ch
Feedback
Heyobas

Heyobas

前往频道在 Telegram

قال الله تعالى: وَقُولُوا لِلنَّاسِ حُسْنًا . البقرة: 83 Adhi meesthakunnah HEYOBAS bunaasheve. Managed by ibnul bahri al-hanbali. Contact @abyd789

显示更多
1 843
订阅者
-224 小时
-47
-4430
帖子存档
Heyobas
1 844
"aharennah (hedhun laagen thibey meehun) hedhuma nula fenna gothah karaamatheh dhehvuneve. aharen dekolhu hedhee eve" Usri ja
"aharennah (hedhun laagen thibey meehun) hedhuma nula fenna gothah karaamatheh dhehvuneve. aharen dekolhu hedhee eve" Usri jabar. sufi eh bunefava ehcheh.

Heyobas
1 844
أخرج عبد بن حميد وَابْن أبي الدُّنْيَا فِي ((العزاء))🌴 عَن عِكْرِمَة قَالَ: طفئ سراج النَّبِي صلى الله عَلَيْهِ وَسلم فَقَالَ : «إِنَّا لله وَإِنَّا إِلَيْهِ رَاجِعُون» فَقيل: يَا رَسُول الله أمُصِيبَة هِيَ قَالَ : ( نعم وكل مَا يُؤْذِي الْمُؤمن فَهُوَ مُصِيبَة لَهُ وَأجر ) 🌴الكشف والبيان عن تفسير القرآن" للثعلبي (2/23)🌴

Heyobas
1 844
Repost from N/a
عَنْ عَلِيِّ بْنِ أَبِي طَالِبٍ، رضى الله عنه أَنَّ رَسُولَ اللهِ قَالَ ‏سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِ
عَنْ عَلِيِّ بْنِ أَبِي طَالِبٍ، رضى الله عنه أَنَّ رَسُولَ اللهِ قَالَ ‏سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ أَحَدُهُمُ الْخَلاَءَ أَنْ يَقُولَ بِسْمِ اللهِ ޢަލީ ބިން އަބީ ޠާލިބް رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:
އާދަމުގެ ދަރިޔާ ޤަޟާޙާޖަތްކުރުމަށް ވަންނަހިނދު، އޭނާގެ ޢަވްރަޔާއި ޖިންނީންގެ ލޯތަކާއި ދެމެދުގައިވާ ހުރަހަކީ 'بِسْمِ اللهِ' ކިއުމެވެ.
📚 رواه الترمذي [606] وصححه الألباني ނޯޓް: މާތް ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް ކޮންމެ ކަމެއްގެވެސް އެންމެ ފުރިހަމަ އަދަބުތައް ދަސްކޮށްދެއްވިއެވެ. އޭގެ ތެރޭގައި ޤަޟާޙާޖަތްކުރުމަށް (ފާޚަނާއަށް) ވަނުމުގެ އަދަބުތަކާއި، އެވަގުތު ކުރަންވީ ކަންތައްތަކާއި އަދި ކިޔަންވީ ޛިކުރުތައް ހިމެނެއެވެ. އެގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ މި ޙަދީޘް ބަސްފުޅުން އެނގޭގޮތުގައި އާދަމުގެ ދަރިން ޤަޟާޙާޖަތްކުރުމަށް ވަންނައިރު، ޖިންނީންގެ ލޯތަކާއި އިންސީންގެ ޢަވްރަޔާ ދެމެދުގައިވާ ހުރަހަކީ ނުވަތަ ނިވާފަތްގަނޑަކީ ވަންނަހިނދު 'بِسْمِ اللهِ' ކިއުމެވެ. އަދި ޤަޟާޙާޖަތްކުރާ (ފާޚާނާ) ފަދަ ތަންތަނަކީ ޖިންނީން އުޅޭ އަދި ދިރިއުޅޭ ތަންތަންކަން މި ޙަދީޘް ބަސްފުޅުން އެނގިގެންދެއެވެ. އެއީ އެފަދަ ތަންތަނަކީ ﷲ ގެ އިސްމުފުޅު ހަނދުމަކޮށް ޛިކުރުކޮށްއުޅޭ ތަންތަން ކަމުގައި ނުވާތީއެވެ. ވުމާއެކު، ޖިންނީންގެ ލޯތަކުން އާދަމުގެ ދަރިންގެ ޢަވްރަ ނިވާކޮށްދޭ ހުރަހަކީ، އިންސާނާ ޤާޟާހާޖަތް ކުރުމަށް (ފާޚާނާއަށް) ވަނުމުގެ ކުރިން 'بِسْمِ اللهِ' ކިޔުމެވެ. ސަބަބަކީ ﷲ ހަނދުމަކުރުމަކީ ނުބައިކަމަކުން އިންސާނާ ރައްކާތެރިކޮށްދޭ ކަމެކެވެ. އެހެންކަމުން 'بِسْمِ اللهِ' ކިޔުމުން ޖިންނީންގެ ލޯތަކުން އިންސީންގެ ޢަވްރަ ފޮރުވިގެން ދެއެވެ. އިންސާނާ ޤަޟާޙާޖަތްކުރުމަށް (ފާޚާނާއަށް) ވަންނަހިނދު، 'بِسْمِ اللهِ' ނުކިޔައި ޢަވްރަ ކަޝްފުކޮށްފިނަމަ، ޖިންނީން އޭނާއަށް ބަލާނެއެވެ. އަދި ބައެއް ފަހަރު އޭގެ ސަބަބުން އެސޮރުމެންގެ ފަރާތުން އޭނާއަށް އުނދަގޫތަކާއި ގެއްލުންތައް ލިބުން އެކަށީގެންވެއެވެ. ނަމަވެސް 'بِسْمِ اللهِ' ކިޔައިފިނަމަ، އެ ކަލިމައިގެ ބަރަކާތުން ﷲ އޭނާއާއި ޖިންނީންނާއި ޝައިޠާނުންގެ ލޯތަކާ ދެމެދު ފަރުދާއެއް ނުވަތަ ނިވާފަތްގަނޑެއް ލައްވަވާނެއެވެ. والله تعالى أعلم މާތް ﷲ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި އަދި އަޅުގަނޑުމެންގެ ބަލިމީހުންނަށް ޝިފާ ދެއްވާށިއެވެ. އާމީން https://t.me/alshifa_mv

