cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Galandhaanu ގަލަންދާނު

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

نمایش بیشتر
پست‌های تبلیغاتی
2 096
مشترکین
اطلاعاتی وجود ندارد24 ساعت
+57 روز
+4230 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Photo unavailableShow in Telegram
📝Hijrī Calendar for the Month of Muḥarram 1446 H. (See Source image for full version)
نمایش همه...
3
Photo unavailableShow in Telegram
ފައިދާއެއް (54)
نمایش همه...
2
Photo unavailableShow in Telegram
😀 އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން 2/2 ~ ގަލަންދާނު
نمایش همه...
3
Photo unavailableShow in Telegram
📎 އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން 1/2 ~ ގަލަންދާނު
نمایش همه...
3
🗣އައްރިޔާއު އަކީ ދެދުނިޔޭގެ މުޞީބާތެކެވެ. ❞ މަޚުލޫޤުންނަށް ކަންދެއްކުމާއި⁽¹⁾ ދެއްކުންތެރިވުމާއި، ހިތްއެނބުރިފައި ވުމީ، ނަފްސަށްވާ ނުތަނަވަސް ކަމެކެވެ. އަދި ކައްވަޅުގެވެސް ނުތަނަވަސް ކަމެކެވެ. އަދި މިކަން ކުރަނީ ޢިލްމެއް ނެތް މީހުންނެވެ. އެހެނީ ޢިލްމާއި ޢަމަލު ހާމަކޮށް އެކަމުގައި މީސްތަކުންގެ މޫނަށް ބެލުމީ، އޭގެ ސަބަބުން އެޢަމަލަކަށް ﷲ ބަރަކާތެއް ނުލައްވާ އަދި އެޢަމަލެއް ބައްލަވައިވޮޑިގެން ވެސް ނުވާ ކަމެކެވެ. އަދި އެފަދަ މީހާއަށް ކާމިޔާބެއްވެސް އަދި އެއިލާހުގެ އަޅުތަކުންގެ ހިތްތަކުގައި ލޯތްބެއްވެސް ނުލައްވަވައެވެ. އަދި މީސްތަކުންގެ މެދުގައި އޭނާއާއި މެދު ހެޔޮ ގޮތެއްގައި ވާހަކަދެކެވުންވެސް ނުލައްވަވައެވެ. އެހެންކަމުން ދެއްކުންތެރިކަން އޭނާއަށް މުސީބާތަކަށްވެ ނިމެއެވެ. އަދި އޭނާ ބޭނުންވިގޮތާއި ދިމާ އިދިކޮޅަށް އެނބުރެއެވެ. ވީމާ ދުނިޔެއާއި އާޚިރަތްވެސް ނާކާމިޔާބުވެއެވެ. ދަންނައެ، އިޚްލާޞްތެރިކަމީ ﷲ އަށްޓަކައި އެކަނި ޢަމަލުތައް ކުޅައުމެވެ. ދުނިޔެއާއި އާޚިރަތުގެ ޢިއްޒަތާއި ދަރަޖަ އުފުއްލެވުންވާ މަގަކީ އެއީއެވެ. އަދި މި އިޚްލާޞް، މިއީ (ހަވާ) ނަފުސުގެ މައްޗަށް އޮތް އެންމެ ބުރަ ކަންތަކެވެ. އެހެނީ މީގައި އެޔަށްވާ އެއްވެސް މިންވަރެއް ނުވެއެވެ. މަޚްލޫޤުންގެ ހިތްތަކުގައި ޒީނަތްތެރިވުމާއި، އެވެރިންފުށުން ތަޢުރީފަށް އެދުމާއި އެވެރިން ކިޔާފާނެ އެއްޗަކަށް ހިތްބިރުގަތުން ފަދަ ނަފުސުގެ އުއްމީދުތައް އެމީހެއްގެ އަމަލުގައި މަސްހުނި ނުވެއްޖެމީހާ، ފަހެ އޭނާގެ ޢަމަލަކީ ﷲ އެއަށް ބަރަކާތްލައްވާ ޞާލިޙު ޢަމަލެކެވެ. އަދި އެއަކީ މަންްފާ ލިބިގެންވާ އެއްޗެއް ކަމުގައި ލައްވަވައެވެ. އަދި އެއިން އަޅުތަކުންނަށް ފައިދާ ކުރައްވަތެވެ. އަދި އޭގައި އެވެރިންނަށް ލައްޒަތާއި ބަރަކާތް ލައްވައެވެ. އަދި އޭގެ އަހުލުންނަށް ﷲ ޤަބޫލުވެވޮޑިގަތުން ލައްވައެވެ. ދެއްކުންތެރިން އެހޯދުމަށް އެދޭ ކަންތައް، އެ ރިޔާއު ގެ ސަބަބުން ޙާޞިލެއް ނުވާނޭ ކަން ދަނެގަނެވޭނޭނަމަ، އޭގެ ސަބަބުން އެވެރިން ތައުބާއަށް އަވަސްވީހެވެ. (ޙަދީޘް) «وَمَنْ سَمَّعَ سَمَّعَ اللَّهُ بِهِ» (އަޑުއިއްވާ މީހާ ﷲ އަޑު އިއްވަވާނެތެވެ.) [އެބަހީ: މީސްތަކުންނަށް އަޑުއިއްވާން އަޅުކަން ކުރާ މީހާ، ﷲ އޭނާގެ މުނާފިޤުކަން ޤިޔާމަތްްދުވަހުން ބޭޒާރުކުރައްވައި އެންމެންނަށް އަޑުއިއްވަވާނެތެވެ.] އަދި ތައުބާ ވެއްޖެ މީހާ ﷲ ތަޢުބާ ލައްވަވާނެތެވެ. ﷲ تعالى ވަޙީ ކުރެއްވިޔޭ: ﴿تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلۡأَرۡضِ وَلَا فَسَادًاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾ (އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންއިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤުވާ ވެރިންނަށެވެ.) ❝ — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު) ~ ގަލަންދާނު ـــــــــــــــــــــ [1] التصنع للخلق (މީސްތަކުންނަށް ކަންދެއްކުން) މީގައި މިވާ التصنُّع (ކަންދެއްކުން) ޢަރަބި ބަަހުގެ ރަދީފު (لسان العرب) ގައިވަނީ: “އެގޮތުގައި ނުވެމެ ހެޔޮލަފާ ކަމަށް ދެއްކުމެވެ. އަދި التصنع ، ކަންދެއްކުމީ: ހެޔޮ ޒާތެއް ދައްކައި އެކަން ފާޅުކޮށް، އޭގެން ޒީނަތްތެރިވެ، އެހެނަސް އެތެރެފުށް ހުތުރުކޮށް އޮތުމެވެ.“ | ދިވެހި ބަހުގެ ރަދީފުގައި ކަންދެއްކުން: އެތެރެފުށުގައި ނެތްކަމެއް ބޭރުފުށުން ފާޅުކުރުން.
نمایش همه...
1
sticker.webp0.43 KB
Photo unavailableShow in Telegram
~ ގަލަންދާން
نمایش همه...
