cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

•Thawakkul•|توكل على الله|

GʀᴇᴇɴBɪʀᴅs𓅂 -ގްރީން ބަރޑްސް- don't forget the Ummah in your duas .. |𝐂𝐚𝐥𝐥𝐢𝐧𝐠 𝐓𝐨 𝐓𝐚𝐰𝐡𝐞𝐞𝐝| disbelieves in Taghut and believes in Allah☝️ •توكل على الله• T.me/Thawakkul

Mostrar más
El país no está especificadoEl idioma no está especificadoLa categoría no está especificada
Publicaciones publicitarias
244
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

•| އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް، ތިމާގެ އަޚާއަށް ވެސް ލޯބި ކުރުން❣️ عَنْ أَبِي حَمْزَةَ، أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ -خَادِمِ رَسُولِ اللَّهِ ﷺ- عَنْ النَّبِيِّ ﷺ قَالَ: «لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ» ރަސޫލު ﷲ ﷺ ގެ ޚާދިމް އަބޫ ޙަމްޒާ، އަނަސް ބިން މާލިކު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިބާގެ އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް ތިބާގެ އަޚާއަށް ވެސް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް (ޙަޤީޤީ ފުރިހަމަ ގޮތުގައި) އީމާންވީ ކަމުގައެއް ނުވާނެއެވެ.“ ~ رَوَاهُ الْبُخَارِيُّ [0013 وَاللَّفظُ لَه]، وَمُسْلِمٌ [0045] -ބުޚާރީ 0013، މުސްލިމު 0045 ~ ނަވަވީގެ 40 -رِيَاضُ الصَّالِحِيْنَ: 0183، 0236 މަސްދަރު: ބުޚާރީ ޙަދީޘް ފޮތުން ނެގިފައި @Thawakkul
Mostrar todo...
تفــــيأ مـن ظلال الأرض حيـــــناً ފުރޮޅިދޭ ދުނިޔޭގެ ހިޔާ އެހިނދުގައި ِو لا تغــــتر يــــومــــاً بالســــراب އަވާމެންދުރަށް ދުވަހަކުމެ ނުސިހޭށިޅޭ و قف فــــوق القبور فــرب ذكرى ޤަބުރެއްދޮށު މަޑުކޮށްލަމާ މިއީފަހެ ޛިކުރެއް ِستحـــمـدها و تـــــأوي بالإيــاب ޙަމްދެއްކޮށް ދެންއެޔަށް ނެތި ހިނގައިދޭ ورتــــل نعـــمة القـــرآن تــــلقى ތިލާވަތު ނިޢްމަތުގެ ޤުރުއާނު ގިނަކޮށް ِيــــباعدك الثــــواب عــن العقابِ ބަދަލަކަށް ވޭޘަވާބާއި މިންޖު ޢަޒާބުން و تابـــع مـــرسلاً هـــاد حـــكيماً ވޭތަބަޢު މުރުސިލުން ހިދާޔީ ޙަކީމުން ِأشــــعة حــكمة مـــن كـــل باب ލެއްވެވޭ ޙިކުމަތް އެންމެ ކޮންމެ ބާބުން ~ ގަލަންދާނު
Mostrar todo...
أَبُوحُ بِشَوقٍ سَرَىٰ فِي دَمِي ކުރަން ފާޅު ޝަޥްޤެއް މަގޭ ލޭގަވާ إلَىٰ أفضَلِ الخَلقِ كُلِّهِمِ އެއީ އެންމެ މޮޅުއިތުރު ޚަލްޤަށްޓަކައި إذَا افتَخَرُوا بِرُمُوزٍ لَهُم ތަކެއް ރަމުޒު އެވެރިން ނަގާނަމަ ފަޚުރް لَنَا الفَخرُ بِالرَّجُلُ الأَعظَمِ އަޅަމެންނަށް ވަނީ އެންމެ މާތްބޭކަލޭ 2x فَكَم مَسَّهُ الهَمُّ مِن أَجلِنَا ފަހެކިތައް ފިކުރުތޯއޭ މަގޭ ޙައްޤުގައި وَكَم قَد تَحَمَّلَ مِن ألَمِ ކިތައް ވޭންހެ އުފުލީ އަޅަމެންނަށްޓަކާ إذَا ضَاقَ كَونُكَ يَومًا عَلَيك ނަމައޭ ކާއިނާތް ހަނި ތިބާ އަށްޓަކައި فَصَلِّ عَلَىٰ المُصطَفَىٰ الهَاشِمِي ކުރޭ ދެން ޞޮލާތު މުސްތަފާ ހާޝިމީ 2x ~ ގަލަންދާނު
Mostrar todo...
