cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

International Aid Campaign

Founded in 2016, IAC has partnered with various international Humanitarian NGO's and hundreds of local affiliates under the common objective of providing humanitarian aid to those in need around the globe. www.iac.mv

إظهار المزيد
مشاركات الإعلانات
1 260
المشتركون
لا توجد بيانات24 ساعات
+87 أيام
+3730 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

. މިމަހުގެ 24 ވަނަ ދުވަހު ރޮހިންގިޔާ ރެފއުޖީ ކޭމްޕުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އެތައް ސަތޭކަ ގެއެއް ހަލާކުވެ އެތައް ބަޔަކު ހާލުގައި ޖެހިފަ. ރޮހިންގިޔާ ކޭމްޕަކީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭމްޕް. މި ކޭމްޕްގައި ދޭތެރެ ދޭތެރެއިން މިކަހަލަ އަލިފާނުގެ ހާދިސާތައް ހިގާ. އަބަދުވެސް އައިއޭސީން އެމަރޖެންސީ ހާލަތްތަކުގައި ކުއްލި އެހީ ފޯރުކޮށްދޭ ގޮތަށް އެހީ ފޯރުކޮށްދިނުމުގެ ތައްޔާރީތަޢް ވަމުން ދަނިކޮށް " ސައިކްލޯން ރެމަލް" ގެ ސަބަބުން ވަގުތީ ގޮތުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ. މި ތޫފާނުގައި ވެހުނު ވާރޭގެ ސަބަބުން އަލިފާންގަނޑުވެސް މިހާރު ވަނީ އެއްކޮށް ނިވިފަ. މި ފަރާތްތަކަށްވެސް އެހީފޯރުކޮށްދިނުމުގެ މަސައްކަތް އިންޝާﷲ މާދަން އަނެއްކާވެސް ފެށިގެންދާނެ.
إظهار الكل...
. އަވައްޓެރި ބަނގްލަދޭޝް އަށް ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން ކަމަށްވާ "ސައިކްލޯން ރެމަލް" ގައި ހާލުގައި ޖެހުނު ފަރާތްތަކުގެ އަދަދު 37 ލައްކައަށްވުރެ ވަނީ މަތިވެފަ. 35 ހާހަށްވުރެ ގިނަ ގެ ވަނީ އެއްކޮށް ހަލާކުވެފަ. 1 ލައްކައަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ލިބިފަ. މި ތޫފާންގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެމަރޖެންސީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އައިއޭސީން މިހާރު މިދަނީ ކުރަމުން. ތިޔަބޭފުޅުންނާއި ހަމަޔަށް މައުލޫމާތު ގެނެސްދެމުންދާނަން. އިންޝާﷲ
إظهار الكل...
5👍 1👏 1
. ރޭގަ ރަފާޙްއަށް ދިން ހަމަލާގައި ޤަތުލު ކޮށްލާފައިވާ މައުސޫމް ތުއްތު ކުއްޖެއް. އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކާނެ ބަޔަކު ނެތް. ފެންނަނީ މަދު ބަޔަކަށް. އަޅުގަނޑުމެން މި ވާހަކަ ހުއްޓާލައިގެން ނުވާނެ. ނަސްރު ލިބެންދެން މިވާހަކަ ދައްކަން ޖެހޭނެ. އަބަދަކު އަނިޔާވެރިކަމެއް ދެމިއެއް ނޯންނާނެ. އިންޝާالله. މި އަނިޔާވެރިން ނެތި ކުރައްވާ ފަލަސްޠީނަށް ނަސްރު ދެއްވާށި! އާމީން
إظهار الكل...