📌 ”ޢަޝްޢަރީން ގެ ޙުކުމަކީ ކޮބައިތޯ އެވެ؟“ — ޝައިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން ”...ދެން އޮތީ މިނޫން ކަމެއްގެ މައްޗަށް އޮތް ވާހަކައެކެވެ. އެއީ އަޝްޢަރީން، ﷲ ޙަޟުރަތުން ކަލާމް ފުޅު ގެ ސިފަ ނަފީ ކުރާ ހިނދު، އަދި ﷲ ޙަޟުރަތުން ކޯފާ ގެ ސިފަ⁽¹⁾ ނަފީ ކުރާހިނދު، އަދި ﷲ ޙަޟުރަތުން ރުއްސަވާވޮޑިގަތުމުގެ ގެ ސިފަ ނަފީ ކުރާހިނދު، އަދި ﷲ ޙަޟުރަތުން ލޯބިވެވޮޑިގެންނެވުމު ގެ ސިފަ ނަފީ ކުރާހިނދު، ފަހެ އަހުލުއް ސުންނަތި ވަލްޖަމާޢަތުން އެވެރިން ތަކްފީރު ނުކުރަނީ ކީއްވެބާއޭ އެވެ؟ އަދި ޤުރުއާނަކީ ﷲ ގެ ކަލާމް ފުޅުން ޚިކާޔަތެއް⁽²⁾ ކަމަށް އެއުރެން ބުނެއެވެ. މިއީ އެހެންކަމުގައިވަނީ ނަމަ ޤުރުއާނަކީ މަޚްލޫޤެކޭ ހެއްޔެވެ؟ މީގެ ޖަވާބަކީ: އަލް-އަޝްޢަރީން ގެ ކުފުރާއި މެދު އަހުލުއް ސުންނަތް ޚިލާފުވެގެން ވާކަމެވެ. މިއީ އަހުލުއް ސުންނަތުން އަޝްޢަރީން ކާފަރު ނުކުރާކަމަށް ބުނާ ފަހުގެ މީހުންގެ ބުނުމާއި ޚިލާފަށެވެ. މިގޮތަށް ނަޤުލު ކޮށްފައިވާ ބުނުމަކީ ކުށެކެވެ. ތެދެކެވެ. އަހުލުއް ސުންނަތް ވަލްޖަމާޢަތުގެ ގިނަ ބޭކަލުން އަޝްޢަރީން ތަކްފީރު ނުކުރެއެވެ. އެހެނަސް ވަކި ކަންތައްތަކަކާއި ވިދިގެން އަޝްޢަރީން ތަކްފީރު ކުރެއްވި ބައިގަނޑެއްވެއެވެ. (1) ފުރަތަމަ ކަމަކަށް: އެއިލާހުގެ ޚަލްޤުތަކުންގެ މަތީގައި ﷲ ވޮޑިގެންވުން (ޢުލުއްވު) އެވެރިން ޘާބިތު ނުކުރެއެވެ. އަދި މިއީ ކުފުރެވެ. އެހެނީ ނަޤުލު އާއި ޢަޤުލުން (އެބަހީ: ވާރިދުވެފައިވާ ތަކެތީންނާއި ބުއްދީން) މިކަން ޘާބިތުވެގެން ވެއެވެ. އަދި މިކަމަށްވާ ދަލީލުތައް ދެބަސްވުމެއްނެތެވެ. ޚަލްޤުތަކުންގެ މަތީގައި ﷲ ވޮޑިގެންވުން އިންކާރު ކޮށްފި މީހެއްގެ ކުފުރު އާއިމެދު ހުރި ޢިލްމުވެރިންގެ ބަސްތައް އިބްނުލް ޤައްޔިމް ގެންނަވަމުން، އައްނުޢްމާން (އަބޫ ޙަނީފާ) އަދި ޖަމާޢަތެއްގެ ބަސް ގެންނަވަމުން ވިދާޅުވިއެވެ: وكذلك النعمان قال وبعده އަދި އެފަދައިން އައްނުޢުމާން ވިދާޅުވިޔޭ އަދި އެއަށްފަހު يعقوب والألفاظ للنعمان ޔަޢުޤޫބުވެސް (މިފަދައިން) މިތާގައި މިގެންނަނީ އައްނުޢުމާނުގެ ލަފުޒޭ من لم يقرَّ بعرشه سبحانه އެއިލާހު سبحانه ގެ ޢަރުޝި ކަނޑަނާޅައިފި މީހާ فـوق السماء وفوق كل مكان އެވަނީ އުޑުތަކާއި އެންމެހާ މަކާނެއްގެ މަތީގައި ކަން ويقرَّ بأن الله فوق العرش لا އަދި ﷲ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައިކަން، ނުވެޔޭ تخفى عليه هواجس الأذهان މިކަން ފޮރުވިގެން އެެއްވެސް ބުއްދިއެއްގެ ޙިޔާލަކަށް فهو الذي لا شك في تكفيره ފަހެ އެއީ އެމީހެެއްގެ ތަކްފީރާއިމެދު ޝައްކު ނެތް މީހެކޭ لله درك من إمام زمان ﷲ ހެޔޮ ފޯއްދަވައިދެއްވަތެވެ! (އާޝޯޚެވެ.) އެބޭކަލެއްގެ ޒަމާނުގެ އިމާމެވެ. (އަބޫ ޙަނީފާއެވެ!) (2) އަދި އެވެރިން (ޢަޤީދާގެ ކަންކަމުގައި) އާޙަދު ޚަބަރުތަކަށް އިންކާރު ކުރެއެވެ.⁽³⁾ އަދި މިއީ ޖުމްލަގޮތެއްގައި ކުފުރެކެވެ. (3) އަދި އެއިލާހުގެ އެތައް އިސްމުފުޅުތަކާއި ޞިފަފުޅުތަކަކުން އެވެރިން ނުކިއްސަރުވެގަނެފައި ވެއެވެ. (4) އަދި ޤުރުއާނައި މެދު އެއީ މަޚްލޫޤެއް ކަމަށް އެއުރެން ބުނެއެވެ. (ﷲ ގެ ކަލާމު ފުޅެއް ނޫނޭ އެހެނަސް ޚަލްޤު ކުރެވިފައިވާ އެއްޗެއްކަމަށް ދެކުން) (5) އަދި ﷲ ގެ ކަލާމް ފުޅުގެ ޞިފަ ކަށަވަރު ނުކުރެއެވެ. އަދި މިނޫންވެސް ކަންކަން މިވެރިން އެކަމަކުން ކުފުރުކުރުމަށް އެބޭކަލުން ދައްކަވަތެވެ.⁽⁴⁾ މިވެރިންނަށް ތަކްފީރު ނުކުރައްވާ ބޭކަލުން ވިދާޅުވަނީ: އެވެރިންގެ ފުށުގައި ޝުބުހު ތަކެއް (އޮޅުންބޮޅުން ތަކެއް) އެހެން މީހުންނަށް ވުރެ ވަރުގަދަޔަށް ހުރުމާއި ތައުވީލުގެ ސަބަބުން، އެވެރިން ތަކްފީރު ކުރުން ނުވެޔޭ އެހެނަސް އެވެރިންނާއި (ޝަރުޢީގޮތުން) ބަހުޘް ކޮށް، އެވެރިން މައްޗަށް ޙުއްޖަތް ޤާއިމުކޮށް އަދި (ޙައްޤު) ބަޔާންކޮށްދިނުމަށް ފަހުގައި މެނުވީ ކަމެވެ. ދެންފަހެ މީހަކު އަހާނަމަ: ޖުމްލަގޮތެއްގައި ވިޔަސް އަދި މުޢައްޔަން ކޮށް ވިޔަސް އަހަރެމެން އެވެރިންނަށް ތަކްފީރު ކުރުން ޙުއްޖަތް ޤާއިމު ކުރުމަށް ފަހުގައި މެނުވީ ނާންނަނީ ކީއްވެތޯއޭ؟ އަހަރެމެން ބުނަމެވެ: އެއީ އެވެރިންވަނީ ތަފާތު އެކި ހަރުފަތް ތަކެއްގައި ކަމުންނެވެ. - ބައެއް އަޝްޢަރީން ޚަލްޤުތަކުންގެ މައްޗަށް ﷲ ގެ ޢުލުއްވު އިންކާރު ކުރާއިރު، އަޝްޢަރީން ގެ ތެރެއިން ބައިގަނޑުތަކެއް ޚަލްޤުތަކުންގެ މައްޗަށް ﷲ ގެ ޢުލުއްވު ކަށަވަރުކުރެތެވެ. - އަދި އޭގެ ތެރޭގައި ބައެއް ބައިގަނޑުތައް، ޢުލުއްވު އަށް ޞަރީޙަކޮށް އިންކާރެއް ނުކުރެތެވެ. އެހެންކަމުން އެއުރެން ބުނެތެވެ: "އަހަރެމެން ޖުމްލަގޮތެއްގައި ޢުލުއްވު ކަށަވަރުކުރަމެވެ." ދެން ތަފްވީޟް ކުރެއެވެ. (އެއީ: "ޢުލުއްވު" އަކަށް މާނައެއް ނުއޮންނަ ކަމަށް ދައުވާ ކުރުމެވެ. މިކަލިމައިގެ ޙަޤީޤަތް، "މަތީގައި ވުން" — މި ޙަޤީޤަތުން އެކަލިމަ ސިފަ ކުރުމަށް އިންކާރުކުރުމެވެ.) =
نمایش همه...
