cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Shaykh Sulaymān Al-'Alwān Dhivehi

މި ޗެނަލްއަކީ ޝައިޚް ސުލައިމާން އަލް-ޢަލްވާންގެ (فك الله أسره) ބުނުންތަކުގެ ދިވެހި ތަރުޖަމާ ގެނެސްދިނުމަށް ޙާއްޞަ ކުރެވިފައިވާ ޗެނަލްއެއް. إن شاء الله

إظهار المزيد
لم يتم تحديد البلدلم يتم تحديد اللغةالدين والقيم الروحية81 875
مشاركات الإعلانات
326
المشتركون
لا توجد بيانات24 ساعات
+37 أيام
+2930 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

[5] ބޮޑަށް ބުރަވެވެނީ ހަނދު އެއްފަހަރާ އަރައި އޮއްސޭ ކޮންމެ ބަޔަކަށް ވަކި ހަނދެއް ކަމެވެ. އެއީ މިޒަމާނުގައި، ވެރިޔެއް އޭނާ ވެރިކަން ކުރާ ކޮންމެ ބިމަކަށް އެއްހަނދެއް ކަނޑައެޅިކަމުގައި ވިޔަސްމެއެވެ. އަދި މީގައި މައްސަލައެއް ނުވެއެވެ. އެހެނަސް ބޮޑަށް ބުރަވެވިގެންވަނީ އެކީގައި ހަނދުއަރާ ކޮންމެ ހިސާބަކަށް ވަކިހަނދަކަށް ބަރޯސާވުމެވެ. މިއާއި އެކު،(ވެރިކަންކުރެވޭ) އެއްބިމެއްގެ ތެރޭ ހަނދު އަރައިއޮސުން ތަފާތުނަމަ، އަދި އެވެރިން ގޮތް ނިންމަނީ އެ ބިމެއްގެ ވެރިކަމުން އަންގާ އެންގުމާއި އެއްގޮތަށްނަމަ، މިކަމުގައި މައްސަލައެއް ނެތެވެ. އަހަރެމެންގެ މިބިމުގައި(ސަޢުދި އަރަބިއްޔާ ގައި) ކަންތައްކުރެވޭ ފަދައިންނެވެ. އެހެނީ މިބިމުގައި ވެސް ހަނދު އަރައި އޮއްސުން (އެކި ހިސާބުތަކަށް) ތަފާތުތައް ވެއެވެ. އެއާއި އެކުވެސް، އަހަރެމެން ހަނދުބެލުމުގައި ޢަމަލުކުރަނީ ޙާކިމުގެ ޙުކުމަށެވެ. އޭނާ އާއިހަމަޔަށް ފޯރާފައިވާ އެއްޗަކަށެވެ. މިކަމުގައި މައްސަލައެއް ނެތެވެ.
إظهار الكل...
[4] ރޯދަ ހިފުން ވާޖިބު ވެގެންވަނީ ހަނދު ފެނުމާއި އެކުގައެވެ. މިހެންކަމުން، ހިސާބުކުރުން ތަކަށްވެސް އަދި ފަލަކީ މާހިރުންގެ ބަހަށްވެސް ބިނާވުމެއް ނުވެއެވެ. އަދި މިއީ ޞައްޙަ ޙަދީޘް އެއަކަށް ދަލީކުރާ ގޮތެވެ. އަދި މިކަމުގެ މައްޗަށްވާ ދަލީލުތައް މުތަވާތިރެވެ. (އެތައްމަގަކުން ގިނަގުނައިން ރިވާވެ ޘާބިތެވެ.) އަދި ޙިސާބުކުރުން މާ ސީދާ ވެގެންވާ ކަމަށް ބުނާ ބުނުން ޞައްޙައެއް ނޫނެވެ. އަދި އެއާއި ދިމާނުވާހެން ދެވޭ ހެކިވެރިޔާގެ ބަހުން އެ ބާޠިލުކޮށްލައެވެ.
إظهار الكل...
[3] ޢިލްމުވެރިންވަނީ ދަނެހުރެ ރޯދަ އަޅާ މީހާ ކާފަރު ވާނޭތޯ އާއިމެދު އިޚްތިލާފުވެލައްވާފައެވެ. އެއީ ދެ ޤަޥްލެއްގެ މައްޗަށެވެ: 1. އެއިން ބައިގަނޑެއް ނިންމެވީ: އޭނާ ކާފަރުވާނޭ ކަމެވެ. އެއީ ރޯދައިގެ ވާޖިބު ކަމާއިމެދު އޭނާ ދެކޮޅު ނެހެދިޔަސް އެވެ. މިއީ ސަޢީދު ބުނު ޖުބައިރު އާއި މާލިކީންގެ ފިޤުހުވެރީން ކުރެ އިބްނު ޙަބީބް އާއި އަޙްމަދު އަރިހުން އޮތް އެއް ރިވާޔަތެވެ. 2. ޖުމްހޫރު ޢިލްމުވެރިން ކަނޑައެޅުއްވީ އޭނާ ކާފަރު ނުވާ ކަމުގައެވެ. އެހެނީ ޒަކާތުގެ ދަރަޖަ ބޮޑުވެފައި، އެއާއިއެކުވެސް އެ އަޅާ މީހާ ކާފަރު ނުވުމެވެ. އެއީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘްގެ މައްޗަށެވެ. ނަބިއްޔު ﷺ ޒަކާތް އަޅާ މީހުންގެ ވާހަކަ ނަންގަންނެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ: "ދެން އޭނާގެ ރާސްތާ އޭނާއަށް ފެންނާނެތެވެ. އެއީ އެހެންޏާ ޖަންނަތަށެވެ. ނޫނީ ނަރަކައަށެވެ." އޭނާ އަކީ (ޒަކާތް ނުދިނުމުގެ ސަބަބުން) ކާފަރެއް ކަމުގައިވީހީ ނަމަ، ޖަންނަތަށް ރާސްތާއެއް ނުވީހެވެ. އެހެންކަމުން، ޒަކާތް އަޅާ މީހާ ކާފަރު ނުވާނަމަ، ރޯދަ އަޅާ މީހާ ކާފަރުނުވުން އައުލާވެގެން ވެއެވެ.
إظهار الكل...
[2] ކެއިންބުއިން ހުއްޓުން ވަނީ ދެވަނަ ފަޖުރު⁽¹⁾ ފެށުމާއި އެކުގައެވެ. އޭގެ ފަހުން (އެބަހީ: ބަންގިއަށް ފަހަށް ހުއްޓުން) ޞައްޙަވެގެން ނުވެއެވެ. އަދި ކެއިންބުއިން ހުއްޓުންވަނީ އިރު އެރުމުގެ އަލިކަމާއި އެކު ކަމަށް ބައެއް ސަލަފުން އަރިހުން ވާރިދުވެފައިވާ ބައެއް ބުނުން ތަކަކީ އެއަށް ދަލީލެއް ނުވާ އަމިއްލަ އިޖްތިހާދެވެ. އެގޮތަށް ކަންކޮށްފިމީހާ، ދަންނައެ، އޭނާގެ މައްޗަށް ވަނީ ޤަޟާއު ކުރުމެވެ. އެއީ ނަބިއްޔު ﷺ ގެ މި ބަސްފުޅުގެ މައްޗަށެވެ: "إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ" "ހަމަކަށަވަރުން ބިލާލް ބަންގި ދެއްވަނީ ރޭގަނޑުގައެވެ. ވީމާ ތިޔަބައިމީހުން އިބްނު އުއްމު މަކްތޫމް ބަންގި ދެއްވުމާއި ހަމައަށް ކައިބޮއެ ހަދާށެވެ." --------------------------------------------- ⁽¹⁾ ދެވަނަ ފަޖުރު ނޫނީ ޙަޤީޤީ ފަޖުރުއަކީ، ފަޖުރުގެ އަލިކަން ފާޅުވާ ވަޤުތެވެ. އެއީ ފަތިސް ނަމާދުގެ ބަންގީގެ ވަޤުތެވެ. ފުރަތަމަ ފަޖުރު ނުވަތަ "ދޮގު ފަޖުރު" އަކީ އަސްލު ފަޖުރުގެ ކުރިން އިރުމަތިން ދިގަށް ހުޅަގަށް އަރާ އައްޔެކެވެ. އަދި ކުޑަ ވަގުތުކޮޅަކުން އެ ފިލައިދެއެވެ.
إظهار الكل...
[1] ކެއުން ބުއިން ޖިމާޢުވުން އަންހެންމީހާ ޙައިޟުވުން މިހަތަރު ކަމަކީ ރޯދަ ގެއްލޭނެ ކަމުގެ މައްޗަށް އިޖްމާޢު ވެވިފައިވާ ހަތަރު ކަންތަކެވެ. މިނޫން ކަންކަމީ އޭގައި ޚިލާފުއޮތް ކަންކަމެވެ.
إظهار الكل...
Photo unavailableShow in Telegram
🔻🔻🔻🔻🔻🔻🔻🔻🔻
إظهار الكل...