ކަރީމް ޝަލޮމް ބޯޑާ އަދި އުތުރު ޣައްޒާގެ އެރެޒް ކޮރޮސިންއިން ޣައްޒާއަށް އެހީގެ ޓްރަކްތަށް އެތެރެވެއްޖެ. . ބޯޑާ ހުޅުވާލުމާއި އެކު އެހީގެ ޓްރަކުތަށް ދަނީ ވަންނަމުން. ކަރީމް ޝަލޮމް ބޯޑައިން މިއަދު ވަނީ 143 އެހީގެ ޓްރަކު އަދި ކޮމާޝަލް ބޭނުމަށް ބޭނުންކުރާ 201 ވެހިކަލް އެތެރެވެފަ. . މިއަދާއި މާދަމާއާއިއެކު ގާތްގަނޑަކަށް 300 އެއްހާ އެހީގެ ޓްރަކަށް ޣައްޒާއަށް އެތެރެވެވޭނެ. މީގެ ތެރޭގައި ތިޔަ ލޮބުވެތި ޑޯނަރުންގެ އެހީގައި 40 ފީޓުގެ އެހީގެ 2 ޓްރަކު ހިމެނިގެންދާނެ. އިންޝާާﷲ . ރަފާޙް ބޯޑަރާއި ކަރީމް ޝަލޮމް ބޯޑަރު ބަންދުކޮށްފައިި ވަނިިކޮށް އުތުރު ޣައްޒާގެ އެރެޒް ކޮރޮސިންއިން އަޅުގަނޑުމެެންނަށް ވަނީ 2 ޓްރަކުގެ އެހީ އެތެރެ ކުރެވި، އެހީ ބެހެންވެސް ފެށިފައި. އަލްޙަމްދުލިﷲ. އުއްމީދަކީ ވީހާވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޯށްދެވި، ނަަޞްރު ލިބުން. . މީޑިއާ އަޅުގަނޑުމެންނަށް ލިބޭހާ އަވަހަކަށް ތިބޭފުޅުންނަށް ހިއްސާާކުރަމުން ދާނަން.
إظهار الكل...
2👍 1👏 1
01:00
Video unavailableShow in Telegram
. ތުރުކީގެ ހަތާއީގެ ޔޭލަދައި ކިޔާ ސަރަހައްދުގައި ސީރިޔާގެ ހަނގުރާމައިޔާއި ގުޅިގެން ހާލުގައި ޖެހިފައިވާ 2500 އާއިލާ ދިރިއުޅެމުން ދޭ. އަދި މި ފަހުން ތުރުކީ އަދި ސީރިޔާއަށް އައި ބިންހެލުމާއި ގުޅިގެން އިތުރު 1000 އާއިލާ ވަނީ މި ސަރަހައްދަށް ހިޖުރަ ކޮށްފަ. ކޮންޓެއިނަރ ގެތަކުގަޔާއި އެކު ޖުމްލަ 3500 އާއިލާ މިހާރު މި ހިސާބުގައި ދިރިއުޅެމުންދޭ. މި ސަރަހައްދަށް މިދިޔަ ރަމަޟާންމަހު އަޅުގަނޑުމެންގެ ޓީމެއް ކުރި ދަތުރުގައި މިސަރަހައްދުގައި ހުންނަ ޤުރުއާން ސްކޫލެއް ކަމަށްވާ "އިމާމް އަބޫ ހަނީފާ ޤުރުއާން ސްކޫލަށް" ވަނީ ޒިޔާރަތް ކޮށްފަ. ޖުމްލަ 640 ދަރިވަރުން މިސްކޫލުގައި ކިޔަވަމުންދޭ. ޤުރުއާނުގެ އިތުރުން ހަދީޘް، ހިސާބު އަދި އަރަބިވެސް މި ސްކޫލުގައި ކިޔވައިދޭ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޤުރުއާން ހިތުދަސް ކުރުން މިތަނުގައި ކުރިއަށް ގެންދެވޭ. މި ކުދިންގެ ތެރޭގައި 61 އަންހެން ދަރިވަރުން އަދި 48 ފިރިހެން ދަރިވަރުން ދަނީ ޤުރުއާން ހިތުދަސް ކުރަމުން. މީގެ ތެރެއިން 17 ދަރިވަރުން ވަނީ ޤުރުއާން ހިތުދަސް ކޮށް ނިމާފަ. އަޅުގަނޑުމެންނަށް އެހީފޯރުކޮށްދޭ ފަރާތްތަކުގެ އެހީ އާއިއެކު 19 އެއަރކޯން މިވަނީ ސްކޫލަށް ހަދިޔާކުރެވިފަ. ބިންހެލުމާއި ގުޅިގެން ވެފައިވާ ގެއްލުންތަކަށް ވެދެމުން އަންނަ އެހީގެ ތެރެއިން މިފަދަ އެހީތައް މިހާރުވެސް މިދަނީ ފޯރުކޮށްދެވެމުން.