⦙ الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الْوِلَادَةُ ⦙ 🔻 ވިހެއުމުގެ ސަބަބުން ހަރާމްވާ ކަންތައް، ކިރު ދިނުމުގެ ސަބަބުން ވެސް ހަރާމްވެގެން ދެއެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا عَنِ النَّبِيِّ ﷺ قَالَ: «الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الْوِلَادَةُ» ޢާއިޝާ رَضِيَ اللَّهُ عَنْهَا ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ހަދީސް ކުރެއްވިއެވެ: ”ވިހެއުމުގެ ސަބަބުން ހަރާމްވާ ކަންތައް، ގާތުން ކިރު ދިނުމުގެ ސަބަބުން ވެސް ހަރާމްވެގެން ދެއެވެ.“ (އެބަހީ: ނަސަބުގެ ގާތްކަމުގެ ސަބަބުން މީހުންނާ ކާވެނިކުރުން ހަރާމްވާ ފަދައިން، މައިމީހާ ނޫން އެހެން މީހެއްގެ ފަރާތުން ކިރު ދިނުމުން، އެ ކިރު ދިން މީހާގެ ނަސަބުގެ ބައެއް މީހުންނާ ކާވެނިކުރުން ވެސް ހަރާމްވެގެން ދެއެވެ.) خَرَّجَهُ الْبُخَارِيُّ 3105، وَمُسْلِمٌ 1444 ބުޚާރީ 3105، މުސްލިމު 1444 މަސްދަރު: ބުޚާރީ، މުސްލިމް ހަދީޘް ފޮތުން ނެގިފައި •توكل على الله•
Mostrar todo...
ޞާލިޙެއް ﷲ އަށް މި ބާބުގެ ދަށުން އާދޭސް ދެންނެވިއެވެ. އެއީ ރަޙުމަތުގެ ބާބުގެ ދަށުންނެވެ: ޔާ ﷲ އިބަ އިލާހު ވަޙީ ކުރެއްވިއެވެ: {فَمَن تَابَ مِنۢ بَعۡدِ ظُلۡمِهِۦ وَأَصۡلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيۡهِۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ}(5:39) ”ފަހެ، އަނިޔާވެރިވުމަށްފަހު، توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.“ ފަހެ އަޅާ އަނިޔާވެރި ވުމަށްފަހު ތަޥްބާ ވެއްޖައީމެވެ. ވީމާ އަޅާއަށް ރަޙުމް ކުރައްވާށިއެވެ... [މިއިން ﷲ އަށް އާދޭސް ދެންނެވިއެވެ.] ފަހެ އޭގެ ތެރެއިން އަޅާ ނުލެއްވޭނަމަ، އިބަ އިލާހު ވަޙީ ކުރެއްވިތެވެ: {وَرَحۡمَتِي وَسِعَتۡ كُلَّ شَيءࣲۚ } (7:156) "ތިމަން އިލާހުގެ ރަޙުމަތް އެންމެހާ ތަކެއްޗެއް މައްޗަށް ފުޅާވެގެންވެއެވެ.“ ފަހެ އަޅާ މިއީ އެތަކެތީން ކުރެ އެއްޗެކެވެ... ވީމާ އަޅާއަށް ރަޙުމް ކުރައްވާށިއެވެ. ފަހެ އޭގެ ތެރެއިން އަޅާ ނުލެއްވޭނަމަ، މިއަށް ވުރެ ބޮޑު މުޞީބާތެއް ކޮބައިހެއްޔެވެ؟ އެހެނީ އިބަ އިލާހު އެންގެވީ އިބަ އިލާހުގެ ރަޙުމަތް އެންމެހާ ތަކެއްޗެއް މައްޗަށް ފުޅާވެގެންވާކަމަށެވެ. އެހެނަސް އަޅާއަށް އެނުހޯދުނެވެ. ވީމާ މިއީ މުޞީބާތެއް ނޫން ހެއްޔެވެ؟ އެހެންކަމުން އިބަ އިލާހު އަހަރެމެންނަށް އުނގަންނަވައި ދެއްވިފަދައިން ބުނަމެވެ: إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ އަދި އިބާ އިލާހު ވަޙީ ކުރެއްވިތެވެ: {ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ * أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌۖ } (6-2:156) ”އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ އޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ...“ ވީމާ އަޅާ އަށް ރަޙުމް ކުރައްވާށިއެވެ. [އެންމެހާ މަގަކުން ﷲ އަށް އާދޭސް ދެންނެވިއެވެ. އެއިލާހުގެ ރަޙުމަތްފުޅާއި ރަޙްމާނިއްޔަތުގެ ޞިފަ ތަކުންނެވެ.] — އައްޝައިޚް ސަޢީދުލް ކަމަލީ ~ ގަލަންދާން _________ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ : ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކެވެ.