ވީމާ އެވެރިންނަށް ޝުބުހު ލައިގަނެފައިވާ ކަމުގެ ސަބަބުން، ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް އެވެރިން ތަކްފީރުކުރުމުން މަނައުވެގެންނެވިއެވެ. މިހެންވިޔަސް، އަޝްޢަރީ އަކާއި އަހަރެމެން ބަހުޘް ކުރަނީނަމަ، އަދި ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މަތީގައި ވޮޑިގެންވާކަމަށް ތިމަން ކަށަވަރު ނުކުރަމޭ، އަދި ޤުރުއާނަކީ މަޚްލޫޤެކޭ، އަދި ﷲ ގެ ކަލާމްފުޅެއް ނުވެޔޭ ބުނެއްޖެނަމަ، އަދި އަހަރެމެން އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް އަދި އޭނާގެ ފުށުން އެޝުބުހު ފިލުވައިފިނަމަ، އަދި އޭނާއަށް ޝުބުހެއްވެސް އަދި ކުށްޖެހިގެންވާ ތައުވީލެއްވެސް ބާކީ ނޯވެއްޖެ ހިނދު، އޭނާ އޭގެ ސަބަބުން (އެގޮތުގައި ދެމިހުރުމުން) ކާފަރު ވެދެއެވެ. އެހެނީ، އަހުލުއް ސުންނަތުން، ޢުލުއްވު އަށް އިންކާރު ކުރާ މީހުން ޖުމްލަގޮތެއްގައި ކުފުރުވެފައިވާ ކަމަށް ވިދާޅުވެއެވެ. އަދި އަޝްޢަރީން ޢުލުއްވު އަށް އިންކާރު ކުރެތެވެ. އަދި ޖަހުމީން ބުނާފަދައިން ޤުރުއާނަކީ މަޚްލޫޤެއް ކަމަށް ބުނާ މީހެއް ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އަދި އަޝްޢަރީން މިހެން ބުނެތެވެ. އަދި އާޙަދް ޚަބަރުތަކަށް އިންކާރު ކުރާ މީހުން ޖުމްލަގޮތެއްގައި ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އަދި އަޝްޢަރީން މިފަދައިން ބުނެތެވެ. އަދި ﷲ ގެ ޙަޟުރަތުން (އެންމެ) ޞިފަފުޅެއް އިންކާރުކޮށްފި ނުވަތަ ނަފީކޮށްފި މީހެއް ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އެއީ އަޙްމަދު އާއި މާލިކު އަދި ޖަމާޢަތެއް ވިދާޅުވެފައިވާ ފަދައިންނެވެ. އަދި އަޝްޢަރީން ﷲ جل وعلا ޙަޟުރަތުން އެތަކެއް ޞިފަފުޅެއް ނަފީކުރެތެވެ. އެހެނަސް، އެވެރިންގެ ފުށުގައި، އާޙަދު ޚަބަރުތަކަށް ވީތީ ބަރޯސާވާ ތައުވީލުތައް ވެއެވެ. އަދި މިވެނި ކަމަކުން ލާޒިމުކުރަނީ އަދި ކަނޑައެޅެނީ މިވެނި އެވެނި އެއްޗެކޭ ބުނެ ބަރޯސާވާތަކެތިވެސް މެއެވެ. (މިޘާލަކަށް މިވެނި ޞިފައެއް ޤަބޫލު ކުރުމީ ﷲ މަޚަލޫޤުންނާއި އެއްފަދަ ކުރުމޭ އަދި ވައްތަރުކުރުމޭ ބުނެއެވެ.) ފަހެ މިސަބަބަށްޓަކައި ޢިލްމުވެރިން ކުރެ ޖަމާޢަތެއް — އަދި ކިއެއް؟ — އަހުލުއް ސުންނަތުގެ ގިނަ ބޭކަލުން އެވެރިން ތަކްފީރު ކުރެއްވުމުން ހުއްޓިވަޑައިގަންނަވައެވެ. ~ ގަލަންދާން __________ ⁽¹⁾ ޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ: ލަޢަން (ލައުނަތް) ގެ މުރާދަކީ "ﷲ ގެ ރަޙުމަތުން މީހެއް ބޭރުކޮށްލުން" ކަމަށް ބުނުމަކީ އޭގެ އަޞްލު މާނައިން ތައުވީލު ކުރުމެއްތޯ އެވެ. އަދި މިގޮތަށަ ތައުވީލު ކުރުން ޢަޝަރީންގެ ބުނުމަށް ބާރުދޭތޯ އެވެ. ޝައިޚް ޖަވާބުގައި ވިދާޅުވީ، ބައެއް ޢިލްމުވެރިން ލަޢަން އޭގެ ޙަޤީޤީ މާނައިގައި (ލަޢުނަތް ދިނުން ގޮތުގައި) ކިޔައިދެއްވިޔަސް، ގިނަ ޢިލްމުވެރިން ކިޔައިދެއްވާފައި ވަނީ ބަޔާންވެވުނު ގޮތަށް ކަމުގައެވެ. މިހެންވިޔަސް ލަޢަން އަކީ "ﷲ ގެ ރަޙުމަތުން މީހެއް ބޭރުކޮށްލުން" ކަމުގަައި ތަޢުރީފު ކުރުމުގައި މައްސަލައެއް ނެތްކަމުގައެވެ. އެހެނީ މިއީ އޭގެ ހަޤީޤީ މާނައިން އަނބުރާލުން (ތައުވީލުކުރުން) ކަމުގައި ނުވާކަމުގައެވެ. އެހެނަސް ލަޢުނަތުގެ އަޘަރު ކިޔައިދިނުން ކަމުގައެވެ. މިޘާލަކަށް އަޝްޢަރީން ބުނަނީ ﷲ ގެ ކޯފާ އަކީ އެއިލާހުގެ ޢަޛާބު ކަމުގައެވެ. މީގައި މިވަނީ ﷲ ގެ ޞިފަފުޅެއް (ކޯފާ) އޭގެ ޙަޤީޤީ މާނައިން އަނބުރާލެވުފައެވެ. (ނުބައިކޮށް ތައުވީލުކުރެވިފައެވެ.) އެހެނަސް ﷲ ގެ ކޯފާގެ ސަބަބުން މީސްތަކުންގެ މައްޗަށް އެއިލާހުގެ ޢަޛާބާއި މުސީބާތްތައް ޖެއްސެވުން ވާ ކަމުގައި އަހަރެނެންނަށް ބުނެވިދާނެއެވެ. ހަމަ މިބީދާއިން ﷲ ރަޙްމަތްވެވޮޑިިގެންބެވުމާއި މެދު އަޝްޢަރީން މާނަ އޮޅުވައިލަނީ އެއީ އެއިލާހު ނިޢުމަތް ދެއްވެވުން ކަމުގައެވެ. މިއީ ބިދުޢަވެރި ތައުވީލެކެވެ. އަދިކިއެއްތަ؟ އަހަރެމެން ﷲ ގެ ސިފަފުޅު، އައްރަޙްމާން ކަށަވަރު ކުރަމެވެ. އަދި އަހަރެމެން ބުނަނީ އެއިލާހުގެ ރަޙުމަތުގެ ސަބަބުން އަދި އަޘަރުން މަޚްލޫޤުން ތަކަށް އެއިލާހު ނިޢުމަތް ތަކާއި، ހިތްހަމަޖެހުމާއި އުފާފާގަތިކަމާއި އަދި މިފަދަ ކަންކަން ދެއްވާކަމެވެ. (ބައްލަވާ: