذين كفروا بعد إيمانهم ثم ازدادوا كفرا لن تقبل توبتهم وأولئك هم الضالون ހަމަކަށަވަރުން އެބައިމީހުން އީމާން ވުމަށް ފަހު، ކާފިރުވެ، ދެން ކާފިރު ކަން އިތުރުވީ މީހުންގެ ތައުބާ ގަބޫލު ނުކުރައްވާހުއްޓެވެ. އަދި އެބައިމީހުންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ. - ޝެއިޚް ފަޟްލޫން حفظه ﷲ @LaILahaILLallahQ
Показать все...
Repost from N/a
Фото недоступноПоказать в Telegram
Haqqugey ilmuveyrin
Показать все...
Repost from Kawthar
00:56
Видео недоступноПоказать в Telegram
17.14 MB
Repost from N/a
އިސްލާމްކަމަށް ވަދެވަޑައިގަންނަވާނަމަ، ޖާހިލިއްޔަތުގެ މުޅި މާޒީ އެދޮރުމައްޗަށް ދޫކޮށްލައްވައެވެ. ”އަޞްޙާބު ބޭކަލުންނަށް رضي الله عنه ޖާހިލިއްޔަތު އެނގި ދެން އިސްލާމްކަން މަޢްރިފާކުރެވުނު ހިނދު، އެބޭކަލުން ވެގެންދިޔައީ ޤުރުއާނުގެ ތަރުބިއްޔަތާއި ނަބަވީ އިރުޝާދުގެ ނަތީޖާއެއް ގޮތުގައެވެ. އެބޭކަލުންނީ ތާރީޚު ދުށް އެންމެ މަތިވެރި ޖީލެވެ. އޭގެ ތެރެއިން ބޭފުޅެއް އިސްލާމްކަމަށް ވަދެވަޑައިގަންނަވާނަމަ، ޖާހިލިއްޔަތުގެ މުޅި މާޒީ އެދޮރުމައްޗަށް ދޫކޮށްލައްވައެވެ. އަދި އަނިޔާވެރި ޢާލަމަކުން، ހަނި ތަޞްވީރަކުން، ރޭގަނޑެއްފަދަ ފަހުމުތަކަކުން، ހިލައާއި ގަލަށް އަޅުވެތިވުމާއި އަޅުވަންތަކަމުން، ފުޅާވެ ތަނަވަސްވެގެންވާ ހަޔާތަކަށް، الله އަށް އަޅުވެތިވުމާއި އެއިލާހުގެ އަމުރާއި ނަހީއަށް ކިޔަމަންގަތުމަށް ވެންނެވިއެވެ. ހަމަކަށަވަރުން، ކާމިޔާބީގެ ސިއްރަކީ، އަދި މި މަތިވެރިކަމުގެ ސިއްރަކީ، الله ގެ ރަސޫލު ﷺ މިކަން މިފެއްޓެވި ނުކުތާއެވެ. އެއީ — لا إله إلا الله محمد رسول الله — މިކަލިމައެވެ. މިކަލިމައަކީ އެހެން އެންމެހާ ގުޅުންތަކެއް އިރާލައި، އެނޫން އެންމެހާ ގާތްކަމެއް ނެތިކޮށްލާ ކަލިމައެވެ. ޢަޤީދާގެ ގާތްކަން ފިޔަވައެވެ. އަދި الله އަށްޓަކައިވާ ލޯބީގެ ގުޅުން ފިޔަވައެވެ. އަދި އީމާން ކަމުގެ މަތީވާ އަޚުވަންތަކަން ފިޔަވައެވެ. އެއީ އެއެއްގެ ދަށުގައި އެންމެހާ (ނަސްލީ) ކުލަޔެއް ނޫނީ ބަހުރުވައެއް ނޫނީ ސަގާފަތެއް ނޫނީ މައްޓެއް ނޫނީ ސަރަހައްދީ ރޮނގެއް ނޫނީ ވަޒީފާގެ ދަރަޖައެއް ނޫނީ ޖިންސެއްވިޔަސް ނެތިކޮށްލާ ގުޅުމެވެ.“ - އައްޝައިޚް ސުލައިމާން ބިން ނާޞިރް އަލްޢަލްވާން  فك الله أسره - ( އަލްވަލާއު ބަލްބަރާއު ) @LaILahaILLallahQ
Показать все...
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.