Mostrar todo...
އަބޫ ލަހަބާއި އުންމު ޖަމީލަށް ލިބޭނެ ޢަޛާބުގެ ވާހަކަ އައިސްފައިވަނީ ޤުރްއާންގެ ކޮން ސޫރަތަކަށް؟Anonymous voting
  • سورة البقرة
  • سورة المسد
  • سورة القريش
0 votes
ވާނުވާ... ويقول شيخ الإسلام في الرد على البكري (1/ 263). (( من ادعى دعوى وأطلق فيها عنان الجهل مخالفاً فيها لجميع أهل العلم، ثم مع مخالفتهم يريد أن يكفر ويضلل من لم يوافقه، فهذا من أعظم ما يفعله كل جهول مغياق" ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”އެންމެހާ ޢިލްމުވެރިންގެ ބަހާއި ޚިލާފަށް ކަމެއްގައި ތުހުމަތެއް ކޮށް އޭގައި ޖާހިލު ކަމުގެ ލަގަން އަޅުވައި، ދެން — އެންމެހާ ޢިލްމުވެރިންނާއި މީނާ ޚުދު ތަޢާރުޟުވެގެންވާ ހިނދުވެސް — އޭނާ އާއި އެއްބަސް ނުވާ މީހުން ކާފަރުކޮށް މަގުފުރެދިފައިވާ ކަމަށް ކަނޑައަޅާން އެދޭ މީހާ އާއިމެދު ދަންނައެ، ފަހެ މިއީ ކޮންމެ ވާނުވާ ނޭގޭ ޖާހިލެއްވެސް ކުރާ އެންމެ ނުބައިކަން ބޮޑުވެގެންވާ ކަންތަކެވެ.“ ~ ގަލަންދާނު
Mostrar todo...
• مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ ~ ނުބައި ކަމެއް ފެނިއްޖެ ނަމަ އެ ކަން އަތުން ބަދަލު ކުރާށެވެ عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ» އަބޫ ސަޢީދު އަލްޚުދްރީ رَضِي اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ހަދީސް ކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނުބައިކަމެއް ފެނިއްޖެ ނަމަ، ފަހެ އޭނާގެ އަތުން އެ ކަމެއް ބަދަލު ކުރާށެވެ. ދެން (އެ ކަމަށް) ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ދުލުންނެވެ. ދެން (އެ ކަމަށް) ވެސް ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ހިތުންނެވެ. އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖައެވެ.“ (އެބަހީ: ފާފައެއް ކުރާތަން ފެނިއްޖެ ނަމަ، ޢަމަލީ ގޮތުން އެ ކަން ހުއްޓުވާށެވެ. ނުކުރެވޭ ނަމަ، ދެން އަނގަބަހުން ނުވަތަ ލިޔުމުން އެ ކަން ކުށްވެރިކޮށް، އޭގެ ނުބައިކަން ބަޔާން ކުރާށެވެ. އެވަރު ވެސް ނުކުރެވޭ ނަމަ، ދެން އެ ކަމަށް ނަފުރަތުކޮށް، އެ ކަން ހުއްޓުމަށް ހިތުން އެދޭށެވެ.) رَوَاهُ مُسْلِمٌ 0049 މުސްލިމު 0049 رِيَاضُ الصَّالِحِينَ: 0184
Mostrar todo...
މަލާއިކަތުން ޚަލްޤު ކުރެވިފައިވަނީ ކޮން އެއްޗަކުން؟Anonymous voting
  • މަށިން
  • ނޫރުން
  • އަލިފާނުން
0 votes
ހުކުރު ވިލޭރެޔާއި ދުވަހު ޞަލަވާތް ކިޔުން
ހުކުރު މުބާރަކު ކިޔުން؟
ހުކުރު ހިނެއިން - އިންފޯގުރެފިކް
ކަހުފު ސޫރަތް ކިޔުމާއިމެދު
ދުޢާ ޢިޖާބަ ވުމުގެ ޚާއްޞަ ވަޤުތު
ޞަލަވާތް ކިޔުމުގެ ދަރުމަ