ހުޅުވާލެވިފައިވާ މަޖިލިސް 30/129) ⁽²⁾ އެބަހީ: ﷲ ތަޢާލާ ޤުރުއާން އެއިލާހުގެ ބަސްފުޅުން (އަޑުން) ސީދާ ވަޙީ ނުކުރައްވައޭއެވެ. އަދި އޭގެ އަކުރު ތަކަކީ ޚަލްޤުކުރެވިފައިވާ ތަކެތި ކަމެކެވެ. އަދި އެހެނަސް ﷲ ރަޟުރަތުން ސީދާ އަންނަ އަދި ޚަލްޤުވެވިގެން ނުވާ އެއްޗަކީ އަހަރެމެން މިކިޔަވާ އެއްޗެއް ގެ މާނަ ކަމެވެ. ⁽³⁾ އާޙަދު ޙަދީޘް ތަކޭ ބުނެވެނީ، ޙަދީޘެއްގެ މަގުން އެެއްވެސް ހިސާބެއްގައި އެ ޙަދީޘެއް ރިވާ ކުރެވެނީ އެކެއް ދޭއް ނުވަތަ ތިން ވަރަކަށް މީހުން އެކަނި ކަމަށް ވެއްޖެނަމަ، އެވެރިން ދެކޭ ގޮތުން ޢަޤީދާގެ ކަންކަމުގައި އެފަދަ ޙަދީޘް ބަލައިނުގަނެވުނެވެ. ⁽⁴⁾ މިޘާލަކަށް؛ ޤުރުއާނުގެ ބޭރުފުށަށް ފާޅުވާ މާނަ ބުނުމަކީ ކުފުރުކަމަށް ބުނުން ހިމެނެއެވެ. އެއީ މަޚްލޫޤުންނާއި ﷲ ވައްތަރުކުރުން ކަމަށް ދެކިއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ޖަހުމީން ފަދައިން އީމާނަކީ ހިތުތެރޭގައިވާ އެއްޗެއް އެކަނި ކަމުގައި ބުނެއެވެ.
نمایش همه...
1
މިޒަމާނުގައި އަލް-އަޝްޢަރިއްޔާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟ ޖަވާބު: ”އަލް-ޢަޝްޢަރިއްޔާ ބެހެވެނީ ދެބަޔަކަށެވެ: 1. ވަޘަނީ (ﷲ ނޫން އެހެން ފަރާތެއް ނޫނީ އެއްޗަކަށް އަޅުކަން ރައްދުކުރާ) ޤަބުރުގެ އަޝްޢަރީން — ފަހެ މިއީ މުޝްރިކުންނެވެ. 2. ސާފު އަޝްޢަރީން — މިވެރިންގެ ފުށުގައި ބޮޑު ޝިރުކުގެ ބާބުގެ ތެރެއިން އެއްޗެއް ނުވެއެވެ. ފަހެ މިވެރިންގެ ޙުކުމަކީ މިވެރިންނަށް ވުރެ އިހުގެ އަޝްޢަރީން ގެ ޙުކުމެވެ. އިހުގެ އަޝްޢަރީން ތައް ބެހެވެނީ ދެބަޔަކަށެވެ: ހ. ފުރަތަމަ އަޝްޢަރިއްޔާ: ފަހެ މިއުރެންނީ ކިލާބިއްޔާ އެވެ. އެއީ ބިދުޢައިގެ ބައިގަނޑެކެވެ. އަދި އެއުރެން ތަކްފީރެއް ނުކުރެވެއެވެ. ށ. ދެވަނަ އަޝްޢަރިއްޔާ: މި ވެރިންނާއި މެދު ، ޖުމްހޫރު ޢިލްމުވެރިން ކަނޑައަޅުއްވަނީ ތައުވީލުގެ (ޢުޛުރުދެވި) އެވެރިން ތަކްފީރު ނުކުރެވޭ ކަމުގައެވެ. އަދި ޢިލްމުވެރިންގެ ތެރެއިން މަދު ބަޔަކު އެވެރިން ކުފުރު ކުރެއްވިއެވެ. އޭގެ ތެރޭގައި އިބްނު ޙަޒަމް އާއި އިބްނުލް