Heyobas
1 844
Repost from Fiya Online
https://fiyaonline.com/155301 ތަފުސީރު: ނަމާދު ނުކުރާ މީހުންގެ މަންޒިލު

Heyobas
1 844
Repost from N/a
عَنِ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللهِ ﷺ أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ. އަޝްޢަރީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: ކޮންމެ އަންހެނަކުވިޔަސް ހުވަނދުލައި، މީހުންނަށް އެ ހުވަނދުގެ ވަސް ދުއްވުމަށް ބައެއްގެ ކައިރިންލާފައި ދިޔަ އަންހެނަކީ ޒިނޭކުރި އަންހެނެކެވެ. 📚 رواه النسائي [5126] وصححه الألباني ނޯޓް: މި ޙަދީޘް ބަސްފުޅުގެ މާނަ ރަނގަޅަށް ދެނެގަތުމަށްޓަކައި، ޙަދީޘް ބަސްފުޅުގެ މާނައިގެ ޝަރަޙައަށް ބަލާލުމަކީ މުހިންމުކަމެކެވެ. އެގޮތުން "أَيُّمَا امْرَأَةٍ اسْتَعْطَرَتْ " (ކޮންމެ އަންހެނަކުވިޔަސް ހުވަނދުލައި) އެބަހީ: ވަސްގަދަ، މީހުންނަށް ވަސްދުވާ ފަދަ ހުވަނދެއް ބޭނުންކޮށް، އެއަށްފަހު އެކަނބުލޭގެ ބަޔަކުތެރެއަށް ނިކުމެ، "فَمَرَّتْ عَلَى قَوْمٍ " (ބައެއްގެ ކައިރިން ލާފައި ހިނގައްޖެނަމަ)، އެބަހީ: ކައިވެނި ހުއްދަނުވާ ހިލޭ ފިރިހެނުންގެ (މަޙްރަމުން ނޫން މީހުންގެ) ކައިރިން . "لِيَجِدُوا مِنْ رِيحِهَا" (އެއީ އެމީހުންނަށް އެ ހުވަނދުގެ ވަސް ދުއްވުމަށް)، އެބަހީ: އެ ނިޔަތުގައި ނުވަތަ އެ ގަސްތުގައެވެ. "فَهِيَ زَانِيَةٌ" (ފަހެ އެކަނބުލޭގެއީ ޒިނޭކުރި މީހެކެވެ)، އެބަހީ: އެކަނބުލޭގެ މައްޗަށް ވަނީ ޒިނޭކުރާ މީހެއްގެ ފާފައެވެ. ސަބަބަކީ އެކަނބުލޭގެ އެވަނީ ޒިނޭއަށް މަގުފަހިކޮށް، އެކަމުގެ ސަބަބެއް ކަމުގައި ވެފައެވެ. އެއީ ފިރިހެނުން އެކަނބުލޭގެއާ ދިމާއަށް ޙަރާމް ބެލުމަކުން ބެލުމަށް މެދުވެރި ވީތީއެވެ. އެއީ ލޮލުގެ ޒިނޭއެވެ. އަދި ބައެއް ފަހަރު މީގެ ސަބަބުން ކަންތައްތައް ގޯސްވެ، ޙަޤީޤީ ޒިނޭއަށް މަގުފަހިވެގެންދެއެވެ. މިފަދަ ނުބައި ގަސްތެއްގައި، އެބަހީ ފިރިހެނުން ފިތުނަވެރިކުރުމުގެ ނިޔަތުގައި ހުވަނދުލުމަކީ ކުށުގެ ބޮޑުކަމާއި ފާފައިގެ ނުރައްކާތެރިކަން އިތުރުވެގެންދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ނިޔަތެއް އޮންނަ އަންހެނާގެ ފާފަ، އެ ނިޔަތް ނެތް އަންހެނާއަށްވުރެ ބޮޑުވެގެންދެއެވެ. ނަމަވެސް، ފިތުނަވެރިކުރުމުގެ ގަސްތެއް ނެތް އަންހެނާއަށްވެސް ނަބިއްޔާ ﷺ ގެ އަރިހުން ނަހީ އާއި ބިރުވެރިކަމުގެ އިންޒާރު ވާރިދުވެގެން އައިސްފައިވެއެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: عَنْ زَيْنَبَ الثَّقَفِيَّةِ، أَنَّ النَّبِيَّ ﷺ قَالَ ‏أَيَّتُكُنَّ خَرَجَتْ إِلَى الْمَسْجِدِ فَلاَ تَقْرَبَنَّ طِيبًا ޒައިނަބު އައްޘަޤަފިއްޔާ ގެ އަރިހުން ރިވާވެގެންވެއެވެ:ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ:
ތިޔަކަނބަލުންކުރެ މީހަކު މިސްކިތަށް ދާން ނިކުންނަ ކަނބަލަކު، ފަހެ ހުވަނދާއި (މީރުވަސްދުވާ) އެއްޗިއްސާއި ގާތްނުވާށެވެ.
📚 رواه النسائي [5262] وصححه الألباني އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގައިވެއެވެ: عَنْ أَبِي مُوسَى، عَنِ النَّبِيِّ ﷺ قَالَ: كُلُّ عَيْنٍ زَانِيَةٌ وَالْمَرْأَةُ إِذَا اسْتَعْطَرَتْ فَمَرَّتْ بِالْمَجْلِسِ فَهِيَ كَذَا وَكَذَا يَعْنِي زَانِيَةً އަބޫ މޫސާ ނަބިއްޔާ ﷺ ގެ އަރިހުން ރިވާ ކުރެއްވި ޙަދީޘް ބަސްފުޅެއްގައިވެއެވެ:
"ކޮންމެ ލޮލެއްވެސް ޒިނޭ ކުރެއެވެ. އަދި އަންހެނަކު ހުވަނދުލައި، (ފިރިހެނުން ތިބޭ) މަޖިލީހެއްގެ ކައިރިން ހިނގައްޖެ އަންހެނަކީ ފަހެ އެވެނި މިވެނިފަދަ މީހެކެވެ. މާނައަކީ ޒިނޭ ކުރާ މީހެކެވެ."
رواه الترمذي [2786] وحسنه الألباني އެހެންކަމުން ކޮންމެ ޙާލެއްގައިވެސް، އެކަނބުލޭގެ އެލާ ހުވަނދުގެ ސަބަބުން ފިރިހެނުންގެ ޝަހުވަތް ހޭލައްވައި، އެމީހުން އެކަނބުލޭގެއަށް ބެލުމަށް ޝައުގުވެރިކުރުވައެވެ. އަދި އެ ފިރިހެނާ އޭނާގެ ލޮލުން ޒިނޭކުރުމުން، އެކަނބުލޭގެއަށްވެސް ފާފަ ލިބެއެވެ. އެއީ އެ ފިރިހެނާ އެކަނބުލޭގެއަށް ބެލުމަށް މަގުދައްކައި، އޭނާގެ ހިތް އެކަމަށް ޝައުގުވެރިކުރުވީތީއެވެ. ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ ﷺ قَالَ ‏: وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا ‏ އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:
"އަދި ނުބައިކަމަކަށް (މަގުދައްކައި) ގޮވައިލި މީހަކަށް، އެކަމުގައި އޭނާއަށް ތަބާވި މީހުންގެ ފާފަތަކާ އެއްވަރުގެ ފާފަ ހުއްޓެވެ. އެއީ އެ ތަބާވި މީހުންގެ ފާފަތަކުން އެއްވެސް މިންވަރެއް އުނިވުމެއް ނެތް ގޮތުގައެވެ."