إظهار الكل...
👍 4 4👏 1
އަލްޙަމްދުލިﷲ ❤️ އައިޔޫއެމްގެ ޕްރޮފެސަރ ޑރ.ކުރުދީގެ އާއިލާ ޣައްޒާއިން ނެރުމަށް ކުރެވެމުން އައި މަސައްކަތް ކާމިޔާބުވެ، ﷲގެ ރަޙްމަތުން މިއަދު އެ އާއިލާ މިވަނީ ރާއްޖެ ގެނެވިފަ. ދިވެހި ރައްޔިތުންގެ އެހީއާއިއެކު މި އާއިލާ ރައްކާތެރިކަމާއިއެކު ރާއްޖޭ ގެނެވުމަކީ އަޅުގަނޑުމެން އެކަމާ ވަރަށް އުފާކުރާކަމެއް. މިއަދު މި އާއިލާ ރާއްޖެ އައުމުން އައިއޭސީގެ ޓީމުން ވަނީ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފަ. އަދި އާއިލާއަށް މަރުހަބާ ކިޔުމަށް އައިޔޫއެމްގެ ބައެއް މުވައްޒަފުންވެސް ބައިވެރިވި. މި އާއިލާ ރާއްޖެއަށް ގެނައުމުގައި ދިމާވި ބޮޑެތި ހުރަސްތަކުގައި ދިވެހި ރާއްޖޭގެ އިމިގްރޭޝަނުން ވެދެއްވާފައިވާ އަވަސް އެހީތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އިންސާނީ އެހީގެ މަސައްކަތުގައި އައިއޭސީއާއި އެކު އަބަދުވެސް ބާއްވާ ގާތް ގުޅުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
إظهار الكل...
16👏 3👍 2
Photo unavailableShow in Telegram
ފެނަކީ އެއާއި ނުލައި ދިރިނޫޅެވޭނެ އެއްޗެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެނުގެ ދަތިކަން އެތަށް ބިލިއަން މީހުންނެއް ތަހައްމަލު ކުރޭ. . ބޭނުން ކުރާނެ ސާފު ފެން ލިބުމަކީ ވަރަށްވެސް ބޮޑު ނިއުމަތެއް. މި ނިއުމަތާއި މެދު ކިތަށް މީހުންނަށް ވިސްނާލެވޭ؟
إظهار الكل...
3👍 2👏 1
. އަފްޣާނިސްތާނުގައި ފެންބޮޑުވެ ހާލުގައި ޖެހުނު އާއިލާތަކަށް މިވަނީ ކުއްލި އެހީ ފޯރުކޮށްދެވިފަ. މިތަކެތި ފޯރުކޮށްދެވިފައި މިވަނީ ފެންބޮޑުވެ ހާލުގައި ޖެހި ގެދޮރު ގެއްލުނު އާއިލާތަކަށް. 100 އާއިލާއަކަށް އަންނަނިވި ޒަރޫރީ ތަކެތި ފޯރުކޮށްދެވިފައިވޭ. ކާބޯތަކެތީގެ ބާވަތްތައް: ގޮދަށްފުން. ހަނޑޫ. ސައިފަތް ޕަލްސަސް (ކެެއުމަށް ބޭނުންކުރާ އެއްޗެއް) ހަކުރު ކިރު ކައްކާ ތެޔޮ ޕާސްތާ ލޮނު ކުކީސް ނޫޑުލިސް ބަދިގޭގައި ބޭނުންކުރާ ސާމާނު: އަލިފާންފޮށި ތަރުމޯޒު ބާލިދީ ސަމުސާ ސައި ކުރާ ވަޅި ޖަގު ޖޯޑު ކާ ތަށި ފެންބޯތަށި ބޯތަށި އެކި ޤައުމުގތަކަށް ދިމާވާ މިފަދަ ކުއްލި ކާރިސާތަކުގައި އަޅުގަނޑުމެން އަބަދުވެސް ދަނީ ވީ އެންމެ އަވަހަކަށް ހަރަކާތްތެރިވެ އެހީ ފޯރުކޮށްދެމުން. އެހީ ފޯރުކޮށްދެއްވާ އެންމެހާ ފަރާތަކަށް ޝުކުރު ދަންނަވަން.
إظهار الكل...
7👍 2👏 1
أرشيف المشاركات