އަދި ޙައްޤުގޮތުގައި ، އެއްކައުވަންތަ، ކުޅަދުންވަންތަ الله އަށް އިންޤިޔާދުކުރުމަކީ (އެބަހީ: އަލް-ޢުބޫދިއްޔާއަކީ) އެންމެހާ އަޅުކަމެއްގައިވެސް އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އަދި އެކަލާނގެއަށް އެދިގެންވުމާއި، ބިރުވެތިވުމާއި އެކަލާނގެދެކެ ލޯބިވުމެވެ. އަދި އެކަލާނގެ ޙަޟްރަތުން އުންމީދުކުރުމެވެ. އަދި އެކަލާނގެ (އަމުރުފުޅުތަކަށް) ތަބަޢަވުމެވެ. ދެން ފަހެ الله تعالى އާއި އެކަލާނގެ ރަސޫލާ ﷺ އަމުރުފުޅުތަކަށް ކިޔަމަންނުވާ ޙާލު އަދި الله تعالى ގެ ޝަރީޢަތް ފިޔަވާ އެހެން ޝަރީޢަތަކުން ޙުކުމް ހޯދާ ޙާލު އަދި އެކަލާނގެ ޢަދުއްވުންނާއި އެއްބައިވާ ޙާލު  الله تعالى އަށާއި އެކަލާނގެ ތަޥްޙީދަށް އީމާންވާކަމަށާއި އަދި އެކަލާނގެދެކެ ލޯބިވާކަމަށާއި އަދި އެކަލާނގެއަށް ބިރުވެތިވާކަމަށާއި އަދި އެކަލާނގެ ޙަޟްރަތުން އުންމީދު ކުރާކަމަށް ދަޢުވާ ކުރާނަމަ، ފަހެ އޭނާ الله تعالى އަށް ތެދުވެރިއެއް ނޫނެވެ. އަދި އޭނާ , އޭނާ އެކުރާ ދަޢުވާއަކަށްވެސް ތެދުވެރިއެއް ނޫނެވެ. އަދި ކިޔެއް، އޭނާއަކީ ޝައިޠާނާއަށް ތަބަޢަވާ އެސޮރަށް ކިޔަމަންތެރި މީހެކެވެ. الله تعالى ވަޙީ ކުރައްވާފައި ވެއެވެ. އާލް-ޢިމްރާން : 31 قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ﷲ އަށް ލޯބިވާބަޔަކުކަމުގައި ވަންޏާ ފަހެ ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ! އޭރުން ﷲ ކަލޭމެންނަށް ލޯބިވެވޮޑިގަންނަވާނެއެވެ." ޝައިޚް ސުލައިމާން އަލްޢަލްޥާން فك الله أسره
And the reality of complete submission (Al-‘Ubūdiyyah) to Allāh; the One, the Powerful – is making Him one, in all types of worship and adoring Him and fearing Him and loving Him and putting one’s hope in Him and obeying Him. So whoever claims faith (Īmān) in Allāh and (claims) His Tawhīd and His love and His fear and His hope, while not submitting to Allāh’s Orders and the Orders of His Messenger صلى االله عليه وسلم and takes the judgment (Hukm) to other than the Legislation of Allāh and allies himself with the enemies of Allāh, then he has not been truthful with Allāh in his claim, rather he is a follower of Satan (Shaytān) and obedient to him. Allāh, the Most High said: قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ Say: "If you (really) love Allāh then follow me (i.e. accept Islāmic Monotheism, follow the Qur'ān and the Sunnah), Allāh will love you. -From the book "Verily the victory of Allah is near" -
إظهار الكل...
Photo unavailableShow in Telegram
•• استقلال الجهال وأنصاف المتعلمين بفهم الكتاب والسنة دون الرجوع إلى أقاويل الأئمة أقرب طريق إلى الانحراف. ”ޖާހިލުންނާއި ކުޑަ ޢިލްމެއްގެ މީހުން، އިމާމުންގެ ޤަޥްލުތަކަށް ރުޖޫޢަ ނުވެ މިނިވަންކަމުގައި ޤުރުއާނާއި ސުންނަތް ފަހުމްކުރަން އުޅުމީ، މަގުފުރެދުމަށް އޮތް އެންމެ ގާތް ގޮތެވެ.“ — ޝެއިޚް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު) ~ ގަލަންދާނު
إظهار الكل...
Repost from Tazkirat Nufoos
•• كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}. ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54] އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ) ••┈┈┈┈┈┈┈┈┈┈┈•• #Salawat #Nabiyya @Tazkirat_Nufoos
إظهار الكل...
Photo unavailableShow in Telegram
އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް، އަލް-ޢަލްވާން ވިދާޅުވިއެވެ: ”އިސްލާމްދީން ގާއިމުވުންވަނީ މަސައްކަތުންނެވެ. ސަމާސާއަކުން ނޫނެވެ. ޢަމަލުންނެވެ. ލެނގިގެނެއް ނޫނެވެ. ތެދުވެރި ހިތްތަކަކުންނެވެ. ޚާއިނު ނަފްސުތަކަކުންނެއް ނޫނެވެ.“ ގަލަންދާނުގެ ތަރުޖަމާ: ”މަގު މިއޮތީއެވެ. ފަހެ ފިރިހެނުން ކޮބައިހެއްޔެވެ؟“ الولاء والبراء (14) https://t.me/ummathee2
إظهار الكل...
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.