رواه مسلم [2674] އެހެންކަމުން އެކަނބުލޭގެ އެވަނީ އެ ފިރިހެނާ ލޮލުން ކުރި ޒިނޭގެ ސަބަބު ކަމުގައި ވެ އެފާފަ އުފުލަން ޖެހިފައެވެ. އެހެންވެ، އެކަނބުލޭގެއީވެސް ޒިނޭކުރި މީހެއް ފަދައެވެ. އަދި މި ޙަދީޘް ބަސްފުޅަށް ބަލާއިރު، އެއްވެސް ގޮތަކަށް އަންހެނުންނަށް ހުވަނދެއް ނުވަތަ އެނޫންވެސް މީރުވަސް ދުވާ އެއްޗެއް ލުމެއް މަނައެއް ނުކުރެއެވެ. މި ޙަދީޘް ބަސްފުޅުގައި މަނާވެގެން އައިސްފައި މިވަނީ އޭނާގެ މަޙްރަމު ނޫން ހިލޭ ފިރިހެނުންނަށް މީރުވަސް ދުވާގޮތަށް ހުވަނދެއް ނުވަތަ މީރުވަސް ދުވާ އެހެން އެއްޗެއް ލައިގެން އުޅުމެވެ. އެއީ ގޭ ތެރޭގައި ކަމަށްވިއަސް ނުވަތަ ގެއިން ބޭރުގައި ކަމުގައި ވިއަސްމެއެވެ. އަދި އެހެން މީހުނަށް ވަސް ނުދުވާގޮތަށް ހަށިގަނޑުގެ ނުބައި ވަސް ފިލުވާލުމަށްޓަކައި ހުވަނދެއް ނުވަތަ އެނޫންވެސް އެއްޗެއް ލެވިދާނެއެވެ. އެކަމަކު ޝަރުޠަކީ އޭގެ ވަސް ހިލޭ ފިރިހެނަކަށް ނުދުވުމެވެ. އަދި އޭގެ ވަސް ހިލޭ ފިރިހެނަކަށް ދުވެފާނެތީވެ އެކަމަށް ވަރަށް ބޮޑަށް ރައްކާތެރިވެ ސަމާލުވާން ޖެހޭނެއެވެ. އަދި ގެއިން ނުނިކުމެ އޭގެ ވަސް ހިލޭ ފިރިހެނަކަށް ނުދުވާނެކަމުގެ ޔަޤީންކަން އޮންނަ ނަމަ ވަސް ގަދަ އެއްޗެއްވެސް ލެވިދާނެއެވެ. އަދި ފިރިމީހާގެ ކައިރީގައި ނަމަ އެފަދައިން މީރުވަސް ދުވާގޮތަށް ހުވަނދެއް ލުމަކީ އެންމެ ބޮޑަށް އެދެވިގެންވާކަމެކެވެ. އެހެނީ އަނބީމީހާގެ ހުވަނދުގެ ވަސް ދުވުން އެންމެ އައުލާކަން ބޮޑީ އޭނާގެ ފިރިމީހާއަށްކަމުގައި ވާތީވެއެވެ. والله تعالى أعلم މާތް ﷲ އަޅަމެންގެ ފާފަތައް ފުއްސަވައި އަޅަމެންނަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އާމީން

Heyobas
1 844
Repost from N/a
photo content

Heyobas
1 844
«عن أبي هريرة أن رسول الله صلى الله عليه وسلم قال: " يأتي على الناس زمان يأكلون فيه الربا ". قال: قيل له: الناس كلهم؟ قال: " من لم يأكله منهم، ناله من غباره "». [مسند أحمد (16/ 258 ط الرسالة)]

Heyobas
1 844
语音消息00:27

Heyobas
1 844
photo content

Heyobas
1 844

Heyobas
1 844
Repost from N/a
މިރޭ މަޣްރިބު ނަމާދަށްފަހު إن شاء الله
މިރޭ މަޣްރިބު ނަމާދަށްފަހު إن شاء الله

Heyobas
1 844
photo content

Heyobas
1 844
photo content

Heyobas
1 844

Heyobas
1 844
photo content

Heyobas
1 844
photo content