ޖަޥްޒީ އާއި އަލްދުޝްތީ އަދި ބައެއް ޙަންބަލީންނެވެ. އަދި ރާޖިޙު ގޮތަކީ، ޒަމާނާއި މަކާނު (ތަނުގެ) މައްޗަށް ބިނާވެ އެކަން ބަދަލުވާކަމެވެ: ފަހެ އެޒަމާނަކީ ސުންނަތް ފެތުރި ފާޅުވެފައިވާ ޒަމާނެއް ނަމަ، ނުވަތަ އެތަނަކީ ސުންނަތް ފާޅުވެގެންވާ ތަނެއް ނަމަ — އެއީ އިމާމް މާލިކު އާއި އަޙްމަދު އަދި އައްޝާފިޢީ ގެ ޒަމާނު ފަދަ ޒަމާނެއްގައި ނަމަ — ދެން އަޝްޢަރީ (ފިކުރު) ޚިޔާރުކޮށްފިނަމަ އެފަދަ މީހަކީ ކާފަރެކެވެ. އަދި އެޒަމާނަކީ ޖާހިލުކަން ގަދަ ބިދުޢަ ފެތުރި ސުންނަތް ފަނޑުވެފައިވާ ޒަމާނެއް ނަމަ — އެއީ އިބްނު ތައިމިއްޔާ އަދި މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ޒަމާން ފަދައިން ނަމަ — ޝުބުހަ ކަނޑުވާލެވެން ދެން އަދި އޭނާ (ނައްޞުގެ މައްޗަށް) ބޮޑާކަމުގައި ދެކޮޅު ހަދައިފުމަށް ދާންދެން، ތަކްފީރެއް ނުވެއެވެ. والله أعلم . ނޯޓް: އަޝްޢަރީންނާއި އެއްބަސްވާ އެހެނަސް ޖުމްލަގޮތެއްގައި އަހުލުއް ސުންނަތުގެ ތެރޭގައިވާ ބައިގަނޑެއް މީގެ ތެރޭން އެބަވެއެވެ. އަދި އެބޭކަލުންގެ ޙާލަތަކީ އަޝްޢަރީންނާއި އެއް ފަދައިން ނަޤްލު (ޤުރުއާން އާާއި ސުންނަތުގެ) މައްޗަށް ބުއްދި އިސްކުރާ ފަދަ ޙާލަތެއް ނޫނެވެ. އަދިކިއެއްތަ؟ އެބޭކަލުންގެ ގެ ޙާލަތަކީ ޤުރުއާނާއި ސުންނަތް އިސް ކުރެއްވުމެވެ. އަދި ބުއްދި އިސްކުރުމަށް ދެކޮޅު ހެއްދެވުނެވެ. މީގެ މިޘާލަކީ، އަލްބައިހަޤީ އާއި އިބްނު ފޫރަކް އަދި އެފަދަ ބޭކަލުންނެވެ. ފަހެ މިބޭކަލުން އެވެއްޓިވަޑައިގަތް ކަންކަމަށް ބުނެވެނީ "އޮޅުން އެރުން" ތައް ކަމުގައެވެ. ވީމާ އެބޭކަލުން ބާޠިލުގައިވީ އެއްޗެއް ރައްދުކުރެވޭހިނދު، އެބޭކަލުންގެ ދަރަޖަ ރައްކައުތެރި ކުރެވި އެބޭކަލުންގެ ޢިލްމުން ފައިދާނެގެވެއެވެ.“ — ޝައިޚްގެ ޖަވާބު ނިމުނީ — އައްޝައިޚް ޢަލީ ބުނު ޚުޟައިރް، އަލްޚުޟައިރް ⁽¹⁾ ~ ގަލަންދާން ___________ ⁽¹⁾ މިއީ އައްސަލަފިއްޔޫން ފޯރަމްސް ގައި ޝައިޚް އާއި ކުރެވުނު ސުވާލެއްގެ ޖަވާބެވެ. (މަޞްދަރުގެ ނަކަލް)
نمایش همه...
👍 2
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.